ރާއްޖޭގެ ބޮޑު ވަޒީރުގެ މަޤާމަށް ގެންނަންް އެންމެ ގާބިލު ބޭފުޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ އެގޮތަށް ވިދާޅުވެފައި ވަނީ ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވަނީ ރިޔާސީ ނިޒާމަކީ ރަސްކަމެއް ކުރުން ކަހަލަ ކަމެއް ކަމަށް ސިފަކުރައްވާފައެވެ. އެހެންކަމުން ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮތުމަކީ އޭނާ ތާއީދުކުރައްވާ ކަމެއް ކަމަށް ވެސް މުސްތަފާ ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން ވެސް ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވާ ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ. ބޮޑުވަޒީރު ކަމަށް ރައީސް ޔާމީން ގެންނަވަން ނިންމަވާފައި ވަނީ އެމަނިކުފާނުގެ ހިންގުންތެރިކަމާއި ކެރުންތެރިކަން ހުރުމުން ކަމަށް މުސްތަފާ ވިދާޅުވިއެވެ.

"އަޅުގަނޑުގެ ނަޒަރުގައި ގައުމުގެ ބޮޑުވަޒީރަކަަށް ގެނަން އެންމެ ރަނގަޅީ ރައީސް ޔާމީން. އެއީ ހިންގުންތެރިކަން ހުންނާނެ. އެ ގާބިލްކަން އެބަހުރި. " މުސްތަފާ ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުން ނުވެގެން އުޅުއްވާ ބޭފުޅަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ކަމަށް ވެސް މުސްތަފާ ވަނީ ވިދާޅުވެފައެވެ.

ބަރުލަމާނީ ނިޒާމުގެ ބަހުސް އަލުން ފަށާފައި ވަނީ ބަރުލަމާނީ ނިޒާމު ރާއްޖެ ގެނެސް ބޮޑުވަޒީރުކަން ކުރަން ބޭނުންވާގައުމު ހިންގަވަން ބޭނުންފުޅުވާ ކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވާފައި ވަނިކޮށެވެ. އޭނާ އެކަން ފާހަގަކުރައްވައި ނަޝީދު، ރައީސް ސޯލިހަށް ފޮނުއްވ މެސެޖެއްގައެވެ.

އެމެސެޖުގައި ރައީސް ނަޝީދު އެދިވަޑައިގަތީ 2023ގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށެވެ. އަދި އާ ސަރުކާރެއް ހޮވުމުގެ ރިޔާސީ އިންތިހާބު އެ އަހަރު ނުބޭއްވުމަށް ވެސް އެދިވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަލީކޮއި

    ވަރަށް ހީލަތްތެރި ވާހަކައެއް، ތިޔަބަސް ތިޔަ ގޮތަށް ބުނެގެން ޔާ މީނުގެ ސަޕޯޓަރުން އަންނި ބޮޑުވަޒީރުކަ މަށް ގެންނާކަށް މަރުފައްޔެއް ނުޖަހާނެ.

    16
  2. ވަތަނީ

    މުސްތަފާ އެވިދާޅުވީ ތެދުފުޅެކެވެ ބޮޑުވަޒީ ރު ކަމަށް އަދި
    ރައީސް ކަމަށްވެސް އެންމެގާބިލް ބޭފުޅަކީހަމަ ރ ޔާމީނެވެ.
    ލީޑަ ރޝިޕް ސަ ރުތުތައް ފު ރިހަމަވަނީ އެމަނިކުފާނުގެއެވެ.

    20
    1
  3. ނުނނު

    ވައްކަންކުރުމަށް ޔާމީން ވަރެއްނެތް !

    14
  4. ނަައީމް

    ރައީސްޔާމީންގެ ދުރުވިސްނޭ ސިޔާސަތަކީ ގައުމާއި މެދު ވިސްނައިފި ކޮންމެ މީހަކު އެމައިކުފާނައް ސަނާކިޔާނެ ކަމެއް

    16
  5. ހަހަ

    ރައީސްކަމަށްވެސް އެންމެ ރަގަޅީ ޔާމީން. އެކަމު ޔާމީން ވެރިކަމަށް އައުމުގެ ބޭނުމެއް ނެތް. ރައްޔިތުންނަށް އިތުރަށް ކަންކަން ކޮށްދިނުމުގެ ބޭނުމެއް ނެތް. އަންނިއާ އިބޫގެ ގަނޑުވަރުތެރޭ ތަޅާފޮޅުމުގައި ކަމެއްކޮށްނުދެވި ދުވަސްތައް ދުއްވާލީމަ އެލިބެނީ ވޯޓުން ޔާމީން ބަލިކޮށްގެން ހޯދަން އުޅުނު ހައްގު މިންވަރު.