ޒުވާނުންތަކެއް އިސްނަގައިގެން ހދ.ނާވައިދޫގެ މިސްކިތް މަރާމާތުކޮށް ލީ ކުލަ ކަމު ނުގޮސްގެން މަހެއް ނުވަނީސް އެމިސްކިތުގައި ކުލަ ލައިދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ.
ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ކައުންސިލްގެ ހުއްދައިގެ ދަށުން ހެޔޮއެދޭ ޒުވާނުންތަކެއްގެ އެހީގައި އެރަށު މަސްޖިދުއް ޒިކުރާ މަރާމާތު ކުރީ މިދިޔަ މޭމަހުގެ 11 ވަނަ ދުވަހުއެވެ.
ކުލަލީތާ މަހެއް ފަހުން އެކުލަ ބަދަލު ކުރަން އެންގީ މިސްކިތުގައި ލާފައިވާ ކްރީމް ކުލައަކީ ރީނދޫ ކުލަ ކަމަށް ބަލައި ރަށު ކައުންސިލުން އެކުލަ ބަދަލު ކުރުމަށް ބޭނުންވެގެންނެވެ.
މި މައްސަލާގައި އިސްލާމިކް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރ ވިދާޅުވީ ކައުންސިލުން ކޮށްފައިވާ އިއުލާނަކާ ގުޅިގެން އެއްޗެއް ދަންނަވަން ދަތި ކަމަށެވެ.
" މިސްކިތްތައް ހިނގަމުން ދަނީ އިސްލާމިކް މިނިސްޓްރީގެ ދަށުން ކަމަށްވާތީ މިސްކިތުގެ ކުލަ ބަދަލު ކުރުމުގެ ހުއްދަ ދީފައި ވުމަކީ އެކަށީގެންވާ ކަމެއް " އިސްލާމިކް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ. އެކަން
އެރަށުގެ ޒުވާނުންތަކެއް ކުރި މިމަސައްކަތުގައި މުޅި މިސްކިތުގެ އެތެރެއާއި ބޭރު ކުލަ ބަދަލުކޮށް އަލަށް ވައިރު އަޅައި ސީލިންގ ފަންކާތައް އައުކޮށް ސްޓޭންޑް ފަންކާތަކެއް އިތުރުކޮށްފައި ވެއެވެ.
ނަމަވެސް މަސައްކަތް އެއްކޮށް ކޮށް ނިންމާ ނުލެވެނީސް ރަށުގެ ކައުންސިލުން ވަނީ މަސައްކަތް ކުރަމުންދިޔަ ޒުވާނުންގެ މަސައްކަތް ހުއްޓުވައި މިސްކިތުން ނެރެފައެވެ.
ހުޅުދުއްފާރު ކައުންސިލް އިދާރާގައިވެސް ރީނދޫ ކުލަ ލައިފި.
ﷲގެ ހަޒުރަތުން ހެވެއް އެދިގެން ކުރި މަސައްކަތެއްކަމަކަށްނުފެނޭ. ވަކިބަޔަކަށްދެއްކުނަށްކުރި މަސައްކަތެއްކަމަށް ބެލެވެނީ.
މި ސަރުކާރަށް ނިސްބަތްވާ ކައުންސިލަރުންގެ އަމިއްލަ އެދުމާއި ނުކުޅެދުންތެރިކަން....
ރީނދޫ ކުުަލަތަ އެއީ... ހަޖަމު ނުވަންޏާ ރަތް ކުލަވެސް ފެނިދާނެ ރީނދޫ ކުލަ ގޮތުގަ... މިސްކިތުގަ ކުލަ ލާން އުޅުނު ގިނަ ޒުވާނުންނަކީ ޕީޕީއެމް ކައިފަ ތިިބި މީހުން. ބަޔަކު ރަަގަަޅަށް ކަމެއްކޮށްދިނަސް ނައިވާދޫ ކައުންސިލުން ބަލައިނުގަަންނާނެ
ހުޅުދުއްފާރު ސްކޫލުގެ ސްޓޫޑެންޓް ކައުންސިލްގެ ރީނދޫ ދިދަވެސް އެމް އޯ އީން އަންގައިގެން ތިރިވެސް ކުރި. ދޯ
އެކަމަކުވާ ސާބަސް.ހަމަ ރީދޫ ކުލަ ލީކީ އެއްނޫން ދޯ.އެހެން ނަމަ އޯކޭ ތިހެން ކަންތަށް ކުރަން.އެ މީހުން އެވަރުން އެކަން ކުރީމަ ބާ ބުޅާ ގަޑެއްހެން ތިނެރުނީ.އެކަމް ދެ ނޭވާ ދޭތެރޭ ބުނާނެ.މީ ޒުވާނުން ގެ ސަރުކާރޭ.މިހާރު ތިޔަ ވިދާޅުވާ ބަހުގެ މާނައެއް ނޭނގުނު. ޒުވާނުންނާށް ފުރައްސާރަ ކުރަނީ މިހާރު.މީ ހަގީގަތް.
އެތާ ހުރީ ރީތި ކްރީމް ކުލައެއް. ރަށަށް އައި ޕީޕީ ކެމްޕޭން ގްރޫޕަށް ހަޖަމް ނުވީ. އެ ޓީމުގަ ހުރި އިސްލާމިކް މިނިސްޓްރީގެ މީހަކު ބުނެގެން ކައުންސިލުން ކުރާކަމެއް ތީ.