ރާއްޖޭގައި ފަސް ޕަސެންޓަށް ވުރެ ކޮވިޑް-19 އަށް ވުރެ މައްޗަށް ފައްސިވާ ރޭޓު އުޅޭ ރަށްތައް އާންމުކޮށްފި އެވެ.

އެޗްޕީއޭ އިން ރޭ އާންމުކުރި ލިސްޓުގައި ހިމެނެނީ ބ.މާޅޮސް، ޅ.ނައިފަރު، ތ.ވޭމަންޑޫ، ކ.ހުރާ، ކ.ދިއްފުށީގެ އިތުރުން އދ.މާމިނގިލީ އެވެ.

މީގެ އިތުރުން މާލޭގެ ނަން ވެސް އެ ލިސްޓުގައި ވެއެވެ.

ކޮވިޑްގެ ވޭދަނަތައް މިހާރު އުޅޭރަށްތަކުގެ ތެރެއިން ފަސް ޕަސެންޓަށްވުރެ ދަށުގައި ފައްސި ރޭޓް އުޅޭ ރަށްތަކަށް ކަރަންޓީނާއި ނުލާ ދެވޭނެ އުސޫލެއް ވަނީ އާއްމުކޮށްފައެވެ.

އެ އުސޫލުގައިވާގޮތުން އާބާދީގެ 60 ޕަސެންޓު މީހުންނަށް ކޮވިޑް ވެކްސިން ގެ ޑޯޒްތައް ހަމަވެފައިވާ ނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭނެއެވެ.

އަދި އާބާދީގެ 60 އިންސައްތަ މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ޑޯޒްތައް ހަމަވެފައި ނުވާ ރަށްރަށަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފްތާ ވެފައިވާ ފަރާތްތަކަށް ކަރަންޓީނާ ނުލައި ދަތުރުކުރުމަށް ހުޅުވައިލުން ހިމެނެއެވެ.

އަދި މި ލުއިތަކާއެކު ރަށެއްގައި ކޮވިޑް-19 ގެ ބަލި އުޅޭ ނިސްބަތް ފަސް އިންސައްތައަށްވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ ޕީސީއާރު ނައްސި ޓެސްޓާއެކު ދަތުރުކުރެވޭނެ ކަމަށް އުސޫލުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު