ދިވެހިރާއްޖޭގެ ވެރިކަންކުރާ ރިޔާސީ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ޤާނޫނުގައި ވާގޮތަށް ރައީސުލްޖުމްހޫރިއްޔާ އަކީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ބޭފުޅަކަށްވާން އެދިވަޑައިގަންނަވާ ކަމަށް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ މިއަދު ރައީސް އިބްރާހީން މުޙައްމަދު ސޯލިހަށް ފޮނުއްވި މެސެޖެއްގައެވެ.

މި މެސެޖުގައި ރައީސް ނަޝީދު ވަނީ ރާއްޖޭގެ ވެރިކަންކުރާ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ރާއްޖޭގެ ބޮޑުވަޒީރަކަށް އެމަނިކުފާނު ވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވެފައެވެ. އެގޮތަށް ބޭނުންފުޅުވަނީ އެއްފަރާތެއްގައި ހުންނެވުމުގެ ބަދަލުގައި ޤައުމު ހިންގެވުމާއި ޙަވާލުވާން އެދިވަޑައިގަންނަވާތީ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދު ރައީސް ސޯލިހަށް ފޮނުއްވިކަމަށް ބުނާ މެސެޖް މިހާރު ޢާންމުވެފައި ވާއިރު، އެމަނިކުފާނު އެކަން ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީގުގެ ބައެއް މެމްބަރުންނަށްވެސް ހުށަހަޅާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ރައީސް ނަޝީދު ވަނީ 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ނުބޭއްވުމާއެކު، ރާއްޖޭގެ ވެރިކަމުގެ ނިޒާމް 2023 ވަނަ އަހަރުގެ ފެބްރުއަރީ ގައި ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައީސަށް ހުށަހަޅާފައެވެ. އަދި އެކަމާއި ގުޅޭގޮތުން ރައީސް އާއި މަޝްވަރާ ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދުގެ ވިސްނުންފުޅު ހުރީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށްގެން ޤައުމުގެ ބޮޑުވަޒީރުކަމަށް ވަޑައިގަތުމާއެކު، ވެރިކަންކުރާ މައި ޕާޓީ އަދި އެމަނިކުފާނުގެ ޕާޓީ، އެމްޑީޕީގެ ސަރުކާރެއް ކުރިޔަށް އޮތް ދިހަ އަހަރަށް ރާއްޖޭގައި ދެމެހެއްޓުމަށެވެ. މިކަމަށް ބާރުލިވޭފަދަ ވާހަކަތަކެއް ކުރީންވެސް އެމަނިކުފާނު އެކި ފަހަރުމަތީން ދައްކަވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. އިއްސޭ

    ބަރުލަމާނީނިޒާމުހަނ ދާންނައްތާލާ
    މިގައުމުކަލޭގެމައިންބަފައިންގެތަރިކަ
    އަކައްހަދަދަދ ދަންހިތައްނައަރުވާ

    38
    • ބަކަރި

      އަދުލު އިންސާފުނެތުމާ ޒިނޭއާއި އެއްޖިންސުންގުޅުން ހިންގުމާ ވިޔަފާރީގަ ވައްކަން ތަނެއްގަ ގިނަވުމަކީ ކުރީގެ ބައެއް އުއްމަތްތައް ހަލާކުކުރެވުނު ބައެއް ސަބަބުތައް.. މި ރާއްޖޭގަވެސް މިހާރު މި ކަހަލަ ކަންކަން ފެންނަލެއް ގިނަ.. އަދި މިފަދަ އަމަލު ކުރާ މީހުން ހިމާޔަތް ކުރާތަން ފެނުމަކީ ހިތާމަ ކުރަންޖެހޭ ކަންކަން.. މި ސަރުކާރު އޮތީ ބޮޑުތަނުން ފެއިލްވެފަ. ކުށްވެރިން ހިމާޔަތް ކޮށް ރައްޔިތުންނަށް އަނިޔާ ކުރާތަން ނޫނީ ނުފެނޭ

      25
  2. އެމަންޖެ

    ނަޝީދޫ ކަލޭ މިގައުމުން ބޭރު ކުރާނަން ބޮޑު ވަޒީރައް ވިޔަސް 2023 ގަ.

    34
    • ހިމާރުޓޯޓޯ

      މިހާރުން މިހާރަށް ރައީސްގެ އިތުބާރުނެތްކަމުގެ ރައްޔިތުންގެ ވޯޓަކަށް ދާން މުހިންމު މިވާގޮތުން

      27
      1
  3. ފޯކައިދޫ އިބްރާ

    ތިޔަވާހަކަ މާކުރީގަވެސް ދައްކަމުން އައި ވާހަކައެއް މިދިޔަ ރިޔާސީއިންތިހާބްގައި މުޅިގައުމު ހަލާކް ވަމުން މިދަނީ ބޮޑުވަޒީރުކަމައް އަރާއިރު ގައުމުގަ ވިއްކާ ނުލާ ބިންކޮޅެއް އެބެއްބާ ބޮޑުވަޒީރުކަމައް އަރާއިރު ގައުމު ދަރުވާލާ ރައްޔިތުން އަޅުންނައް ހަދާފަ މިވަނީ ގައުމަ ބިންތަކާ ފަޅުތަކާ 99 އަހަރައް ވިއްކާލާފަ ދެން ކޮން ބޮޑުވަޒީރުކަމެއް ގައުމަ އެއަރޕޯޓްތައް ބޭރުގެބަޔަކައްދީ ގައުމިއްޔަތު ވިއްކާލާފަ ކޮންބޮޑުވަޒީރުކަމެއްތޯ މިގައުން ކޮންމެވެސް ފަޅުރަށެއް ހޯދައިގެން ބޮޑުވަޒީރަކައް ހުންނަވަންވީނޫންތޯ

    32
  4. އެމަންޖެ

    ބޭނުން ވަނީ ނަޝީދުގެ އަޅުވެތި ކަމުގަ ހުރިހާ ދިވެހިން އުޅޭށޭ ބުނެބަލަ.

    32
  5. މޫސް

    މިހާރަކު އެމްޑީޕީ މީހުންނެއް ނޫޅެ ކަލެއާ ވެގެންނެއް

    37
  6. މުޙައްމަދު ޝާހިދު

    ދިވެހިރާއްޖެއަކީ ކެނެރީގޭ ނަޝީދުގެ މިލްކެއްތަ؟ ރައްޔިތުންގެ މެޖޯރިޓީ މީހުން ތިޔިކަން ތިގޮތަށް ވިޔަކަނުދޭނެ. އަހަރުމެން ތިކަަމަކަށް އެއްބަހެއް ނުވާނަން. މުޒާހަރާވެސް ކުރާނަން. މީނަ މީ ބޯހަމަޖެހޭ މީހެއްބާ؟

    37
  7. މުޙައްމަދު ސަމީރު އެމް.ޑީ.ޕީ

    އެމް ޑީޕީ ގެ މަޖްލިސް މެމްބަރުންވެސް މި ނަޝީދުގެ ބަހަށް ނުހެއްލޭތި. މީނަގެ ފުށުން ރާއްޖެ ސަލާމަތް ކުރަން ޖޭހޭ.

    38
  8. ގިލަންވެރިކަން

    ސާބަހޭ..އަމިއްލަ އެދުން ބޮޑު ވިޔަސް ތީ ދެން ބޮޑުވަރު...

    37
  9. ާަަަުުބިސްބުރު

    މިކަލޭގެ މިއުޅެނީ މާޒީ ވެސް ހަނދާންނެތިގެންތާދޯ ކަލޯ ކަލޭބޭނުންހާގޮތެއް މިގައުމަކަށް ނެހެދޭނެ ކަލޯ ދާންހުރީ ޖަލު ދެންލަލަލާ.

    21
  10. އައްޒާ

    މީނަ ޓެސްޓް ކުރަންވީ ނުން.ކޮވިޑަށް ވުރެން މީނަގެ އުނދަގޫ ބޮޑު.ޕާޓީވެސް ހަލާކުވަނީ މީނަޔަކާހުރެ.

    22
  11. ޓޯޓޮއިސް

    މަނިކުފާނުގެ ބަލާވެރިކަމުން މިންޖުވާނެ ދުވަހަކަށް އިންތިޒާރުކުރަން

    22
  12. ގެރި

    ކަލޭ އަޅެ ރާއްޖެ ދިރުވާލަންވީއެއްނު.. މީނަގެ ކިބައިން ނޯވެ ސަލާމަތެއްވެސް

    23
  13. އކ

    ތިހިރީ ވެރިކަމައް ފައްސިވެފަ

    20
  14. ގައުމީ ލޯބި

    ދިވެހި ޤައުމު މިއީ ތިބޭފުޅާގެ މައިންބަފައިންގެ ތަރިކަ މުދަލެއްނޫން.. ޅިޔަނު ކާރީބުނީމަ، އޭނާ ދޭން..

    ދިވެހީން ބޭނުން ނިޒާމު މިހާރު މިއޮތީ.. ދިވެހީން ބޭނުންވާ މީހާ އެހެރީ ހޮވާފަ..

    ދެން ދޭ އަނެއް ދިވެހިރާއްޖެއަށް ފަރަންޖި ދީންފަތުރަން .. ބޮޑުވަޒީރުކަން ކުރަން.. މިރާއްޖެ މިއީ އަޅުގަނޑުމެން އެންމެންގެ ގައުމު..

    މިތަން ހަލާކު ކުރައްވަން ނޫޅުއްވާ.. އަވަހަ ވަޑައިގަންނަވާ ދުނިޔެ ކުޑައެއްނުން ނުބައި ކަންފަތުރަން..

    19
  15. ދުވާފަރު މީހަ

    މީނަ ވެރިކަމަށް އައީ މައުމޫނުގެ ވެރިކަން މުޅިއުމުރު ކުރާތީޔޭކިޔާ މައުމޫނަށް ފުރައްސާރަކޮށްގެން އެކަމަކު މިހާރު މިފެންނަނީ މައުމޫނަށްވުރެ ބޮޑަށް ވެރިކަމުގަ ބަގުޑިބައްދައިގެން އޮނަން މީނަ މަސައްކަތްކުރާތަން ކިތަންމެ ވެރިކަން ބޭނުންވިޔަސް ތިޔަކަހަލަ ލާދީނީ މީހަކު މިގައުމުގެ ވެރިކަމަށް ދެނެއް ނޭރޭނެ. ކަލޭ ވެރިކަން ކުރަންދޭ ލަންޑަނަށް.

    11
  16. ރަބަރޭ

    2023 ގެ އިންތިހާބުގާއި ވާދަކޮށްގެން ކާމިޔާބުނުވާނެ ކަން މީނާޔަށް އެގޭތީ މިއުޅެނީ މީނަގެ މަގާމާއި ނުފޫޒު ބޭނުންކޮށް ގެން ވެރިކަން ވަގަށް ނަގަންވެގެން އެންމެ ފަހުން ބޭއްވި ލޯލަލް ކައުންސިލް އިންތިހާބުގާއި މީނާޔަށް ނާއުންމީދުވެއްޖެ މީނަޔައް ލިނުނީ 1000 އަނދަގޮނޑި އާއި 4 ފުރޮޅުލީ ގޮނޑި

    ‎އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    13
  17. އަލީ

    ބިރު ހީވާން ފެށީދޯ؟ މ.ޑ.ޕ ގެ ނިމުން ފެށިއްޖެހެން ހީވާކަހަލަ. ހެހެ. 2023 ގަ ސަލާމަތް ނުވާނެކަން ޔަގީން ވީކަންނޭންގެ މިހާރު.

  18. ފުވައްމުލަކު ހައްވަ

    ވަރިކަ އިވެނިކުރުންވެސް މަޖިލީހުގެތެރެ އިން
    ކުޑަފިރިހެންކުދިން ޚިތާނުކުރުން މަޖިލީހުން. މިގޮލާ މިރާ އްޖެ އިންބޭރުކުރޭ!! މިމީހުންނާދެކޮޅަށް އަހަރެމެންވެސްމިތިބީ!!!

  19. އިބްލީސް

    ޢަހަރުމެން މިއުޅެނީ އަގަޔާއަތާދިމާނުވެގެން އެކަންވެގެން އެއައްފަހު ތިނިޒާމަކަށް ވިސްނޭނީ މީވަރަށް ސާފުވާއެއްޗެށް

  20. މައިދަންޑާ

    ރައީސް ސޯލިހައް އާއިލާއިން ތަރިކަ މުދާބަހާގެން ލިބިފަ ހުރި މުދާ ގަނޑެއްތޯ...؟ ނޫނީ ސިއްކަ ފަރާތުން ވާރުތަވި މުދާގަނޑެއްތޯ....؟ ނޫނީ ކެނެރީގެއިން ލިބުނު ރަސްކަމެއްތޯ...؟