ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ފަޒީލް (އޮއްޕޮ) ގެ މައްޗަށް ތުހުމަތުވި ޖިންސީ ގޯނާ އާއި ފުރައްސާރައިގެ މައްސަލަ ދޫކޮށްލައި ފައިލް ކޮށްފި އެވެ.

ފުލުހުން މީޑިއާ އޮފިޝަލަކު ވިދާޅުވީ ފަޒީލްގެ މައްސަލައިގެ ތަހުގީގުގައި އޭނާގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރުގެ ހެއްކާއި ގަރީނާ ލިބިފައި ނުވާތީ އެ މައްސަލަ ފައިލް ކޮށްފައިވާ ކަމަށެވެ.

ފަޒީލްގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކާކާ ގުޅިގެން މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން އޭނާ ހުރީ ސަސްޕެންޑް ކޮށްފަ އެވެ.

ފަޒީލަށް ކުރެވުނު ތުހުމަތުތަކާއި ގުޅިގެން އޭނާ ސަސްޕެންޑް ކުރުމުން މިދިޔަ އަހަރުގެ ޖުލައި މަހު ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ޢުމުރުން 17 އަހަރުގައި ކުރިކަމަށްބުނާ ކުށުގެ ތުހުމަތަށް އޭނާ އިންކާރު ކުރާކަމަށެވެ.

ފަޒީލް އޭރު ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތުގައިވާ ގޮތަށް ސިޔާސީ ނުފޫޒެއް ފޯރުވަން އޭނާ އަކީ ސިޔާސީ މަގާމެއްގައި އުޅުނު މީހެއް ނޫން ކަމަށެވެ. "އޭރު އަޅުގަނޑަކީ ސޔާސީ ކަމެއްގައި އުޅުނު މީހެއް ނޫން. އަޅުގަނޑުގެ ކިބައިން އުނދަގުލެއް ނުތަނަވަސްކަމެއް ލިބިފައިވާ ފަރާތެއް ހުރެދާނެ ކަމަށް އެ ފަރާތެއްގެ ކިބައިން ނުހަނު މައާފަށް އެދެން. އަދި އެ ފަދަ ފަރާތެއް ވާނަމަ ކަމާބެހޭ ފަރާތަށް އެކަން ހުށަހެޅުން އެދެން" ފަޒީލް ކުރި ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

"އޭރު އަޅުގަނޑަކީ ސޔާސީ ކަމެއްގައި އުޅުނު މީހެއް ނޫން. އަޅުގަނޑުގެ ކިބައިން އުނދަގުލެއް ނުތަނަވަސް ކަމެއް ލިބިފައިވާ ފަރާތެއް ހުރިނަމަ އެ ފަރާތެއްގެ ކިބައިން ނުހަނު މައާފަށް އެދެން. އަދި އެފަދަ ފަރާތެއް ވާނަމަ ކަމާބެހޭ ފަރާތްތަކަށް އެކަން ހުށަހެޅުން އެދެން" ފަޒީލް ވިދާޅުވެފައިވެ އެވެ.

ފަޒީލްގެ މައްސަލަ ފައިލް ކުރި ނަމަވެސް އޭނާގެ ސަސްޕެންޝަން އަދި އުވާލި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ފަޒީލަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ޕާޓީ، އެމްއާރްއެމްގެ މެންބަރެކެވެ. އެހެން ކަމުން ފަޒީލްގެ މައްޗަށް އައި ތުހުމަތުތައް ތަހުގީގު ކޮށްދިނުމަށް އެމްއާރްއެމުން ވެސް ފުލުސް އިދާރާގައި އެދުނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ރިވެތި

    އޮއްޕެގެ ނަން މުޅިދުނިޔޭގާ އެއްވެސް ހެއްކެއްގަރީނާއެއްނެތި ކިލަބުކުރިބައެއްގެ ތައްޕަހުގާ ނޫޅުމައް ނަސޭހަތްތެރިވަން ކިހާ ހަޑި ބަދުއަހުލާގީ އަމަލަކުން މުޅިމީހާ ގެ މުސްތަގުބަލް ހަރާބުކޮއްލުމުގެ ނަން އެމްޑީޕީން ކަލޭގެ ބޮލުގާ އެޅުވީ ގަސްތުގަ ކަލޭ ބުލެކްމެއިލްކުރަން އުޅުނީ އެކަންނުވީ ނުވެސްވާނެ އޮއްޕޭ ތިޔަމީހުނާ ވައިއެޅެފިނަމަ ދެންލިބޭނީ ތިޔްއްވުރެވެސް ބޮޑު ހަޑިނަމެއް ފާޅުގާ ޕީޕީއެމްއާއި ބައިވެރިވަން ދައުވަތުދެން ކުރިމަގު ހޯދަދޭން ކެނޑިނޭޅި މަސައްކަތްކުރާނަން

    7
    1
  2. މެކް

    ޖިންސީ ފުރައްސާރައޭ ރޭބޭ ކިޔާގެން ވާހަކަދައްކާއިރު އެއީ ކުޑަކަމެއްނޫ ހަގީގަތާޚީލާފް މިފަދަ ވާކަތައްދައްކާފަރާތްތަކައް ހަރުކަށި ފިޔަޅުއެޅުމައް ގޮވާލަން

    8
    1
  3. ހެކި

    ޖިންސީ ފުރައްސާރައަކީ މީހުންގެ އަބުރު ކަތިލަން މިހާރު ރާއްޖޭގަ ގެންގުޅޭ މުޑުދާރު އުކުޅެއް.

    4
    2
  4. Anonymous

    އުޕްސް!

  5. ގެރި

    ރޭޕަށް ފައްސިވެފަ އޮތް ސަރުކާރެއްމީ.. ރޭޕިސްޓުން ދިފާއުކުރުމުގަ އެއްވަނަ

  6. ބޭސިކްސަކީނާ

    ހެކި ނެތްއިރު ސަސްޕެންޑް ކުރެވުނު ސަބަބެއް އެބައޮތްބާ

  7. ޖަޒީރާ ރޭޕް ފަތިސް

    އެމްޑީޕީ މެންބަރުންގެ ބަހުރުވަ ހުންނަ ގޮތުން ހީވަނީ އިންސާނީ ހައްގު އޮންނަން ޖެހޭނީ ކުށްވެރިންނަށް އެކަނިހެން. މީހުން މަރާމީހާ އާއި ރޭޕިސްޓުންގެ ހައްގުވެސް ކުށެެއްނެތް މީހަކަށްވުރެ މި މީހުނަށް މުހިންމުހެން ހީވަނީ

  8. ގެރި

    ރޭޕްސަރުކާރު އިސްތިއުފާ

  9. ހޯރަ

    އެމްޑީޕީ އަކީ ކުށްވެރިން ހިމާޔަތް ކުރާ ޕާޓީ

  10. ގެރިއެޖެންޑާ

    ދެން ގައުމީ އިނާމުދޭނީކީ ނޫން

  11. ބަލާއިރު

    ތި ކުއްޖާ ޖިންސީ ގޯނާ ކުރާނެ ވައްތަރެއްނުޖަހާ. އަމުދުން އެމްއާރްއެމްގެ ކުއްޖަކު އެކަހަލަ ކަމެއް ކުރާނެހެން ހީނުވޭ.