ގދ. އަތޮޅުގެ ރަށެއްގައި އެއްބަނޑުއެއްބަފާ ހަތަރު އަންހެން ކުދިންނާ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ 75 އަހަރުގެ މީހާގެ މައްޗަށް ކުރި ދައުވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން އަނބުރާ ގެންގޮސްފިއެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައިވާ ގަދަކަމުން ބަދު އަޚުލާގީ އަމަލު ހިންގި ކަމުގެ ދައުވާ ޕީޖީން އަނބުރާ ގެންގޮސްފައިވަނީ އިތުރަށް މުރާޖައާ ކުރުމަށް ކަމަށް ބުނެއެވެ. މި މައްސަލަ އަނބުރާ ގެންގޮސްފައިވަނީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ.

މި މައްސަލައިގައި 75 އަހަރުގެ ފިރިހެންމީހާ ހައްޔަރުކުރީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް އޭނާ ވަނީ ފަހުން ދޫކޮށްލާފައެވެ.

އެ ފިރިހެންމީހާ އަކީ އެރަށުގައި ނުފޫޒު ގަދަ ކަމަށް ބުނާ މީހަކަށްވާ އިރު، ހަތަރު ކުދިންނާ ގަދަކަމުން ގުޅުން ހިންގިކަމަށް ބުނާ މައްސަލަ ބެލުމަށް ފުލުހުންނާއި ޖެންޑަރ މިނިސްޓްރީގެ ޓީމެއް އެރަށަށް ދިޔުމުން އޭނާ ވަނީ މާލެ އަށް އައިސްފައެވެ.

ހަތަރު ކުދިންނާ ބެހުނު ކަމުގެ ތުހުމަތުގައި އޭނާގެ އިތުރުން އޭނާ ގެންގުޅޭ ބިދޭސީއަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަސް

    ގދ ވާދޫ އިން ތިހިންގި ޖަރީމާ އަކީ ވަރަށް ފިނޑި އަމަލެއް ތިކަން ކުރި މުސްކުޅި މީހާގެ ފަހަތުގައި ސަރުކާރުގެ ބާރުގަދަ އަތްތަށް ހުރުމުން ދައުވާ އަނބުރާ އެގެންދިޔައީ. މިއީ ތެދު. މިހާރު ދައުވާވެސް ގެންދެވިދާނެ އެކަމަކު އަނިޔާލިބުނު ކުދިންނަށް ހިތްހަމަ ޖެހުމެއް ލިބޭނެތޯ.؟ މިފަހަރު ވާދޫގެ މެޖޯރިޓީ ވޯޓް ދައްކާލާނަން. މިފަހަރު ތިޔަ މައްސަލަ އާއިގެން ނިކުމެ ތިބީ ވާދޫ ޒުވާނުން. ބަލަން ތިބޭ.

  2. ދުރުބަލާ

    އުމުރުން ދުވަސްވެފައި ހުއްޓަސް ކެމްޕޭނުގައި ޙަރަކާތްތެރިވެދޭން އެއްބަސް ވީމާ ލިބުނު މޮޅެއްތޯއްޗެއް.