އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު މެއި މަހުގެ 29 ވަނަ ދުވަހު އޮންނާނެ ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީ އިން މިރޭ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ދާއިރާތަކުގެ ހިންގާކޮމިޓީތަކާއި ޕްރޮވިންސްތަކުގެ އިންތިޚާބު އޮންނާނީ 29 މެއި ވާ ހޮނިހިރު ދުވަހު ކަމަށެވެ.

މިއިންތިޚާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ ދާއިރާތަކުގައި ހިމެނޭ މިޕާޓީގެ އާންމު މެންބަރުންނެވެ. އެގޮތުން މިއިންތިޚާބުގައި ވޯޓުލެވޭނީ މިއަދު، 18 އޭޕްރީލް 2021 (އާދީއްތަ) ދުވަހާ ހަމައަށް އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ހިމެނިފައިވާ ފަރާތްތަކަށް ކަމަށް ވެސް އެޕާޓީން ބުނެއެވެ.

އެމްޑީޕީ އިން ބުނީ މިއަދުގެ 14:00 އިން ފެށިގެން 29 މެއި 2021 ގެ ނިޔަލަށް ޕާޓީން މެމްބަރޝިޕް ފޯމު ބަލައިގަތުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބަށް މިހާރު ވެސް ބައެއް ބޭފުޅުން އަންނަނީ ކެމްޕޭން ކުރައްވަމުންނެވެ. މިހާރު ކެމްޕޭން ފައްޓަވާފައިވާ ބޭފުޅުންގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ވެސް ހިމެނެއެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބަކީ އެޕާޓީގެ އެންމެ ބާރުގަދަ ގުނަވަން ކަމަށްވާ ގައުމީ މަޖިލީހަށް މެންބަރުން އިންތިހާބު ކުރާނެ އިންތިހާބެވެ. ގައުމީ މަޖިލީހުގައި ޕްރޮވިންސްތަކުގެ ސެކްރެޓޭރިއަޓް ރައީސުންނާއި ޕްރޮވިންސްތަކުގެ ސެކްރެޓޭރިއަޓް ރައީސުން ތިއްބަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އިންސާފު

    މި ގައުމުގައި ދެ ކަމެއްނުކުރޭ... ހުސް އިންތިހާބު ދޯ.......

  2. ހަލާކު

    ތި ފަނާކުރަނިވި ހަލާކުގެ ފިކުރެއް މިގައުމަށް ޖެހިފާ އޮތް ބަލާވެރިކަމެއް ގައުމަށް ގައްދާރު ވުންނޫންކަމެށް ނޭގޭނެ ކުރާކަށް ވެރިކަމުގަ ތިބޭއިރުވެސް އިދިކޮޅުގަ ތިބޭ އިރުވެސް ގައުމުގެ އިޖުތިމާއީ ފޭރާން ވީދާ ސުންނާފަތި ކުރުން ނޫންކަމެށް ކުރާކަށް ނޭގޭނެ މިގައުމުން ފެއްސިހެން ދޭބަލަ މީ އިސްލާމީ ގައުމެއް

  3. ގުލްފިށާމް

    ދެން ބޮއްޅަބޭ ހިންހަމަ ޖެހޭ މީހަކު ހަވާލުކުރާ ފޯމްތަށް ބަލައިގަންނާނީ ބާކީ އޮށް ދުވަސްކޮޅު. ނަމެއްގަ އޮންނާނީ ވަގުތީގޮތުން ފޯމް ބަލައިގަތުން މެދުކަނޑާފަ

  4. ގެރި

    ބޭކާރު އިންތިހާބެއް.. އެމްޑީޕީ އަށް ކުރެވޭނެހާ ކަމަކީ ދޮގުވައުދު ބުނުމާއި ވައްކަންކުރުން

  5. ބަކަރި

    ވީ ޑޯންޓް ކެއަރ.. ކޮމިއުނިސްޓް ސަރުކާރު އިސްތިއުފާ

  6. އަލި

    ކީއްކުރަން ބާއްވާ އެއްޗެއް... މާކުރިންވެސް އެނގޭ އިންތިހާބުގެ ނަތީޖާ... ހަހހަަހަހހަހަަހަ ކާފަރު ބުއްޅަބޭ ފިޔަވައި އިތުރު މީހަކު ނާންނާނެ

  7. ......

    ޢެމް.ޑީ.ޕީ އިން އިއުލާނު ކުރިއްޔޭ ބުނީމަ އޭގެ މާނައަކީ އަންނި އިއުލާނު ކުރިއްޔޭތަ....އޭނަ ގަދަ ދޯ