މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 162 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން 76 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު ފައްސިވީ 68 މީހުންނެވެ. އިތުރު 14 މީހުން ރިސޯޓްތަކުން އަދި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށަކުން ހަތަރު މީހަކު މިއަދު ވަނީ ފައްސިވެފައެވެ.

ރާއްޖެ އިން މިއަދު 162 މީހުން ކޮވިޑަށް ފައްސިވެފައި ވަނީ 2873 މީހުން ކޮވިޑަށް ޓެސްޓް ކޮށްގެންނެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމާއިއެކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވެސް އަންނަނީ އިތުރު ވަމުންނެވެ. މިހާރު 74 މީހަކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ރާއްޖެ އިން މިހާރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން މިއަންނަނީ މިމަހުގެ 12 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށްޓަކައި ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އުވާލުމުން ކަމަށް ބެލެވެއެވެ. ކައުންސިލް އިންތިހާބުގައި ވޯޓްލާ މަރުކަޒުތަކުގެ ބޭރުގައި ވެސް ކޮވިޑުން ރައްކާތެރިވުމަށް ގައިދުރުކަން ބަހައްޓާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު