ފުލުހުންގެ ތަހުގީގަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު މާލޭ ގެނައި ވަގުތު މާލެ ސިޓީ އިންތިހާބީ ކައުންސިރުންގެ ތެރެއިން ޕީޕީއެމްގެ ކައުންސިލަރުން ފެނި މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިއަދު މާލެ ގެނެސްފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގަށެވެ. ހަމަ އެއާއި އެކީ އެމަނިކުފާނު ތުރު ކުރައްވާ އައިނުކޮޅު ހެއްދެވުމަށް ވިޝަން އޮޕްޓިކަލްސް އަށްވެސް ވަޑައިގަތެވެ.
މީސްމީޑީއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެނިގެން ދަނީ ކަރެކްޝަންގެ ވެހިކަލުން ޔާމީން ފައިބާވަޑައިގެން އެ ސަރަހައްދަށް އެއްވެފައިވާ ޕީޕީއެމްގެ ސަޕޯޓަރުންގެ ތެރޭގައި ތިބި އެ ޕާޓީގެ އިންތިހާބީ ކައުންސިލަރުންނަށް މަރުހަބާ ވިދާޅުވާ މަންޒަރެވެ.
އެގޮތުން "މިހާރު މިއީ ކައުންސިލް މެމްބަރުން ދޯ، މަރުހަބާ" މިފަދައިން ޔާމީން ވިދާޅުވާ އަޑު އެވީޑީއޯއިން އިވިގެން ދެއެވެ.
“Mihaaru miee council memberun dho, maruhabaa” Legit President 😅 pic.twitter.com/bJ0joFBBmO
— Hussain shareef (@Jerrikow) April 18, 2021
އިންތިހާބީ ކައުންސިލް މެމްބަރުންނަށް ރައީސް ޔާމީން މަރުހަބާ ވިދާޅުވެފައިވަނީ މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ މިފަހަރު ޕީޕީއެމް އިން ކާމިޔާބު ކޮށްފައިވާތީއެވެ. އެގޮތުން އެ ޕާޓީން ވަނީ ކައުންސިލްގެ 13 ގޮނޑި ކާމިޔާބު ކޮށްފައެވެ.
މީގެ ކުރިން މާލޭގެ ތާއިދު ބޮޑުކޮށް އޮންނަ އެމްޑީޕީއަށް ލިބިފައިވަނީ އެންމެ ފަސް ގޮނޑިއެވެ. އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރު ބޮޑު ތަފާތަކުން ބަލިކޮށް މާލޭގެ މޭޔަރުކަން ކާމިޔާބު ކުރެއްވީ އިދިކޮޅު ޕީޕީއެމްގެ ނައީބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒުއެވެ.
ދޮން ކަލޯ ވެރި ކަން ކުރި އިރު އިންތިހާބީ ކައުންސިލަރުން ގެ ދައުރު ހަމަޖައްސާ ދީފައި އޮތީ ހަމަ އެކަނި ވިހާ މަރުވާ މީހުން ނަން ނޯޓު ކުރުން!
ޔާމިން ދެންތީކާކު.
އެއިރުތިބި ކައުންސިލަރުން އޭރު ބޭނުންވީވެސް އެގޮތް
އެއިރުގެ ކައުންސިލަރުން ބޭނުމެއްނުވި ގައުމު ތަރައްގީ ކުރު
މައް އެއްބާރުލުންދޭކައް އެމީހުން އެކަމައް އިދިކޮޅު ހަދަހަދާ
ތިއްބާ އެމީހުންނާނުލާ ގައުމު އާރާސްތުކުރން ފެއްޓެވީ މިހާ
ރު މިފެންނަ ބްރިޖްއާއި ހުޅުމާލެއާއި ފަންސަވިސް ބުރިޔާއި
ކަކުނި ހޮރާއި އިންޑަސްޓްރިއަލް ސަރަހައްދާއި އެއަރޕޯޓްތަކާއި މިސްކިތާއި މިހެންގޮސް ކިޔިދާނެ ކިތަންމެވަރަކައްވެސް ފެންނަންއެހެރީ
ވަަރައް ސަޅި ،
ކަލޯ އަދިކިރިޔާދޯ ކައުންސިލަރުން ތިފެނުނީ!!
ޝުކްރި އްޔާ ރަ އީސް
ކޮން ރަ އިސް ޔާމިނެ އްތަ؟ ޥަގު ޔާމިނު ދަ އުލަތްމަޅާ ޔާމިނު
އޭރު އޮތީ ވިހާމަރުވާ ބަލަހައްޓަންވެސް ހަވާލުކުރާވަރު މަރުމޯލުން ތަކެއް ނޫން
މިހާރު އަދީބު މަތިން ގިނަ ދިވެހިން ހަނދާނެެއް ނެއް .
އަބަދު ރައީސް ޔާމީނައް ބެވުމުގަ .
ހިދުމަތްތެރިންނާ ވަގުން ދިވެހިންނަށް ވަނީ އޮޅިފަ .
ޒާތީ ވިޔަސް ބޮޑުވަރު .
މިހާރު އަދީބު މަތިން ގިނަ ދިވެހިން ހަނދާނެެއް ނެއް .
އަބަދު ރައީސް ޔާމީނައް ބެވުމުގަ .
ހިދުމަތްތެރިންނާ ވަގުން ދިވެހިންނަށް ވަނީ އޮޅިފަ .
ޒާތީ ވިޔަސް ބޮޑުވަރު .
ރޔ އަކީ މި ގައުމްށް ނުހަނު ގިނަ ގުނަ ހިދުމަތް ތަޖެއް ކޮށް ދެއްވާފަ ހުންނެވި ވެރިއެއް .
މިކަން ބަދަލެއް ނުކުރެވޭނެ .
ސާބަހޭ ރައީސް! ވީ ލަވް ޔޫ.އަދި ކިރިޔާ ރައީސެއް ފެނުނުހެންވެސް ހީވީ.މިހާރު ތިބީ ފައްކާ ސޭކުންތަކެއް.
ރައީސް ޔާމިން އަކީ މިޤައުމުދުއް އެންމެ ކުޑަދުވަސްކޮޅެއް ތެރޭގައި މިޤައުމައް އިންގިލާބީ ތަރައްގީއެް ގެނެސް ދެއްވި ރައްޔިތުމްގެ ފުދުންތެރިކަން އިންތިހައަށް އިތުރުވި ކުޅަދާނަ ހިތްވަރު ހުރި ވެރިއެއް ބޭރުގެ ދައުލަތްތަކުގެ ކުރިމަތީ އެމީހުން ބޭނުންހާ ގޮތަކަށް ކަން ކުރުމުގެ ކުޑަވެސް މިންވަރެއް ނުދެއްވާ ގާބިލް ވެރިއެއް.... މިހާރު ސާފްވެއްޖެ ދޯ.....