ހިޔާ މަޝްރޫގެ ދަށުން ސަރުކާރުން ބިނާކޮށްފައިވާ ފްލެެޓުތަކުގެެ ބަދަލުގައި ސަރުކާރުން ކުރިއަށް އޮތް މަޝްރޫއެއްގައި އަޅާ ފްލެޓަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ، މިހާރު ހިޔާ މަޝްރޫގެ އެހެެނިހެން ކެޓަގަރީތަކުން ފްލެޓު ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ބާއްވަމުން އަންނަ ކަމަށާއި، އެެހެންކަމުން އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ވެސް ތިން މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ފަންނީ ކެޓެގަރީގެ ފަރާތްތަކަށް ފްލެޓް ދޫކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އެ މިނިސްޓްރީން ވިދާޅުވީ ހިޔާ މަޝްރޫގެ ފްލެތުތައް ނޫން އެހެން މަޝްރޫއަކުން ފްލެޓުތަކަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ، ގިނަ ފަރާތްތަކަކުން އެގޮތަށް އެދެމުން ދާތީ ކަމަށެވެ.

ފަންނީ ކެޓެގަރީގައި ހިމެނެނީ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުން އަދި ސިވިލް ސާވިސްގެ މުވައްޒަފުންނެވެ. ފަންނީ ފަރާތްތަކަށް ލިބިފައިވާ ހިޔާ ފްލެޓްގެ ބަދަލުގައި އާ ފްލެޓް ހޯދުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ އެފަރާތްތަކަށް ލިބޭ އާމްދަނީ އާއި އެއްހަމައެއްގައި ބޯހިޔާވަހިކަން ހޯދައިދިނުގެ ބޭނުމުގައިކަމަށް މިނިސްޓްރީން ވަނީ ހާމަކޮސްފައެވެެ.

ޕްލޭނިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ސަރުކާރުގެ އާ މަޝްރޫއުން ދޫކުރާ ފްލެޓްތައް ވެގެންދާނީ ތަނުގެ ފެންވާރާއި އެއްހަމައެއްގައި ފްލެޓްތަކުގެ އަގު ހިފެހެއްޓިފައިވާ ފްލެޓްތަކަށެވެ. މީގެެ އިތުރުން ފްލެޓްތައްވެސް ވެގެންދާނީ މީގެ ކުރިން ދޫކުރި ފްލެޓުތަކާއި އަޅައި ބަލާއިރު، ޖާގައިގެ ގޮތުން ތަނަވަސް ތިން ކޮޓަރީގެ އެޕާޓްމެންޓުތަކަކަށް ކަމަށް އެެމިނިސްޓްރީން ވަނީ ވިދާޅުވެެފައެވެ.

ހިޔާ މަޝްރޫ އަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ތަނަވަސްކޮށްދިނުމަށް ރައީސްް އަބްދުﷲ ޔާމިިީން ފެއްޓެވި މަޝްޜޫއެކެވެ. މި މަޝްރޫގެެދަށުން ގާއިމްކޮށްފައިވާ ފްލެޓުތަކަށް ސަރުކާރުން އަންނަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަޖަމު

    ދެދުވަހުން އެއްދުވަހު ކޮން ހާސަރެއްތޯ ތިޔަ ދަމަނީ، ތިޔައިގެ ހައްޤުވެރިންނަށް ތިޔަދީ ނިންމަބަލަ.

    • ގެރި

      ފަންނީ މީހުން ތިބީ ހަމައެކަނި އެމްޑީޕީގަ.. އެހެންމީހުން ހެޔޮ ނެތަސް..

  2. ޒުވާނާ

    ސަޅި ބާސާ ނުކަނޑާ . އެއްފްލެޓެއްވެސް ރައްޔިޔަކަށް ދޭނެކަމެއްނެތް. ބަރުއެލުވާގެން ބަރުލަމާނީ ލާދީނީ ބައިގނަޑު މި ޤައުމުން ރައްކާވާން ފޮއްޓަށް އެއްޗެހި އަޅާގެން ލާރިތައް ބަނޑުއަޅާގެން ރެޑީވެ. ތިޔަ ފްލެޓް ގެ އެެންމެ ހައްޤުވެރިޔަކުވެސް އަދި ދިވެހި ރއްޔިތަކުވެސް ކަލޯމެން ގެ ވެރިކަމެއްގެ ފްލެޓަކަށް ހުވަފެންވެސް ދެކޭކަށް ބޭނުމެއްނުވޭ! ސާފު ވެއްޖެތޯ އަސްލަމް ބްރޯ؟ އިސްތިއުފާދެއްވާފަ ވަޑާގަންނަވާ!

  3. ލާހި

    އެމީހުން ފަންނީ ވަނީ ޖޮބް ގައި އުޅޭތީ، ޖޮބް ނެތިއްޔާ މަގުމަތީގަ އާދައިގެ މީހުންގެ ގޮތުގައި ނުންތޯ، އަގު ހެޔު ތަނެއްބޭނުމީ އަގު ބޮޑު ތަނެއް ބޭނުމެއް ނުވާނެ !

  4. Mahujanu

    ލަ އިގެންކާނެ އެ އްޗެ އް ނަނުގަ ގަނޭތޯ ކިހާ ދުވަހެ އް ވަންދެން ތިޔަ ނަނު އެ އްލަ އިގެން އިންނަން ކަމަށްތޯ ވަޒީރު ތިޔަ ވިސްނަވަނީ. ތިޔަ ނަނަކު ނުގަންނާނެ އެކަށްޗެ އްވެސް. ތިޔަ އުޅު އްވަނީ ކޮންމެހެން ރަ އްޔިތުންނަށް (ފުލެޓް ޙަ އްޤުވެރިންނަށް) ހެޔޮ އެދިގެންނެ އް ނޫން. ތިޔަ އުޅު އްވަނީ ކޮންމެހެން ދޭންވާ ބަޔަކަށް ދޭވަރަށް އަދިވެސް ފުލެޓްކޮޅެ އް ނުލިބިގެން ހިޔާ ފުލެޓްތަކުން. ތިޔަ ހަޑި އެ އް ހާވަން ހަދަ އިގެން ކަ އުންސިލް އިންތިހާބުން ލިބުނު ބޮނޑި އަދިވެސް ކުޑަ އީތޯ؟

  5. ތި ފްލެޓަށް

    ކިހިނެތް އެދެނީ؟