2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ނުބޭއްވުމަށް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ އަރިހުގައި އެދިވަޑައިގެންފިއެވެ.

ރައީސް ނަޝީދު މިގޮތަށް އެދިވަޑައިގެންފައި ވަނީ ރައީސް ސޯލިޙަށް މިއަދު ފޮނުއްވި މެސެޖެއްގައެވެ.

2023 ވަނަ އަހަރުގެ އިންތިޚާބު ނުބޭއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވި އިރު އެމަނިކުފާނު ރާއްޖޭގެ ބޮޑުވަޒީރުކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާކަން ވެސް ވަނީ ރައީސަށް އަންގަވާފައެވެ.

ރައީސް ސޯލިޙަށް، ރައީސް ނަޝީދު ފޮނުއްވި ކަމަށް ބުނާ މެސެޖެއްގެ ސްކްރީންޝޮޓް މިހާރު ދައުރުވަމުން އަންނައިރު މިކަންކަމާއި ގުޅޭގޮތުން ރައީސް އާއި މަޝްވަރާ ކުރެއްވުމަށް ބޭނުންފުޅުވާ ކަމަށް މެސެޖުގައި ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބޮޑުވަޒީރުކަން ކުރައްވަން ބޭނުންފުޅުވަނީ، އެއްފަރާތްވެވަޑައިގެން ނުހުންނަވައި ޤައުމު ހިންގަވަން ބޭނުންފުޅުވާތީ ކަމަށެވެ.

މަޢުލޫމާތުލިބޭގޮތުން ރައީސް ނަޝީދުގެ މި އެދިވަޑައިގަތުން މިހާރު ވަނީ ވަޒީރުންނަށް ވެސް ހުށަހަޅާފައެވެ. މިއީ ރައީސް ސޯލިހުގެ ވެރިކަމުގެ ދައުރުގެ ތެރެއިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރައްވައި ބޮޑުވަޒީރުކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާކަން ސަރުކާރުގައި ރައީސް ނަޝީދު ދެންނެވި ފުރަތަމަ ފަހަރު ކަމަށް ބެލެވެއެވެ.

ރައީސް ނަޝީދުގެ ވިސްނުންފުޅު ހުރީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށްގެން ވެރިކަންކުރާ މައި ޕާޓީ އަދި އެމަނިކުފާނުގެ ޕާޓީ، އެމްޑީޕީގެ ސަރުކާރެއް ދެމެހެއްޓުމަށެވެ. މިކަމަށް ބާރުލިވޭފަދަ ވާހަކަތަކެއް ކުރީންވެސް އެމަނިކުފާނު އެކި ފަހަރުމަތީން ދައްކަވާފައި ވެއެވެ.

އެމަނިކުފާނު ވަނީ ބޮޑުވަޒީރަކަށް ވަޑައިގަތުމަށްޓަކައި، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރެއް އަންނަ ފެބްރުއަރީ މަހުގައި އެކުލަވާލުމަށް އެދިވަޑައިގަންނަވާކަން ވެސް ހާމަކުރައްވާފައެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނުބޭއްވުމާއެކު، 2024 ވަނަ އަހަރު މަޖިލީހުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ބޭފުޅަކު ކަނޑައެޅުމަށްވެސް ރައީސް ނަޝީދު ވަނީ ހުށަހަޅުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

  1. ލާދީނީ

    ބުނަން ސައިޒް ވޭ ނޫނީ ނަތީޖާ ހިތިވާނެ މާލެ ދުއްވާލީ މި ދެން ވިސްނާ އަދި ކުޅުދުއްފުށީ ސިޓީ ސީނު އަތޮޅު ރަށްތަކުގެ މައްޗައް ހިމެނޭ އައްޑޫ ސިޓީ ފޯމުލަކު ސިޓީ ވެސް ދާނެ. ދާދި އަވަހަށް30 މެމބަރުން ވެސް ދާނެ މަޖިލިސް ރައިސްކަންވެސް ގެއްލިދާލަހެއްފަހެއް ނުވެ ގޮނޑި ދުއްވަން ޖެހިދާނެ އެކަމް އިންޑިއާ ގަ

    101
    2
    • އާރަށުގަ އޮންނަ އެތި

      ބަލިވެދާނެތީ ބިރުގަތީދޯ.. ކޮމިއުނިސްޓް ޕާޓީ ކުދިން ޑިމޮކްރަސީއޭ ކިޔަން ލަދުގަންނަން ޖެހޭ.. ޑިކްޓޭޓަރޝިޕެކޭ މި ސަރުކާރެކޭ ނެތް ތަފާތެއް.. ކާފިއުހިންގާ ރައްޔިތުން ގޭ ބަންދުކޮށް ބަނޑަށް ޖައްސައިފި

      72
      1
  2. ަުހުސެން

    ސޯލިހު އަށް މާދަމާ މެސެޖް އެ ފޮނުވާފަ ބުނެފާނެ މިއަދުން ފެށިގެން ރަޔިތުން ދެން އުލެން ޖެހޭނީ ގުދަށޭ.ރީނދޫ މީހުން ތިބޭނީ ގުދަށް ބާ.

    195
    2
  3. ބޮޑު ފަރަންޖީ

    ކެނެރީގޭ ނަށީދުގެ ކިބައި އަޅަމެން ސަލާމަތް ކުރަށްވާށި އާމީން

    327
    4
    • ރައިހާނާ އަލީ

      އާމީން !!

      65
    • ކެނެރީގޭ ނަޝީދު

      Miآمين 🤲

      49
  4. މޯޑް ޝާނީ

    ކެނެރީގޭ ނަށީދުގެ ކިބައި އަޅަމެން ސަލާމަތް ކުރަށްވާށި އާމީން

    295
    4
  5. ސޫއޫދު

    ބަސްބުނަންލިބޭ ފުރުސަތުދޫކޮށެއްނުލާނެ ދައުރުހަމަނުވެ އިބޫވެސްދާންޖެހޭމަންޒަރު ފެއްނަންމިއުޅެނީ އެމްޑީޕީއައް އިންތިހާބް ކާމިޔާބުނުވާނެކަންޔަގީންވުމުން މަދުބަޔަކައް ބޭނުންގޮތަކައްނުނިއްމޭނެކަން ވޯޓްއިން ސަރުކާރުގެ ވެރިންނައް ރައްޔިތުންވަނީދައްކާފާ އިތުރައްކުޅެއެން އުޅޭނަމަ ދެންއެޅާނީޅައެތި 12 13 ރާޅުގަނޑު

    72
  6. ފީއަލި

    ދެވަނަ ފަހަރަށް އެމްޑީޕީގެ ސަރުކާރު ވެއްޓެން ބޭނުމިއްޔާ ތިކަމާ އުޅެންވީހަމަ

    91
  7. ދިމާކުރާތީ ނިޒާމު

    ބުނަން ރަނގަޅު ވާހަކައެއް ! މިއީ ސޯލިހާ ނާޝީދު ބޭނުންހައި ގޮތަކަށް ކަން ކުރަން އޮތް ގައުމެއް ނޫން ، ވެރިކަން ދިނީ ގައުމު ހިންގަން ހިންގާނެ ނިޒާމެއް ކަނޑައަޅާކަށް ނޫން . ރައްޔިތުން އޮތީ ބަސް ބުނެފައި ...އެކަން ބަދަލު ކުރެވޭނީވެސް ރައްޔިތުންނަށް...ބަހެއް އަހަންޏާ ކުރިން ބޮއެ ބޮނޑި ނުބޮވެނީސް މަޑުމަޑުން ތިބެ ދައުރު ނިންމާލެވޭތޯ ބަލާ

    98
  8. އިބުލީސް

    އެއީ އިބްރާހީމް މުހައްމަދު ސާލިހު ބައްވަން ބޭނުންވީމަ ބާއްވާފަ ނުބާއްވަން ފެނުނީމަ ނުބާއްވަން އޮއްނަ އެއްޗެއްނޫން ދިވެހިރާއްޖޭގަ ހެދިފައޮންނަ ގާނޫނެއްއޮވޭ އެއަށްއެންމެންވެސް ބަބާވާންޖެހޭ

    79
  9. ޤިރި

    ކެނެރީގޭ ނަށީދުގެ ކިބައި އަޅަމެން ސަލާމަތް ކުރަށްވާށި އާމީން

    91
  10. މާރިޔާ

    ކެނެރީގޭ ނަށީދުގެ ކިބައި އަޅަމެން ސަލާމަތް ކުރަށްވާށި އާމީން

    82
  11. ކެނެރީގޭމީދާ

    ރަސްކަމަކަށް ބަދަލު ކުރަންވީނު ؟ މިގައުމަކީ މިމީހުންގެ އަމިއްލަ މުދާ ހެންހީވަނީ.

    73
  12. ރާއްޖޭގަި676

    މިކަމައް ތާއިދު...

    7
    69
  13. ޙަބޭ

    އޮތީ އެންމެ ހައްލެއް..އެންމެންވެސް ބޮއްޅަބޭ އަށް ނޫނެކޭ ބުނެ މިގައުމުގެ ކަންކަމުން މިކަލޭގެ އެއްފަރާތްކޮށްފަ ދާއިމީކޮށް ބެހެއްޓުން. މީނައާއިހެދި މި ޤައުމަށް ސަލާމަތެއްނެތް

    88
  14. މަ

    ހީވާ ކަހަލަ މީ މީނަގެ އެކަނި ޤައުމެކޭ.. ދިވެހިރައްޔިތުން ވޯޓް ދީގެން ހޮވުނު މީހަކު ވެރިކަންކުރާނީ. ކަލޭ ބޭނުން ހުރިހާ ކަމެއްކުރަންދޭ އިންޑިއާއަށް!

    76
  15. ކަރާ

    ހާދަ އަވަހައް ތި ބަލި ގަބޫލު ކުރީ

    60
    3
  16. ސަފާ

    މި ގައުމު މީ މީނަ ކުޅޭ ކުޅޭ ބޮލިރަވަ އެއްބާ؟ ވެރިކަމާހެދި ބޫތު ކައިފަ. ލަދެއް ހަޔާތެއް ނުގަނޭ. ގޮޑިދުއްވަން ރާނީ ކައިރުއަށް ދޭބަލަ. މިހާރު ހުރީ ހުހަށް. އެހީތެރިއަކު ބޭނުންވެފަ ވެރިކަންކުރަން

    58
  17. އައްޑޫ މީހާ

    އިންތިހާބެއް ބާއްވައިފިއްޔާ ބޮޑުތަނުން ބަލިވާނެކަން އެނގޭތީ ނުކެރޭނެ ހާދަހާ ފިނޑިބައެކޭ ބުނަން އަހަރުމެންގެވެސް ގައުމު މިއީ ކެނެރީގެ މޮޔަސޮރާއި އާޒިމުއާއި ހަސަން ލަތީފްގެ އެކަނި ގައުމެއް ނޫން މިއީ މިގައުމުގެ ވެރިކަމަށް ބޭނުންހާ އެއްޗެއް ނެހެދޭނެ މިއީ ކަލޭމެންގެ ވާރުތަ މުދާގަނޑެއްނޫން

    61
    2
  18. އާދަނު

    ކައުންސިލް އިންތިޚާބު ނިމުމުން މި ޚުދުމުޚުތާރު ޑިކްޓޭޓަރު ކަލޭގެއަށް ސީދާ ރައްޔިތުންގެ ވޯޓަކުން ތިމަންނާއަށް ވެރިކަމަށް ނާދެވޭނެކަން ކަށަވަރުވުމުން އިންތިޚާބު ނުބާއްވައި މި ޚުދުމުޚުތާރު ޑިކްޓޭޓަރު ކަލޭގެއަށް ގައުމުގެ ވެރިކަން ލިބޭނެ ގޮތް ހަދަން މިހުރީ ފޫގަޅާފައި. މިކަލޭގެއަށް ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމެއް މިހާރަކު ހަނދާނެއް ނެތް. ރައްޔިތުން ނިންމާފައިއޮތް ނިޒާމު ދޮޅަހަކަށް މީހުންވެގެން ބަދަލުކޮށްގެން ނުވާނެ ކަމާއި އެއީ ޚުދުމުޚުތާރު ޑިކްޓޭޓަރަކު ނޫނީ ނުކުރާނެ ކަމެއްކަމެއް ހަނދާނެއް ނެތް. ކޮންމެ ނަމާދެއްގައި މިކަލޭގެ ކިބައިން މި ގައުމު ސަލާމަތްކުރައްވާތޯ ދުޢާ ތަކުކާރުކޮށް ކުރުމަށް ގައުމު ދެކެ ލޯބިވާ އެންމެހައި ރައްޔިތުންނަށް ގޮވާލަން. މި ޤައުމަކީ މީނާގެ ތަރިކަ މުދާގަނޑެއްކަމަށް ހީކޮށްގެން މިހިންގާ ވިޔާނުދާ ހަޑިމުޑުދާރު ނުބައި ޢަމަލުތަކުންނާއީ މީނާގެ ކިބައިން މި ޤައުމު ސަލާމަތްކުރައްވައިފާނދޭވެ! އަޅަމެންގެ ދުޢާ އިބަރަސްކަލާގެ އިޖާބަކުރައްވައިފާނދޭވެ!

    70
  19. ޞ

    ލޮބުވެތި ދިވެހި ފުލުހުންނާއި ސިފައިން...

    50
    1
  20. ފަތިސް

    ރަށްވެހި ފަތިހޭ ކިޔައިގެން ކުރަންއުޅުނު ނުބައި ނުލަފާކަންތައް މިހިރަގެން ފަޅާއަރަނީ. ރަށްވެހި ފަތިހަށް އެރުމުގެ ކުރިން ރަށްވެހި ނަޖިހެއް ރައްޔިތުންނަށް ފެންނަނީ.

    64
  21. ފޯކައިދޫ އިބްރާ

    ތިޔަވާހަކަ މާކުރީގަވެސް ދައްކަމުން އައި ވާހަކައެއް މިދިޔަ ރިޔާސީއިންތިހާބްގައި މުޅިގައުމު ހަލާކް ވަމުން މިދަނީ ބޮޑުވަޒީރުކަމައް އަރާއިރު ގައުމުގަ ވިއްކާ ނުލާ ބިންކޮޅެއް އެބެއްބާ ބޮޑުވަޒީރުކަމައް އަރާއިރު ގައުމު ދަރުވާލާ ރައްޔިތުން އަޅުންނައް ހަދާފަ މިވަނީ ގައުމަ ބިންތަކާ ފަޅުތަކާ 99 އަހަރައް ވިއްކާލާފަ ދެން ކޮން ބޮޑުވަޒީރުކަމެއް

    52
  22. އެމަންޖެ

    ނަޝީދޫ ކަލޭ މިދިވެހި ގައުމުން ބޭރުކުރާ ދުވަސް ޖެހެނީއޭ ހިތައް އުރުވާލާ.

    53
  23. އުގުރި

    ކެނެރީގޭ ނަށީދުގެ ކިބައި އަޅަމެން ސަލާމަތް ކުރަށްވާށި އާމީން

    56
  24. ޟމ

    މި ޤައުމުގެ ރައްޔިތުންނަށް މި ޤައުމު ސަލާމަތް ކުރުމުގެ ހިތްވަރު ދެއްވުން އެދި ދުޢާކުރަން

    54
  25. އަހުމަދު

    އޭ މިހިރަ ލާދީނީ ސޮރާ..... ރަސްކަމެއް ހަދައި މަރުދުވަހަށް ވެރިކަމުގައި އުޅެވޭތޯ ބަލާ... ދެން ބުނޭ ތިވެސް ރައްޔިތުންގެ ހައްގުގައި ކުރާ ކަމެކޭ.. ރައްޔިތުން ބަރުލަމާނިޔަށް ނޫނެކޭ ބުނީމާވެސް މި ލާދީނީ ސޮރު ކަރުބުޑުން އަޑު ނެރެގެން މިގޮވެނީ ބަރުލަމާނިޔޭ މަށަށް ބޮޑު ވަޒީރު ކަމޭ...
    މިކަމުން ސަލާމަތެއްވެސް ނުވިި

    48
  26. އާކާޝް

    ރާއްޖޭގެ ވެރިކަމުގެ ނިޒާމް ކަނޑައެޅީ ދިވެހިރައްޔިތުން އެހެންވީމާ މިހާރުގެ ނިޒާމް ކަމުނުދާ ކަމަށްވާނަމަ ކަމުދާ ނިޒާމަކީ ކޮބާތޯ އަހަންޖެހޭނީ ރައްޔިތުން ކުރެން، ރާއްޖޭގައި މިހާރު ވެރިކަން ކުރަމުންދާ ނިޒާމު ބަދަލު ކުރުމުގެ މަސްއޫލިއްޔަތު، ރައީސް ޞާލިޙު އަދި ރައީސް ނަޝީދު އާއިވެސް ޙަވާލެއް ނުކުރެއެވެ.އަދި ރައްޔިތުންގެ މަޖިހީހާއިވެސް ޙަވާކޮށްފައިނުވެއެވެ. ނިޒާމަށް ބަދަލު ގެނެވޭނީ ދިވެހިރައްޔިތުން ނަށް އެނޫން އެހެން ބަޔަކު އެކަން ކުރަން އުޅުމަކީ ރައްޔިތުން ދީފައި ނުވާ ބާރެއް ޙައްޤު ނޫން ގޮތުގައި ބޭނުން ކޮށްގެން ރައްޔިތުން އަޅުވެތި ކުރުން އެހެންކަމުން އެކަން ނުކުރުމަށް އިލްތިމާސް ކުރަން. ރައީސް ކަމާއި މަޖިލީހުގެ މެޖޯރިޓީ އާއި މަޖިލިސްގެ ރައީސް ކަން ލިބިގެން ދެ އަހަރު ބައިވިއިރު ރައްޔިތުން ބޭނުންވާ މިންވަރަށް ރައްޔިތުން ނަށް މި ސަރުކާރުން ކަމެއްކޮށް ނުދެވުނު ބަޔަކަށް ބޮޑުވަޒީރުކަން ދިނަސް ކޮށްދެވޭނެ ޚިދުމަތެއް އޮންނާނެ ކަމަށް ނުދެކެން، މީގެ ކުޑަ މިސާލެއް ޙިއްޞާކޮށްލާނަން، އެއީ ހުޅުމާލޭގައި ކުރީ ސަރުކާރުން ޢިމާރާތް ކުރައްވާ ވާފައިވާ7000ފުލެޓް ނިމިފައި ހުންނަތާ ދެ އަހަރު ފާއިތުވެ ދިޔަ ފަހުން އެތަން ލިބުނު މީހުން އެތަނަށް ވައްދަން މިސަރުކާރުން ނިންމީ އެތަނުގެ ދޮރާއި ދޮރުފަތް ނުލައި ފަންކާއި ބޮކި ހަރުނުކޮށް ނޫންތޯ، އެ ފުލެޓް ތަކުގައި ދިރި އުޅެނީ ދިވެހިރައްޔިތުން ނޫންތޯ ކުރީ ސަރުކާރުން ަައެމަސައްކަތް ނުކުރުމަކީ މިސަރުކާރުން އެކަން އެގޮތަށް ދޫކޮށްލަންޖެހޭ ކަމެއްތޯ ހެޔޮވެރިކަމާއި މުއްސަނދި ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށް ނޫންތޯ ތިބޭފުޅުން ވެރިކަމާއި ޙަވާލުވީ، ރައީސް ޞާލިޙު ގެ ދަތުރު ޚަރަދަށް އެތައް މިލިއަން ޚަރަދު ކޮށް ބަދަލު ދިނުމުގެ ނަމުގައި ތިން ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރެވުނު އިރު ރައްޔިތުންނަށްޓަކައި އެފުލެޓް ތަކުގައި ދޮރާއި ދޮރުފަތް ހަރުކޮށް ފަންކާއި ބޮކި ހަރުކޮށް ނުދެވުނު ބަޔަކު ވެރިކަމުގެ ބާރުތައް ދަމަހައްޓަން އިތުރަށް މަސައްކަތް ކުރުމުގެ އެއްވެސް ޙައްޤެއް އެބައޮތްތޯ ޖަވާބަކީ ނެތޭ ވޯޓުން ެެަެ އެވަނީ ވަރަށް ސާފުކޮށް ޖަވާބު ދީފައި ރައްޔިތުން. ވެރިކަމުގެ ނިޒާމާއި ކުޅެ ސަކަރާތް ނުޖެއްސެވުންއެދެން.

    49
  27. ޅޮލް

    މިބޭފުޅާ އެކަނި ގައުމެއްތަމީ؟؟؟؟

    26
  28. މަލިކާ

    ރިޔާސީ އިންތިހާބުގަ އިދިކޮޅުމޮޅު މވެއްޖެޔާ މިބޭފުޅުން ހޯދާ ނުފެންނާނެ

    25
  29. ޢިޔާބު

    މިމީހާގެ ކިބައިން ގައުމު ސަލާމަތް ކުރަން ރައްޔިތުން ނުކުންނަންވެއްޖެ

    32
  30. ބުރާންތި

    ވޯޓަކުން ނުހޮވޭނެކަމުގެ %100 ޔަގީންވީ.
    ކަލޭ ބޮޑުވަޒީރުކަން ކުރަން ދާތަނަކަށްދޭ.
    ޢައުޅެއް ބައުޅެއް ނޭނގޭ 80 މެމްބަރުންނާއި، ރައީސް އަމިއްލަޔަށް އިސްކުރި 13 ވަޒީރުން (ޖުމްލަ 93) މީހަކަށް މިގައުމަށް ބޭނުންގޮތެއް ހެދޭނެކަމަށް ހީވަންޏާ ތިހިރީ ހިނދުކޮޅުގައި.
    ޙަނދާން ނައްތާލާ . ތިކަމެއްނުވާނެ.

    37
  31. ގައުމީ ލޯބި

    ދިވެހި ޤައުމު މިއީ ތިބޭފުޅާގެ މައިންބަފައިންގެ ތަރިކަ މުދަލެއްނޫން.. ޅިޔަނު ކާރީބުނީމަ، އޭނާ ދޭން..

    ދިވެހީން ބޭނުން ނިޒާމު މިހާރު މިއޮތީ.. ދިވެހީން ބޭނުންވާ މީހާ އެހެރީ ހޮވާފަ..
    ޑިމޮކްރަސީއޭ ކިޔާނެ.. މިހާރު ރައްޔަތުން އަތުން ޑިމޮކްރަސީ ދަމައިގަންނަ ހީލަތް ހަދަނީ ނޫންތޯ؟ މަކަރުވެރި ރޭވުންތެރިޔެއް.. ނުބައި ނުލަފާ މީހެއް..ކަމަށް އަމިއްލަޔަށް އިއުތިރާފުވެފައިވެސް ވޭ.. މިހާރު މިއެގުނީ އަސްލު.

    ދެން ދޭ އަނެއް ދިވެހިރާއްޖެއަށް ފަރަންޖި ދީންފަތުރަން .. ބޮޑުވަޒީރުކަން ކުރަން.. މިރާއްޖެ މިއީ އަޅުގަނޑުމެން އެންމެންގެ ގައުމު..

    މިތަން ހަލާކު ކުރައްވަން ނޫޅުއްވާ.. އަވަހަ ވަޑައިގަންނަވާ ދުނިޔެ ކުޑައެއްނުން ނުބައި ކަންފަތުރަން..

    26
  32. އާކާޝް

    ރިޔާސީ އިންތިހާބުގެ ނުބޭއްވުމަށް އެދުމާއި އެކަމަށް ހުރަސް އެޅުމާއި އެކަމަށް ހިތްވަރު ދިނުމަކީ ޤާނޫނު އަސާސީ ގެ ބާރު ކަނޑުވާލުމަށް ކުރެވުނު މަސައްކަތެއް ދުސްތޫރީ ޖަރީމާއެއް ވީމާ ޤާނޫނު އަސާސީ ގެ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރާ ކޮންމެ މީހަކަށް ވަނީ ޤާނޫނު ޢުޤޫބާތުގައި އަދަބު ކަނޑައަޅާ ފައި އެހެންކަމުން ރައްޔިތުންނަށް ހަރާންކޯރުނުވެ ރައްޔިތުން ނަށް ރަގަޅު ޚިދުމަތެއް ދެވޭތޯ ބައްލަވާ.

    18
  33. ޢަދީލް

    މި ހަބަރު ކިޔާލުމުން އަޅުގަނޑުގެ ހިތަށް އަރަނީ މީނަ އާށް ރައްޔިތުންގެ ތާއީދު ނެތްވަރު އަދި މީނާ އަށް އެނފިފައިނެތްކަން...

    18
  34. ކޮވިޑް

    ބަލަން ހުރޭ މި ވެރިކަން ވައްޓާލަން ބަޔަކު ނުކުމެއްޖެނަމަ އެއްމެ ކުރީގަ ހުންނާ ނީ މި ލާދީނީ ނަޝީދު. ނުބައި ނުލަފާ މީހެއް ހުވާ.

  35. Anonymous

    ޔާﷲ
    އަޅަމެންގެ މައްޗަށް ފާވެފައިވާ ބޮޑު މުޞީބާތުން އަޅަމެން ސަލާމަތް ކުރައްވާނދޭވެ
    ޔާﷲ އަޅަމެންގެ ދީނާއި މިނިވަންކަމަށް ދަމަހައްޓާ ޢަދުލުވެރި ވެރިއެއް އަޅަމެންގެ މައްޗަށް މިންވަރު ކޮށްދެއްވާނދޭވެ.
    ޔާﷲ އަޅަމެންގެ ދީނަށް ޚިޔާނާތްތެރިވާ ޚާއިނުން ބަލިކުރައްވައި ނިކަމެތި ކުރައްވާ، އެބައިމީހުން ނާއި ދެކޮޅަށް ތެދުވުމުގެ ހިތްވަރު އަޅަމެންނަށް ދެއްވާނދޭވެ. އާމީން
    ކޮބާ ޝެއިޚް އިލްޔާސް މިފަހަރު ވެސް ރައްޔިތުން ކައިރީ ބުނާނީ ދުޢާދެއްވައިފައި ވާގޮތަކީ ބަރުލަމާނީ އޭތޯ.
    ޝެއިޚް އިޔާޒަށް ފެންނަ މިސަރުކާރުގެ ރަނގަޅު ކަންކަމުގެ ތެރެއަށް މާރަނގަޅު ކަމެއް އިތުރުވީތޯ.
    ޤުރްއާނުގެ އާޔަތެއް ކިޔާތީ ބިރުގަންނަ މީހަކަށް ބޮޑު ވަޒީރު ކުފޫހަމަވޭތޯ ޝެއިޚޫ.
    މިއޮއްފަދަ ރޯދަމަހު ކޮންފަދަ ކަމެއްތޯ.

  36. ރީލް

    ދިވެހި ޤަވްމުގައި މިހިރަ ހުޅުހިފަނީއެވެ. ހުޅުގަނޑުފެތުރި މުޅި ޤަވްމުގައި ރޯނުވަނީސް ރައީސް ޔާމީނަށް ބައިވެރިވެވޭގޮތަށް އަވަސް ރިޔާސީ އިންތިޚާބެއް ބޭއްވުމަށް ގޮވައިލަމެވެ. މާތްﷲގެ އިރާދަފުޅާއެކު ބޮޑުތަނުން ރައީސްޔަމީން އިންތިޚާބު ކާމިޔާބކުރާނެއެވެ. ޤަވްމު ސަލާމަތްކުރެވެން އޮތް ހަމައެކަނި ގޮތަކީ މިއީކަން ޞާލިޙްވެސް ޤަބޫލުކުރަން އެބަ ޖެހެއެވެ. ނުވަތަ ޞާލިޙްއާއި ފައިޞަލް އިސްތިޢުްފާދީ ވަގުތީގޮތުން ޤަވްމު ހިންގުން ފުލުހުންނާ ޙަވާލުކުރާށެވެ. އޭގެފަހުން ހުޅުވާލެވިގެން ބާއްވާ މިނިވަން އިންތިޚާބެއް ބާއްވާ މި ޤަވްމު ސަލާމަތްކުރަން އެބަ ޖެހެއެވެ.

  37. ފަރުދާ

    އިންތިޚާބު ފަސްކުރުމަކީ ޤާނޫނީ ހަމައެއް ނޫން! ނަމަވެސް ޤާނޫނެއްގެ ތެރެއިން އިންތިޚާބު އަވަސްކުރެވިދާނެ! މިގޮތުން 2023 ގައި އޮންނަ އިންތިޚާބަކީ މަޖްލީސް މެންބަރުންނާއިން މޭޔަރުންނާއި ކައުންސިލަރުން ހޮވާ އިންތިޚާބަކަށް ހެދިދާނެ. އޭރުން ކޮންމެ 5 އަހަރުގެ ދައުރެއްގައި އެއްފަހަރު ހުރިހާ އިންތިޚާބުތަކެއް ބާއްވައި ނިންމާލެވިދާނެ! މިގޮތަށް ޢަމަލުކޮށްފިނަމަ، ޤައުމުގައި ސިޔާސީ ބައިބައިވުމުގައި ޤައުމުގެ ތަރައްޤީއަށް ލިބިދާނެ ގެއްލުންތައް ކުޑަވާނެ!

  38. ބަރްލަމާނީޖޯކަރު

    ކޮބާތަމިމީހުންނާ ބައިއަތުހިފާގެން އުޅޭ ޖާސިންބެޔާ ބޮޑުޝޭހުއާއި 30އަހަރު މިމީހުންކީކޭބާބުނަނީ މިކަމަށް ފަތުވާޔެއް ނުދޭބާ؟

  39. ޒަބީބު

    2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނުބޭއްވުމަށް ނަޝީދު އެދުމާއި ގުޅިގެން ޤާނޫން ހަދާ މަޖިލިހުގެ ރައީސްގެ މަޤާމުން ނަޝީދު އަޒުލުކުރަން ޖެހޭ. ސަބަބަކީ ޤާނޫނީ އެއްވެސް ސަބަބެއް އަދި ހުއްޖަތެއް ވެސް ނެތި ޤާނޫން އަސާސީގެ 26 ވަނަ މާއްދާގެ "ހ"، "ށ" އަދި "ނ" އިން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ވަރަށް މުޤައްދަސް އަދި އަސާސީ ހައްޤުތަކެއް ނިގުޅައިގަތުމަށް ފާޅުކަން ބޮޑު ގޮތެއްގައި ގޮވާލާ އެކަމަށް ވަކާލާތުކޮށް، ސަރުކާރު ހިންގަން ތިބި ވަޒީރުންނާއި އެކަމުގައި މަޝްވަރާކުރުމެވެ. މަޖިލިސް ރައީސް ކަމުގައި ހުންނަ މީހަކަށްވެސް ޤާނޫން އަސާސީގެ މަތީގައި ނުހުރެވޭނެއެވެ. މަޝީދު މިހާރު އެގެންދަނީ ވަރަށް ޚުދުމުހޚުތާރު ގޮތެއްގައި ޤަނޫން އަސާސީގެ ބާރުކަނޑުވާލުމާއި އޭނާ ބުނާބަހަކީ ޤާނޫނަކަށް ހެދުމުގެ ސިލްސިލާއެއް ފަށައި ޤަނޫން އަސާސީގައި ބަޔާންކުރެވިފައި ވާ ރައްޔިތުންގެ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރަމުންނެވެ. ވީމާ ނަޝީދު އަޒުލު ކުރުމަށް މިވަގުތު މަސައްކަތް ފަށްން ޖެހެއެވެ. އަދި ރައްޔިތުން ރައްޔިތުނގެ ބާރު ދެމެހެޓުމަށް މަސްްކަތް ފަށަން ޖެހެއެވެ.

  40. ޙަޖަމް

    މީއަޅެ ވަކިމީހެއްގެ މުދާގަނޑެއްތަ.

  41. އެއްކަލަ މީހާ

    އިންތިޚާބެއް ބާއްވައިފިއްޔާ ބޮޑުތަނުން ބަލިވާނެކަން އެނގޭތީ ބިރުން އެ އުޅެނީ