22:04

އިތުރު 157 މީހުން ކޮވިޑަށް ފައްސިވެއްޖެ.

21:50

ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން މާދަމާ ފަށާނެ.

21:38

އޭދަފުށިން އިތުރު މީހަކު ކޮވިޑަށް ފައްސިވެއްޖެ.

21:10

ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެމުން އަންނާތީ އިންޑިއާގެ ވެރިރަށް ނިއުދިއްލީ ހަ ދުވަހަށް ފުރަބަންދު ކޮށްފި

20:29

ކޮވިޑް-19ގެ އާ ވޭދަނަތައް ފެނި ނުރައްކާބޮޑުވެފައިވާ އިންޑިއާއަކީ ދަތުރު ކުރުން ނުރައްކާތެރި ގައުމެއްގެ ގޮތުގައި ކަނޑައަޅައިފި

20:05

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ފައްސި ވޭދަނައެއް ފެނި، އއ. ބޮޑުފޮޅުދޫއަށް އަރާ ފޭބުން މަނާކޮށްފި

19:24

ކޮވިޑް-19 އިން ރައްކާތެރިވުމަށް ދޭ ވެކްސިން ޖެހުމަށް އޮންލައިންކޮށް ޓޯކެން ނަމްބަރު ނެގޭނެ އިންތިޒާމު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސައިފި

16:54

ބ. އަތޮޅު އޭދަފުށީގައި ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށަށް އަރާ ފޭބުން މަނާ ކޮށްފި.

13:19

ޗައިނާގެ ދިރާސާކުރާ ޓީމަކުން ދެ ވައްތަރުގެ ވެކްސިން އެއްކޮށްގެން ސަންސިކޯ ބިއޮލޮޖިކްްސް އިން އުފައްދާފައިވާ ޑޯޒެއް ޓެސްޓު ކުރަން ނިންމައިފި

09:53

ވެކްސިން ދިނުމުގައި ފިލްމު އިންޑަސްޓްރީގެ ފަރާތްތަކަށް އިސްކަންދޭންޖެހޭ: ޕޫނަމް

09:41

ބްރެޒިލްގެ ކޮވިޑް ހާލަތު ގޯސްވެ ގިނަ ބަޔަކު ބަނޑަށް ޖެހިދާނެ ކަމުގެ ބިރު ހީވެފައި.

04:47

04:35

02:05

01:47

ކޮވިޑް-19 އަށް މިއަދު ފައްސިވި މީހުންގެ އަދަދު މިވަނީ ފާއިތުވި ދެހަފްތާ ދުވަހު އިތުރު ނުވާވަރަށް އިތުރުވެފައެވެ.

ރާއްޖެ އިން އިތުރު 203 މީހަކު މިއަދު ކޮވިޑް-19 އަށް ފައްސިވިއެވެ. މިއަދު މާލެ އިން 115 މީހަކު އަދި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 70 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ. ރިސޯޓްތަކުން މިއަދު 18 މީހަކު ފައްސިވިއެވެ.

މިއަދަކީ އޭޕްރީލް މަހުގެ 01 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު އިތުރުވިއިރު މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ އަދަދުވެސް ގިނައެވެ. މިއަދު 3238 މީހަކު ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. މިއަދަކީ އޭޕްރީލް މަހުގެ 11 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުޙައްމަދު

    އިންތިޚާބަށް އޮބާހައްޓާފައި ހުރި އެތިކޮޅު ބޭރުކޮށްލީ ދޯ.. ދެން ކޮންމެ ދުވަހަކު ދާނީ މައްޗަށް.

  2. ޢިއްތިހާދު

    މައިމޫނާ އިސްތިއުފާ ދޭންވީވަގުތު ރައްޔިތުން ގޭބަންދު ރަށުބަންދުކޮއްގެން މިމީހުންބޭނުން ވާބަޔަކު ބުނާގޮތައް އެމީހުންދަތުރުފަތުރު ކުރެވޭގޮތައް ގަވާއިދުތައްހަދާ ސިޔާސީމަންފާ ހޯދަދިނުމައް ރައްޔިތުންގޮވަންފެޝީމަ ހަގަޑިއިރުނުވަނީސް އެބާތިލްކޮއްލަނީ ހުރިހާގެއްލުމެއް ނިކަމެތިރައްޔިތުންނައް މަގާމުތަކުގަ ތިބިމީހުން ލައްކައިން މުސާރަ ޖީބުފުރެންދެން ނިކަމެތިންހާލުގަޖެހިމިދަނީ ކޮވިޑް އައްގަވާއިދު ދެންހަދަންވީރައްޔިތުން މިކަމެއް ސަރުކާރަކައް ދަރުބާރުގެއަކައްނުވި އިސްލާހުކުރަންވީ މިތަންތަނާހަވާލުވެތިބިވެރިން