ގައުމީ އެއާލައިން މޯލްޑިވިއަން އިން އެތެރޭގެ އުދުހުންތަކަށް ޑިސްކައުންޓްތަކެއް ދިނުމަށް އެއެއާލައިނުން ނިންމައިފިއެވެ.

މޯލްޑިވިއަން އިން ބުނީ، އެގޮތަށް ޑިސްކައުންޓް ދޭން ނިންމާފައިވަނީ މިއަދުން ފެށިގެން ކުރިއަށް ގެންދާ ''ޕްރޮމޯޝަނަލް ފެއާ'' ގެ ދަށުން ކަމަށެވެ. މި ޕްރޮމޯޝަންގެ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮން ދުވަހަކާއި ހަމައަށް ކަމަށް މޯލްޑިވިއަން އިން ހާމަ ކޮށްފައެއް ނުވެއެވެ.

މި ޕްރޮމޯޝަންގެ ދަށުން އެކި ރަށްތަކަށް އަގުތައް ތަފާތު ވާނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

އައިލެންޑް އޭވިއޭޝަންގެ ޕަބްލިކް ރިލޭޝަން (ޕީއާރް) އަދި ކޮމިއުނިކޭޝަން މެނޭޖަރަ މޫސާ ވަސީމް ''ވަގުތު'' އަށް ވިދާޅުވީ، ޕްރޮމޯޝަންގެ ދަށުން ގިނަ ބަޔަކު ޓިކެޓު ނަގާނަމަ، ޕްރޮމޯޝަން ދިގު ދެމިގެން ދާނެ ކަމަށެވެ.

''އެއީ އަސްލު ދެވަނަ ޑޯޒު ޖަހާފައި 27 އިން ފެށިގެން ދަތުރު ކުރެވޭތީ އެ ދަނޑިވަޅާއި ބަލާފައި ރައްޔިތުންނަށް ފަސޭހަ ކުރުމަށް ޑިސްކައުންޓް ހެދީ'' މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، މޯލްޑިވިއަންގެ އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓު ނަންގަވާ ބޭފުޅުންނަށް ވެސް ޕްރޮމޯޝަންގެ ދަށުން ޓިކެޓު ނެގޭނެ ކަމަށެވެ.

މޯލްޑިވިއަންއިން ރާއްޖޭގެ 15 އެއާޕޯޓަކަށް ޑޮމެސްޓިކް ދަތުރުތައް ކުރެއެވެ. އެންމެ ފަހުން އެ އެއާލައިންގެ ޝެޑިއުލް ދަތުރުތައް ފެށީ ހއ.ހޯރަފުށީ ޑޮމެސްޓިކް އެއާޕޯޓަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިސްބަާހު

    ދެނކޮބާ ދަތުޜު ކުޜާާާާ ޢަގުތަ