ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރާނީ ވަކި މީހަކު ވެރިކަމުގެ ހަވާސާގައި ހުންނަން ޖެހޭތީ ނޫން ކަމަށާއި ނިޒާމު ބަދަލު ކުރާނީ އެބަދަލަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެނުނީމަ ކަމަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ވަހީދު މިހެން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރެއްގެ ގޮތުގައި ވެރިކަން ހިންގުމުގެ ފުރުސަތު ބޭނުންވާކަން ރައީސް ނަޝީދު، ރައީސް ޞާލިހަށް އެންގެވުމުގެ ވެރިކަމުގެ ނިޒާމާއި ގުޅޭ ބަހުސް ހޫނުވެފައި ވަނިކޮށް މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ވަހީދުގެ ޓްވީޓްގައި ރައީސް ނަޝީދުގެ ނަން ފާހަގަ ނުކުރައްވާ ނަމަވެސް ރައީސް ނަޝީދަށް އިޝާރާތްކޮށްފައި ވަނީ ވެރިކަމުގެ ނިޒާމް ބަދަލު ކުރަން ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ "ވެރިކަމުގެ ހަވާސާ" ގައި ހުންނަން ޖެހުމުން ކަމަށެވެ.

"ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރާނީ ވަކި މީހަކު ވެރިކަމުގެ ހަވާސާގައި ހުންނަން ޖެހޭތީއެއް ނޫން. އެބަދަލަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެނުނީމަ." ރައީސް ވަހީދު ވިދާޅުވިއެވެ.

2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ނުބޭއްވުމަށް ވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ. އެމަނިކުފާނު ބޭނުންފުޅުވަނީ ވެރިކަމުގެ ނިޒާމް ބަދަލުކޮށް ރައްޔިތުންގެ މަޖިލީހުގެ ބޮޑުވަޒީރަކަށް އެމަނިކުފާނު އިންތިހާބުކޮށް، 2024 ވަނަ އަހަރު އަންނަންދެން ވެރިކަމުގައި ހުންނަވާށެވެ.

ރައީސް ނަޝީދު ވަނީ ބޮޑުވަޒީރަކަށް ވަޑައިގަތުމަށްޓަކައި، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރެއް އަންނަ ފެބްރުއަރީ މަހުގައި އެކުލަވާލުމަށް އެދިވަޑައިގަންނަވާކަން ވެސް ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. މާލެ

    މިއީ2018 ވަނަ އަހަރު ޔާމީންގެ ވެރިކަމުގައި ރިޔާސީ އިންތިޚާބު ނުބާއްވާނެ ކަމަށް ބުނެ ޔާމީނާ ދެކޮޅަށް އަޑު އުފުލި މީހުން.

  2. ދަރަނި ދަންތުރަ

    ނަސީދު ހުންނަންޖެހޭނީ ހަވާސާ ގައި އެއީ މިހާރު ބާކީ ބޭނުމެއްނުހިފޭ އެއްޗެހި އުކާލަނީ ކުނިގޮނޑަށް ތިލަފުއްޓަށް ޑަސްޓުބިން ކަޅުކޮތަޅު ކެނެރީގޭ ނަސީދަކީ މިހާރު ދިވެހިން ކައުންޓު ކުރާ މީހެއްނޫން ހައްޕުނޑު ހައްޕުނޑު ހައްޕުނޑު ....

  3. ެއެމްޑީއެން

    އޭ ކަޅޭ ހުރޭ މަޑުން. 5% އަކާބެހެވޭ ކަމެއް ނޫން.

    7
    27
    • ޒިއުބު

      ބަލަ މި ވަހީދުގެވެސް ޤައުމު އޭނާއަށް ވެސް ބަސް ބުނެވޭނެ.. ކޮން ކަހަލަ ޑިނޮކުރެސީއެއްތަ ރީނދޫ ހުން ޕާޓީން ތިޔަ ޕުރަމޯޓުކުރަނީ؟؟ ޒާތް ޒާތް ކުރަންޏާ ވަހީދު އިދި ކޮޅުން ނެރެ ވެރިކަން ދީފާނަން އޭރުން ލައްކަ ހިތަށް އަސަރުކުރާނެ ރީނދުލޭމެން.. ހިތްފަޅައިގެން ގޮސް މަރުވެސް ވާނެ އެއްބަޔަކު..އޭރުން 5 ޕަސެންޓުކަމާ ކާއްކަން އެނގޭނެ

      • ޖައިކޮ

        ޥަހީދުއަކަށް ނުބެހެވޭނެ ބާގީ ވަހީދުއާހެދި މިގައުމު ދިޔަ ހާލަތު ލބުނު ގެއްލުން އިންސާނުންނަށް ބަގާވާތް ގެނައި ދުވަހު ކުރި ހުރިހާ އަނިޔާ އަށް ކޅޭ ޒިންމާވާން ޖެހޭނެ ނުދީފިނަމަ އުފަލުގަ ރާއްޖެއަކު ނޫލެވޭނެ ބްރޯ

  4. އައިޝާ

    ނަޝީދަށް ތާއީދު ނުކުރިޔަސް މީނަޔަށް ތާއީދު ކުރާނެ މީހެއް މިރާއްޖޭގަ ނެތްކަން އެނގޭ އިރުވެސް އަނގަ ފުޅާކުރާތީ ހައިރާންވޭ.. ހާދަ ފޫހި މީހެކޭ މީ

    2
    8
    • Anonymous

      އޮޅިގެން ތިއުޅެނީ. ވަރަށްބޮޑަށްވެސް އޮޅިގެން. ރީނދޫ ޕާޓީގެ ނަޝީދަށްވުރެ މީނަޔަށް ތާއީދު ކުރާނެ މީހުން މާގިނަވާނެ މިހާރު. ކަލޭމެން ތިފޫހިވާ ސަބަބު އެނގެޔޭ.ހީނުކުރާތި ގައުމުގަ ހުޅުޖަހާފަ ރައްޔިތުން މާފު ކޮށްފިޔޭ.

  5. މައިދަންޑާ

    ރައީސް ސޯލިހައް އާއިލާއިން ތަރިކަ މުދާބަހާގެން ލިބިފަ ހުރި މުދާ ގަނޑެއްތޯ...؟ ނޫނީ ސިއްކަ ފަރާތުން ވާރުތަވި މުދާގަނޑެއްތޯ....؟ ނޫނީ ކެނެރީގެއިން ލިބުނު ރަސްކަމެއްތޯ...؟

    4
    1
  6. ގުރަހަ

    ނަޝީދު މި ގައުމުން ފޮނުވާލާ. ޣައްދާރެއް. އިންތިޚާބުން ބަލިވާނެކަން އެނގުނީމަ، އިންޑިޔާގެ. އެދުމަށް ކުރާ ކަންކަން.

  7. އިންޑޯ

    ބާޢީ ވަހީދުގެ އެލެވެންސް އާޢި ޢިނާޔަތް ކަނޑާ ލުމަށް ސަރުކާރަށް ގޮވާލަން.

    2
    8
  8. ޢަހު

    ކަޅުމީހުނާ ދޮންމީހުނާ ހެ އްދެވީވެސް ހަމަ އެއ އްފަރާތަކުން ކަލޭމެންނަކީ ﷲ ކާފިރުވާބަ އެއއ އް ކަލޭމެންގެ އައިބަކަށް ވަޙީދު ގޮވިތަ ދުވަހަކުވެސް ކަލޭމެންގެ ނުކުޅެދޭ ކަން މިފެންނަނީ

    7
    1
  9. ޓ

    ކެނެރީގޭ ނަޝީދު... މި މާލޭގައި އަޅާލާނެ މީހަކު ނުވެ
    މަގުމަތީގައި....މޮޔައެއްހެން އޫޅޭ މަންޒަރު އަދި ފެންނާނެ
    ޑޮކްޓަރު ވަހީދަކީ މޮޔައެއް ނޫން....ކަލޭމެން ކިތަންމެ ރުޅިއަޔަސް ވަޙީދު ވަނީ ވެރިކަން ކޮށްފައި

    9
    1
  10. ލލ

    ރަސްކަމުގެ ނިޒާމް މާރަގަޅުވަނެ ނަމުން ޑިމޮކްރަސީ ކިޔާއިގެން ކަމުން ރަސްކަން ކުރިޔަސް ! ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ހައްތާވެސް !

  11. އެމްޑީއެން

    ބޮޑުވަޒީރައްފަހު، 3 ބާރުވަކިވެފައިވާ ނިޒާމެއް ދެނެއްނޯނާނެ، ބޭރުގެ ނުފޫޒުން މެމްނަރުންނަށް ރިޝްވަތުދީ ގަނެލުންވާނީ ފެންމެޓަޔަށް އެކަން ނުކުރެވިގެން ނަށީދު އުޅެނީ، ނަށީދަކީ ބޮދުވަޒީރު، މަޖުލީސް ރައިސް ، ޖޭއެސްސީގެ ރައީސް، ޕޮލިސް ކޮމިޝަންގެ ރައީސް. ނަށީދު މަގުމަތީގަވެސް ، ނަޝީދު އެލެކްޝަންތެރޭގަވެސް ، ނަޝިދު ބްލާބްލާ .. ނަޝީދަކީ ބޮޑް ޖޯކެއް.

  12. ާައަހުމަދު

    މީކާކުތަ؟

    2
    2
  13. ޏަޖިސްޓޭ

    ކަލޭކިތައްމެވަ ރަކަށް ތިކަންކު ރަން އުލުނަސް ތިކަމެއްނުވާނެ،ކަލޭގެޒަމާންގޮސްސައޭތިހި ރީ އަމިއްލަނަފްސާ ސުވާލުކޮށްބަލަ،ދެންމި ރާ އްޖޭގެވެ ރިކަމެއް ކަލެއަކަށް ނުކު ރެވޭނެ...

    3
    1
  14. ހެހެ

    މި އެމްޑީޕީޕީންތައް ވަހީދުދެކެ ހާދަ ރުޅިއެއް އާދެޔޭދޯ. ހެހެހެ.