ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޮޑުވަޒީރަކަށް ވާން ބޭނުންވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަންގަވައިފި އެވެ.

ރައީސް ނަޝީދު، ރައީސް ސާލިހަށް މިގޮތަށް އެންގެވީ، ރައީސް ސޯލިހަށް މިއަދު ހަވީރު ފޮނުއްވި މެސެޖެއްގައެވެ.

އެ މެސެޖްގައި ރައީސް ނަޝީދު ވަނީ އެކަމާއި ގުޅޭގޮތުން ރައީސް ސޯލިޙާއި މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަަމަށް ވިދާޅުވެފައެވެ.

ރައީސް ސޯލިހަށް ރައީސް ނަޝީދު ކުރެއްވި ކަމަށް ބުނާ މެސެޖުގެ ސްކްރީކްޝޮޓްތަކެއް މިހާރު ދައުރުވަމުން އަންނައިރު، މެސެޖުގައި ރައީސް ނަޝީދު ވަނީ ބޮޑުވަޒީރުކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވަނީ އެއްފަރާތެއްގައި ހުންނެވުމުގެ ބަދަލުގައި ޤައުމު ހިންގަން އެދިވަޑައިގަންނަވާތީ ކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު ވަނީ ބޮޑުވަޒީރަކަށް ވަޑައިގަތުމަށްޓަކައި، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރެއް އަންނަ ފެބްރުއަރީ މަހުގައި އެކުލަވާލުމަށް އެދިވަޑައިގަންނަވާކަން ވެސް ހާމަކުރައްވާފައެވެ.

މިއާއެކު ރާއްޖޭގައި ދެން އެންމެ އަވަހަށް އޮންނަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނުބޭއްވުމަށާއި، 2024 ވަނަ އަހަރު މަޖިލީހުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ބޭފުޅަކު ކަނޑައެޅުމަށްވެސް ރައީސް ނަޝީދު ވަނީ ހުށަހަޅުއްވާފައެވެ.

ރައީސް ނަޝީދުގެ މި އެދިވަޑައިގަތުން މިހާރު ބައެއް ވަޒީރުންނަށްވެސް ހުށަހަޅާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ރައީސް ނަޝީދުގެ ވިސްނުންފުޅު ހުރީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށްގެން ވެރިކަންކުރާ މައި ޕާޓީ އަދި އެމަނިކުފާނުގެ ޕާޓީ، އެމްޑީޕީގެ ސަރުކާރެއް ދެމެހެއްޓުމަށެވެ. މިކަމަށް ބާރުލިވޭފަދަ ވާހަކަތަކެއް ކުރީންވެސް އެމަނިކުފާނު އެކި ފަހަރުމަތީން ދައްކަވާފައި ވެއެވެ.

އަދި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް، ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާކަން ވެސް ކުރިން ރައީސް ނަޝީދު ހާމަކުރެއްވި އެވެ.

މިކަމާއި ގުޅޭގޮތުން މީގެ ކުރީން ރައީސް ސޯލިހާއި ކުރިމަތި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވެފައި ވަނީ އެމަނިކުފާނު ބޭނުންފުޅުވަނީ، އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރުގައި ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވެފައި ވަނީ ރާއްޖޭގައި ވެރިކަންކުރާނެ ނިޒާމަކާއި ގުޅޭގޮތުން ރައްޔިތުން މީގެ ކުރިން ގޮތެއް ނިންމަވާފައިވާ ކަމަށެވެ. އަދި ނިޒާމު ބަދަލުކުރަން ވިސްނަވާކަށް ވަގުތެއް ލިބިވަޑައިނުގަންނަވާ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވެފައި ވަނީ ވެރިކަމުގެ ނިޒާމް ކަނޑައެޅުމުގައި ދެންވެސް އޮންނާނީ ރައްޔިތުންގެ ނިންމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

42 ކޮމެންޓް

  1. ކަނި

    މޮޔަވޭ

    14
  2. ޥަކަރުބޭ

    ސައިތާނު ސައްކެޔޮގަހަށް އަރައިފަ އޮވެ ސައްކެޔޮ ކަނޑަން. ތިކަމެއް ނުވާނެ. ޙަނދާން ނައްތާލަ

    23
  3. ވިސްނާލުމަށް އެދެމޭ

    އޭ އޮޅުނީތަ..ބޮޑު ވަޒީރަކަށް ވާންބޭނުންނަމަ އަންގަން ވީ ރައްޔިތުންނަ..ރައްޔިތުން ނިންމާނީ ބޮޑު ވަޒީރެއް ހުންނަންފެނޭތޯ...ރައްޔިތުން މިއޮތީ ގޮތް ނިންމާފަ ރައީސުލް ޖުމްހޫރިއްޔާއެކޭ ބޭނުމީ..ދެން ކޮންބޮޑު ވަޒީރެއްތަ...ބޮޑު ވަޒީރަކަން ކުރަން އިންޑިޔާއަށްދޭބަލަ..ބޮޑު ބލއަކަށް ރައްޔިތުންނަ ވެއްގެން ތިހުންނަނީމިތާންގަ..

    23
  4. ކަމަނަ

    މިކަލޭގެ މިހާރުވެސް މި ކުރަނީ އެކަމެއް ނޫންތަ؟ ބޮޑުވަޒީރު ނުކިޔާކަން އެކަނި

    18
  5. މޯދި

    ވެރިކަމާއި ހެދި މޮޔަވަނީ މިކަލޭގެ ގެންގޮސް ގުރާދޫގަ ބަހައްޓާފަ ބޮލައް ބޭސް ކުރަން ވެއްޖެއެވެ.

    21
  6. ސާބަސް

    މަށެއް ބޭނުމެއް ނޫނޯ ވެރިކަމެއް!

    19
  7. ހާލަތު

    ނަޝީދަކީ މިހާރު މާޒީއެވެ. ނަޝީދުގެ އަމަލުތައް ބަދަލު ނުކުރާނަމަ އެމްޑީޕީވެސް ދެންދާނީ ފަހަތަށެވެ. މިއީ ސުވާލެއްވެސް އޮތްކަމެއް ނޫނެވެ.

    25
    1
  8. ނަޒީފް

    ކޮންތާކު އޮތް ބޮޑުވަޒީރެއްތޯ. ކީއްކުރށނަމޭ ހިތާ ތޯތިޔަ އުޅެނޫ. ތިމާއަށް ދެން ރައްޔިތުންގެ ތާއީދުން ކަމެއް ނުކުރެވޭނެކަން އެނގި ފެއިލްވުމުން ޚުދުމުޚުތާރު ވެރިކަމެއްގެ ބިންގާ އަޅަން ތަޢްޔާރުވަނީ

    21
  9. ޢަހުމަދު

    މިގައުމުގެ ވެރިޔަކަށް ކަލޭ ގެންނާކަށް އަހަރުމެން ބޭނުމެއްނުވޭ.

    22
  10. ިުިހުސެން

    ރައީސް ސޯލިހަށް މެސެޖެ ފޮނުވާލަންވީ ދޯ! މަވެސް ބޭނުން ދެބިލިއަން ރުފިޔާ.

    18
  11. ބޮޑު ފަރަންޖީ

    ހެޔޮނުވާނެ ދިވެހި ރައްޔިތުން މި ބަލާވެރިކަމުން ނުވަތަ ކެނެރީގޭ ނަށީދު ކިބައިން މިންޖް ކުރަށްވާތޯ މި ބަރަކާތްތެރި މާތް މައްސަރު ރޭ އަޅުކަން ކޮށްގެން ﷲ ޚަޒްރަތުގައި ގިނަގިނައިން ދުޢާ ކޮށްބަލަ.

    20
  12. އަލީ

    ކެނެރީގޭ ނަށީދު ކިބައިން މި ދިވެހި ޤައުމާއި ދިވެހި ރައްޔިތުން ސަލާމަތް ކުރަށްވާށި އާމީން

    20
  13. ވާނުވާ

    ހަދާފަ ނުހަދާނެ ގޮތެއް ނޭގިގެން ގޮސް ފަސް އަހަރު ހަމަވަނީ...ވީކަމެއް ނެތް! މާލޭގެ މަގުތައް ހީވަނީ އޮއްވަޅު ގޮނޑިޔެއް ހެން..ސްޓިކާ ޖަހާމީހުން ސްޓިކާޖަހަނީ..ޓެކްސް ނަގާ މީހުން ޓެކްސް ނަގަނީ...ގޭންގު ތައް ވަނީ ގިނަ.. ހަކުރު ވިޔަފާރި އިންތިހާޔައް އީޒީ..ސަރުކާރު އޮފީހަކުން ކަމެއް ބޭނުން ވެގެން އެކަމެއް ވާން ނަގާ މަސް ދުވަސް! ވައްކަން ކުރުމާ ކޮރަޕްޝަން އިންތިހާޔައް! މާލެޔާ ހުޅުމާލެ ފުރި ބާރުވަނީ؟ރައްޔިތުން ހޭބަލި ވަނީ..

    18
  14. ޢިބްލީސް

    ދިވެހި ރައްޔިތުންނަކީ ނެއްބަޔަކަށް ހަދައިގެން މިއުޅެނީ ކީއްވެބާ ބޮޑުބަޒީރަޚައްވެސް ހުރެވޭނީ ރައްޔިތުންގެ ރުހުން ލިބިގެން ކަމްނޭގެނީބާ

    15
  15. މަ

    ކަންތަކާ ޖެހުނީއޭ މި

    15
  16. ޢަދުރޭ

    ހީވާ ގޮތުން ކޮންމެސް ކަމެއްގެ ފޯކަސް އެހެންދިމާލަކަށް އަނބުރާލަން ދުއްވާ ސިޔާސީ ދެބޯގެރި ދުއްވުމެއް ހެން ހީވަނީ

    13
  17. މުނޭ ޑިޑި

    މިކަމުގެ ފުރިހަމަ ޒިންމާނަގަން ޖެހޭނީ މަޖުލީހައް މިފަދަ ގައްދާރު މެންބަރުން ހޮވި ބަޔަކު.. އެންމެ ދާއިރާއެއްގެ ވޯޓުން މަޖުލީހައް އައިސް ގައުމުގެ ވެރިކަމަކަށް ނާދެވޭނޭ.. އެމީހުން ހޮވި އެމްޑީޕީ މީހުން މިކަން ހުއްޓުވަން ނިކުމޭ.. ޔާﷲ އެ ނުލަފާ ނަސީދުގެ ކިބައިން އަޅަމެންނާއި އަޅަމެންގެ ގައުމު ސަލާމަތް ކުރަންވާން ދެއެވެ. އާމީން

    16
  18. ތަރިކަ

    މި ޤައުމަކީ އެމްޑީޕީގެ ތަރިކަ މުދާގަނޑެއް ނޫން. މިގައުމުގެ ރައްޔިތުން ނިންމާފައިވާ ނިޒާމެއް ބަދަލުކުރަންވާނީ ސީދާ ރައްޔިތުންގެ ވޯޓަކުން. ގާނޫނުއަސާސީއާ އެއްގޮތަށް ވެރިކަން ކުރަން ނޭނގޭނަމަ އަވަހަށް އެއްފަރާތްވޭ.

    14
  19. ޣ

    އަޅުގަނޑަށް ފެންނަނީ ރާގޮނޑި ރާޖާ ފެންނަތަނުން ކޮންމެ މީހަކުވެސް ބާރަށް ޤުރުއާންގެ އާޔަތެއް ނަމަވެސް ކިޔަވާލަން. ޤުރުއާނަށް ވަރަށް ބިރުގަންނަ މީހެއް މީނަޔަކީ. މިހެން ހަދަންފަށައިފިނަމަ ދިވެހިރާއްޖެ ދޫކޮށް ފިލާފާނެ އޭރުން މި ލާީނީ މުސީބާތުން ސަލާމަތްވީ

    13
  20. އެމަންޖެ

    ބޮޑުވަޒީރަކަށް ވާދުވަސް އެއީ ނަޝީދު ރާއްޖޭގަ ހުންނާނެ އެންމެ ފަހު ދުވަސް.

    16
  21. ޙހ

    ފުލުހުންގެ ޤާނޫނަށް މި ގެނައި ބަދަލުގެ ބޭނުމަކީ މި ކުޅިގަނޑު ކުޅެންވެގެން ގެނައި ބަދަލެއްކަން މިހާރު ޔަޤީން ވެއްޖެ، ފުލުހުންގެ އަތްފައި ބަނދެވޭ ގޮތަށް، ރޭންކުގަ ސާރވިސް ނަމްބަރ ޖެހީ އެމީހުން ފަސޭހައިން ފާހަގަ ކުރުމުގެ ބޭނުމުގަ، މީ އަމިއްލަ އެޖެންޑާ އަކުން ކޮށްގެން އުޅޭކަމެެއް، އެތަނުގެ މަތީ ރޭންކް ތަކުގަ އުޅޭ ފުލުހުންނަށް ވުރެ ދަށް ރޭންކް ތަކުގަ އުޅޭ ކުދިން މި ޤައުމާއި ދޭތެރޭ މާ ބޮޑަށް ވިސްނާ

    16
  22. ކާފަބޭ2020

    މީހަކުކަމަކަށް ދަހިވެތިވިޔަސް ތިޔައީތަންކޮޅެއްބޮޑުވަރު ދެމީހުންބައިއަޅައިގެން ހިންގާޖަރީމާތައް ފޮރުވާލެވޭނީ ބޮޑުވަޒީރަކަށްވެގެންކަމުގަދެކުމަކީ އެހެންމީހުންގެ ލޮލަށް ނުފެންނަކަންފަތަށްއަޑުނީވޭބަޔަކަށް ވާންޖެހެނީތޯ؟ ތިޔައުޅެނީ އެހެންދެބޯގެރިއެއްދުއްވާ އިންޑިއާއިންއަބަދާއަބަދުފައިސާޚަރަދު ކުރުވައިގެން ވެރިކަންގަނެގެން ކިހާދުވަހަކުވެރިކަމުގަ ބަގުޑި ހުރެވިދާނެކަމަށްތޯ؟ މިމަކަރުވެރިރޭވުމުން މިލޮބުވެތިޤައުމު ސަލާމަތްކުރެއްވުންއެދި ﷲއަށްދުޢާ ދަންނަވަން!

    14
    1
  23. ަޖަސްޓިސް

    މީ ލޯކަލްއިންތިހާބުގަ ލިބުނުނާކާބިޔާބުގެ ވާހަކަ ދައްކުން ހުއްްޓުވާލާ އެހިތްދަތިކަންމުގެފޯކަސް ގެއްލުވާލަން ހިންގާ ޖަރީމާއެއް މީހުދުމުހްތާރު އަނިޔާވެރި ސަރުކާރެއް

    14
  24. Anonymous

    ބުއްޅަބޭ

  25. ޙައްޤުތެދެއް

    ވެރިކަމާހެދި މީހަކު މޮޔަވެ ހަލާކުވަނީ 🤣😂🤣

    12
  26. ފުވައްމުލަކު ޒުވާންޖީލު

    ރައީސްއޮފީހުގެބޮޑު ވަޒީރުކަންދީ !! މިހާރުއެހުންނަނީ މަޖިލީހުގެބޮޑު ވަޒީރަކަށް.

    11
  27. ކޮތަރު

    ރައީސްސޯލިހަށްދައްނަ ވަން
    މިހިރަ މަރުމޯލު ބޮޑު ވަޒީރުކަންކުރަން
    މާލެއަތޮޅު ގުރާދޫއިން ޖާގައެއްހުސްކޮށްފަ އެތަނަށްލާ .. އެހެންނޫނީ ދެކުނުތިލަފަޅު ހިއްކާފަ މީނަޔަށްދީ.

    11
  28. ހަސަން މުތީއު

    މީ ބޮޑު ބލ އެއް މިގައުމަށް ދިމާވެފައޮތް.ބޭނުން އެއްޗެއް ނެހެދޭނެ.ރައްޔިތުން ނިކަން ހޭއަރާތިބޭ.ޜައްޔިތުންގެ އަތުން ފައިން ގޯސް ހައްދަވަން ނޫޅުއްވާ ދިވެހިންގެ ގައުމު ދިވެހިންނާ ހަވާލު ކޮށްފަ ބަޗަން އުޅޭ.މީ އެމްޑީޕީގެ ވެސް ހަލާކު ގައުމުގެ ހަލާކު ދިވެހިންގެ ހަލާކު.

    11
  29. ކޮރަލް

    އިންޑިޔާ އިން ބޭނުން ވާ ގޮތެވެ.

    10
  30. ޖަޒީރާވަންތަ ކެހެރިނުފަޅާ ޖަނަވާރު

    ޑިމޮކްރަސީއޭ ކިޔައިގެން ރައްޔިތުން ގޭބަންދުކޮށް އަޅުވެތިކޮށްގެން ޑިކްޓޭޓަރޝިޕްއެއްހެން މިގައުމެއް ނުހިންގޭނެ.. މި ގައުމަކީ ނަޝީދު ބައްޕަގެ ތަރިކަ މުދަލެއް ނޫން

    14
  31. ގެރި

    ވަގު ކޮމިއުނިސްޓް ސަރުކާރު އިސްތިއުފާ

    13
  32. ހޮޅި ފަތިސް

    މީނައަށް ރައީސް ކިޔަންވެސް ފަކުރުގަނޭ

    14
  33. ޖަޒީރާ ކޮމިއުނިސްޓް ދާދާ

    އަހަރުމެން ފަކުރު ގަނެ ލަދުގަނޭ ރައީސް ކިޔަންވެސް

    17
    1
  34. ގައުމީ ލޯބި

    ދިވެހި ޤައުމު މިއީ ތިބޭފުޅާގެ މައިންބަފައިންގެ ތަރިކަ މުދަލެއްނޫން.. ޅިޔަނު ކާރީބުނީމަ، އޭނާ ދޭން..

    ދިވެހީން ބޭނުން ނިޒާމު މިހާރު މިއޮތީ.. ދިވެހީން ބޭނުންވާ މީހާ އެހެރީ ހޮވާފަ..

    ދެން ދޭ އަނެއް ދިވެހިރާއްޖެއަށް ފަރަންޖި ދީންފަތުރަން .. ބޮޑުވަޒީރުކަން ކުރަން.. މިރާއްޖެ މިއީ އަޅުގަނޑުމެން އެންމެންގެ ގައުމު..

    މިތަން ހަލާކު ކުރައްވަން ނޫޅުއްވާ.. އަވަހަ ވަޑައިގަންނަވާ ދުނިޔެ ކުޑައެއްނުން ނުބައި ކަންފަތުރަން..

    11
  35. އަޙުމަދު

    ރާއްޖޭގެ ވެރިކަމުގެ ނިޒާމް ކަނޑައެޅީ ދިވެހިރައްޔިތުން އެހެންވީމާ މިހާރުގެ ނިޒާމް ކަމުނުދާ ކަމަށްވާނަމަ ކަމުދާ ނިޒާމަކީ ކޮބާތޯ އަހަންޖެހޭނީ ރައްޔިތުން ކުރެން، ރާއްޖޭގައި މިހާރު ވެރިކަން ކުރަމުންދާ ނިޒާމު ބަދަލު ކުރުމުގެ މަސްއޫލިއްޔަތު، ރައީސް ޞާލިޙު އަދި ރައީސް ނަޝީދު އާއިވެސް ޙަވާލެއް ނުކުރެއެވެ.އަދި ރައްޔިތުންގެ މަޖިހީހާއިވެސް ޙަވާކޮށްފައިނުވެއެވެ. ނިޒާމަށް ބަދަލު ގެނެވޭނީ ދިވެހިރައްޔިތުން ނަށް އެނޫން އެހެން ބަޔަކު އެކަން ކުރަން އުޅުމަކީ ރައްޔިތުން ދީފައި ނުވާ ބާރެއް ޙައްޤު ނޫން ގޮތުގައި ބޭނުން ކޮށްގެން ރައްޔިތުން އަޅުވެތި ކުރުން އެހެންކަމުން އެކަން ނުކުރުމަށް އިލްތިމާސް ކުރަން. ރައީސް ކަމާއި މަޖިލީހުގެ މެޖޯރިޓީ އާއި މަޖިލިސްގެ ރައީސް ކަން ލިބިގެން ދެ އަހަރު ބައިވިއިރު ރައްޔިތުން ބޭނުންވާ މިންވަރަށް ރައްޔިތުން ނަށް މި ސަރުކާރުން ކަމެއްކޮށް ނުދެވުނު ބަޔަކަށް ބޮޑުވަޒީރުކަން ދިނަސް ކޮށްދެވޭނެ ޚިދުމަތެއް އޮންނާނެ ކަމަށް ނުދެކެން، މީގެ ކުޑަ މިސާލެއް ޙިއްޞާކޮށްލާނަން، އެއީ ހުޅުމާލޭގައި ކުރީ ސަރުކާރުން ޢިމާރާތް ކުރައްވާ ވާފައިވާ7000ފުލެޓް ނިމިފައި ހުންނަތާ ދެ އަހަރު ފާއިތުވެ ދިޔަ ފަހުން އެތަން ލިބުނު މީހުން އެތަނަށް ވައްދަން މިސަރުކާރުން ނިންމީ އެތަނުގެ ދޮރާއި ދޮރުފަތް ނުލައި ފަންކާއި ބޮކި ހަރުނުކޮށް ނޫންތޯ، އެ ފުލެޓް ތަކުގައި ދިރި އުޅެނީ ދިވެހިރައްޔިތުން ނޫންތޯ ކުރީ ސަރުކާރުން ަައެމަސައްކަތް ނުކުރުމަކީ މިސަރުކާރުން އެކަން އެގޮތަށް ދޫކޮށްލަންޖެހޭ ކަމެއްތޯ ހެޔޮވެރިކަމާއި މުއްސަނދި ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށް ނޫންތޯ ތިބޭފުޅުން ވެރިކަމާއި ޙަވާލުވީ، ރައީސް ޞާލިޙު ގެ ދަތުރު ޚަރަދަށް އެތައް މިލިއަން ޚަރަދު ކޮށް ބަދަލު ދިނުމުގެ ނަމުގައި ތިން ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރެވުނު އިރު ރައްޔިތުންނަށްޓަކައި އެފުލެޓް ތަކުގައި ދޮރާއި ދޮރުފަތް ހަރުކޮށް ފަންކާއި ބޮކި ހަރުކޮށް ނުދެވުނު ބަޔަކު ވެރިކަމުގެ ބާރުތައް ދަމަހައްޓަން އިތުރަށް މަސައްކަތް ކުރުމުގެ އެއްވެސް ޙައްޤެއް އެބައޮތްތޯ ޖަވާބަކީ ނެތޭ ވޯޓުން ެެަެ އެވަނީ ވަރަށް ސާފުކޮށް ޖަވާބު ދީފައި ރައްޔިތުން. ވެރިކަމުގެ ނިޒާމާއި ކުޅެ ސަކަރާތް ނުޖެއްސެވުންއެދެން.

    12
  36. ކައުންސެލަރު

    މައުމޫނު ޢަބްދުލްޤައްޔޫމަށް ވެދުމާ ސަލާމް!

  37. ދޮންފަޅޯ

    ކަލޯ ބަޑިބޭސްބުރީގަ އަލިފާން ޖަށްސަނީތަ؟؟

  38. ކަނބާ

    މީ މިކަލޭގެ ނުލާހިކު ބޭނުންވާކަމެއް. އެހެންނަމަވެސް މިވަގުތު މިވާހަކަ ދައްކާން މިފެށީ ކައުންސިލް އިންތިޚާބުގައި ލިބުނު ނާކާމިޔާބީވެ ވާހަކަތައް މީޑިޔާއިން ފަނޑުކޮށްލުމުގެ ބޭނުމުގައި.

  39. ސަލީމާ

    ވޯޓުން ވައްކަންކޮށް ޔާމީނަށް ލިބުނު ވޯޓުން 58000 ވޯޓު ވަގަށްނަގައިގެން ޞާލިޙް ވެރިކަމަށްއާސްހުއްޓަސް ރިޔާސީ ޓިކެޓްދީ ތިޔަ ފުރުޞަތު ޞާލިޙަށް ހޯދައިދިނީ ނަޝީދެވެ. ޞާލިޙްވަނީ މިދުވަސް މިގޮތަށް އަންނާނޭނޭކަން ކުރިން ޤަބޫލުކޮށް ހިތާބޮލުން މިިގޮތަށް އެމްޑީޕީއާއެކު ބޯލަބާން އެއްބަސްވެފައެވެ.

  40. ކޮވިޑް

    ކަލޭ ބޭނުން ވީމަ ކަލޭ ބޭނުންހާ ކަމެއް ވާން އޮތް ތަނެއްތަ މި ޤައުމަކީ ؟

  41. އަހުމަދު

    ވެރިކަމަައި ހެދި މޮޔަބޮލައް އަރައިގެން ރނ ތިއުޅެނިި ރސ ވެރިކަން ފަސްއަހަރު ކޮއްފަަނެތިި

  42. އިސްމާޢީލް

    ޥެރިކަމާހެދި މިމީހާ މޮޔަވެއްޖެ. ހަމަ ހިނި އަންނަނި.