ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ މިނިސްޓަރު އަލީ ވަހީދު ޝަރީއަތަށް ހާޒިރު ކުރުމަށް އިންޓަޕޯލް ރެޑްނޯޓިސް ނެރެގެން ވެސް މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު، ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިރު، އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވެއެވެ. އަދި މި އެ މައްސަލާގެ އަޑުއެހުންތައް ކޯޓުގައި ފަށާފައިވަނިކޮށް އޭނާވަނީ ރާއްޖެ ދޫކޮށް ވަޑައިގެންފައެވެ.

ޢަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ ދީ، ޕާސްޕޯޓު ދޫކުރުމަށް ދަށު ކޯޓުން ކުރި ޢަމުރު ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރިއަސް، އެމައްސަލަ އޮތީ ކޯޓުގައި ހުއްޓިފައެވެ. ނަމަވެސް ޢަލީ ވަހީދު މިހާރު އުޅޭ އެޑްރެހެއް ޕީޖީއަށް ބުނެދެވިފައި ނުވުމުން ޗިޓް ރައްދުކުރާނެ ގޮތެއް ނެތިގެން ހައި ކޯޓުގައި އެ މައްސަލަ ކުރިޔަށް ނުގެންދެވި ވަނީ ހުއްޓިފައެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ޝަމީމް ރޭ ވިދާޅުވީ އަލީ ވަހީދު މިހާރު ދިރިއުޅޭ އެޑްރެސް ޕީޖީއަށް ނޭނގޭ ކަމަށް ބުނެ އެ މައްސަލަ ހައިކޯޓުގައި ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާއިރު، އެޑްރެސް ނޭނގޭ ހާލަތްތަކުގައި އަމަލު ކުރަން ޖެހޭ އިޖްރާއަތްތައް ހައިކޯޓުން ފުރިހަމަކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ މިހާރު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، މީހެއްގެ މައްޗަށް ދައުވާއެއް ކުރާކަން އެމީހަކަށް އެނގެންޏާ އޭނާގެ އެޑްރެސް ނުބުނާނެ ކަމަށާއި ދެން އޭނާގެ އެޑްރެސް ނޭނގެންޏާ ފުލުހުންނަށް އަމުރެއް ކޮށްގެން ބަންދުގައި ބަހައްޓައިގެން ހާޒިރު ކުރަން އަމުރެއް ކުރެވިދާނެ ކަމަށެވެ. އެކަމާ ގުޅޭގޮތުން ހައިކޯޓުގެ ގަވާއިދުގައި ވެސް އަދި ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ވެސް އުސޫލްތަކެއް ކަނޑައަޅަފައި އެބަހުރި ކަމަށް ޕީޖީ ވިދާޅުވިއެވެ.

"އެއީ މީހާކު ކޯޓަށް ޙާޒިރު ނުވެއްޖެއްޔާ އަމުރެއް ނެރެގެން ބަންދުގައި ބަހައްޓައިގެން އޭނާ ކޯޓަށް ހާޒިރުކުރުން. އެހެންވެ އެ ޕްރޮސެސްތައް ހިންގަވާފަ ނެތްކަމަށް އަޅުގަނޑުމެންނަށް ފެނުނީ ހައިކޯޓުން މައްސަލަ ނިންމެވިއިރު. އެހެންވެ މިއީ އަޅުގަނޑުމެން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރާކަމަކީ،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުޥީ މި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތުމަށްފަހު އެ ޢަމުރުގެ މައްސަލައަށް ޙައްލެއް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްފައި ވަނީ ހަތަރު މަސް ދުވަހަށެވެ. އަދި ޖާމިނުވާ ފަރާތެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޛހ

    އަނގަގަދަނުކޮށް ރެޑްނޯޓިސް ނެރެންންވީ އިހުލާސްތެރިކަމެއްހުރިނަމަ. ކަލޭތީ ތަންތަނަށްއަރާ ފޮނިކެނޑޭ ފެންވަރުގެ މީހެއްނޫންކަން ދިވެހިންދަނޭ

    18
    2
  2. ޞދ

    އަނެއްކާ އަނެއް ސްޓަންޓް..

    15
  3. ނަައީމް

    ސަމީމޫ ބާކީ މިއަޮއް ދޮޅުއަހަރުގަވެސް ކަލެއައް ތިކަންވާނެތަ ކަލޭވެސް ތިޔަހަރަގެން ފެއިލްވަނީ ކަމެއްލިބުނީމާ ރީތިނަމެއްނުލިބުނުތާގާ ހުސްބޭޒާރުވުންނޫންކަމެއްނުވި

    15
  4. ޙައްގުބަސް

    ކަލޭމެން މޮޅު ވާހަކަ ދައްކަނެކަމެއް ނެތް!! ކަލޭމެން ސަރުކާރުގެ މުއައްސަސާތަކުން ރާވައިގެން ޕްލޭންކޮށްގެން އަލީ ވަޙީދު ފުރުވާލީ!! އެމްޑީއެން ރިޕޯޓް ނެރުނު ޝަހިންދާ އިސްމާއީލް ފުރުވާލީވެސް!! ނެވާހޮޅިން (ވެންޓިލޭޓަރުގެ ވައްކން) ވައްކަންކުރި މީހުންވެސް ފޮރުވައިގެން ތިއުޅެނީ! އެމްއެމްޕީއާރުސީގެ އެންމެ ބޮޑު ވަގު އަދީބު އައި ޒިޔަތާ އެކު ޑީލް ހަދައިގެން އެދެމީހުން ގޭގައި ބައިތިއްބާފަ އެތިބީ ކޮންގޮތަކަށް!! މިޚިޔާނާތުގައި އެމްޑީޕީގެ އެންމެ އިސްފަރާތްތަށްވެސް ޝާމިލްވާތީ އަދީބު އުނގަށްވެއްޓި ޑީލް ހަދައިގެން ޔާމީން ޖަލަށް ލައިގެން ތިއުޅެނީ!! މިއަނިޔާވެރި ވަގު ސަރުކާތުގެ ލާއިންސާނިއްޔަތުކަން އިންތިހާއަށް ބޮޑު!! ދެން ކަލޭމެން ކުޅިކުޅެން އޮތީ ދެ އަހަރު!!

    16
    1
  5. ހުސެން

    ރަތް ނޯޓިސް އެމްޑީއެން ކުދިންނަށް ފޮނުވަން ނުކެރޭނެ ދޯ ؟ކަލޭމެންގެ ޢިހްލާސްތެރިކަމެއް ނެތޭ

    15
  6. އުގުރި

    ޕީޖީ ހުސައިން ޝަމީމް އަކީ ވަ ރަވެސް. ފޮނި ކަޑާ ސޮ ރެއް.

    17
  7. އެމަންޖެ

    ޝަމީމް އަމިއްލަ ގައިގަ ތިޔަ ނޯޓިހެއް ތަތްކޮއްގެން އުޅޭ އެވެސް މޫނުމަތީގަ.

  8. ޅަވިޔަނި

    ބާޣީން ގޭމްނުޖައްސާ 2023ގަ ކުޑަގޮޅި އޮތީ

  9. ތަކުރުފާނު

    ގަބޫލުކު ރެވޭކަހަވާހަކަދެއްކުމަށް އިލްތިމާސްކު ރަން!!!

  10. ހުކުރު އެޅި

    ފޮނިނުކެނޑިއަސް ރައްޔިތުންނަށް އަލީވަހީދު ފޮރުވި މައްސަލަ ވ.ސާފު އެއީބޮޑުން ގަސްދުގައި ބޭރަށްފޮނުވާލާފައިވާ މީހެއް

  11. ޢަހްމަދު

    ކަލެއަށް ޥާވަ ރުކަންތައްތަކާ އުޅޭ.

  12. ޖަރު

    ހެހެހެ ކަލޭ ރައްޔިތުން ބޯކާން ދެއްތޯ ... ވަރައްހީވޭ

  13. ކަނހަބު

    އަދި މި އެ މައްސަލާގެ އަޑުއެހުންތައް ކޯޓުގައި ފަށާފައިވަނިކޮށް އޭނާވަނީ ރާއްޖެ ދޫކޮށް ވަޑައިގެންފައެވެ.އޭނާ ރާއްޖެ ދޫކޮއްވަޑައިގަތީކީނޫ ން ކަލޭމެން އޭނަފޮނުވާލީ މަޑިޔަކައްޖެހިބަލަ ކަލޭމެން އޭނަނުވެސް ގެންނާނެ ނުވެސް ގެނެވޭނެ ކަލޭމެން ބޭނުންވީ ރައީސްޔާމީން ޖަލައްލާން އެވެސް ރިޔާސީ ވަޢުދާއެއްގޮތައް އެކަން ކަލޭމެންކޮއްފި ދެންތިބި ހުރިހާމީހުން އެތިބީ ސަލާމަތުން ދެން އަނގަމަޑުންލައިގެންހުރޭ މީރޯދަމަސް

  14. ވަސީމު

    ރެޑް ނޯޓިސް ނެެރެގެން ކަލޭ ޝަހިންދާ ގެންނަން ވީ އެއްނު

  15. ބޮޑުވަޒީރު

    ތިޔަރެނޯޓްސް ނެރޭއިރު އެއްކަލަ ދީނަށް ފުރައްސާރަކުރި މީހުން ބަންދުގައިބައިތިއްބައިގެން އެމައްސަލަ ތަހުގީގުކުރުމަށްވެސް ރެޑްނޯޓެއް ނެރެލައްޗޭ

  16. ޙހއ

    ޝަމީމޫ ކަލެޔަށް ވާނެކަމެއް ނޯންނާނެ.

  17. އިންޑިއާ އައުޓް

    ކިތަންމެވަރަކަށް 2023 ހައް ތައްޔާރުވިޔަސް ހާދަހާ ހީނުވެޔޭ އިންސާފުވެރި އިންތިހާބަކުން މިހާރު ވެރިކަމުގަ ތިބިމީހުންންނައް އިތުރު ފުރުސަތެއް ރައްޔިތުން ދީފާނެހެން