މިދިޔަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު އޭޑީކޭ ގައި ވިހެއުމަށް ފަހު ނިޔާވި ސަލްމާ ނަސީރަށް އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅަން މަސައްކަތް ކުރާނެ ކަމަށް އެ މައްސަލައިގައި އޭނާގެ އާއިލާގެ ފަރާތުން ކަނޑައަޅާފައިވާ ލޯފާރމް، އެޑްވޮކެސީ ޗެމްބާސް އިން ބުނެފިއެވެ.

ސަލްމާ ނިޔާވުމާއި ގުޅިގެން، މިހާދިސާ ހިނގައިދިޔުމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް ވޭތޯ ބެލުމަށް ފަހު އެކަމާއި ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުުމަށް ސަލްމާ ނަސީރުގެ އާއިލާގެ ފަރާތުން ވަނީ އެ ލޯ ފާމް އާއި ހަވާލުކޮށްފައެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެ ޙާދިސާއާއި ގުޅިގެން އިހުމާލުވެފައިވާ ފަރާތެއް ވޭތޯ ބެލުމަށް ފަހު އިހުމާލުވެފައި ވާނަމަ، އެފަރާތްތައް ޒިންމާކުރުމަށް ޖިނާއީ އަދި މަދަނީ ޤާނޫނީ ނިޒާމުގެ ތެރެއިން ލިބެން ހުރި ޙައްލުތައް ހޯދައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެ ފާމުން ނިންމާފައިވާ ކަމަށެވެ.

" މިފަދައިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ސިއްޙީ ފަރުވާ ދޭ ޚިދުމަތްތެރިންނާއި އަދި ފަރުވާދޭ ތަންތަނުގެ އިހުމާލުން ބަލިމީހުންނަށް ލިބޭ ގެއްލުންތައް މަދުކުރުމުގެ ގޮތުން އެފަރާތްތަކާއި އެތަންތަން ޒިންމާކުރުވުމުގެ ގޮތުން ކުރަންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި މަރުޙޫމާ ސަލްމާ ނަސީރުގެ އާއިލާއިންނާއި މިލޯފާމް ފަރާތުން ދެކެމެވެ”. އެ ބަޔާނުގައި ވެއެވެ.

އެގޮތުން 03 ފެބްރުއަރީގައި ހިނގައިދިޔަ ޙާދިސާ ބަލައިދިނުމަށް އެދި އާއިލާގެ ފަރާތުން ހެލްތް މިނިސްޓްރީއަށް 19 ފެބްރުއަރީ ގައި ހުށަހެޅި ކަމަށް އެ ބަޔާނުގައިވެއެވެ. އަދި އެ މިނިސްޓްރީ އިން އެކަން ހިނގިގޮތް ބެލި ބެލުމުން ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ސަލްމާ ނަސީރަށް ފަރުވާ ދިނުމުގައާއި ފަރުވާ ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވުމުގައި ހޮސްޕިޓަލުގެ ފަރާތުން ވާންޖެހޭ ތައްޔާރީތައް ފުރިހަމަކޮށްފައިނުވާކަމަށް ފާހަގަކުރެވިފައިވާކަމަށް އެމިނިސްޓްރީ އާއި ހަވާލާދީ އެ ބަޔާނުގައި ފާހަަގަކޮށްފައިވެއެވެ.

" އެގޮތުން ބަލިމީހާގެ ގަޔަށް ވަގުތުން ލޭ އެޅޭނެ އިންތިޒާމް ހަމަޖައްސާފައިނުވާކަމަށާއި އަދި ބަލިމީހާގެ ހަށިގަނޑުން ލޭ ފޭބި މިންވަރު ރަނގަޅަށް އަންދާޒާކުރެވިފައިނުވާކަމާއި އެކަށީގެންވާ ފަރުވާ ދިނުމުގައި ލަސްތަކެއްވެފައިވާކަން މިނިސްޓްރީ އޮފް ހެލްތު އިން ބެލި ބެލުމުން ފާހަގަކުރެވިފައިވާކަމަށް އެމިނިސްޓްރީ އިން ބަޔާންކޮށްފައިވެއެވެ." އެ ބަޔާނުގައިވެއެވެ.

ސަލްމާ ނިޔާވި މައްސަލަ ތަހުގީގުކޮށް، އޭނާގެ ފިރިމީހާއަށް ހެލްތު މިނިސްޓްރީން ފޮނުވި ތަހުގީގު ރިޕޯޓްގައި ވަނީ ވިހެއުމަށްފަހު ސަލްމާގެ ހަށިގަނޑުން ވަރަށް ގިނައިން ލޭ ބޭރުވި ނަމަވެސް ހޮސްޕިޓަލުން ލޭ އަޅައިފައި ވަނީ އޭނާ ވިހެއިތާ ތިން ގަޑިއިރު ފަހުން ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވަނީ، ސަލްމާ މި ހޮސްޕިޓަލަށް އައީ އާންމު ހާލަތުގައި ވިހެއުމަށް އަންނަ އެހެން ފަރާތްތަކެކޭވެސް އެއްގޮތަށް ކަމަށާއި، އަދި ވިހެއުމުގެ ކަންކަން ގޮސްފައިވަނީވެސް އާންމުކޮށް ވިހެއުމުގައި ބަލާ މިންގަނޑުތަކާއި އެއްގޮތަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ގެރިމޯދީ

    މަހީކުރީ ކޮވިޑު ނުޖެހެންޏާ މީހުން މަރު ނުވަނީކަމަށް. ލޮކްޑައުންގަ ފަރުވާ ނުދީ ވީ ހުރިހާ އިހުމާލެއް ބަލާ ދައުވާ ކުރަންޖެހޭ

    4
    1
  2. ކާސިމްބެ

    މި ސަރުކާރަށް ހަލާކު ހުރި.. ހުސް އިހުމާލު

    6
    1
  3. ބަކަރި

    މީ ހުސް މި ސަރުކާރު ކަންތައް. ރައީސް ސޯލިހު ޖެހޭ އިސްތިއުފާ ދޭން. ލޮކްޑައުންކޮށްގެން މުޅި ގައުމު ހަލާކުކޮށްފި

    5
    2
  4. އެމަންޖެ

    ކެނެރީގޭ ނަޝީދު ވެރިކަމައް ކޮވިޑްވީ ކުޅޭ އެއްޗަކައް ، މާބަނޑު ކިތައްމީހުންތޯ ކިތައް ކުދިންތޯ ކޮވިޑާ ގުޅިގެން މިދުނިޔެ ދޫކުރީ ، ނަޝީދާ ދޭތެރޭ ފިޔަވަޅު އަޅަން ގޮވާލަން އަދި މިހާރު މިގައުމުގެ ބޮޑުވަޒީރައްވާން އޭނާ އެކުރާ މަސައްކަތް ނާކާމިޔާބު ކުރައްވާށި...އާމީން.

    1
    1
  5. ވިސްނޭ

    ދެން ބޮޑުވަރު ސަރުކާރަށް އެއްޗިސް ނުކިޔާ ހަމަ ނުތިބެވެނީތަ. ނުވިސްނޭ ދިވެހިން. އެމީހެއްގެ އަޖަލު ގެހުމުން އެމީހަކު ވަކިވެދާނެ. ކިތައްމެ ފަރުވާއެއްކުރި ކަމުގައިވިޔަސް. ކޮމެންޓު ކުރިމީހުންތިބިތަ އެތަނުގަ އެކަމެއްވީއިރު އެމީހުން ބޮލަށް މިކަންޖަހަން. އެހެންޔާ ސޯލިހުވިއްޔާ ހުރީ އެތާ. ނުވިސްނޭ ދިވެހިން. ކަމެއްވާއިރަށް ސޯލިހު ސަރުކާރު.

  6. އަކުރަމް

    އޭޑީކޭއިން ވަރަށް ދޮގުހަދާ އޮޅުވާލާނެ. މީގެ ކުރިންވެސް އޭޑީކޭގަ އެބަހުރި އިހުމާލުން މީހުންގެ ފުރާނެ ގެއްލިފަ އަދި ޒިންމާނުނަގާކަން ފާހަގަކޮށްލަން. ހިދުމަތެއް ވަކި ރަގަޅެއްނޫން. ނަންވެފަ އޮންނަނީ. ނުވިތާކަށް ހިދުމަތުގެ އަގުތައްވެސް އިންތިހާއަށް ބޮޑު.

    1
    1
  7. ކަލޯ

    އޭޑީކޭ އަކީ ސަރުކާރު ހޮސްޕިޓަލެއް ނޫން