17:14

ކ. އަތޮޅު ގުޅިން މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށަށް އަރާ ފޭބުން މަނާކޮށްފި

16:15

އިންޑިއާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް އިތުރުވެ، ގުޖުރާތުގެ ވަޑޯޑަރާގައި ހުރި މިސްކިތެއް ކޮވިޑް ފެސިލީއެއްގެ ގޮތުގައި ބޭނުން ކުރަން ފަށައިފި

yes

16:01

އެމެރިކާގައި 16 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖެހޭނެ ކަމަށް އެމެރިކާގެ ސެންޓަރ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަން (ސީޑީސީ) އިން ބުނެފި

15:56

ރާއްޖޭގައި ފަސް ޕަސެންޓަށް ވުރެ ކޮވިޑް-19 އަށް ވުރެ މައްޗަށް ފައްސިވާ ރޭޓު އުޅޭ ރަށްތައް އާންމުކޮށްފި.

10:42

އޭދަފުށީގައި ކޮވިޑްގެ ދެއިހަލެއް: ފައްސިވި މީހުންގެ އަދަދު ހަައަކަށް އަރައިފި.

09:20


ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ރާއްޖޭގައި އަނެއްކާވެސް އިތުރުވަމުން އަންނައިރު މިއީ ކައުންސިލް އިންތިހާބާއި ދިމާކޮށް ލުއިތައްދީ، ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އުވާލުމުގެ ނަތީޖާ ކަމަށް ބައެއް ފަރާތްތަކުން ބުނަން ފަށައިފިއެވެ. އިންތިހާބު ބޭއްވުމަށްޓަކައި ކޮވިޑުން ރައްކާތެރިވުމުގެ ގިނަ ފިޔަވަޅުތައް އުވާލިތާ މިހާރު ވަނީ ދެހަފްތާ ވެފައެވެ. ކޮވިޑްއަށް ފައްސިވާ މީހުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެނި، ބަލި ފެތުރެން އާއްމު ގޮތެއްގައި ދެހަފްތާގެ މުއްދަތެއް ނަގައެވެ.

މިއަދު ރާއްޖެ އިން 157 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ. މިއަދު މާލެ އިން 71 މީހުން އަދި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 72 މީހުން ކޮވިޑަށް ފައްސިވިއިއެވެ. މިއަދު ރިސޯޓްތަކުން ކޮވިޑަށް ފައްސިވެފައި ވަނީ 12 މީހުންނެވެ. އޭގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށަކުން ދެމީހަކު މިއަދު ފައްސިވިއެވެ.

މިއަދު 157 މީހުން ކޮވިޑަށް ފައްސިވެފައި ވަނީ 3122 މީހުން ކޮވިޑަށް ޓެސްޓް ކޮށްގެންނެވެ.

ރާއްޖޭގައި މިހާރު 2735 ކޮވިޑް ބަލި މީހުން އެބަތިއްބެވެ. އޭގެތެރެއިން 68 މީހުން ތިބީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޟމ

  މީ އެޗް.ޕީ.އޭ ގެ އިހުލު މިއަދު ހެވިފަ ތިއްބަސް އެމީހުންނާ ޤާނޫނު އަރާ ހަމަކުރާ ދުވަސް ވެސް އަންނާނެ

  5
  1
 2. ފޭކް ކޮވިޑް

  އެމީހުން އެބުނާ ގޮތަށް ފެތުރެންޔާ މިހާރު މިދުނިޔޭގަ ނޫޅޭނެ ކޮވިޑް ނުޖެހޭ މީހެއް. ބޯހަލާކު މަރު ދެކެބިރުން އެންމެން ތެޅި ބާލަނީ. ހެޔޮ ކަމެއް ކޮށްފީޔާ މާ ރަނގަޅު ވާނެ. އާދައިގެ ހުން އައިސް ގެން ވެސް ޑޮކްޓަރުން ބުނާނީ މަރުވެދާނެއޭ. ދެން ދިރިއުޅުން ހުއްޓާލަން ވީ ތޯ. ޑޮކްޓަރުން ނަށް ލިބޭ މުސާރަ ރައްޔިތުންނަށް ބަހަނީ ތޯ؟.ޑޮކްޓަރުން ނަށް ފަސޭހަ ކޮށްދީ އެމީހުންނަށް އެމީހުންގެ އާއިލާ ކާއިރިގަ ތިބެވޭ ދެން މިތިބި ދިވެހިންނަކީ ހުސް ބޯ ތަކެއް. ހަގީގަތް އޮޅުވާނުލެވޭނެ. ސިއްހީ މީހުން މި ކޮވިޑް ގެ ނާޖާއިޒް ފާއިދާ ނެގީ.

  1
  1
 3. ޙ

  އެޗްޕީއޭ އަށް ސިޔާސީ ވެރިން ހާއްސަކޮށް އަންނި ބާރު ހިންގާތީ ވާގޮތް

  1
  1
 4. ސާމް

  ވެގެން އުޅޭ ގޮތަކީ އަނެއްކާވެސް ޕީޕީއެމް މީހުން މުޒާހަރާކުރާވާހަކަ އިއުލާން ކުރީ