ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާއި އެންމެ ގުޅެނީ މަގުމަތީގައި ސަކަރާތް ޖަހައި މުޒާހަރާ ކުރުން ކަމަށް އަދާލަތު ޕާޓީގެ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޑރ.އިޔާޒު މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމަށް ފަހު އެ ނިޒާމުގެ ތެރެއިން ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންފުޅުވާކަމަށް މެސެޖެއް މެދުވެރިކޮށް ރައީސް ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައިވާކަން ރައީސް ނަޝީދު ހާމަކުރައްވާފައިވަނިކޮށެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނު ރައީސަށް ފޮނުއްވި މެސެޖެއްގައި ކުރިއަށް އޮތް ފެބްރުއަރީ މަސް ތެރޭގައި ނިޒާމު ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށް ހުށަހެޅުއްވިއެވެ. މީގެ އިތުރުން ރައީސް ނަޝީދު ވަނީ 2023 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ނުބޭއްވުމަށް ވެސް އެދިލައްވާފައެވެ.

މިކަމާއި ގުޅޭގޮތުން ޑރ.އިޔާޒު ކުރެއްވި ޓްވީޓެއްގައި ވަނީ ތިމާ ބޭނުންވާހާ ގޮތެއް އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުވެދާނެ ކަމަށް ފާހަގަކުރައްވާފައެވެ. އަދި ކޮންމެ މީހަކު ވެސް ކުރިމަތިލާން ވާނީ އެމީހަކަށް ކުރެވޭ ވަރުގެ ކަންކަމާއި ކަމަށް ޑރ.އިޔާޒް ވިދާޅުވިއެވެ.

"ނަޝީދާއި އެންމެ ގުޅެނީ މަގުމަތީ ސަކަރާތް ޖަހައި، މުޒާހަރާ ކުރުން" އިޔާޒު ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ނަޝީދު އެދިވަޑައިގެންނެވުމާއި އެކު ރަައީސް ނަޝީދުގެ ސަޕޯޓަރުން ދަނީ ބަރުލަމާނީ ނިޒާމު ގެންނަން މީސްމީޑިއާގައި ވަކާލާތުކުރަމުންނެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސާލިހު ވަނީ އޭރު ބަރުލަމާނީ ނިޒާމަކަށް ދިއުމާއި މެދު ނުވިސްނަވާ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ ވެރިކަން ކުރާ ނިޒާމަކާމެދު ރައްޔިތުން މީގެކުރިން ގޮތެއް ނިންމާފައިވާ ކަމަށާއި އަދި އެ ނިޒާމު ބަދަލުކުރަން ބޭނުން ނަމަ އަނެއްކާވެސް ރައްޔިތުންގެ ގާތަށް ދާން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ކޮވިޑް

    ޓިވެސް ސޭހެއްގެ ތާޖު އަޅައިގެން މަނީ މަނީ ސޭޙް ކިޔަމުން ދުވާ މީހެއް، މިއަދު ދެން ކޮންވާހަކަ އެއް ދައްކާކަށް ތިމީހުން ފޭރިގައި ވެރިކަމެއްނު މި ކުރަނީ ،ސަނާ ކިޔަން ލާދީނަށް ތާއީދު ކުރަން ސޭހު ހުންނަވާ،

    31
    11
    • ގުޑޫޣުދޯ

      ހޭ ހޭ މީ މާތާހިރުމީހެއް ދީނީ ތާޖުއަޅާގެން އޭނަޔަށް ވެރިކަން ހޯދާދިން މިގައުމަށް ހުރި ނުރަށްކާތެރި ބޮޓެއް ލާދީނީ މީހުން ހިމާޔަތްކުރުމުގާ ދީނީ ތާކިހާއަޅާގެން އުޅޭ މަގުމަތީ ސޭކެއްތީ މާރަނގަޅުވާނެ ނަސީދުފަތުގާ އޭނަށް އެހީތެރިކަން ދޭހުރުން ތާކިހާ ބާލާފަ ތީ މިގައުމު މިއަނދަވަޅަށް ވައްޓާލި ޖައްބާރެއް

      11
      4
  2. ދަށިއަޑިރައްބޭރެ

    ތިމީހާގަނޑާ އެންމެގުޅޭނީ
    ފިހިގަނޑުހިފަ އިގެން ތަންތާނގަނަށަން

    21
    3
  3. ޑަލޭކަ

    ޢިޔާޒް މިހާރު އޮޅި އްޖެ އިލްމު ވެރިން ނޫޅޭނެ މީހުން ގަ އިގަ އަޅާގަނެގެން ނުނެ އްޓިގެނެ އް ތިޔަ އީ ފޭކް އިލްމުވެރިންގެ ގޮތެ އް

    8
    27
    • ރަދީފް

      ޝޭހް ވެސް އެއީ ދިވެހިދަރިއެއް ދޯ.އެހެންވީމަ ކަންތައްތަކުގަ ބަސްބުނުމުގެ މިނިވަންކަން އޭނައަށް ވެސް އޮންނާނެ.ތިބުނި މީހަކަށް އޭނަ ތާއީދުކޮށްފަ އެއްޗެއް ބުނެފިތަ.އިޔާޒް އެއީ ބަރާބަރު ޝޭހެއް.ސަތޭކައިގެ މީހެއް.މީނުންތޯ ތިބޭފުޅުންގެ ހާލަކީ. ސޮރީ.

      14
      6
  4. ނަސޭހަތް

    ރޯނުގޭ ކުދިން ގޮތށް އުޅެން ބަރާބަރު

    21
    3
    • ސަމްކުޅިބޭ

      ރޯނުގޭ ކުދިންނެއްނޫން. ވަކަރުގޭ ކުދިން.

      8
      2
  5. ޅަބޭ

    ހެއްހެހއްހެއްހެއްހެހއް ހައްހައްހަހަހަހަހައްޕޮހޮއްޕޮހޮއްހާތް...... އެކްމަކުވާ، ޝޭހެއް ކަމަކު މިފަހަރު ތިބުނީތެދެއް. ނަސީދުގެ ރަސްމީ ދާއިރާއަކީ މަގުމަތީ ދަނމާކެޑުމާ އަތައް ތެޅުން..

    10
  6. ރަދީފް

    އެކްޓިވިސްޓެއްގެ ގޮތުގަ މަގުމަތި އެއީ އަސްލު މަގާމް.ހެހެހެހެހެ

    10
  7. ކާފަ

    ރައީސް ނަޝީދު އެދުވަހު އިސްލާޙީ މަސައްކަތަށް ނުނިކުތްނަމަ އަދި ވެސް ކަލޭމެން ތުބުޅީގައި ސޯސްލާފައި ބާލާނެ..

    5
    12
  8. ފޭކްބަރުބެ1

    ބަރުލަމާނީ ނިޒާމުގައި ހުރިހާބާރެއް މަޖިލީހަށް! އެހެންކަމުން 3 ބާރުވަކިވެފައިވާ ނިޒާމެއް ދެނެއްނޯނާނެ، ބޭރުގެ ނުފޫޒުން މެމްނަރުންނަށް ރިޝްވަތުދީ ގަނެލުންވާނީ ފެންމެޓަޔަށް އެކަން ނުކުރެވިގެން ނަށީދު އުޅެނީ، ނަށީދަކީ ބޮދުވަޒީރު، މަޖުލީސް ރައިސް ، ޖޭއެސްސީގެ ރައީސް، ޕޮލިސް ކޮމިޝަންގެ ރައީސް. ނަށީދު މަގުމަތީގަވެސް ، ނަޝީދު އެލެކްޝަންތެރޭގަވެސް ، ނަޝިދު ބްލާބްލާ .. ނަޝީދަކީ ބޮޑް ޖޯކެއް. އެދުމުންފުރިފައިވާ.

    8
    1
  9. ސިޑް

    ކަލޭމެން މީސް މީހުންގެ ބޮލަ އް ވަދެގެން މިވެރި ކަން ގެނަ އީ މިހާރު ކޮން ވާހަކަ އެއއއއ އް

    9
    2