ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޮވިޑް-19 އިން ދިފާއު ވުމަށް ވެކްސިން ޖައްސަވައިފިއެވެ.

ރައީސް ޔާމީންގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެއްސެވީ މިރޭ އޭޑީކޭ ހޮސްޕިޓަލްގަ އެވެ. އެމަނިކުފާނު އަދިވެސް ހުންނެވީ އޭޑީކޭ ހޮސްޕިޓަލުގައެވެ.

ޔާމީން ޖެއްސެވީ ކޮން ވެކްސިނެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ޔާމީން ކޮވިޑް ވެކްސިން ޖެއްސެވުމަށް ދެކޮޅު ހެއްދެވި ކަމަށް ކަރެކްޝަނަލް ސާވިސް އިން މިދިޔަ ބުދަ ދުވަހު ވިދާޅުވެފައި ވެއެވެ.

ނަމަވެސް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވެފައި ވަނީ ވެކްސިން ޖެއްސެވުމަށް ރައީސް ޔާމީން ދެކޮޅު ނުހައްދަވާ ކަމަށާއި ވެކްސިން ޖެއްސެވުމަށް ކަމަށް ބުނެ ރައީސް ޔާމީން ބުދަ ދުވަހުގެ ރޭ މާފުށީ ޖަލުން މާލެ ގެނެސް މާލެ ކައިރީ ދެގަޑިއެއްހާއިރު ލޯންޗް މަޑުކުރުވާފައި އަނބުރާ އެރޭ މާފުށީ ޖަލަށް އެމަނިކުފާނު ގެންދެވީ ޓްރާންސްޕޯޓް ހަމަނުޖެހޭ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނުމަށް ފަހު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހިޔާލު

  ޕްލެސެބޯ ވެކްސިނެއްތޯ ޖެއްސެވީ؟ ވެކްސިން ނުޖައްސަވަން އުޅެފަ ކުއްލިޔަކަށް ވެކްސިން ޖެހި ކަމަށް ނޫހުގަ ސްޓޯރީ ޖައްސަނީ ނޫންބާ.

  1
  10
 2. ފަހުމީ

  ޔާމީން ދޫކޮށްލާ! ޢިސްލާމީ ޝަރީއަތް ބުނާގޮތުން އެއީ ކުށްވެރިއެއްނޫން.. ތިތަފަތް ލޯގޯ ޖަހައިގެން ސަދޫމް ހުކުމް ކުރުން ހުއްޓާލާ. ސަލާމަތް ވާން އަންނަނީ އޭރުން.. އެއީ ޔާމީނަށް ވެގެނެއްނޫން. އަދުލާއި އިންސާފު ނެތްތަނެއްގައި އިޖްތިމާއީ ހަމަޖެހުން ގާއިމް ނުކުރެވޭނެ ކަމީ މުޖައްރިބު ކަމަކަށްވާތީ.. ހާކިމާގެ ނިޔާ އަކީ ހަމަކަށަވަރުން ދެދުނިޔޭގައި އޭނާ އެކަމުގެ ރަހަ ދެކޭނެ ކަމެއް..

  20
  1
  • ޖަލޭ

   އިސްލާމީ ސަރީއަތުގަ ބުނަނީ ކީކޭތަ؟ އޭނަ އަމިއްލަޔަށް ޓީވީގަ އިއުތިރާފުވި އޭނަ ކުރި ބައެއް ކަންކަމަށް. އެހެންވެ އަދީބު އަދި ޒިޔަތުގެ ހެކިބަސް ނުނެގިޔަސް އޭނަ އޮންނާނީ ޖަލުގަ.

 3. ހއ

  މިހާރު ރައްޔިތުންނައް ޔަގީންވެއްޖެ މިވެރިކަމެއްނޯންނާނެކަން އެހެންވެ ދެން މަގުމައްޗައް ނިކުންނާނީ ފިސާރިކެރިގެން މި ޝިއާރުގެ ދަށުން ޔާމީންރައީސް ސަޅަމަތްކުރަން