ތައުލީމީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ނާއިލާ އިބްރާހިމްކަލޭފާނު އަވަހާރަވީ ކޮވިޑް-19 ޖެހިގެން ކަމަށް އެޗްޕީއޭ އިން ނިންމައިފިއެވެ.

އެޗްޕީއޭ އިން ދެންމެ ވިދާޅުވީ އޭޑީކޭގެ އީއާރްއަށް އިއްޔެ ގެންދިޔަ 72 އަހަރުގެ އަންހެނަކު ނިޔާވެފައިވާ ކަމަށާއި އޭނާ ނިޔާވީ ކޮވިޑް-19 ޖެހިގެން ކަމަށް ނިންމާފައިވާ ކަމަށެވެ. އޭނާ އޭޑީކޭގެ އީއާރްއަށް ގެންދިޔައީ އިއްޔެ ކަމަށާއި އޭނާ ނިޔާވި ކަމަށް ނިންމާފައި ވަނީ އިއްޔެ 09:22 ގައި ކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ.

"ވަގުތު" އަށް ކަށަވަރު ވެފައިވާ ގޮތުގައި އެއީ ނާއިލާ ކަލޭފާނުއެވެ. ނާއިލާ އަވަހާރަވީ އާލާސްކަންފުޅާއި އުޅުއްވާތާ ވަރަށް ގިނަދުވަސްތަކެއްވީ ފަހުން ކަމަށް އޭނާގެ ގާތް ބޭފުޅުން މައުލޫމާތު ދެއްވާފައިވެއެވެ.

ނާއިލާ ކޮވިޑް-19 އަށް ފައްސިވި ނަމަވެސް އާއިލާގެ އެއްވެސް ބޭފުޅަކު ކޮވިޑަށް ފައްސިވިކަމެއް އަދި މިހާތަނަށް ކަށަވަރެއް ނުވެއެވެ. ނާއިލާ އަކީ މިހާރު އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރ ޑރ.މުހައްމަދު ޒާހިރު ހުސައިންގެ އަނބިކަނބަލުންނެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި 70 ވަނަ މީހާއެވެ. މިހަފްތާގައި ކޮވިޑް ޖެހިގެން ރާއްޖެ އިން ވަނީ ތިން މީހުން ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ކިހިނެއްބާ ކަށުކަމާކެމީގެ ކަންކަން ދިޔައީ. އެހެން މީހުން މަރުވެގެން އާއިލާ މީހުންނަށް ކައިރިވެސް ނުވެވޭ/ ކަށްވަޅަށް 3 މުށް ފަސްއަޅާލަންވެސް ނުލިބޭ. ކަށުނަމާދުވެސް ދަނީ ވަރަށް ނިކަމެތިކޮށް. އެހެން މީހުންނާ ތަފާތުވިނަމަ ތިއީ ޢަލީ ޙުސައިން އެ ބުނާ ބޭފުޅިޒަމްގެ ވައްތަރެއް.

  2. ރޯޔަލް ބުލް

    މި ކަމުގެ ޒިންމާ މި ސަރުކާރުން ނަގަން ޖެހޭ.. މި މީހުންގެ މޮޅެތި އުސޫލުތަކާހެދި ބަލިފެތުރުނީ