މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ކުވައިތަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި ކުވައިތުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކެބިނެޓް އެފެއަރޒް ޑރ.އަހްމަދު ނާސިރް އަލް މުޙައްމަދު އަލް އަޙްމަދު އަލް އަލް ޖާބިރު އަލް ސަބާޙް އާއި އެޤައުމުގެ އެހެން ބައެއް އިސްވެރިންނާއި ބައްދަލުކުރައްވާނެއެވެ.

މި ބައްދަލުވުންތަކުގައި ކުވައިތުގެ އެހީގައި ކުރިއަށްދާ މަޝްރޫޢުތަކާ ބެހޭ ގޮތުންނާއި ދެޤައުމުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ އިތުރުން ބައިނަލްއަޤްވާމީ މަސްރަހުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

މިއީ ޝާހިދު މިނިސްޓަރުކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން ކުވައިތައް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ފޮރިން މިނިސްޓަރ ޝާހިދުގެ އަރިހުގައި މިނިސްޓްރީގެ ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ. ހާލާ ހަމީދު އާއި ޑިރެކްޓަރ މޫމިނާ އިބްރާހިމް އަދި އެސިސްޓަންޓް ޑިރެކްޓަރ އަހްމަދު ސަލްމާން ޒަކީ ބައިވެރިވެވަޑައިގަންނަވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

މިނިސްޓަރ މިއަދު ކުވައިތައް ފުރައިވަޑައިގެންފައި މިވަނީ އިންޑިއާއަށް ވެސް މިހަފްތާގައި ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޒުވާނުން

    ޤަައުމު ހަލާކުވެ ތާކުންތާކު ނުޖެހޭ ސޮރަކު މިއޮއް މިޤައުމު ސުންނާފަތި ކުރަނީ! ނަޝީދަކީ ކާކު؟ ކޯންޗެއް ކިޔަވާގެން އައިސްހުރި ބްރާންޗެއް؟ ނަޝީދަށް ވުރެ ޢިލްމީ ޤާބިލް ސިޔާސީ ޑިމޮޓްރެޓިކް ބޭފުޅުން މިޤައުމުގައި އެބަތިބިކަން ދުނިޔެވެސް ދަނޭ! ރައްޔިތުން ނުކުމެ މި މީހުން ބޭރު ކޮށްލަން މާލަސްވެސްވެއްޖެ! ޝާހިދު ކަލޭ މަކަރާ ހީލަތުން އިންޑިޔާއިން ލާރިކޮޅެއް ނުލިބުނީމަ އެހެން ޤައުމަކަށް ސަލާންޖަހަމުން ލާރިކަމުން ބަރުލަމާނީ އޭ ވީދަމުން ކޮންކަމެއް ކުރަނީބާ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟/ ﷲއިރާދަކުރެއްވިއްޔާ މި ރަމަޟާން މަަސް ނިމޭއިރު ވެރިކަން ވެއްޓޭނެ! އެވަގުތު ރައްޔިތުންވެސް ތިބޭނީ ހީލަ ހީލަ ކަލޯމެން އަހަރެމެން ރައްޔިތުންނާމެދު ކަންތައް ކުރާހެން! ދެން ޝާހިދަކަށްވެސް މި ޤައުމުގައި ތި މަޤާމަށް ޓާާޓާ ކިޔާލަން ޖެހޭނީ!

    • ޖަޒީރާ ރޭޕިސްތާނު ފަތިސް

      މި ބުރު މީނަ ކާލާނީ ކޯޗެއްބާ.. އެތާ ފާހަނައިގަ އިން ޓިޝޫ ރޯލުވެސް ދެންް ނޭގެ ސަލާމަތުން އިންނާނެކަމެއް

  2. ގައުމީ ލޯބި

    މީނާ ބަނދެގެންވިޔަސް ބޭރުގައުމުތަކަށް ކުރާ ދަތުރު ހުއްޓުވާބަލަ..

    ބަލަ އަހަރުމެންނަކަށް އިތުރަށް ލޯނަށް ފައިސާ ނުދެއްކޭނެ.. ލޯނު ނަގައިގެން ތި ގޮތަށް ބޭކާރު ދަތުރު ނުކޮށް ހުއްޓާލާ..

    ތިފައިސާ ޕޭކުރަން ޖެހެނީ ރައިޔަތުން އަތުން ޓެކްސް ނަގައިގެން..

    މިަޒާމާނުގައި ކޮންބައެއް ތިގޮތަށް ދަތުރު ކުރަނީ.. ވީޑިއޯ ކޮންފަރެންސް ވާހަކަ ދެއްކި ބައްދަލުވުން ގާއިމުކޮށް ކަންކަން ކުރެވޭއިރު..

    މީ ދައުލަތަށް ހުރި ބޮޑު ބުރައެއް މީނާ ބޭރުކުރޭ..! ރައްޔަތުންނަށް ހުރި މުސީބާތެއް.. މީނާ ބަަނދެ ހައްޔަރު ކުރޭ..!

  3. މަބޭ

    ރަމްލޯންމަސް ނުނިމެނީސް ތިޖަލޭގެ ދެންރާއްޖެ އަންނާނެކަމާދޭތެރޭސައްކު