މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 157 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން 71 މީހުން އަދި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 72 މީހުން ކޮވިޑަށް ފައްސިވިއިއެވެ. މިއަދު ރިސޯޓްތަކުން ކޮވިޑަށް ފައްސިވެފައި ވަނީ 12 މީހުންނެވެ. އޭގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށަކުން ދެމީހަކު މިއަދު ފައްސިވިއެވެ.

މިއަދު 157 މީހުން ކޮވިޑަށް ފައްސިވެފައި ވަނީ 3122 މީހުން ކޮވިޑަށް ޓެސްޓް ކޮށްގެންނެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވީ 100 މީހުންނެވެ.

ރާއްޖޭގައި މިހާރު 2735 ކޮވިޑް ބަލި މީހުން އެބަތިއްބެވެ. އޭގެތެރެއިން 68 މީހުން ތިބީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިހާރު އިތުރުވަމުން އަންނަ ސީދާ ސަބަބެއް ނޭނގެއެވެ. ނަމަވެސް އަދަދުތައް އިތުރުވަމުން މިއަންނަނީ ކައުންސިލް އިންތިހާބާއި ދިމާކޮށް ގިނަ ލުއިތަކެއް ދިންތާ ހަފްތާއެއް ފަހުންކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު