ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ކުށްވެރިއެއް ނޫން ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވެފައި ވަނީ ރައީސް ޔާމީން މާލެ ގެނައިރު ސަޕޯޓަރުންނާއި ބައްދަލު ކުރަން ފުރުސަތު ނުދިނުމާ ގުޅިގެން އޭނާ ކުރައްވާފައިވާ ޓްވީޓެއްގައެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީނަކީ ދިވެހި ރައްޔިތުންނަށް ފުއްދުންތެރި ފަސް އަހަރު ޚިދުމަތް ކުރި ވެރިއެއް ކަމަށާއި އެމަނިކުފާނުގެ ސަޕޯޓަރުންނަށް ސަލާމް ރައްދުކުރަން ފުރުސަތު ނުދިނުމަކީ ހުތުރު އަމަލެއް ކަަމަށެވެ. އެއީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށާއި އެ އަމަލު ބަލައި ނުގަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިއީ އަންޕްރޮފެޝަނަލް އަމަލެއް. ރައީސް ޔާމީނަކީ ކުށްވެރިއެއް ނޫން. ތިދެނީ އަނިޔާ" ޝުޖާއު ވިދާޅުވިއެވެ.

އިއްޔެ ރައީސް ޔާމީން މާލެ ގެނެސްފައި ވަނީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ ތަހުގީގަށެވެ. ފުލުހުންގެ ތަހްގީގަށް ފަހު އެމަނިކުފާނު ވިޝަން އޮޕްޓިކަލްސް އަށް ވެސް ގެންގޮސްފައިވެއެވެ.

އެމަނިކުފާނު ވިޝަންސް އޮޕްޓިކަލްސްއަށް ގެންގޮސްފައި ވަނީ އެމަނިކުފާނު ބޭނުން ކުރައްވާ އައިނު ހެއްދެވުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ނޮވެމްބަރު 28، 2019 ގައެވެ.

އެމަނިކުފާނު ޖަލުގައި ހުންނަވާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، ދަށުން ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ދާދި ފަހުން ވަނީ ހުކުމް ދަމަހައްޓައިފައެވެ. އެހެންކަމުން ރައީސް ޔާމީންގެ ފަރާތްޕުޅުން އެ ހުކުމް ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކޮވިޑް

  ﷲ ގެ ވާގިފުޅާ ރަޙުމަތުން ރައީސް އަބްދުﷲ ޔާމީން އެނބުރި ވަޑައި ގަންނަވާނީ މާ ވަރުގަދަކޮށް ހިތްވަރު ފުޅަށް އަޒުމަކަށް ބަދަލެއް ނައިސް ދުޅަހެޔޮ ސިއްޙަތަކާއެކު ،އިންޝާ ﷲ،

  1
  2
 2. ސޫނީ

  ސާބިތު ބޮޑުވަގެ އް ދެ އްތޯ؟

  2
  2
 3. މުޖުތަބާ

  ދެނެއް ރައީސް ޔާމީނުއަށް ބޭނުންހާގޮތެއް އިރާދަކުރެއްވިއްޔާ ނުހެދޭނެ! ސީޕީ ހަމީދު ގާނޫނުތަކާ ޚިލާފަށް ކޮށަްފައިވާ ކަންކަންބެލެވި ޖުޑިސަރީގެ ތެރެއިން ބޮޑު ހުކުމެއް އިއްވައި ޖަލަށްލާން ވަރަށްކައިރިވެއްޖެ! ސީޕީގެ އޯޑަރަށް ރައީސްޔާމީނަށް އުސޫލުން ބޭރުން އަނިޔާ ކުރާ ފުލުހުން އިސްވެރިންވެސް ކޯޓުތަކުން ބޮެތި ހުކުންތަކެއް އިއްވުމަކީ ކައިރިކަމެއް

  1
  1