ތ. ގާދިއްފުއްޓާއި ލ. މާވަށުގައި ކައުންސިލް އިންތިހާބުގެ ވޯޓް އަލުން ކުރިއަށްގެންދަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އެ ދެ ރަށުގައި އަލުން ވޯޓުލުން ކުރިއަށްގެންދަން ނިންމީ އެދެ ރަށަށް ނިސްބަތް ނުވާ މީހުން ރަށު ކައުންސިލަށް ވޯޓުލާފައިވާތީ ކަމަށެވެ.

ގާދިއްފުށީފައި ވޯޓުލުން ކުރިއަށްގެންދަން ނިންމާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މަރްޔަމް ހަސަން އާއި ޕީޕީއެމްގެ ކެންޑިޑޭޓް ހައްވާ އަބްދުލްހާދީއާ ދެމެދުއެވެ. މާވަށުގައި ކުރިއަށްގެންދާނީ ކައުންސިލްގެ ރައީސް ކަމުގެ ވޯޓާއި ކައުންސިލް މެންބަރުންގެ އެމްޑީޕީގެ ހަސަން ޝިފާޒް އާއި ޕީޕީއެމްގެ އިބްރާހިމް އަބޫބަކުރާއި ދެމެދުގައި ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ގާދިއްފުށީގައި ދާއިރާ ނޫން ދެމީހަކު ވޯޓް ލާފައިވާ ކަމަށެވެ. އެއީ ދެމީހަކަށް އޮޅިގެން ގާދިއްފުށީގެ ކަރުދާސްކޮޅު ދޫކުރެވިގެން ކަމަށް ޝަރީފް ވިދާޅުވިއެވެ. "އެއީ ލ.ކުނަހަންދޫ ރަށްވެއްސަކާއި ރ.އިންނަމާދޫގެ ރަށްވެއްސެއް. މިދެބޭފުޅުން ވަނީ އޮޅިގެން ގާދިއްފުށީގެ ކަރުދާސްކޮޅު ދެވުމުން ގާދިއްފުށީ ކައުންސިލަށް ވޯޓް ލާފައި. އަދި ގާދިއްފުށީގައި އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ވާދަކުރެއްވި ހައްވާ އަބްދުލްހާދީ އާއި މަރްޔަމް ހަސަންގެ ދެމެދުގައި އޮތީ ދެވޯޓްގެ ތަފާތު. ދާއިރާއިން ބޭރުން ލެވުނު ދެވޯޓަކީ ކާކަށް ލެވުނު ދެވޯޓްކަން ސާފުނުވާތީ އެދާއިރާގެ ވޯޓް އަލުން ލުމަށް ވަނީ ނިންމާފައި. އެވޯޓް ބޭއްވޭނީ ހައްވާ އަބްދުލްހާދީ އާއި މަރްޔަމް ހަސަންގެ ދެމެދުގައި" ޝަރީފް ވިދާޅުވިއެވެ.

ލ.މާވަށުގައި ވެސް ދާއިރާ ނޫން މީހަކަށް ވޯޓް ކަރުދާސް ދެވިގެން ވޯޓް ލާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. މާވަށު ކައުންސިލްގެ ރައީސް ކަމަށް އެމްޑީޕީ އިން ވާދަކުރި އާދަމް އަބްދުލްރަހުމާން އަށް 525 ވޯޓް، ޕީޕީއެމްގެ އަހްމަދު މޫސާ އަށް ވެސް ލިބިފައި ވަނީ 525 ވޯޓް ކަމަށް ޝަރީފް ވިދާޅުވިއެވެ. "މިދާއިރާގައި ނުހިމެނޭ މީހަކު ވޯޓް ލާފައިވާކަން ކަށަވަރު ކުރެވިފައި ވާތީ އާދަމް އަބްދުލްރަހުމާނާއި ޕީޕީއެމްގެ އަހްމަދު މޫސާއާ ދެމެދު ވޯޓް ނަގަން ކޮމިޝަނުން ވަނީ ނިންމާފައި." ޝަރީފް ވިދާޅުވިއެވެ.

މާވަށު ކައުންސިލަށް ވާދަކުރެއްވި ހަސަން ޝިފާޒް އާއި ޕީޕީއެމްގެ އިބްރާހިމް އަބޫބަކުރަށް ވެސް ލިބިފައި ވަނީ 432 ވޯޓެވެ.

ކައުންސިލް އިންތިހާބާއި ގުޅިގެން 208 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް ގިނައީ "އެއްވެސް ހެއްކެއް ނެތި، މީހަކު ބުނިބުނިއެއްގެ މައްޗަށް ހުށަހަޅާފައިވާ ޝަކުވާ" ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އޭގެ ތެރެއިން 11 ޝަކުވާއަކާއި ގުޅިގެން ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށެވެ. އޭގެތެރޭގައި ބައެއް ފޮށިތަކުގެ ވޯޓް ފޮށިތައް އަލުން ގުނުން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މާވަށު ރައްޔިތު

    މި ދެން ވާނެ ކަމެއްތަ އަނެއްކާ

    12
    4
  2. އެމަންޖެ

    އަލުން ޕޕމ އައްލިބުން ހުރިހާ ގޮނޑިޔަކައް ވޯޓުލާން ފެންނަނީ ފަހަރެއްގަ މޑޕ އައް ކުރިއެރުން ލިބިދާނެ އޮޅިގެން.

    36
    4
  3. ހަސަން

    އޮޅިގެން ކުރެވޭނީ ވައްކަން. އޮޅިގެން ރަނގަޅުކަމެއް ނުކުރެވޭނެ. ޝަރީފުއަކީ ވެސް ﷲ މިދުނިޔެއަށް ފޮނުއްވި އެ އިލާހުގެ އަޅެއް. މާދަމާ ޝަރިފު ވެސް ޖެހޭނެ ޖަވާބުދާރީ ވާން . އެހެންވީމާ ތިޔަ ގެންދަވާ މަކަރާ ހީލަތުގެ ސަކަރާތް ހުއްޓާލާފައި ދިވެހިން ވޯޓު ދިން ގޮތަކަށް ދިވެހިންގެ ނަތީޖާ ނެރެދީ. ކޮންމެހެން ބޮޑުވަޒީރަކަށް ވާން އުޅޭ ތާކުންތާކު ނުޖެހޭ މީހަކު ދައްކާހާ ދަޅަޔަކަށް ބިރަކަށް މިޤައުމުގެ މަސްލަހަތު ގެއްލޭ ފަދަކަމެއް ނުކުރައްވާ. އަލުން ވޯޓުލާއިރު ހުރިހާ ރައްޔަތުން ވެސް ތިމާމެންގެ ޤައުމަށް ހެޔޮ އެދިގެން ފިކުރަށް ވުރެ ބޮޑަށް ދިނާއި ޤައުމު އިސްކުރައްވާ ވޯޓު ދެއްވާ. މާދަމާ ތިބޭފުޅުންނާ ވެސް ސުވާލުކުރެވޭނެ. ތިބޭފުޅުން ދެއްވާ ވޯޓުން މަސްލަހަތު ގެއްލޭ ގޮތް ނުވާނެ ގޮތަކަށް ވިސްނާފައި ވޯޓު ދެއްވާ. ޝުކުރިއްޔާ

  4. ވޯޓް ކައެލާ

    މިފަހަރު ހަދާނުން ހަދާންކޮށް ކަލޭވެސް އަދި އިންޑިޔާ މީހުންވެސް ލަ އްވާ، ތިރަ އްރަށުގެ ފޮ އްޓަށް ވޯޓްލާތި ޝަރީފޫ.. އޭރުން އަލުން ގުނަން ނުޖެހި ބަރާބަރަށް އިންސާފުން ދާނީ...ހޮވޭނެ ބޮޑުތަނުން އޭރުން..

  5. ފާއިސް

    ސަރީފް އިސްތިއުފާ ދީފަ އަލުން ވޯޓް ލާން ޖެހޭނީ. ސަރީފަށް ތިކަން ނުވީ. އަދި ފޮށ ކައިރީ ތިބި މުވައްޒަފުންނަށް ޤާނޫނީ ފިޔަވަޅު އަޅަން ނުކެރޭނެ ތިމީހުންނަށް.

    17
    1
  6. ތިމަރަބޯ

    ހުރިހާ ގޮނޑިތަ އް އެމްޑީޕީ އައ އް ދީފަ ނިންމާލަ ބަލަ އެ އިރުން ހުރިހާ މަ އްސަލަ އެ އް ތިނިމުނީ އޭ

    13
  7. ވަޒީރު

    ބޮޑު ވަޒީރު ކީކޭތޯ މިކަމާ ރަޢީސަށް ދެންނެވީ

  8. ހަގީގަތް

    މާވަށުގަ އެ ވޯޓުކަރުދާސް ނުއޮޅުނުނަމަ ހޮވިފަ ތިބީހީ މޑޕ މީހުނޭ. ސީދާ ރަތް ލާޖެހި ޕޕމ މީހެއްގެ އަތަށް ކަރުދާސް އެރީ..

  9. ނާދިރާ

    މިކަހަލަ އަދި މިއަށްވުރެ މާ ބޮޑަތި ކަންތައްތައް ރިޔާސީ އިންތިޚާބު 2018 ގައި ހިނގާ މައްސަލަޖެއްސިއެވެ. ، ކޮމްޕްލައިންސްބިއުރޯތައް އެކްޓިވްނުވެ ، ވޯޓުފޮށީގެ ވެރިން ސޮއިކުރުމުގެކުރިން ނަތީޖާކިޔައި ، އެކަކު ތިންހަތަރުފޮއްޓަށް ވޯޓުލައި ، ޤަވްމީޓީވީން ރާއްޖެޓީވީއަށް ފޮލޯކޮށްގެން ނަތީޖާކިޔުމާއި . ބޮޑު އިންތިޚާބެއްގެ ނަތީޖާ 24 ގަޑިއިރުނުވަނިސް ނިންމާ އަތްދޮވެލައި ، އެލެކްޝަންގެ ރައީސް ޕާޓީއަކުން ހިންގަ ޓީވީއަކަށް އަރާ ބަލިވިފަރާތަށް މަލާމާތުގެ ރައްދުދިނުމާއި ، މިއިން އެއްވެސް ކަމެއް ބެލުމެއްނެތި ނިންމާލިއެވެ.

  10. ތ.ގާދިއްފުށީ މޯޑް

    އޮޅިގެން ދެވުނަސް ވޯޓް ލީ މީހާއަށް އެނގޭ އެއީ އޭނަގެ ރަށު ކަރުދާސް ކޮޅުކަން ހަމަ ގަސްތުގައި ޕީޕީއެމް އަށް ވޯޓް ގިނަ ކުރަން އެކަމު އެއޮތީ އަތައް ގޮވާފަ