ތ. ވޭމަންޑޫން އުފެދުނު ކޮވިޑް އިހާ (ކްލަސްޓާ) އާއި ގުޅުންހުރި މީހެއް އެ އަތޮޅު ހިރިލަންދޫން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހިރިލަންދޫ ހެލްތު ސންޓަރުން ބުނީ ވޭމަންޑޫ އިހަލާއި ގުޅިގެން އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން މިމަހުގެ 16 ވަނަ ދުވަހު ޓެސްޓު ކުރުމަށް ފޮނުވި ސުންކުތަކުން އެކަކުގެ ސުންކު ކޮވިޑަށް ފައްސި ވެފައިވާ ކަމަށެވެ.

މިވަގުތު ކޮވިޑް-19 އަށް މީހަކު ފައްސިވެފައި ވާތީ ކުދިބޮޑު އެންމެން ގުޅިގެން މިކަމުން އަރައިގަތުމަށް ކަމާއިބެހޭ ފަރާތްތަކުގެ ލަފާގެމަތިން މަސައްކަތްކޮށް ފަރުދީ ޒިންމާ އަދާކުރުމަށް ހެލްތު ސެންޓަރުން ވަނީ އިލްތިމާސް ކޮށްފައެވެ.

ވޭމަންޑޫ އިހަލާއި ގުޅިގެން ހިރިލަންދޫން މިހާތަނަށް 154 މީހެއްގެ ސުންކު ވަނީ ނަގާފައެވެ.

ވޭމަންޑޫން މާލެ ގެނައި ދެ މީހަކު ކޮވިޑަށް ފައްސި ވުމުން އެރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޫގަލްމޫ ނާހަންޖާރު

    ނެގުނު ސާންޕަލްތަކުގެ ތެރެއިން އަފޫބެގެ ސާންޕަލްގެ ނަތީޖާ ވަނީ ގޮތްނޭނގޭ ތާކު ތާށިވެ ހަަތަރު ރެޔާއި 3 ދުވަސް ވެފައެވެ. ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ