ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރުކަން ކުރައްވަން ބޭނުންފުޅުވާކަން ރައްޔިތުންގެ މަޖިލީހގެ ރައީސް މުހައްމަދު ނަޝީދު ރަސްމީކޮށް އިއުލާން ކުރައްވާ، އަދި އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް އެންގެވުމާއި އެކު ރައީސް ނަޝީދުގެ ސަޕޯޓަރުން ބަރުލަމާނީ ނިޒާމަށް ތާއިދުކޮށް ކެމްޕޭން ފަށައިފިއެވެ.

ޓްވިޓާގައި ބަރުލަމާނީ ނިޒާމަށް ތާއިދުކޮށް ނަޝީދުގެ ސަޕޯޓަރުން ކުރަމުން ގެންދާ ޓްވީޓްތައް ނަޝީދުގެ ނުރަސްމީ ޓްވިޓާ އެކައުންޓް އެލެކްސް އަހްމަދު އިން ގެންދަނީ ރީޓްވީޓް ވެސް ކުރަމުންނެވެ. ނަމަވެސް ރައްޔިތުން މަޖިލީހުގައި އެމްޑީޕީ ތަމްސީލް ކުރާ މެންބަރުންގެ ތެރެއިން ނަޝީދަށް ތާއިދުކުރައްވާ މެންބަރުން އަދި މިމައްސަލައިގައި ހަނު ތިއްބެވިކަން ފާހަގަ ކުރެވެއެވެ.

ހޯމް އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ އަދި އެންމެ ފަހުން އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ރައީސް ނަޝީދާއި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވި އަލައިކާ ކުރި ޓްވީޓެއްގައި ވިދާޅުވީ އޭނާ ތާޢީދު ކުރަނީ ބަރުލަމާނީ ނިޒާމަށް ކަމަށާއި ބަރުލަމާނީ ނިޒާމެއްގައި ވަޒީރުން ވެސް ހޮވި ވަޑައިންނަވާނީ ރައްޔިތުންގެ ރުހުން ލިބި އިންތިހާބު ވެގެން ކަމަށެވެ.

ޓްއަރިޒަމް މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ރައްޒާން ކުރި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ ފަރުމާކޮށްފައޮތީ ބަރުލަމާނީ ނިޒާމަކަށް ކަމަށާއި ވެރިކަމާމެދު ދިވެހިންގެ ވިސްނުމާ، ބަދަލަށް އަބަދުވެސް އެދޭއެދުމާއެކު މިއެދޭފަދަ ވެރިކަމެއް ކުރެވެން އޮތް އެންމެ އެކަށޭނަ ގޮތަކީ ވެރިކަން ހިންގުމުގެ ނިޒާމު އެގޮތަށް ބަދަލުކުރުން ކަމަށެވެ.

ނަޝީދަށް ބޮޑުވަޒީރުކަން ހައްގު ކަމަށް ބުނެ ވެސް އިތުރު ސަޕޯޓަރަކު ޓްވީޓް ކޮށްފައި ވެއެވެ.

ބޮޑުވަޒީރުގެ ބަހުސް އަނެއްކާވެސް ފެށިފައި ވާއިރު ގިނަ ބަޔަކު އަންނަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލު ކުރުމާއި ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. މާމިގިލީ މީހާ

    ނަސީދު ބޮޑުވަޒީރުކަށް ކުރާން ދޭބަލަ، އިންޑިޔާއަށް. ނުދޭނަން ވޯޓެއް ނަސީދަކަށް. ބުއްޅަބޭ.

    97
    2
    • ކިސަޑު

      ވާހަކަ އޮޅުވާލުމަށްވެސް މަރެއް
      ޣުއިކާންވެސް ދަޑިއެއް
      ޥޯޓް ފޮށި ނުހުޅުވުނު ސޮރެއް
      ޟަހާ ޖައްރާފާ ހަވާލުކޮއްލާ

      9
      2
    • ގެރި

      ކުދި ދައްޖާލުތައް ނުކުތީދޯ ރަށުތެރެ ހަލަބޮލި ކުރަން

      12
      1
  2. އަލި

    މުޅި ދިވެހިރާއްޖެއަށް ޖެހިފައިމިވާ އަންނިގެ މުސީބާތުން މިގައުމު ސަލާމަތް ކުރައްވާންދޭވެ...އާމީން

    117
    3
  3. ފުތާބެއްޔާ

    އެ ފުރުސަތެއް ދިވެހިންގެ ގިނަމީހުން ދޭ ގޮތަކަށް ނޫން މިތިބީ. މިރާއްޖޭގެ ހަގީގީ ހަލާކަކީވެސް ތި މަޖިލިހާ ތިތާތިބި އުރަތްޕެތް ނެތް މެންބަރުން. ތިފަދަ ބަޔަކު އަތަށް ވެރިކަމުގެ ބާރުތަށް ދީފިނަމަ އިންތިހާޔަށް ކޮރަޕުޝަނާ ފަސާދަ އުފެދި މިގައުމު އަތުނުވާ ވަރަށް ހަލާކުވެގެން ދާނެ. މިވީ ކުޑަ ދުވަސްކޮޅުގަވެސް ސީދާ ނަޝީދު ރައީތުން ހޮވާފަހުރި ވެރިމީހާ ގެ މަށްޗަށް ބަސްބުނެ ގައުމު ހިންގަން ހަދައިގެން މިހާރު ރައީތުން ތަހައްމަލުކުރަން ޖެހިފަވާ ކަންތައްތައް ބޮޑުވެގެންވެސް މި އުޅެނީ. ހިލާ މީނަޔަށް ފުރުސަތު ނުދޭތި. އަދި ނާޝީދު އޭނަގެ މަޖިލިސް ބާރު ބޭނުން ކުރަން އުޅުނަ ރައީތުން ދީގެންނުވާނެ. އެންމެ ރައީތުން މަޖިލިސްގެޔަށް ވަދެގެން ވިޔަސް މިކަން ހުއްޓުވަންޖެހޭ.

    71
    2
  4. ހުސާމް

    މިފަހަރުގެ ލޯކަލް އިމްތިހާބު ހީކުރެވުނު ވަރަށް ކާމިޔާބު ނުވުމުން ދެބޯގެރި ދުންވަން ފެއްތެވީ ދެން އެންމެން ކިޔާނީ ބަރލަމާނީ ބަރުލަމާނީ ނު

    69
    2
  5. ރަބަރު

    ބަރުލަމާނީީބޭނުނނޫނ

    55
    3
  6. ނާޝިޒް

    ކަލޭތީ މި ވެރިކަމުގެ ނިމުން ކަމުގައި ވާނީ ހުންނަ ނުބައި ނުލަފާކަން ... އަލައިކާ ވެސް އުޅެނީ ކެނެރީގޭ މޮޔަސޮރު ލައްވާ މި ނުބައި ހަދަން.. އެކަމަކު އެ ގަމާރަކަށް ނޭނގޭ...

    60
    2
  7. މަގޭ ޚިޔާލު

    އެމްޑީޕީގައި ނެތީ ޙިކުމަތްތެރިކަމާއެކު ކަންކަން ކުރެވޭ ޢިލްމީ ޓީމެއް. މުޅިޕާޓީ ޑިކްޓޭޓަރޝިޕަކާދިމާލަށް އަމާޒު ހިފާފައި ހުންނަތާ ކިތަންމެ އަހަރެއް. މިހާރުވެސް ފެންނަނީ ދިގު ތިރީސް އަހަރަށް ވުރެ ޚުދުމުޚުތާރުވެރިކޮށް ކަންކަން ކުރަމުން ގެންދާތަން. ކިރިޔާވެސް ޢިލްމީ މީހަކު ހުރީވިއްޔާ ހުރީ އެހެލާފައި. ޕާޓީގައި ނަގާކިޔަން މިހާރު ތިބީ ބޮޑުވަޒީރާއި ބޮޑުވަޒީރަށް ޘަނާ ކިޔާ މީހުން. ރައްޔިތުންގެ ޕާޓީއަކަށް ވުރެ ބޮޑަށް މިހާރު އެމްޑީޕީ ވައްތަރީ ބޮޑުވަޒީރުގެ ހަރުމުދާގަނޑަކާ. ހުޅުވިފައިވާ މިނިވަން ސިކުނޑިއަކުން ވިސްނައިގެންނޫނީ މިކޮމެންޓެއް ފަހުމެއް ނުވާނެ.

    64
    3
  8. ގލޅ

    ބަރުލަމާނީ ނިޒާމަށް އެ އްގޮތަކަށްވެސް ތާ އީދެ އްނުކުރަމެވެ.

    66
    2
  9. ޢާގިޞާ

    މިއީ އެނގިތިބެ އިލްޔާސްމެން މައުމޫނުމެން މި ޤަވްމަށް ޖެއްްސި ބަލާވެރިކަމެކެވެ. ތަރައްޤީއާ ތަމައްދުންގެ ރޮގުގައި ދުނިޔެ އަންތަރީސްކޮށްލިފެންވަރަށް ފަތުއަޑުކިޔާފަ ކުރިޔަށްދިޔަ ޤަވްމެއް ، ފަހަތަށް ގިންގަޅުވާލާ ރައްޔިތުން ބިކަކޮށް ނާއުއްމީދުކުރިކަމުގެ ޒިންމާ އެ ދެމީހުން އުފުލަންޖެހޭނެއެވެ.

    63
    3
  10. ސައިމާ

    ބަރުލަމާނީ ނިޒާމެއް ގެނަޔަސް އެންމެ އަވަހަށް އޮންނަ އިންތިޚާބަކުން ނަޝީދު ވާނީ ބަލި.

    62
    2
  11. ކަނބާ

    މީ މިކަލޭގެ ނުލާހިކު ބޭނުންވާކަމެއް. އެހެންނަމަވެސް މިވަގުތު މިވާހަކަ ދައްކާން މިފެށީ ކައުންސިލް އިންތިޚާބުގައި ލިބުނު ނާކާމިޔާބީވެ ވާހަކަތައް މީޑިޔާއިން ފަނޑުކޮށްލުމުގެ ބޭނުމުގައި.
    ޔަހޫދީ ޕްރޮޕެގެންޑާއަކީ އެމީހުންނާ ދެކޮޅަށް ކަމެއްގެ ވާހަކަ ފެތުރެން ފަށާއިރަށް އެކަމުގެ ފޯކަސް ގެއްލުވަލަން އެހެން ކަމެއްގެ ވާހަކަ ދައްކާން ފެށުން.

    55
    2
  12. ވިސްނާ

    ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރުމުގެކުރިން އެންމެ ފުރަތަމަ ދިވެހި ރައްޔިތުން ދަސްކުރަންވީކަމަކީ، ފާޑުފާޑުގެ ލޯގޯތަކަށް ވޯޓުނުދީ، ހަވާލުކުރެވޭ މަސްއޫލިއްޔަތު އަދާކުރެވޭނޭ ތެދުވެރި، ޤާބިލު، ޢިލްމީ މީހުންނަށް ވޯޓުދޭށެވެ. ރައްޔިތުން އިސްލާހުވެގެން ނޫނީ ގައުމު އިސްލާހެއް ނުވާނެއެވެ. ދުނިޔެވީ ދަޅަތަކަށް ނުހެއްލި، ވައުދުވާމީހާގެ ކިބައިގައި އެވައުދު ފުއްދޭނޭވަރުގެ ޤާބިލުކަމެއް ހުރިތޯ ބެލުމަކީވެސް އޮތްކަމެކެވެ. ބަޔަކާ ޒާތީވުމަކުން ގައުމަށްވާނެ ފައިދާއެއްނެތެވެ.

    46
    2
  13. މިނީޝާ

    ނުވާނެ ތިކަމެއް. ދިވެހިންގެ މި ޤައުމުގެ ދަރިންނަކީ ދެލޯ އަނދިރި ބައެއްނޫން. މިހާރުވެސް ތިއީ ދިވެހިން ޤަބޫލުކުރާ ސަރުކާރެއްނޫންކަން އެއޮތީ ބުނެދީފަ

    49
    2
  14. ދަރަނި ދަންތުރަ

    ބަރުލަމާނީ ނިޒާމަކަށް ތާއީދެއްނުކުރަން ނުވެސްކުރާނަން އެއްމެ ފަހުނޭވާލަންދެންވެސް ބަރުލަމާނީޔާ ދެކޮޅު ، ކެނެރީގޭ ނަސީދު އައުޓު އައުޓު އައުޓު...

    47
    2
  15. އަދް

    އެ އޮއް އުލެނީ ބޮޑު ވަޒީރު، ދެން ލަލަލަ

    38
    3
  16. ޒަބީބު

    ރައީސްކަމަށް އިންތިޚާބް ކުރީމަ އިސްތިއުފާ ދީފަ ރައްޔިތުން ހަވާލުކުރި ވެރިކަން ރައްޔިތުންގެ ބޮލާލާ ޖަހާފައި ފިލައިގެނ ދިޔަ ނާޤާބިލު މީހަކާއި ބޮޑުވަޒީރުކަން ހަވާލުކުރިޔަސް ޖެހޭނީ އެއްތަނެއްގަ. އަންނި އަށް ވެރިކަން ކުރަން ނޭގިގެން އިސްތިއުފާ ދީފައި ފިލުމަކީ ނިޒާމުގެ މައްސަލައެއް ނޫން. އަދި އަންނި ވެރިކަމަށް ގެނައުމަށްޓަކައި ނިޒާމު ބަދަލުކޮށް ދިވެހި ރައްޔިތުން އެމީހުންގެ ވެރިއަކު އިޙްތިޔާރު ކުރުމުގެ އަސާސީ ހައްޤުން މަޙްރޫމްވާކަށް ނުޖެހޭ. އަންނި އަކީ ވެރިކަން ކުރުމަށް ކުފޫ ހަމަނުވާ އެކްޓިވިސްޓެއް ކަން ޚުދު އަންނި ވަނީ ދިވެހި ރައްޔިތުންނަށް ތަމްސީލު ކޮށްދީފައި. މިހާތަނަށް ކުރިޔަށް ގެންދެވުނު 4 އިންތިޚާބުގައި އަންނި އަށް ރައްޔިތުން ވަނީ ސީދާ ނޫނެކޭ ބުނެފަ.

    ވެރިކަން ކުރުމުގެ ޤާބިލުކަން ހުރި ދިވެހިން އެބަތިބި. އަދި އެމްޑީޕީ ތެރޭގައި ވެސް އަންނި ނޫން އެހެން ލީޑަރުން އެބަތިބި. އެމީހުންގެ ޤާބިލުކަމާއި ކުޅާދާނަކަމާއި ހަރުދަނާކަން ވެސް އެބަހުރި. އަންނި އަކީ އެކްޓިވިސްޓެއް އެނޫން ކަމެއް އަންނިއަކަށް ނުކުރެވޭނެ.

    28
    1
  17. ރިޒޯޓް ބޯއި

    މުޅި ދުނިޔޭގެ ބޮޑުވަޒީރުކަން ދޭ މަށަށް ފެނޭ ! ވަރަށް ހިތި ގޮތަކަށް ސިޔާސީ ހަޔާތް ނިމިގެން ދާނެ މީހެއްމީ

    35
  18. ނިޔާޒު

    އަލައިކާއަކީ ސިޔާސީގޮތުން ފައިފުއްސެއް، މައުމޫނުސަރުކާރުގައި، ޑީ އަރު ޕީގައި ، ޔާމީން ސަރުކާރުގައި ޕޕ އެމް ގައި މިހާރު އެމް.ޑީ ޕީގައި. އެއްވެސް ގޮތެއްގައި ހުންނަ މީހެއްނޫންއެއީ.

    29
  19. ބޮކަރު

    ހެރިގޭ މަރީ އަލައިކާމެން ކަހަލަ މޮޅިތި ތަޖުރިބާހުރި މީހުން ނައް މިގައުމަށް އެންމެ މުހިންމު ނިޒާމް އެންގެނީ؟؟؟!!! އަހަރުމެނާއެކު 2004 ގަ މި ގައުމު ބަދަލުކުރަން ނުކުތް މީހުން ނިކުތީ މައުމޫނިޒަމް ނިންމާ ނަސީދުޒަމް ގެންނާކަށްނޫން ، ބަރުލަމާނީ ވެ ނިމޭއިރު ވިޔަފާރިވެރިން ގޮނޑިކޮޅު ގަނެލާނެކަން ދެނަ ހުރިބާ!!؟؟؟

    22
  20. އިއްބޭ

    މިވާހަކަ މިހާ ކުއްލި އޮލަ ގޮތަކަށް ފެށިފައިވަނީ ލޯކަލްކައުންސިލް އިންތިޚާބުން އެމްޑީޕީއަށް ލިބުުނު ބޮޑު ނާކާމިޔާބީ އާއި ނަޝީދުގެ މަޤްބޫލްކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާތީ، މިއީ ހަމަ ހުސް މީޑިޔާގެ ސްޓަންޓުތައް. މިއީ ބިދޭސީ ޕީއާރު ފާރމް ގެ ލަފާގެ މަތީން ކުރެވުނުކަމެއް. މެސެޖު ފޮނުވާ މެސެޖު ލީކުކޮށް މުޅި ހަފްތާގެ ހެޑްލައިން ހަދާލީ. އަނެއްކާވެސް ނަޝީދު މަޤްބޫލްވެ އެމްޑީޕީގެ ކޭކޭބީކޭ ލަވަތައް އަޑު އިވެން ފެށީ. މިއީ މޮޅެތި ޕީއާރު ސްޓަންޓުތަކަކީ. ބޭނުމަކީ ނަޝީދު ގެންގުޅޭ ބޮޓުންތައް އެކްޓިވޭޓްކުރުން.

    20
    1
  21. އަލީ

    އެމީހުން ކައިރީ ކޮންމެވެސް ކުއްޖަކު ބުނެލަބަލަ ތިހެން ޓުވިޓާގަ ކިޔަސް ނުވާނެއޭ. ވޯޓަކުން ނިންމާފައޮތަ ކަމެކޭ މީ. ދެންވެސް ދާންޖެހޭނީ ވޯޓަކަށް. އޭރަށް ނަޝީދު ނުހޮވުނިއްޔާ ދެން ރަސްކަމަކަށް ތޯ ލޮބީ ކުރަން ފަށާނީ؟ ލޮލް

    21
    2
  22. ކަޅުކޮއި

    ރާއްޖޭގެ ވެރިކަމުގެ ނިޒާމް ކަނޑައެޅީ ދިވެހިރައްޔިތުން އެހެންވީމާ މިހާރުގެ ނިޒާމް ކަމުނުދާ ކަމަށްވާނަމަ ކަމުދާ ނިޒާމަކީ ކޮބާތޯ އަހަންޖެހޭނީ ރައްޔިތުން ކުރެން، ރާއްޖޭގައި މިހާރު ވެރިކަން ކުރަމުންދާ ނިޒާމު ބަދަލު ކުރުމުގެ މަސްއޫލިއްޔަތު، ރައީސް ޞާލިޙު އަދި ރައީސް ނަޝީދު އާއިވެސް ޙަވާލެއް ނުކުރެއެވެ.އަދި ރައްޔިތުންގެ މަޖިހީހާއިވެސް ޙަވާކޮށްފައިނުވެއެވެ. ނިޒާމަށް ބަދަލު ގެނެވޭނީ ދިވެހިރައްޔިތުން ނަށް އެނޫން އެހެން ބަޔަކު އެކަން ކުރަން އުޅުމަކީ ރައްޔިތުން ދީފައި ނުވާ ބާރެއް ޙައްޤު ނޫން ގޮތުގައި ބޭނުން ކޮށްގެން ރައްޔިތުން އަޅުވެތި ކުރުން އެހެންކަމުން އެކަން ނުކުރުމަށް އިލްތިމާސް ކުރަން. ރައީސް ކަމާއި މަޖިލީހުގެ މެޖޯރިޓީ އާއި މަޖިލިސްގެ ރައީސް ކަން ލިބިގެން ދެ އަހަރު ބައިވިއިރު ރައްޔިތުން ބޭނުންވާ މިންވަރަށް ރައްޔިތުން ނަށް މި ސަރުކާރުން ކަމެއްކޮށް ނުދެވުނު ބަޔަކަށް ބޮޑުވަޒީރުކަން ދިނަސް ކޮށްދެވޭނެ ޚިދުމަތެއް އޮންނާނެ ކަމަށް ނުދެކެން، މީގެ ކުޑަ މިސާލެއް ޙިއްޞާކޮށްލާނަން، އެއީ ހުޅުމާލޭގައި ކުރީ ސަރުކާރުން ޢިމާރާތް ކުރައްވާ ވާފައިވާ7000ފުލެޓް ނިމިފައި ހުންނަތާ ދެ އަހަރު ފާއިތުވެ ދިޔަ ފަހުން އެތަން ލިބުނު މީހުން އެތަނަށް ވައްދަން މިސަރުކާރުން ނިންމީ އެތަނުގެ ދޮރާއި ދޮރުފަތް ނުލައި ފަންކާއި ބޮކި ހަރުނުކޮށް ނޫންތޯ، އެ ފުލެޓް ތަކުގައި ދިރި އުޅެނީ ދިވެހިރައްޔިތުން ނޫންތޯ ކުރީ ސަރުކާރުން ަައެމަސައްކަތް ނުކުރުމަކީ މިސަރުކާރުން އެކަން އެގޮތަށް ދޫކޮށްލަންޖެހޭ ކަމެއްތޯ ހެޔޮވެރިކަމާއި މުއްސަނދި ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށް ނޫންތޯ ތިބޭފުޅުން ވެރިކަމާއި ޙަވާލުވީ، ރައީސް ޞާލިޙު ގެ ދަތުރު ޚަރަދަށް އެތައް މިލިއަން ޚަރަދު ކޮށް ބަދަލު ދިނުމުގެ ނަމުގައި ތިން ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރެވުނު އިރު ރައްޔިތުންނަށްޓަކައި އެފުލެޓް ތަކުގައި ދޮރާއި ދޮރުފަތް ހަރުކޮށް ފަންކާއި ބޮކި ހަރުކޮށް ނުދެވުނު ބަޔަކު ވެރިކަމުގެ ބާރުތައް ދަމަހައްޓަން އިތުރަށް މަސައްކަތް ކުރުމުގެ އެއްވެސް ޙައްޤެއް އެބައޮތްތޯ ޖަވާބަކީ ނެތޭ ވޯޓުން ެެަެ އެވަނީ ވަރަށް ސާފުކޮށް ޖަވާބު ދީފައި ރައްޔިތުން. ވެރިކަމުގެ ނިޒާމާއި ކުޅެ ސަކަރާތް ނުޖެއްސެވުންއެދެން.

  23. ފޭކްބަރުބެ1

    ބަރުލަމާނީ ނިޒާމުގައި ހުރިހާބާރެއް މަޖިލީހަށް! އެހެންކަމުން ދާޚިލީކަންކަމުގައި 3 ބާރުވަކިވެފައިވާ ނިޒާމެއް ދެނެއްނޯނާނެ، ބޭރުގެ ނުފޫޒުން މެމްނަރުންނަށް ރިޝްވަތުދީ ގަނެލުމަކީ ފަސޭހަކަމަކަށްވާނީ، ކުޑަގައުމަކަށްވެ ގިނަމެމްބަރުންނަކީ ނޯ ނުބުނެވޭ ފެންވަރުގެ މީހުންކަމުން! އޭރުން ދުރުމުސްތަގުބަލުގައި ގައުމަށް ލިބޭނީ ބޮޑެތިގެއްލުން ގެއްލުން!!! އެމްޑީޕީ ގައިއުޅޭ ގިނަބަޔަކަށް ނަޝީދުގެ ދެއަނގަޔާ އަމިއްލަ އެދުމާ އެކަމުގެ ނަތީޖާއާއި ގެއްލުމެއް އިޙްސާސްނުވެދާނެ.

    10
  24. ޕަލި

    ކޮން ނަސީދެ ބަރުލަމާނީ ނިޒާމަށް އެ އްގޮތަކަށްވެސް ތާ އީދެ އްނުކުރަމެވެ

    11
  25. ޖަގަޑާ

    ގައުމު ޖަގަޑާ ހާއްޔަކަށް ނުހަދާ. ތި ޖަގަޑާ ގަނޑު ހިލުވައި ގައުމު ހަލަބޮލިވެ ލޭއޮހޮރުމަކަށް ގޮސްދާނެ ކަމާމެދު މިހާރުވެސް އެބަ ފިކުރުބޮޑުވޭ. ބަރުލަމާނީއާ ދެކޮޅަށް ނުކުންނާނީ މަވެސް.

  26. ޟާމީނު1

    ބަރުލަމާނީ ނިޒާމުގައި ހުރިހާބާރެއް މަޖިލީހަށް! އެހެންކަމުން 3 ބާރުވަކިވެފައިވާ ނިޒާމެއް ދެނެއްނޯނާނެ، ބޭރުގެ ނުފޫޒުން މެމްނަރުންނަށް ރިޝްވަތުދީ ގަނެލުންވާނީ ފެންމެޓަޔަށް އެކަން ނުކުރެވިގެން ނަށީދު އުޅެނީ، ނަށީދަކީ ބޮދުވަޒީރު، މަޖުލީސް ރައިސް ، ޖޭއެސްސީގެ ރައީސް، ޕޮލިސް ކޮމިޝަންގެ ރައީސް. ނަށީދު މަގުމަތީގަވެސް ، ނަޝީދު އެލެކްޝަންތެރޭގަވެސް ، ނަޝިދު ބްލާބްލާ .. ނަޝީދަކީ ސޯޓްބޭލިފަހުރި ބޮޑް ޖޯކެއް. އެދުމުންފުރިފައިވާ.

    11
  27. ޝެލަރީ

    ދިވެހި ދައުލަތަކީ ކެނެރީ އާއިލާގެ ތަރިކަ މުދާގަނޑެއްތޯ؟؟؟

    10
  28. ސޫއޫދު

    އައްނި ސިޔާސީރޭހުންވެއްޓި ވާދާކުރިމަޖުލީސް ގޮނޑީގެ ވޯޓްގެ ތަފާތުބެލީމަ މިހާރުފެއްނާނެ ސައިޒް އަދިކާމިޔާބުކުރެވޭނެ ގޮނޑިތައް ދިވެހިންގެ މަދުބައެއްމިހާރު ތިބޮޑުމަންޒަރުބަލަނީ ކުރީދުވަހެއްގަ ފެނުނުރައްޔިތުން ނުކުމެސައިޒުކުރާތަން ވޯޓް ލާމަރުކަޒުތަކުގަ.

  29. ނިހާނު

    ވިސްނާލާ މީނަގެ ނަން: ރައީސް އެމްޑީޕީގެ ރައީސް ރައްޔިތުންގެ މަޖިލިސް ރައީސް އަދި ބޮޑުވަޒީރު މުހައްމަދު ނަޝީދު.

  30. ޢަހުމަދު1

    ވެރިކަންއަތަށް ލިބި ވެރިކަން ކުރަން ކުރަން ނޭގުމު ބަޔަކަށް އެހެން ނިޒާމެއް އުފެދުނަސް ވެރިކަން ކުރާކަށް ނޭގޭނެ. ބަރުލަމާނީ އަށް ވެރިކަން ބަދަލު ކޮށްފިނަމަ ބޭރުގެ ނުފޫޒު ވަދުން ފިޔަ ވާ އިތުރު ކަމެއް ނު ވާނެ.

  31. މަލިކާ

    ބަ ރުލަމާނިއާ ދެކޮޅު

  32. ޙހހހ

    ކަލޭމެން ތިކަން ދިފާއުކުރޭ ، އަހަރެމެން އިސްލަްމްދީނަައި މިޤައުމު ނަޝީދުގެ ކިބައިން ދިފާއުކުރާނަން

  33. ޢަހުމަދު

    ޙުރިހާ އަހުންނާއި އުހުތުން މިކަމަށް ފުންކޮށް ވިސްނަވާ. މި މާސިންގާ ދުނިޔޭގައި 100% މުސްލިމުން މިއުޅެނީ 2ގައުމެއްގައި އޭގެ ތެރެއިން އެއް ޤައުމަކީ މު ކުޑަކުޑަ ދިވެހި ފަސް ގަނޑު . މި ފަސްގަނޑު މި އަދާ ހަމައަށް ވެސް މިހެން މި އޮތީ ކާބަފައިން ކުރި މިއްނެތް މަސަކަތުން . ޢެ ކުރި މަސަކަތުގެ ސަބަބުން ޤައުމު ބާބާނުވެ އަހަރަމެން ގެ ދީނުގައި އަހަރަމެން އުޅެމުން މިދަނީ . ޢަހަރަމެން ބާބާކުރުމަށް އަންނަ ކަންތައްތަކުން އަހަރަމެން ސަލާމަތްވާނީ ކާބަފައިން ކުރެއްވި ޖިހާދު ކޮށްގެން. މީ ވަރަށް ވާހަކަ. މިކަމާ ލޮބުވެތި ދިވެހި ދަރިން ވިސްނަވާ

  34. އިދުރީހު

    އަންނި މިގައުމަކީ ކަލޭ މައިން ބަފައިންގެ މުދާގަޑެއް ނޫން ކަލޭ ބޭނުންހާގޮތެއް ހަދާކައް ކަލޭގެ އައުވާނުން ގޮވައިގެން ކޮންމެސް އެހެން ތާކައްދޭ ބޮޑުވަޒީރުކަން ކުރަން ދިވެހިންނޭ މިގައުމު ސަލާމަތްކުރަން ބޭނުމިއްޔާ މީނަޔައް ހިތްވަރުދިނުން ހުއްޓާލާ

  35. އެމަންޖެ

    ނަޝީދުގެ ސަޕޯޓަރުން ބަރުލަމާނީ ނިޒާމުގެ ދިފާއުގައި ނިކުމެގެން އެކަން ހުއްޓުވޭތަ ، މަޖިލީހުންނޭ ދެން ބަރުލަމާނީއައް ވޯޓުނަގާނީ ، ނަޝީދު މިގައުމައް އެނބުރި އައީ ބޮޑު މާސްޓާރ ޕުލޭނެއް ހަދައިގެން.

    5
    1
  36. ދިދަ

    ދިވެހިރާއްޖެދެކެ ލޯބިވާ ދަރިން މިހާރުން މިހާރަށް ތިޔަ ނަސީދުއާ ދެކޮޅަށް ނިކުންނަށް ލަސްވެއްޖެ

    11
    1
  37. ޛުންޏާ

    ކެނެރީގޭ ނަޝީދު ވެރިކަމަށް ގެންނާކަށް ބޭނުމެއްނުން.އެއީ ޕާޓީ އަދި ގައުމުގެ ހަލާކު.