ކ. ދިއްފުށިން ކޮވިޑް-19 އަށް ފައްސިވި މީހަކު ނިޔާވެއްޖެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި މި މީހާ ނިޔާވެފައިވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީއަށް ގެންދިޔަ ފަހުން އެ ތަނުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ނިޔާވި މީހާގެ އުމުރަކީ 80 އަހަރެވެ. މިއީ ކޮވިޑް ޖެހިގެން ރާއްޖޭގައި ނިޔާވި 71 ވަނަ މީހާއެވެ.

ފަހަކަށް އައިސް ރާއްޖެ އިން ކޮވިޑް ޖެހޭ މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވަނީ މަދުވެފައެވެ. މިހާރު ވެސް 2735 މީހުންނަށް ކޮވިޑް ޖެހިފައި ތިބިއިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 68 މީހުންނަށެވެ.

މިއަދު ރާއްޖެއިންނ 157 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިހާރު އިތުރުވަމުން އަންނަ ސީދާ ސަބަބެއް ނޭނގެއެވެ. ނަމަވެސް އަދަދުތައް އިތުރުވަމުން މިއަންނަނީ ކައުންސިލް އިންތިހާބާއި ދިމާކޮށް ގިނަ ލުއިތަކެއް ދިންތާ ހަފްތާއެއް ފަހުންކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނުޒޫ

    މިހާރު އަދަދުތައް އިތުރުވަނީ ކައުންސިލް އިންތިހާބައް އެދިން ލުއިތަކުން އެދުހުވެސް މީހުންތައް ކިޔު ހަދާފަތިބީކީ އެޗްޕީއޭ ގެގަވައިދާ އެއްގޮތަކަށްނޫން.

    16
  2. Anonymous

    ލޫއީތައް ނުދޭ އިރުވެސް ތިވަރެއްގަ ، ކޮވިޑައް ޓެސްޓު ކުރެވޭލެއް ތިޔާގި ވީމަ ތިވަރުގަ އުޅޭނީ.

    2
    1