ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރުމުގެ ވާހަކަ "އަނބޯއްފުޅާއި ދަނބޯއްފުޅުގެ" ވާހަކައަށް ވެފައިވާ ކަމަށާއި، އެ ކަމުގައި ޒިންމާ ވާނެ ފަރާތެއް ނެތް ކަަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައިސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ރަމަޟާން މަހަކީ އެކަކު އަނެކަކަށް އޯގާތެރިވެ ހަމްދަރުދީވުމުގެ މަހަކަށް ވާއިރު މިއީ ރައީސް ޔާމީން ޖަލުގައި ހޭދަކުރައްވާ ދެ ވަނަ ރަމަޟާން މަސްކަމަށެވެ. ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް ސަރުކާރަށް އިއްވަން ޖެހޭ އިއްވުންތައް އިއްވިފައިވާނެ ކަމަށާ، ރައީސް ޔާމީން މިނިވަން ކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ޔާމީން މިނިވަން ކުރަން ބޭނުންވާ އެތައް ބަޔަކު ތިބި ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މިކަން ހަމަ ދިމާވަނީ އަނބޯއްފުޅާއި ދަނބޯއްފުޅު ގޮތަށް. ހަމަ އެއްވެސް ބޭފުޅަކު މިކަމުގައި ޒިންމާވެގެން ކޮށްދެއްވާނެ ގޮތަކަށް ކަމެއް ނުކުރެއްވި. އަޅުގަނޑުމެންނަކަށް ނޭނގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ހުންނަނީ ކޮންކަހަަލަތަނެއްގައި ތާށިވެފައި ކަމެއް. އެމަނިކުފާނު ވިދާޅުވޭ ކޮށްދެއްވާނަމޭ. އެހެންނަމަވެސް މިހާހިސާބަށް އައި އިރު އެއްގޮތަކަށް މިކަމެއް ކުރެވޭ ގޮތެއް ނުވޭ. އަޅުގަނޑުމެންނަކަށް ނޭނގެ މިކަމަށް ހުރަސް އަޅަނީ ކޮން ބޭފުޅުންނެއް ކަމެއް" އޭނާ ވިދާޅުވިއެވެ.

ރަމަޟާން މަހު މުޒާހަރާ އަށް ނުކުންނަން ބޭނުން ނުވާ ކަމަށާއި، ނަމަވެސް ރައީސް ޔާމީން ނުހައްގުން ޖަލުގައި ބަަހައްޓާ ނަމަ މުޒާހަރާ އަށް ވެސް ނުކުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކުޑަމިނުން ރަމަޟާން މަހު ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަކީ ސަރުކާރަށް ނުކުރެވޭނެ ކަމެއް ނޫން ކަމަށާއި މީގެ ކުރިން ވެސް އެހެން ބޭފުޅުންނަށް އެފަދަ ލުއިތައް ދީފައިވާކަމަށް އޭނާ ވިދާޅުވިިއެެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ނޮވެމްބަރު 28، 2019 ގައެވެ.

އެމަނިކުފާނު ޖަލުގައި ހުންނަވާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، ދަށު ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ދާދި ފަހުން ވަނީ ހުކުމް ދަމަހައްޓައިފައެވެ. އެހެންވެ، ރައީސް ޔާމީންގެ ފަރާތްޕުޅުން އެ ހުކުމް ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.

އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ކުރާ ތުހުމަތުތަކެއް ނޫން ކަމަށާއި ޔާމީން މިހާރުން މިހާރަށް މިނިވަން ކުރަން ޖެހޭނެ ކަމަށެވެ. އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުން ގެންދަނީ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަޝީ ދު

    އަނބޯއްފުޅާއި ދަނބޯއްފުޅު ސަލާމަތް ކުރެވޭނީ ޓިނު ނަގާއިގެން

    2
    4
  2. ބޮކި

    "އަނބޯއްފުޅާއި ދަނބޯއްފުޅުގެ" ވިޔަސް ނުޖެހޭކުރާކަށް

    1
    5
  3. ވގ

    ޖަލުގަ ތިބި އެންމެން ގެޔައްބަދަލްކުރޭ އެ ވަގު ގެޔައް ބަދަލްކުރަންޏާ ރިހާކުރުފުޅިޔެއް ނެގިމީހާ ޖަލުގަބަހައްޓާފަ މިލިޔަނުން ރައްޔިތުން ފައިސާ ނަގާފަ ގެޔައް ކޮންކަހަލަ ހަމަޔެއް

    1
    5
    • Anonymous

      ސާބަހޭ. އިސްލާމީ ނޫނީ ޝަރުޢީ ހަމަތަކުގެ މަތިން ވަގެއްކަން ސާބިތުކޮށް ނުދެވުނަސް ބަރާބަރަށް ވަގަށް ކާޅަށް ދެން އެހެން ހުރިހާ އެއްޗަކަށް ވެސް ގޮވަން ވާނެ. ނަޝީދު އިނގިރޭސި ވިލާތަށް ތެޅިގަތްއިރު ގޮވީމުތަ ތި ރިހާކުރުފުޅި ވަގަށް ނެގި މީހާ ވެސް މައިބަދަ ޗެކްކުރަން އިނގިރޭސި ވިލާތަށް ފޮނުވަން؟ ރުއްގަސް ކަނޑާ ކޮހުން ވިއްޔާމީ

  4. ވގ

    ސަޕޯޓަރުން ތިބުމަކީ ވައްކަންކުރީމަ އަދަބުނުލިބުން ތޯ ދަތްދޮޅި އާދަނާ

    1
    4
  5. އަލްޖިބްރާ

    ކަލޭ ކޮންމެ ކަހަލަ ވަާހަކައެއް ކިއަސް ބޮޑެތި މުޖްރިމުން ހުކުމް ތަންފީޒް ކުރަން ގެއަށް ގެނެވޭނީ ހަމަ އެކަނި ޑޮކްޓަރަކު އެކަން ކުރަންވެއްޖެކަމުގެ ޔާޤީން ކަން ދިނީމަ ! އެވެސް މަދު ފަހަރަކު ! ކަލޭ ބޮޑުގޮހޮޑާ ވާހަކަ ކިޔައިގެނެއް އެކަމެއް ނުވާނެ !