އެއްވެސް ރަށެއްގެ އާބާދީގެ 60 އިންސައްތައަށް އަދި ކޮވިޑް-19 ވެކްސިން ދެވިފައި ނުވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެއްވެސް ރަށެއްގެ އާބާދީގެ 60 އިންސައްތަ އަށް ވެކްސިން ދެވިފައެއް ނުވެއެވެ.

އެޗްޕީއޭއިން މިމަހުގެ 16 ވަނަ ދުވަހު ކުރި ޢިއުލާނުގައި ވިދާޅުވެފައި ވަނީ އާބާދީގައި 60 އިންސައްތަ މީހުން ކޮވިޑް-19 ގެ ވެކްސިން ޑޯޒްތައް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރު ކުރުމަށް ހުޅުވާލާނެ ކަމަށެވެ.

އާބާދީގެ 60 އިންސައްތަ މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ޑޯޒްތައް ހަމަވެފައި ނުވާ ރަށްރަށަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފްތާ ވެފައިވާ ފަރާތްތަކަށް ކަރަންޓީނާ ނުލައި ދަތުރުކުރުމަށް ނިންމާފައިވާކަން ވެސް ކުރިން އެޗްޕީއޭއިން ކުރި ޢިއުލާނުގައި ވެއެވެ.

އެހެންކަމުން ރާއްޖޭގެ އެއްވެސް ރަށެއްގެ އާބާދީގެ ނިސްބަތުން 60 އިންސައްތަ މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ދެވިފައި ނުވުމާއެކު މި އުސޫލުގެ ދަށުން ދަތުރު ކުރުމުގެ ފުރުސަތު އެއްވެސް ރަށަކުން އަދި ނުލިބޭނެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ކުރިން ކުރި ޢިއުލާނުގައި ވިދާޅުވީ، މި ލުއިތަކާއެކު ރަށެއްގައި ކޮވިޑް-19 ގެ ބަލި އުޅޭ ނިސްބަތް 5 އިންސައްތައަށްވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ ޕީ.ސީ.އާރު. ނެގެޓިވް ޓެސްޓު ނަތީޖާއާއެކު ދަތުރުކުރެވޭނެ ކަމަށެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑް-19 ގެ ޢަދަދުތަކަށް ބަލާއިރު މި އުސޫލުގެ ދަށުން ދަތުރުކުރުމުގެ ފުރުސަތު ނުލިބޭނީ މާލެ ސަރަޙައްދާއި ބ. މާޅޮސް، ޅ. ނައިފަރު، ކ. ހުރާ އަދި އދ. މާމިގިލިންނެވެ. އެއީ މި ރަށްރަށުގައި ނިސްބަތުން 5 އިންސައްތައަށްވުރެ ބޮޑަށް ބަލި ފެތުރިފައިވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޗަކޮޔާ މައިމޫނާ

    ނަ އިފަރަށް ކޮވިޑު ނުޖެހިގެން އުޅޭތާ ކިތަންމެ ދުވަހެ އްވެ އްޖެ.. މިރަށު އެމްޑީޕީ ގެ ރަ އީސް އަދި ހޮސްޕިޓަލް ހިންގުމާ ހަވާލްވެހުރި ޖަ އުފަރު މިރަށަ އް ދިން ރީތި ނަމެ އއްތީ.. ގަވާ އިދާ ޙިލާފަށް މީހުން ބަންދުކޮ އްފަ މިބުނަނީ ޕޮސިޓިވް ވެގެނޭ...

  2. އަދް

    ކަލޭމެން ތި ޕަސެންޓް ކުޑަ ކުދިން ލާގެން ގުނުމަކީ ހަމަ އަދުރޭ ހިސާބު ޖެހުން ކަހަލަ ކަމެއް

    3
    1
  3. އެދުރުބެ

    ހަހަހަ. މިއީ ވަރަށް ކުޅަދާނަ ބައެއް. ވެކްސިން ދެނީ ވަކި އުމުރު ފުރައަކަށް. ދެން މުޅި އާބާދީގެ ޕަސަންޓަށް ބަލައިގެން ތިޔަބުނާ ޕަސެންޓެއް ހަމަ ނުކުރެވޭނެ ކަން އެގޭއިރު އެހެންމީހުން ވާވައްދަން ތިޔަކަހަލަ އުސޫލުތައް ހަދާނެކަމެއް ނެތް!

  4. ޕަޕަޑަމް

    ވެކްސިންދީދީ ވަރުބަލިވެއްޖެ، ވެކްސިންދީގެން ދުނިޔޭގެ އެއްވެސް ގައުމަކުން މި ބަލި ކޮންޓޯލެއްނުވި، ފައިޒާ ވެކްސިނަށް ސައުތުއެފްރިކާ ވޭރިއެންޓެށް ނުގުޑާ، ދެންދޭންވީ ބޫސްޓަރ، 2 އިރުކާ ބޭހެއްހެދިނަމަ މާރަނގަޅުވީސް، ވެކްސިން ކުންފުނިތަކުގެ މީހުން ޑޮލަރުބޮނޑިތައް ހިފައިގެން މަގުތައްމަތީ ދުވަނީ، ޑަބުލިއު އެޗްއޯއިން ބުނަނީ މިފަދައިން ވެކްސިން ޕާސްޕޯޓް ނުދެން، އެއީ ވެކްސިންް ޖެހުމުން ބަލި ފެތުރުން ނުހުއްޓުވޭތީ އާއި ހަމަހަމަ ކަމާއި އެކީ ވެކްސިން ފޯރުކޮށް ދެވެމުން ނުދާތީފަދަ ސަބަބުތައްހުރެގެން، ރާއްޖޭން ދޭން އިއުލާނުކުރި ދަތުރު ފަތުރުގެ ލުއިތައް ނުލިބެނީސް، ލުއިތައް އަނބުރާ ގެންދިއުން ގާތް، ވިއްސާރަވެ ފިނިވުމުން ބަލި ފެތުރޭ ނިސްބަތްއިތުރުވޭ، ހުޅަނގުމޫސުން މި ބޯމަތިވަނީ، ވެކްސިން ޖެހިޔަސް ގައިދުރުކަންބަހައްޓައި މާސްކްއަޅަން ޖެހޭ، އެހެންކަމުން ހުރިހާ އެންމެންގެ ކިބައިން އެދެން ވެކްސިންއަށް މާބޮޑަށް ބަރޯސާނުވެ ގައިދުކަންބަހައްޓާ، ކޮފީތަކަށް ނުގޮސް، މާސްކު އަޅައިގެންއުޅެން، އަދި މި ރަމަޟާންމަހުގައި ގިނަގިނައިން ހެޔޮ ދުއާ ކުރަން،

  5. ޢަލީ

    ވެކްސިން ލިބިގެންތާ ދެވޭނީ

  6. ޑޮކްޓަރމޮންރޯ މަސީހު އާރުއެމްޕީ

    ވެކްސިންޖަހަންޖެހޭ އުމުރުގެ އެންމެނަށް ވެކަސިން ޖެހިއަސް އާބާދީގެ %60 ހަމައެއްނުވާނެ އެއްވެސް ރަށެއްގާ. ވަކިވައްތަރެއްގެ ބަލި މީހުންނަކަށް ނުޖެހޭ. ވަކިއުމުރެއްގެ ދަށުގެ ކުދަކުދިންނަކަށް ނުޖެހޭ. މާބަނޑުމީހުނަނަކަށް ނުޖެހޭ. ގިނައީ ކުޑަކުދިނާއި އެފަދަ ބަލިބަލީގައި އުޅޭމީހުން އެހެންވީމާ ތިޔަ %60 ދުވަހަކުވެސް ހަމަވާނެބާ؟