ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ މަސައްކަތަކީ ބަގާވާތެއްގެ ގޮތުގައި، އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއި (އިބްރާ) ސިފަ ކުރައްވައިފިއެވެ.
އިބުރާ މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގެވުމުގެ ޝައުގުވެރިކަން ހުރިކަން ރައީސް ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައި ވަނިކޮށެވެ. ރައީސް ނަޝީދު އެ ވާހަކަ ރައީސް އަށް ދެންނެވީ މެސެޖެއް މެދުވެރިކޮށެވެ.
އެކަން ރައީސް ނަޝީދު ހާމަކުރެއްވުމާއި އެކު ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގެ ބަހުސް މީސްމީޑިއާގައި ވަނީ ހޫނުވެފައެވެ.
މަޖިލީސް މެދުވެރިކޮށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަކީ ބަގާވާތެއް ކަމަށް ސިފަކުރައްވާ އޭނާ ވަނީ އޭރު ވެސް މިހާރުވެސް ބަގާވާތާއި ދެކޮޅުކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން އޭނާ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު، މުހައްމަދު ރަޝީދު ހޮވަން ވޯޓުދެއްވާފައި މިހާރު އޮތް ރިޔާސީ ނިޒާމުގައި ގާނޫނު ހަދާ މަޖިލީހުގައި ބަހައްޓަން ކަމަށާއި އޭނާ ހޮވީ ނިޒާމު ބަދަލު ކުރަން ނޫން ކަމަށް ވެސް ވިދާޅުވެފައެވެ.
"ބޮޑުވަޒީރަކު ހޮވައިގެން ވެރިކަން ހިންގުމުގައި އުޅޭކަށް ނޫން" އިބްރާ ވިދާޅުވެފައިވެއެވެ.
Aharen @boadhigu Majlihah hovan vote dhinee mihaaru oiy riyaasee nizam gai, qaanoonu hadhaa majlihugai baindhan. Boduvazeeraku hovaigen verikan hingumugai ulheykah noon.
Nizaam badhalu kurangnaa Majlis jeheynee alun hovan. Thiyathaaku neiy vazeerukan havaalu kureveyne ekakuves.
— Maverick Ibra (@ibramandhu) April 18, 2021
އޭނާ ކުރެއްވި އިތުުރު ޓްވީޓެއްގައި ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ވެރިކަމުގެ ނިޒާމް ބަދަލު ކުރާ ނަމަ މަޖިލީހުގެ މެމްބަރުން ވެސް އަލުން އިންތިޚާބު ކުރަން ޖެހޭނެ ކަމަށެވެ.
"ތިޔަތާކު ނެތް ވަޒީރުކަން ހަވާލުކުރެވޭނެ އެކަކުވެސް" އޭނާ ވިދާޅުވިއެވެ.
އޭނާ ވަނީ ރައްޔިތުން ނިންމާފަ އޮތްކަމެއް މަޖިލީހުން ބަދަލު ނުކުރެވޭނެ ކަމަށާއި ރައީސް ނަޝީދު އުޅުއްވަނީ ހައިސިއްޔަތު އޮޅިގެން ކަމަށް ވިދާޅުވެފައެވެ.
މާކުރިންވެސް 19 ދިވެހިންގެ ލޭބުއި ބޮޑު ބާގީއެއް....
ހައްހައްހާ!! މިސޮރަކީ ނިކަން ބަޢާވާތާ ރައްޓެހި ސޮރެއް ދޯ؟؟ އެމް.ޑީ.ޕީއާ ރައީސް އިބޫގެ ސަރުކާރަށް ތާއީދު ނުކުރިޔަސް 5 އަހަރުގެ ކުރިން ވެރިކަން ދޫކޮށްލަން ނޫނީ ސަރުކާރު އުވާލަން ތާއީދެއް ނެތް.. އަދި އަމުދުން މި މޮޔަ ބުއްޅަބޭ އަށް ބާރު ލިބޭ ގޮތަށް ވެރިކަމުގެ އެއްވެސް ބާރެއް ދޫކޮށްފިނަމަ އިބޫއަށް ރައްޔިތުން މާފެއް ނުކުރާނެކަން ހަނދާން ކުރާތި.. ރައްޔިތުން ވެރިކަން ދިނީ 5 އަހަރަށް.. އެހެންވީމަ މި 5 އަހަރު ވެރިކަމުގަ ހުރެލާ ބުއްޅަބެއަށް ވުރެއް އިބޫ ހުރުން 1000 ގުނަ ރަނގަޅުކަމަށް ފެނޭ
މިޔޮއް މާތް މަސްއަރުގަ ބުއްޅަބޭ ތަންކޮޅެއް ހައިބޮޑުވެފަ ހުރީމަ މޮޔަގޮވެނީ...
މީނާ ދޮށީ ދަރި މީރާ ބުންޏެއްނު އައްޕަ ބަޢާވާތެއް ނުކުރާނެއޭ.. ކޮން ހަޑިއެއް ހާވަން މިހާރު މިފެށީ؟؟ ސޯކޯލްޑް ބެސްޓު ފުރެންޑާ ދެކޮޅަށް މިއޮއް ނިކުތީ ކެތް ނުވެގެން.. ހިތުން ޑިމޮކުރެސީ އައްޕަޔޯލަ.. ބަލަ އެހެން ވިއްޔާ ކެތްކުރަންވީނު، ރައްޔިތުން 5 އަހަރަށް ހޮވި ރައީސްއެއް އެބަހުރި.. ސަރުކާރު އުވާލާސޭ ތިޔަ ގޮވަނީ ކޮން ޑިމިކްރެސީއަކުން ދަސްކޮށްގެން؟؟
ނަޝީދު ތިޔަ އުޅުއްވަނީ ޤައުމު ހަލަބޮލިކޮށްލާ ބަޤާވާތެއް ގެންނަން. މާތްﷲ އިރާދަފުޅުން ތިޔަކަމެއް ނުވާނެ.
ޤައުމުދެކެ ލޯބިވާނަމަ ރައްޔަތުންގެ ނިންމުމަށް ބޯލަނބާ! ނޫން ނަމަ އިސްތިއުފާދީފައި ގެއަށް ވަޑައިގަންނަވާ.
ކެނެރީގޭ ނަސީދަކީ ގައްދާރެއް މިގައްދާރު މިގައުމުން ބޭރުކުރައްވެއްޖެ ރައްޔިތުން މިކަމާ ނުކުންނަންވެއްޖެ ޔާﷲ މިނުލަފާ ޖާހިލުގެ ކިބައިން އަޅަމެން ސަލާމަތްކުރައްވާށި އާމީން
ހައްޤު ދެތު އަމިއްލަ ޕާޓީއަށާ ބެސްޓު ފުރެންޑަށް ޢައްދާރުވާ މީހަކު ކާކަށް ލޯޔަލް ވނި ދޯ؟؟
ބޯދިގުގެ ސީވީ ރޯދަމަސް ވީމަ މިތާ ލިޔެވެން ނެތް.
މި މާތް މަސްވަރުގަ ކެނެރީގޭ ވަބާއިން ސަލާމަތް ވުމަށްއެދި މާތްރަސްކަލާންގެ ހަސްރަތުގަ ދުއާ ދެންނުވަމަށް ގައުމުދެކެ ލޯބިވާ ހުރިހާ ރައްޔިތުންނަން ގޮވާލަން
އަލަގަހަކުން ކެޔޮ ނިރެއް ފަޅާނެތޯއެވެ. ވީމާ އެއެއްޗަކުން ނުކުންނާނީ އެއެއްޗެއްގެ ނިރު ނޫންތޯއެވެ! ވީމާ ބަޣާވާތްކުރުމަކީ ވެސް އެކަހަލަ ކަމެއް ނޫންތޯއެވެ. މިބުނީ ވަރަށް ގިނަ ވާހަކަ!
19 ދިވެހިންގެ ލޭ ބުއި ބާޣީ އައުލާދުގެ ލޭ ނަޝީދުގެ ހަށިގަނޑުގައި ހުންނާނެ! ދެން ޖެހޭނީ ހޭނައްތާލާފަ ލޭ ބަދަލުކޮށްލަން. އެ އަޢުލާދަށް ނިސްބަތްވާ މީހަކު ރައްޔިތުން ކަތިލާފަވެސް އޭނާ ބޭނުންވާ ކަންކަން ކުރެވޭތޯ ބަލާނެ . ފެށުނީއްސުރެ ޤައުމުގެ ވެރިކަން ނުކުރެވިގެން އުޅޭ އައުލާދެއް،
ވެރިކަމާހެދި ހަމަ ނޭވާ ނުލެވިގެން އުޅޭ ބޮ އްޅަބޭ.
2012 ވަނަ އަހަރު ނަސީދު ގެންނެވި ދުސްތޫރީ ބަގާވާތް މިހާތަނަށް ތަހުގީގު ކުރެވިފާ ނެތުމަކީ ނަސީދަށް ލިބުނު ހިތްވަރެއް. މިހާރުވެސް ނަސީދު ލިއުނު ލިއުން ފެންނަން އެބައޮތް ގާނޫނުއަސާސީ ގަޑުބަޑުކޮށް ބާރުތައް އަތަށް ނެގިވާހަކަ. ގާނޫނުއަސަސީ ވަނީ ހުއްޓިފާކަމަށް ނުވަތަ ގަނޫނުއަސަސިއަށް އަމަލުކުރުން ހުއްޓާލިކަން ކުރި އިއުލާން. މި މައްސަޮލަ ނުބެލެންވިސަބަބު ކޮބާ؟
ބަޣާވާތް އެއީ ބުއްޅަބޭގެ ހަށިގަނޑުގައިވާ ވިރާސީ ބައްޔެއް! ވީމާ އެކަން ނުކޮށް ނުހުރެވޭނެ! ތި ނޫނީ ނުހުންނާނެ ވެރިކަމުގައި ހުރެގެން އަމިއްލައަށް ބަޣާވާތްކުރި މީހެއް.
ހައްދާ ތިއުޅެނީ މޮޔަވެގެން މިރާއްޖެ ވިއްކާ ނިއްމީ ވެސް ތިކަމުގަ އިންޑިއާ ޔައް
އިބުރާ އެއުޅެނީ ބަދަލުގެ ގޮތުގަ ގެޔަށް ވަންނަވަރު މަދުވާތީ.
މީނައާ މީނަގެ އާއިލާއިން މިގައުމުގަ ކުރީ މުޅިންވެސް ބަޣާވާތް
މާކުރިންވެސް 19 ދިވެހިންގެ ލޭބުއި ބޮޑު ބާގީއެއް....، އެޖެންޑާ 19 މީ 19 ސަހީދުވި ދިވެހިން މިކަން ފާހަގަ ކުރަން ކިޔާގެން އުޅޭނަމެއް މި މީސްމީހުން ރަނގަޅުވާނެތަ
މީނާ އަރުވާ ޖަހަންވީ.
ތިޔައީ ޔަގީންވާ ކަމެއް. ރައްޔަތުން ހޮވާފައިހުރި ރައީސުލްޖުމްހޫރިއްޔާ އަށް މީނަ ތިޔަ ދެއްކެނީ ބިރު. ނަޝީދުގެ މައްސަލަ ތަހުގީގުކޮށް، ޝަރީއަތަށް ހުށަހަޅާ މީނާ ހައްޔަރު ކުރަންޖެހޭ.