ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރުމުގެ މަޝްވަރާއަކީ އަދި ކޮންމެ މަސައްކަތަކީ ވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާ ގުޅޭ ކަންކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެ ދެންމެ ޓްވީޓެއް ކުރެއްވީ، ބަރުލަމާނީ ނިޒާމަކަށް ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކޮށް ރައްޔިތުންގެ މަޖިލީހުން ސަރުކާރު ހިންގާ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ހުށަހަޅެއްވުމުން ޖަވާބުގައި ރައްޔިތުންގެ ވޯޓަކަށް ދާން ޖެހޭ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައިވަނިކޮށެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަން އެއީ ޝައްކެއް ވެސް އޮތް ކަމެއް ނޫން ކަމަށެވެ.

"ނިޒާމު ބަދަލު ކުރުމުގެ ކޮންމެ މަޝްވަރާއަކީ އަދި ކޮންމެ މަސައްކަތަކީ ފެންނަ ނުފެންނަ ވޯޓާ ގުޅޭ ކަންކަން،" ރައީސް ނަޝީދު ލިޔުއްވާފައިވެއެވެ.

ރައީސް ސޯލިހްއަށް ރައީސް ނަޝީދު އިއްޔެ ފޮނުއްވި މެސެޖެއްގައި އެމަނިކުފާނު ހުށަހެޅުއްވީ 2023 ގެ ރިޔާސީ އިންތިޚާބު ނުބޭއްވުމަށެވެ. އަދި އެ އަހަރުގެ ކުރީކޮޅު ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރުމަށެވެ. އަދި 2024 ގައި ބާއްވާ މަޖިލީހުގެ އިންތިޚާބަކީ ބަރުލަމާނީ ނިޒާމަކުން ވެރިކަން ކުރާނެ މަޖިލީހެއް އިންތިޚާބު ކުރަން ބާއްވާ އިންތިޚާބަކަށް ހެދުމަށެވެ.

މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނަށާއި ސަރުކާރު ކެބިނެޓްގެ ވަޒީރުންނަށް ވެސް ޚިއްސާ ކުރައްވާފައިވާ އެ މެސެޖްގައި ރައީސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމުގައި ބޮޑު ވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވެސް ދަންނަވައިފައެވެެ. އަދި އެ ކަމުގައި ރައީސްއާއެކު މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.

އެހެންވިޔަސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކާ ހަމައަށް ދިއުމާ ގުޅޭ ގޮތުން އެ މެސެޖްގައި އެއްވެސް މިންވަރަކަށް އެމަނިކުފާނު ފާހަގަކުރައްވާފައެއް ނުވެއެވެ.

މީގެ ކުރީގައި ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަސައްކަތް ކުރައްވާނެތޯ އަމާޒު ކުރެވޭ ސުވާލުތަކަށް ރައީސް ނަޝީދު ދެއްވާ ޖަވާބަކީ ވެސް އެ ކަން ކުރައްވަނީ ރައީސްގެ ރުހުން އެ ކަމުގައި އޮތް ނަމަ ކަމަށެވެ. އަދި ރައީސްގެ ރުހުން އޮވެގެން އެ މަސައްކަތް ކުރައްވާއިރު މަޖިލީހުގައި އެ ކަމަށް ބަހުސް ކުރައްވަން ޖެހޭނެ ކަމާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައިވެއެވެ.

ރާއްޖޭގައި ބަރުލަމާނީ ނިޒާމަކުން ވެރިކަން ކުރަން ރައީސް ނަޝީދު އަބަދުވެސް ވަކާލާތު ކުރައްވައެވެ. 2007 ގައި ބޭއްވި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި، ރައީސް ނަޝީދާއި އެމްޑީޕީއިން ތާއީދު ކުރީ ވެސް ބަރުލަމާނީ ނިޒާމަށެވެ.

2007 ގައި ބޭއްވި އެ ވޯޓްގައި ރައްޔިތުންގެ 60 އިންސައްތަ ވޯޓުން ރާއްޖޭގައި ބޭއްވުމަށް ކަނޑައެޅީ ރިޔާސީ ނިޒާމެވެ.

އެކަމަކު އެ އިންތިޚާބެއް އެމްޑީޕީއިންނާއި ރައީސް ނަޝީދު ބަލައެއް ނުގަނެއެވެ. ރައީސް ނަޝީދު އަބަދުވެސް ވިދާޅުވާ ގޮތުގައި އެ އިންތިޚާބުގެ ނަތީޖާ ވަނީ އޮޅުވާލައިފައެވެ.

އޭރު އެމްޑީޕީއިން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރިޔަސް އެމްޑީޕީގެ މެންބަރުންގެ މެދުގައި މި ކަމުގައި ޚިޔާލުތައް ދެކަފިއެވެ. ބައެއް މެންބަރުން ބަރުލަމާނީ ނިޒާމެއް ގެންނަން ވަކާލާތު ކުރައްވާއިރު ބައެއް މެންބަރުން ގެންދަވަނީ ރިޔާސީ ނިޒާމުގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

  1. އާދަމުގެދަރި

    ތިޔަ ވޯޓެއް މިވަގުތު ނަގައިގެން ނުވާނެ. ކަލޭ ކަހަލަ ޚުދުމުޚުތާރު ޑިކްޓޭޓަރަކު މިގައުމަށް ބޭނުމެއް ނުވޭ. ގައުމުގެ ރައްޔިތުން ބިކަވެ އިގްތިޞާދު ވަޅުޖެހިފައި އޮތް ވަގުތެއްގައި މުހިންމު ކަމަކީ ކަލޭ ޚުދުމުޚުތާރުކޮށް ވެރިކަންކުރާނެ ނިޒާމެއް ނޫން. މިވަގުތު ހުރި ފައިސާއިން ކުރަންވީ ކަމަކީ ރައްޔިތުންނަށް ތަނަވަސްކަމާއި އުފާވެރިކަން ލިބޭނެ ކަންކަން ކުރުން. ގައުމުގެ ރައްޔިތުން ބަޑަށްނުޖެހި ގައުމު ބޭންކްރަޕްޓް ނުވެ ސަލާމަތްކުރުން. މައުމޫން ވެރިކަމުން ފޭބިއިރު މި ގައުމުގައިއޮތީ އެންމެ 12 ބިލިއަން ރުފިޔާގެ ދަރަނި. އޭރު ކަލޭ ގޮވީ ދަރިންގެ ދަރިންނަށްދާންދެން ދަރުވައިފިޔޭ. ކަލެއަށާއި ކަލޭ ޕާޓީއަށް ވެރިކަން ދިނީމާ 2 އަހަރުގެ ތެރޭގައި 2 ބިލިޔަން ރުފިޔާ ފެންފޮދަކާ ނުލާ ދިރުވާލި. އަދި އަދަށްދާނދެންވެސް އެއިން ލާރިއެއް ދައުލަތަށް ނުލިބޭ. އޮޑިޓް ރިޕޯޓްތަކުން އެހުރީ ފެންނަން. މިހާރު އޮތް މުހިންމު ކަމަކީ ކަލޭ މިގައުމުން ފައިބައިގެން ދިޔުން. އެއީ ރައްޔިތުންގެ އާދޭހަކީ. ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަން ރަނގަޅަށް ނުކުރެވިގެން އުޅެނީ ކަލޭގެ ދުއްތުރާލާހެދި.

    60
    • ޒައިކް

      ވޯޓު ލާން އަހުން ބޭނުން ވަނީ، ސީދާ މިހާރު ނޫނަސް ފަހުން ވިޔަސް..މި މޮޔަ ބުއްޅަބެ އަށް މީނާގެ ސައިޒު ރަނގަޅަށް ދައްކާލަން.. ރާޑިއަރުވާލާނަން ތިޔަ ވޯޓެއް ނަގައިފިއްޔާ.. ކެރެންޏާ ބިކަން ވޯޓު ލާބަލަ ވާގޮތެއް ބަލަން..ދެން ދުވަހަކު ވޯޓޭ ކިޔާ އަނގަ ހުޚުވާ ނުލެވޭވަރަށް ރާޑި އަރުވާލާނަން އިންޝާﷲ..

      12
    • ފުން އަސަރު

      މިބާގަނޑު ވެ ރިކަމށް އައިސްފިޔާ އަބަދުވެސް ގައުމު މިއޮންނަނީ ނޭވާ ހޮޅިޔަށް އެޅިފަ ރައްޔިތުން މިޖެހެނީ އަބަދުވެސް މޑޕގެ ވެ ރިކަމުގަ ގައުމު އޮންނާނީި ވެންޓިލޭޓަ ރަށްލާފަ ގައުމުސަލާމަތަށް ނު ރައްކާވެފަ އަބަދު ވެސް ރައްޔިތުން ގަނޑަތެޅުވުން ކު ރިން ޖީމ ރ އަށް ގައުމު ވިއްކާލީ މިހާރު ގައުމު ގަނޑަތަޅުވަނީ މިދެން ބަލާ
      ރިކަމެއްނު ވެ ރިކަމާ މަގާމާ ސާނާ ސައުގަތާ ލައްޒަތް ބޭނުން ވެގެން އަބަދު ގައުމު ހަނާއަ ރު ވަން އެފުއްމިފުށަށްޖަހަން ދީނާ މިނިވަންކަން ވެއްޔާ މޮޑޭތަން މިފެންނަނީ ހެޔޮނުވާނެ މިގައުމު ހަމަނޭވާލާން ފު ރުސަތުދީފަ ކޮންމެވެސް ތަނަކަށް ތިބާގަނޑު ދާންވެއްޖެނުން ރައްޔިތުން މިތިބީ އަޅެ ބީތާވެތަ މިމީހުންގެ ފަހަތުގާ ރައްޔިތުން ނިކުމެ މިމީހުން ބޭ ރުކު ރަން ވެއްޖެނު މީ ދިވެހިންގެ އުފަން ފަސްގަނޑު ވިއްޔާ

      10
  2. ރާޑިވީރާޑިވީ

    ޚުދުމުޚުތާރު ޑިކްޓޭޓަރު ކަލޭގެ ރާޑިވީތަ! ހައެއްކަ މީހުންގެ ވޯޓުގަނެގެން އައިސް ގައުމުގެ ވެރިކަން ކުރާ ނިޒާމެއް މިހާރު ބޭނުމެއް ނޫން. ގައުމުގެ ހުރިހާ ރައްޔިތުންގެ ވޯޓަކުން ނުހޮވޭ މީހަކު ވެރިޔަކަށް ބަހައްޓާކަށް ބޭނުމެއް ނޫން. މިހާރު ތިއުޅެނީ މިހާތަނަށް ރައްޔިތުންގެ އަތުގައި އޮތް ބާރުކޮޅުވެސް ދަމައިގަނެ ޖީބަށް ލައިގެން ޚުދުމުޚުތާރު ކަމާއި އަނިޔާވެރިކަމާއި ކަލޭގެ ހުރި ނުލަފާކަމާއެކު ޗާޓުން ބޭރުން ވެރިކަން ކުރަން.

    53
  3. މަބޭ

    ވަރައްހަސީލަތްނުބައި 2މީހުން ރައްޔިތުން މިދެމީހުނައް ވަރައްބޮޑައް.ފާރަވެރިވާންވާނެ

    49
  4. ވެރިން

    ކެނެރީގޭ ނަޝީދު ކޮއްމެ ފަހަރަކު ވެރިކަންކުރާ ނިޒާމާ ތޮޅިގައްނަން ވިމާ ރައްޔިތުންގެ ލާރިހަރަދު ކޮއްފަ ފެއްނަ ނުފެއްނަ ވޯޓަކަށް ދާކަށެއްނުޖެހޭ،

    50
  5. ޚ

    މީނާ މިގައުމުން ފައްސާލަން ބޭނުން ރައްޔިތުން ލައިކު ދެއްވާ!

    ރައްޔިތުންގެ ވޯޓަކަށް ދާންވީ މިލާދީނީ ކަލޭގެ ރާއްޖޭގައި ހުންނަން ފެނޭތޯ ނުވަތަ ނޫންތޯ!

    99
    7
  6. ޢައިޝަ

    މީނާ މިއުޅެނީ ހިނދުކޅު އައިސްގެން

    41
    3
  7. ފުތު

    ކަލޯ މިޔޮށްފަދަ ރަމަޝާން މަހުވެސް އަޅުކަމެއް ނުކުރާތާ ތިޔަ ބޮޑު އަނގަ މަޑުން ލައިގެން ހުރެވޭތޯބަލާބަލަ... ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ މި ޖައްބާރުގެ ކިބައިން މި ދިވެހިރާއްޖެ ސަލާމަތް ކުރައްވާނދޭ. ޢާމީން..

    65
    4
  8. ގުލްފިޓް

    ނަށީދަކީ މި ދިވެހި ގައުމަށް ޖެހިފާއޮތް ބޮޑު މުސީބާތެއް. މީނާގެ ކިބައިން ސަލާމަތް ކުރައްވާތޯ ގިނަގިނައިން ދުޢާ ކުރޭ

    60
    2
  9. ބުރޯ

    ވަގުތު އިން ޕޯލްއެއް ހަދާދެވިދާނެތޯ. ބަރުލަމާނީ/ރިޔާސީ އަައި ބެހޭ ގޮތުން ރަނގަޅު އާރޓިކަލް އަކާއެކު. މަށަށް ބުރަވެވެނީ ރިޔާސީ. މަގޭ ރައީސް، ރ ޔާމީން ދެން މި ރާއްޖޭގަ ވެރިކަން ކުރާނީ. އެވެސް ރިޔާސީ އިންތިހާބަކުން.

    44
  10. ވެރިން

    ކެނެރީގޭ ނަޝީދު ކޮއްމެ ފަހަރަކު ވެރިކަންކުރާ ނިޒާމާ ތޮޅިގައްނަން ވިމާ ރައްޔިތުންގެ ލާރިހަރަދު ކޮއްފަ ފެއްނަ ނުފެއްނަ ވޯޓަކަށް ދާކަށެއްނުޖެހޭ،ރައްޔިތުން އޮއްނާނީ ވޯޓަކުން ބުނެފަ ރިޔާސީ ނިޒާމުކަމަށް ބޭނުމީ

    44
  11. Anonymous

    އެއިރުގައި ބަރުލަމާނީ ނިޒާމަށް ތާއީދު ކުރީ އެމްޑީޕީ އާއި ޕީއޭ...

    ހަމައެކަނި އެއްޕާޓީގެ ނަން ތިގެންނަނީ ފިތުނަ އުފައްދަން ނޫން ދެން ކޮންބޭނުމެއްގައި...

    17
    14
  12. Anonymous

    ރައްޔިތުން ބުނެފަ އޮތީ މިގައުމުގަ އޮންނަންޖެހޭނީ ރިޔާސީ ނިޒާމޭކޭ، ދެންއިތު ރަށް ނަގަންޖެހޭ ވޯޓެއް ނޯންނާނެ، ކަލޭ މޮޔަވެގެން ތިއުޅެނީ.

    44
  13. ޏ

    ޢޭނަފުރަތަމަ ރޯކުރާނީ ހުޅު .ދެންދައްކަންބޭނުންވާނީ އޭނަކީ އޯގާތެރިމީހެއްކަން އިންސާފަށްލޯބިކުރާމީހެއްކަން .

    42
  14. ނާޝިޒް

    ކެނެރީގޭ ނަޝީދަކީ މި ޤައުމައް ޖެހިފަ އޮތް ބަލާ މުސީބާތެއް މިކަލޭގެ ވެރިކަން ވެއްޓިގެން ދިޔައީ ނަސީބަކުން ކަން މިއަދު ރައްޔިތުން ޤަބޫލް ކުރާނެ..

    56
    1
  15. ސޫއޫދު

    ގައުމުފުޑާލާފަވެސް ތިމާމެންގެ އެދުންފުދޭތޯބަލާ މިއަދުވެސްމަޖިލީހުގަ ދެއްކީގައުމުގެހާލަތު ލޯނުނަގާ ދަ ރިންގެބޮލުގައަޅުވަަމުންދާވާހަކަ އޭ ރުތިބޭފުޅާ ގޮވީއެހެންމީހުންއެކަންކުރާވާހަކަ މިހާ ރުވެސް ދުވާލަކައް 70 ތަންފަޅާ ވައްކަންއިތުޜުވެ ޒުވާނުން ޑަސްބިންހޮވަމުންދަނީ ގައުމުގެ އިގުތިސާދުފުނޑި ގިނަބައެއްގެވަޒީފާގެއްލި ވިއަފާޜިތައްހުއްޓި ކުންފުނިތަކުން މުސާޜަނުދެވޭހިސާބައްގޮއްފަވަނީ މިކަންއެއްމެ ރަނގަޅައް އެގޭބައެކައްތިބޭނީ ފުލުހުން ދުވާލަކުކިތައް މިބާވަތުގެ މަސަލަތައް ހުށެއެޅޭތޯ ނުސްތަކުންވެސްސާފުކުޜުންމުހިއްމު މިވަގުތު ގައުމުގެހާލަތު ދަނީއިތުޜައްގޯސްވަމުން އަނެއްކާވީ ބޮޑުހަހަރަދެއްކޮއްގެން ނިޒާމުކަނޑައަޅާވޯޓެއްނަގަން އިތުޜައްގިނަޜައްޔިތުންނިކަމެތިވާނީ ވެޜިކާމާހެދި ތެޅިބާލަނީ ބޭޜުމީހުންގެއެހީތެޜިކަމުގަބަޔަކު .

  16. ނިޒާމް ދޯހޮޅި

    ބަރުލަމާނީ ނިޒާމެއްގައި ވެރިކަން ކުރިއަސް ރައީސް ނަޝީދު ފެއިލްވާނެ ކަން ޔަޤީން ޤައުމުގެ އަދި ސިޔާސީ ގިނަމީހުން ތިބީ ރައީސް ނަޝީދު ގެ ވިސްނުމާއި ފިކުރާ ދެކޮޅަށް، ﷲގެ ވާގިފުޅާއި އެކު މި ޤައުމެއް ވެރިކަން ބޭނުން ހާ ގޮތަކަށް ބަދަލު ކުރުމުގެ ފުރުޞަތު ދިވެހިރައްޔިތުން ރައީސް ނަޝީދު އަށް ނުދޭނެ. ރައްޔިތުންގެ ކުރިމަތީގައި ރައީސް ނަޝީދު އަކީ އިރެއްގައި ގަދަރު ހުރި މީހަކަށްވިޔަސް މިހާރު ރައްޔިތުން ރައީސް ނަޝީދު ދަށް ގަދަރެއް ނުކުރާތާގައި އިތުބާރެއްވެސް ނުކުރޭ.

  17. އަޙްމަދު

    ވެރިކަން!ވެރިކަން!ވެރިކަން!ވެރިކަން!ވެރިކަން!ވެރިކަން!ވެރިކަން!ވެރިކަން!ވެރިކަން!ވެރިކަން!ވެރިކަން!ވެރިކަން!ވެރިކަން!ވެރިކަން!ވެރިކަން!ވެރިކަން!ވެރިކަން!ވެރިކަން!ވެރިކަން!ވެރިކަން!ވެރިކަން!ވެރިކަން!ވެރިކަން!ވެރިކަން!ވެރިކަން!ވެރިކަން!ވެރިކަން!ވެރިކަން! ހަމަވެރިކަން!

  18. ޓ

    ކަލޭމެން ބަލަން ތިބޭތި...މިއީ ސޯލިހާ ނަޝީދުގެ ރޭވުން

  19. ޒަމީރު

    ކޮން ފަދަ ބޮޑު އުނދަގުލެއް ތަ، ނިޒާމޭ ކައުންސިލޭ، ޕަލަމެންޓޭ ކިޔާފަ އިންތިޚާބު ތައް،،، ލާރި ތައް ސިޔާސީ ކަންކަމަށް ތަޅާ ބުރުވަނީ. ގައުމަށް ކޮށްދޭ ވޭ ކަމެއް ނެތް

  20. ބަގުޑި

    މިކަލޭގެ މިއުޅެނީ ލާރިޔާހެދި ބޫތުކައިގެން ކުރިންވެރިކަމަށްއައިސްފަ އަންހެނުންގެ ރަށްކުރިއަރުވާކޮމެޓީތަކުގެ ލާރިގަނޑު ބަނޑުއަޅާލީ އޮޑިޓުރިޕޯޓުން އެހުރީ ފެންނަން މިކަލޭގެ މިގައުމަށް ބޭނުމެއްނޫން އައިތާކަށް އަވަހަށްދޭ . ބަރުލަމާނީ ރަށްޔަތުންބޭނުމެއް ނޫން .

  21. ޙހހހ

    އެންމެ މީހަކު ކަމެއް ބޭނުންވެގެން މުޅިޤައުމު ވޯޓަކަށް ދާކަށް ނުޖެހޭނެ ، ވިސްނަބަލަ ކިހާފައިސާއެއްތޯ އިންތިހާބަކަށް ޚަރަދުކުރަންޖެހެނީ

  22. ހުސެން

    އާދޭ ފިސާރި ތެދެއް މި ބުނަނީ ބަރުލަމާނީ އާއި ކަލޭ ހަޑިގޮތަކަށް ދިވެހި ސިޔާސީ އުދަރެހުން ދިވެހިން ބޭރުކުރާނެ .އިން ޟާ ﷲ.ކޮން އިރަކު ވޯޓުއޮތީ.ނިކަން ތައްޔާރަށް މިތިބީ ބަރުލަމާނީ އަށާއި ކަލެއަކަށް ނޫނެކޭ ބުނަން.

  23. ބުރާންތި

    ވެރިކަމުގެ ނިޒާމަކީ ވަކިމީހެއްގެ ވަށައިގެން އެނބުރެންޖެހޭ އެއްޗެއްނޫން.
    ޢެއްމެފަހަށް ނެގި ކައުންސިލް އިންތިހާބު ވޯޓުން ސައުފުކޮށް އެބައިނގޭ އަންނި އަދި އިސްކޮށް ކެމްޕެއިންގައި އުޅުނު އެކަކުވެސް ރައްޔިތުން ބަލައިނުގަންނަކަން.
    ދެންކޮން ކަނޑުކޮހެއް ހަދަން ތިއުޅެނީ ؟

  24. ބޮކުރީ

    އަންނި ކިޔާ ލަވައާ ޖަހާބެރަކާދިމާލެއްނުވި. ކައުންސިލްތަކުގެ މުއްދަތު5އަހަރަށްދަންމާލާ،މުސާރަ
    ބޮޑުކުރިއިރު ހީކުރީ މޭޔަރުކަމާއި، ކައުންސިލްގެ
    ގޮނޑިތައް އަންނި ހިތުހުރިގޮތަކަށް ނެގިދާނެކަމަށް.
    އެކަމެއްނުވި. އެގޮތައްހެދިޔަސް ކުރިމަތިލިމީހުންގެ ފެންވަރުވެސްމައްޗެއްނުވި. 5ކައުންސިލަރުންނެގޭއިރު ގުރޭޑު4ގެފެންވަރުވެސް
    ނެތް އެތައް ކައުންސިލަރުންނެއްތިއްބަވާނެ. މިޙަޤީއަތްބައްލަވާލައްވާ؟ހިތާމަހުރިކަމެއް. އެހެންވީމަ
    މިޤައުމު މިޙާލަތައްވައްޓާލުމުގަ އަންނި ގެބައިވެރި
    ވުމެއްނެތީތަ؟މިހާރު އަންނި ގަންނަ ގަނޑު ނެއިގޭ
    ކުޑަކުއްޖަކުވެސް މިޤައުމުގަހުންނާނެހެނެއް ހީއެއްނުވޭ.

  25. ތިލަ

    މިކަލޭގެ ކިބައިން ދިވެހި ޤައުމު ސަލާމަތް ކުރައްވާށި

  26. Anonymous

    ﷲ ގެ ހެޔޮ ރަހްމަތްފުޅާއެކު ބުއްޅަ ތައްހާނު ރީތި ބައްޔަކުން ބަލިވެ ގޮނޑި ދުއްވަން ދާންޖެހޭނީ އާމީން

  27. މުހައްމަދު އަންޖުމް

    ކިހާބޮޑު.... މިކަލޭގެ ބޭނުން ކޮންމެކަމެއް ކުރަމުން މިހިރަގެންދާއިރު އެންމެން ހަމަހޭގައި ކުރާކޮންމެ ކަމަކަށް ވާގިވެރިގެން ތިބެންވީތަ މިކަލޭގެ މައިތިރި ކުރެވޭވަރުގެ ބަޔަކުނޫޅެނީތަހަމަ މިއަދު ނިޒާމް ބަދަލު ކުރާގޮތަށް ދެންއަންނަ ސަރުކާރަކުން ނިޒާމް ބަދަލް ކުރަންހިފާނެ ދުވަހަކު ރައްޔިތުންނަށް ހަމަޖެހުމެއް ކުރިއެރުމެއް ލިބުންއެބައޮތްތަ މިމީހާ ބޭނުންވާގޮތަށް އިންތިޚާބުތައް ބަދަލުކޮށްފަ ނިޒާމް ބަދަލުކުރުން ނޫންކަމެއް ނުކުރާއިރުވެސް ފަހަތުން އަތްޖަހަމުން ދުވާއިރު ވިސްނާފިކުރު ހުރީކޮންތާކުބާ؟

  28. ކޮރަލް

    ކިޔޭ ނުކިޔޭ ނޭނގޭ މީހަކަށް ވެރިކަން ދޭން ހެޔޮ ނުވާނެ އެވެ.

  29. ޙ

    ކޮންވޯޓެއް އޮޅިގެން ބަރުލަމާނީއޭ ރަނގަޅީ ބުނެވޭތޯތަޥޯޓްލަންވީ. އެއޮތީ ކުރިންވޯޓްލައިފަ ރައްޔިތުން ބަރުލަމާނީ ބޭނުންނުވާކަމަށް ބުނެފަ. ބޮޑުވަޒީރަކަށް އިންޑިޔާއަށް ދޭބަލަ . މުސްލިމް ގައުމަށް ބޭނުންވާނީ މުސްލިމް ވަޒީރުން .

  30. ޅަވިޔަނި

    ކޮން ވޯޓެއް! ކަލެއަށް ވެރިކަން ދެވިއްޖެ ނުވި
    ކަލެއަށް ހުރިހާ ޕާޓީއަކުން ވެރިކަން ހޯދަ ދީފި ކެރަފާ ޢާއިލާއަކަށް މިވެރިކަން ވެސް ނުވި
    ކަލެ އާއިނ ޞާލިހު އެދުނީ މަޖިލިސް ދެން.އެކަން ވެސް ވެއްޖެ. ޤައުމެއް ނުހިނގުން. އިދަ ޖެހުނީ
    ކަލެއަށް ސްޕަމެޖޯރިޓީ ވެސް ލިބިއްޖެ
    ކައުންސިލްވެސް ލިބުން . ރައްޔިތުން ހަނާވީނޫންތޯ؟ ކަލޭ ކޮށްދިން ކަމެއް ކޮބާބާ؟
    ދެން މިހާރު ތި ދައްކަނީ މިޤައުމު އެފުއްމިފުށަށް ޖަހާލަން! މީ އަޅެ ކޮންތާކުން ވިސްނާ ބީތާއެއްތަ؟ މި ކަލޭގެ މި އުޅެނީ ރައްޔިތުން ގެ އިޙްސާސް ތައް ކޮންތާކުން ދެނެގަނެގެން މޮޔަވެގެން!
    އަހަރެމެން ކަލޭ ދަސްކޮށްފީމު. ދެންނެތް ޗާންސެއް!
    ނަޝީދު އައުޓް
    އިންޑިޔާ ގެރި މޯދީ އައުޓް
    ޞޯލހި އައުޓް

    މާގިނަ ދުވަހެއްނެތް ދެން އިންޝާﷲ

  31. ދުއްޕާން

    މި ނުލަފާ މަކަރުވެރި ގޮތެއްފޮތެއް ނެތް ޚުދުމުޚުތާރު ޑިކްޓޭޓަރާހެދި ދުއްޕާނަކަށްވެއްޖެ. ދަރިންގެ ދަރިންނަށް ދާންދެން ގައުމު ދަރުވާލައިފިޔޭ ގޮވަމުން އައިއިރު މި ގައުމުގައި އޮތީ އެންމެ 12 ބިލިޔަން ރުފިޔާގެ ދަރަނި. ވެރިކަމަށް އެރިތާ 2 އަހަރު ނުވަނީ 2 ބިލިޔަން ރުފިޔާ ފެންފޮދަކާނުލައި ދިރުވާލައިފި. އޮޑިޓް ރިޕޯޓުތައް އެހުރީ ފެންނަން. މިހާރު މިގައުމުގެ ދަރަނި 80 ބިލިޔަނާ ގާތަށް ހިނގައްޖެ. މި ޑިކްޓޭޓަރު ޑިމޮކްރަސީއެއް ގެނައިފަހުން. ދަރިންގެ ދަރިންނަށް ދާންދެން ކީއްކުރަން މިނިމިނިއްޏަށް ދާންދެން ދަރުވާލައިފައި ދެން ހުރި ލާރިކޮޅުން މި ބަލަނީ އަނެއްކާވެސް މީނާއަށް ވެރިކަމަށް އާދެވޭތޯ ނިޒާމު ބަދަލުކުރުމަށް ވޯޓެއް ނެގުމަށް. ރައްޔިތުން ނުކައިނުބޮއި ބަނޑަށްޖެހިފައި ތިއްބަސް ވޯޓަށް ޚަރަދުކުރާނެ ފައިސާ ހުރޭ. މިވަރުގެ ދުއްޕާނެއް ރައްޔިތުންނަށް ޖެހިފައި މިގަރުނުގައި އަދި ނެތް.

  32. ވެރިން

    ނުދެނަހުރިން ކެނެރީގޭ މުހައްމަދުބޮޑު ވަޒީރުކަމަށް އައްނަން ބޭނުން ވާ އިރަށް ރައްޔިތުންގެ ޓެކަސް ފައިސާ އިން ހަރަދު ކޮށްގެން ވޯޓުލާފަ އިނތިހާބަކަށް ދާންޖުހޭ ކަމެއް.އިރާދަ ކުރެއްވިއްޔާލާހިކަ އެއްނޫން މިފަހަރު ތި ފެއްނަ ނުފެއްނަ ވޯޓެއް ނަގާކަށް .

  33. ވެރިން

    ނުދެނަހުރިން ކެނެރީގޭ މުހައްމަދުބޮޑު ވަޒީރުކަމަށް އައްނަން ބޭނުން ވާ އިރަށް ރައްޔިތުންގެ ޓެކަސް ފައިސާ އިން ހަރަދު ކޮށްގެން ވޯޓުލާފަ އިނތިހާބަކަށް ދާންޖުހޭ ކަމެއް.އިރާދަ ކުރެއްވިއްޔާލާހިކަ އެއްނޫން މިފަހަރު ތި ފެއްނަ ނުފެއްނަ ވޯޓެއް ނަގާކަށް .

  34. އެލެކޮސް

    ތިވޯޓަށް މިލިއަނުން މިލއަނުން ހިނގާ ޚަރަދޫ އެކޮއި ޖީބުން ދައްކާނަންތަ؟

  35. ސައްތާރު

    އާން ވޯޓެއް ލާން ބޭނުން، ކަލޭ މި ގައުމުމުގެ ސިޔާސީ މައިދާނުން ބޭރުކުރަން!

  36. ރައިހާނާ އަލީ

    ތިޔަބުނާ ބޮޑުވަޒީރަކުވެރިކަންކުރާނިޒާމެއް ދިވެހިންބޭނުންނުވާކަމަށްއޮންނާނީބުނެފަ!!
    އިތުރަށް ރައްޔިތުންނަށް ދުއްޕާންކުރަން އުޅޭނެކަމެއްނެތް!! ތިހާވަރަށް ބޮޑުވަޒީރުކަންކުރާހިތްވަންޏާ އިންޑިއާގެބޮޑުވަޒީރުކަމަށްގޮސްކުރިމަތިލާ!!
    ރައްޔިތުންނޫނެކޭބުނެފައޮތްވާ ތިއުޅެނީ ރައްޔިތުންބަލާޖައްސަންކަން ހަނދާންކުރާތި!!!!!!!!!!!!!!!!

  37. ހުސާމް

    މީދެން ޖެިހިފަހުރި ކިހާބޮޑު ވަބާއެއްތަ،؟ ކޮންފަދަ ނިޒާމެއްތަ؟ ފުރަތަމަ ގައުމު ކޮވިޑް ބަލިކަމުން ސަލާމަތް ކޮށްދީބަލަ، މިހާރު މިއޮށްދަނީ ކޭސްތައް އިތުރުވެ އަތްނުފޯރާފަށަށް ވޯޓެއްލާންވީމަ ތަންތަނަށް ފުރައިގެންވެސްދެވޭ ފުރައިގެން ތަންތަނަށް ދިއުމުގެނަތީޖާއިން ކޭސްތަޢް އިތުރުވެގެން ދާއިރުވެސް މަސްއަލައަކަށްނުވެ ނިޒާމެއްގަ އަޅައިގަނެގެން.......

  38. ހަވާސާ އިބޫ

    އަމިއްލަ އެދުންބޮޑަސް ތަންކޮޅެއް ބޯޑުވަރު:
    ކޮވިޑް-19 ޕެންޑަމިކުން އަރައިނުގަނެވޭ، ރާއްޖޭގެ މާލީހާލަތު ތިޔަ ބޭފުޅުން ހީނުކުރާހާ ގޯސް މިހާލަތުގައި ވަކިމީހަކު ވެރިކަން ބޭނުންވީމާ ނިޒާމުބަދަލުކުރަން 80 ވަރަކަށް މިލިޔަން ރުފިޔާ ނިޒާމީ ވޯޓަށް ހަރަދުކުރަންވީތޯ؟ މިގައުމު ދަރަނިވެރިވަނީ ކޮވިޑުގެ މަސައްކަތުގައި އުޅޭ ނަރުހުންނާއި ޑޮކުޓަރުންނާ އެހެންމީހުން ނުލައި ހަމައެކަނި ފުރަންޓުލައިންގައި މަސައްކަތް ކުރާ ކުދިންނަށް ދޭންޖެހޭ އެލަވަންސްވެސް ނުދޭތާ 7 މަސްވެއްޖެ!

  39. މައިނާ

    ބުއްޅަންބެގެ ކަންތައް މިހާރު މާމައްޗަށްދަނީ. ރައްޔިތުން ނިކުމެ އަނެއްކާވެސް ސައިޒު ކުރަންވީ. މުލިޔާގެ ތެރޭން ފުޅިތަކާއިއެކު ނެރުނުގޮތަށް މަޖިލީހުން ނެރެންވީ.