ދައުލަތުގެ ޙަރަދަށް ޒިންމާވުމުގެ ޤާނޫނަށް އަމަލުކުރުން ފަސްކުރުމަށް ދެވިފައިވާ އިސްތިސްނާގެ މުއްދަތު އިތުރުކުރުމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހަށް ހުށަހެޅުއްވި ހުށަހެޅުން މަޖިލީހުން ގޮތެއްނުނިމި ދިޔައީ ސަރުކާރުގެ ބައެއް ވަޒީރުން، މަޖިލީސްގެ އެމްޑީޕީގެ ލީޑަރ ޝިޕާއި މަޝްވަރާ ކުރުމުގެ ބަދަލުގައި ބައެއް މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވާ ވަކި ގޮތަކަށް ކަންކަން ކުރަން އުޅުމުން ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭގައިވާ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯކުރުމަށް (ފައިސާ އިތުރަށް ޗާޕްކުރުމަށް) ރައްޔިތުންގެ މަޖިލީހުން ސަރުކާރާރަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރަން އިއްޔެ ހުށަހެޅި ހުށަހެޅުމާ މެދު ގޮތެއް ނުނިމި، ރައްޔިތުންގެ މަޖިލީހުން އެ މައްސަލަ ބޭރުވެފައިވާ ކަަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި އިއުލާން ކުރެއްވިއެވެ.

ނަޝީދު އެގޮތައް އިއުލާން ކުރެއްވީ "ނަޝީދު ފެކްޝަން" އިން އެމައްސަލަ ހާއްސަ ކޮމެޓީއަކަށް ގެންދަން ހުށަހަޅައި އެގޮތައް ފާސް ނުވުމުންނެވެ. ވިލުފުށި ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފު ހުށަހެޅުއްވީ ހާއްސަ ކޮމިޓީއެއް ނަގައިގެން އެ މައްސަލަ ދިރާސާ ކުރުމަށް ފަހު ގޮތެއް ނިންމުމަށެވެ. އޭނާގެ ހުށަހެޅުމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ތާއީދު ކުރެއްވި އެވެ. ނަމަވެސް ވޯޓަށް އެހިއިރު ޖަލްސާގައި އެ ވަގުތު ތިއްބެވި 60 މެމްބަރުންގެ ތެރެއިން 48 މެމްބަރުން ވޯޓު ދެއްވީ އެ ހުށަހެޅުން ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ވޯޓުގެ ނަތީޖާ އިއުލާނު ކުރެއްވުމަށް ފަހު، ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މެމްބަރުން އެ ގޮތަށް ވޯޓު ދެއްވުމުގެ ނަތީޖާއަކީ މުޅި މައްސަަލައާ މެދު މަޖިލީހުން ވަކި ގޮތެއް ފާސްނުވެ، މައްސަލަ ނިމުން ކަމަށާއި މީގެ މާނައަކީ ފިނޭޭންސްގެ ހުށަހެޅުން މަޖިލީހުގެ ތަޅުމުން ބޭރުވުމެވެ.

ބައެއް މެންބަރުން ވިދާޅުވާ ގޮތުގައި ނަޝީދު އެމައްސަލަ ބޭރުކޮށްލެވީ ވަގުތީ ކޮމެޓީއަށް މައްސަލަ ނުފޮނުއްވުމަށް އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ބައެއް މެންބަރުން އަރިހު ވިދާޅުވެ އަދި އެގޮތައް މަޖިލީހުން ފާސްކުރުމުން އެކަމާއި ހިތްހަމަނުޖެހިގެންނެވެ.

ރައީސް ސޯލިހް ފެކްޝަންގެ މެންބަރެއް ކަމަށްވާ މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒު ވިދާޅުވީ ގުތީ ކޮމިޓީއެއް ނުއުފެއްދުނަސް މާލިއްޔަތު ކޮމިޓީ އަށް އެ މައްސަލަ ދާން އެ އޮންނަ ދާއިމީ ކޮމިޓީ އަށް އެ މައްސަލަ ދިއުމަކަށް ހުރަހެއް ނޯންނާނެ ކަމަށެވެ.

ރައީސް ސޯލިހް ފަޅީގެ މެންބަރުން ގެންދަވަނީ މިއަދު ނަޝީދު އެމައްސަލަ ބޭރުކޮށްލެއްވުމުން އެކަމާއި ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. ނަމަވެސް މިމައްސަލައިގައި ސަރުކާރުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ނަައީމް

    ކުރަ ޗާޕް ކުރަ ބާކީ ދެއަހަރައްވާވަރައް ޗާޕްކުރަ

    19
    1
  2. ހަޖަމު

    ތިޔަބައިިގަނޑު ރަނގަޅުވާނީ މަގުމަތީގަ ހޭރެން

    29
  3. ޣ

    ޙަތަރެސްކަން ހަމަވަނީ...އެންމެ ފަހުން މިމީހުންތަޅާ ހަލާކުވާނީ...ބަލަންތިބޭތީ

    29
  4. ޛ

    ބޫންކިޔާފައި ގެސްޓުން އަންނަކަމުގެ ފޮނިގަޑައެވެ. ޢެކަމަކު ގައުމަކުލާރިއެއްނެތް. ފީކަޅާބައެއް

    28
  5. އަކްމެޑް

    ބޭންކުތަކުން ލޯނުގެ ފުލްޕޭމަންޓް ނަގަން ފަށައިފި. ފައިސާ ލިބޭނެ ގޮތެއްނެތް

    24
  6. ލާލު

    މީހުންކިޔާ މިކަލޭގެ އެމްއެމްޕީއާރުސީގެ ފައިސާ ދެފަހަރައްނެގިވާހަކަ

    10
  7. ޙހހހ

    މިދެން ޤައުމު ދެކެ ލޯބިން އުޅޭބައެއްވެސްނޫންތާ ، ހަމަ ހަސަދަވެރިކަން ނޫންކަމެއްނެތް ، މިމީހުންނާއި ދިމާލަށް ބަޔަކަު އެއްޗެއްވެސް ނުބުނަންވީ ، ކޮކަޑި ކާގެން އުޅޭ މީދާތަކެއްހެން މިމީހުން މިއުޅެނީ ، މުޅި މަޖިލީސް ކިލަނބުކޮށްފި ، ރައްޔިތުންގެ އަޑެއް ނާހާ ، އަމިއްލަ އަންބޮނޑި ބޮޑުކުރުން ނޫންކަމެއްނެތް

    10
  8. ކުރީގެ އެމްޑީޕީ މެމްބަރެއް

    މިހާރު އިދިކޮޅު ޕާރޓީ އިން ތިބެންވީ ހަމަ އަތް ޖަހަން ގޮނޑީގަ. އެމްޑީޕީން އުޅެނީ 3 ރާތާ ކަންވާރެއް ގޮށް ޖެހިގެން އެކަން ނުވެގެން އަމިއްލަ ޕާރޓީ ދެބައިވެ ކަންވާރު ބުރި ކުރާ ހިސާބަށް އެދަނީ. ބޮޑު ވަޒީރަށް ވަރަށް ސަލާމް 2023 ގަ ވެސް.

  9. އަންދަރޭސް

    ބަލަ ތިޔަ މައްސަލަ އެބަޖެހޭނު އިމްތިޔާޒު ކޮމެޓީއަށް ފޮނުވަން. ތަހުޤީގު ފަށަން. ފައިލް ކޮށްލަން ނަމަވެސް އެކޮމެޓީ ބާއްވަން ފެނޭ.

  10. ދިވެހިސޮރު

    ގައުމު ކައިހުސްކޮށްފި

    10
  11. އެހެނެއްނޫން

    ނުބައި ނުލަފާ މަކަރުވެރި ގޮތެއް ފޮތެއް ނެތް ދޮގުވެރި ހިޔަޅު ޑިކްޓޭޓަރު ކަލޭގެއަށް ބޮޑުވަޒީރުކަން ދޭން އާ ބަސް ނުބުނެގެން ސަރުކާރަށް ޖެއްސުންކުރަނީ. މި ނުލަފާ ކަލޭގެ ކިބައިން ރައްޔިތުންގެ މަޖިލިސް މިންޖުކުރުމަކީ މިހާރުން މިހާރަށް ކުރަންވެއްޖެ ކަމެއް. އަދި މި ޚުދުމުޚުތާރު ކަލޭގެ ނުބައިކަމުން އެމްޑީޕީވެސް ސަލާމަތްކުރަންވެއްޖެ.

  12. އަހުމަދު

    ބުރޯހެދިގެން މުޅި މިގައުމު ހަލާކު ކުރަނީ.

  13. އެމަންޖެ

    މޑޕ މީހުން އެކަނި މިގައުމުގަ ދިރި އުޅެންވީ.

  14. ކަނބާ

    މިމީހުންގެ ބޭނުމަކީ މިޤައުމު ބަގުރޫޓުކޮށްލައި ޤައުމު އިންޑިޔާގެ އަޅުވެތިކަމަށް ގެންގޮސް އިންޑިއާގެ އަވަށަކަށް މިޤައުމު ހެދުމެވެ.

  15. ނާޝިޒް

    ބުރާންތިއާ ކަލޭ ދޮގުހަދާއިރު ރައްޔިތުންނައް އިނގޭ ތިހަދަނީ ދޮގުކަން ތި ބޭރުކޮށްލީ ރައީސް ސާލިޚް ގެ ފެކްޝަނުން ތިބައިގަނޑު ބޭނުންވީ ފައިސާ ޗާޕްކުރަން އަދިވެސް ކެވުނުލޭ މަދަކަމުން މުޅި ޤައުމު ބަނޑުއަޅާލާފި ބުއްޅަބެއަށް ބޮޑުވަޒީރުކަން ދޭންވެގެން......

  16. މާލޭވަޒީރު

    އިއްޔެ ނޫހެއްގައި އޮއްވާފެނުނު މިއަހަރު ރާއްޖެގެ އިގްތިސޯދު 40ޕަސެންޓް ކުރިއަރާނެވާހަކަ. ފައިސާޗާޕްކޮށްގެން އިގްތިސޯދު ކުރިއަރަނީ ކިހިނެއްބާ؟