"ގަނެވިއްކޭ" މެމްބަރުން ކޮޅަކަށް ހުތްދީގެން ރާއްޖޭގައި އޮތް ރިޔާސީ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލެއް ނުކުރެވޭނެ ކަމަށް އަދާލަތު ޕާޓީގެ ކުރީގެ ނައިބު ރައީސް ޑރ.މައުރޫފު ހުސެއިން ވިދާޅުވެއްޖެއެވެ.

މައުރޫފް އެގޮތަށް ޓުވީޓެއް ކުރައްވާފައި މިވަނީ ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ކުރަން ބޭނުންވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މެސެޖަކުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަރިހު ދަންނަވާފައި ވަނިކޮށެވެ.

ނަޝީދު އެ މަސައްކަތް ކުރައްވަނީ މަޖިލީހުގެ މެމްބަރުން މެދުވެރިކޮށް ކަމަށް ވާތީ އެތައް ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ. އަދި މީސްމީޑީއާގައި ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގެ ބަހުސް އަނެއްކާވެސް ވަނީ ހޫނުވެފައެވެ.

ޑރ.މައުރޫފް ވިދާޅުވީ ފައިސާ އާއި ޕާޓީ އަސަބިއްޔަތާއި އެހެނިހެން ނުފޫޒުގައި މަޖިލީހަށް ހޮވާފައިތިބޭ ދަމާ ކަނޑާ މެމްބަރުންކޮޅަކަށް، ރައްޔިތުންގެ ސީދާ އެއްވެސް ބަހެއް ނެތި، ގައުމުގެ ވެރިމީހާ ހޮވުމުގެ ބާރު ދޫކޮށްލައިގެން ނުވާނެ ކަމަށެވެ. އެއީ މުސީބާތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވެރި މީހާ ހޮވާނީ ރައްޔިތުންގެ ސީދާ ވޯޓުން ކަމާއި، 80 ވަރަކަށް "ގަނެވިއްކޭ މެމްބަރުން ކޮޅަކަށް ހުތްދީގެން، ގަނެލައި ނުވަތަ ހައްލާލައިގެން ވެރިކަމަށް ނާދެވޭނެ ކަމާއި، ރާއްޖޭގައި އޮންނާނީ ރިޔާސީ ނިޒާމެއްކަން އެއީ ރައްޔިތުންގެ ރިފަރެންޑަމް އަކުން މާކުރިން ނިންމާފައި ވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

ދެހާސް ތޭވީސް ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ނުބޭއްވުމަށް ވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ. އެމަނިކުފާނު ބޭނުންފުޅުވަނީ ވެރިކަމުގެ ނިޒާމް ބަދަލުކޮށް ރައްޔިތުންގެ މަޖިލީހުގެ ބޮޑުވަޒީރަކަށް އެމަނިކުފާނު އިންތިހާބުކޮށް، 2024 ވަނަ އަހަރު އަންނަންދެން ވެރިކަމުގައި ހުންނަވާށެވެ.

ނަޝީދު ވަނީ ބޮޑުވަޒީރަކަށް ވަޑައިގަތުމަށްޓަކައި، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރެއް 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެކުލަވާލުމަށް އެދިވަޑައިގަންނަވާކަން ވެސް ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަމާނީންލ/

    އަނނި ބޭނުންވަނީ 3 ބާރުވަކިވެފައިވާ ނިޒާމް ހަލާކުކޮށް ބާރު އެއްކުން، އެހެންވެއްޖިއްޔާމް ބޭރުގެ ނުފޫޒުން މެމްނަރުންނަށް ރިޝްވަތުދީ ގަނެލުންވާނީ ފެންމެޓަޔަށް އެކަން ނުކުރެވިގެން ނަށީދު އުޅެނީ، ނަށީދަކީ ބޮދުވަޒީރު، މަޖުލީސް ރައިސް ، ޖޭއެސްސީގެ ރައީސް، ޕޮލިސް ކޮމިޝަންގެ ރައީސް. ނަށީދު މަގުމަތީގަވެސް ، ނަޝީދު އެލެކްޝަންތެރޭގަވެސް ، .ނަޝީދަކީ އެދުމުން ފުރިފަިވާ މީޙެއް.

    16
  2. ބަދަލުވަމުންދާ ސަޤާފަތް

    މިއީ ޑޮކްޓަރ މައުރޫފު މެން އިސްވެތިބެގެން ގެނައި ސަރުކާރު އިބު އަކީ އައްނިއެއް ނޫނޭ ކިޔައިގެން ރައްޔިތުން ގެ ބޮލަށް ހުތްފެލައިގެން މިހާރު ސާފު ވެއްޖެތޯ އެދެމީހުންނަކީވެސް އެއްގަމުން ފެހިކާ ދޭތިކަން ވެރިކަން ލިބި މަޖިލީހުގެ މެޖޯރިޓީ ދިނީމާ ވެސް ރައްޔިތުންނަށް މަންފާ ލިބޭ ޚިދުމަތެއް ދިނުމުގެ ބަދަލުގައި ރައްޔިތަކަށް ހަމަޖެހިގެން އަރާމު ކޮށްލަން ވެސް ފުރުސަތެއް ނުލިބޭ އަބަދު ހާސްކަމުގައި ރައްޔިތުން ތިބެން ޖެހޭނީ،

    19