ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު މަޤާމުން ވަކިކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ އެމްޑީޕީ ބައެއް މެންބަރުން މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ.
ޓޮމް މިހެން ވިދާޅުވީ މަރުކަޒީ ބޭންކް އެމްއެމްއޭގައިވާ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯކުރުމަށް (ފައިސާ އިތުރަށް ޗާޕްކުރުމަށް) ރައްޔިތުންގެ މަޖިލީހުން ސަރުކާރާރަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރަން އިއްޔެ ހުށަހެޅި ހުށަހެޅުމާ މެދު ގޮތެއް ނުނިމި، ރައްޔިތުންގެ މަޖިލީހުން އެ މައްސަލަ ބޭރުވެފައިވާ ކަަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި އިއުލާން ކުރެއްވުމުން އެމްޑީޕީގެ ރައީސް ސޯލިހް ފެކްޝަންގެ މަޖިލިސް މެންބަރުން ނުރުހުން ފާޅުކުރަމުން ގެންދަނިކޮށެވެ.
ޓޮމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ވެއްދުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތެރޭގައި މަޝްވަރާކުރެވެންފަށައިފި ކަމަށާއި "ނަގޫ ގޮއް މިޖެހެނީ އެބޭފުޅުން އެބޭފުޅުންނާ" ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ވެއްދުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތެރޭގައި މަޝްވަރާކުރެވެންފަށައިފި. ނަގޫ ގޮއް މިޖެހެނީ އެބޭފުޅުން އެބޭފުޅުންނާ. pic.twitter.com/yNfA2mybwx
— Ahmed Thariq (@AhmedThaariq) April 20, 2021
ފައިސާ ޗާޕް ކުރުމުގެ މައްސަލަ މަޖިލީހުން ގޮތެއް ނުނިންމި ބޭރުކޮށްލީ ސަރުކާރުގެ ބައެއް ވަޒީރުން، މަޖިލީސްގެ އެމްޑީޕީގެ ލީޑަރ ޝިޕާއި މަޝްވަރާ ކުރުމުގެ ބަދަލުގައި ބައެއް މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވާ ވަކި ގޮތަކަށް ކަންކަން ކުރަން އުޅުމުން ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވަނީ މިރޭ ވިދާޅުވެފައެވެ.
ނަޝީދުގެ ފެކްޝަނުން ބޭނުންވީ ފައިސާ ޗާޕް ކުރުމުގެ މައްސަލަ ހާއްސަ ކޮމެޓީއަކަށް ފޮނުވައިގެން ދިރާސާ ކުރާށެވެ. ނަމަވެސް ހުށަހެޅުން ވަނީ ރައީސް ސޯލިހްގެ ފެކްޝަނުން ފެއިލް ކޮށްލާފައެވެ.
މާލަސްވެއްޖެ
މުސްލިމު ޤައުމެއްގެ މަޖްލީހުގައި ޤުރްއާނުގެ އާޔަތް ކިޔަން މަނާކުރާ މީހަކު ކުފޫހަމަ ނުވާނެ.
ޤުރުއާނާއި ޙަދީޘްގެ ދޮގު ނުކުރެވޭނެ.
އެއަށް ޢަމަލު ކުރަން ބިރުގަންނަ މީހަކަށް ކޮން ރައީސްކަމެއް ދޭކަށް. ﷲ ޒިކުރު ނުކުރެވޭ މަޖްލީހަކީ ހުރުމަތް ކެނޑިފައިވާ ތަނެއް.
އެމްޑީޕީއަކީ ނަޝީދު ، ނަޝީދު ނެތިޔެއް އެމްޑީޕީއެއްވެސް ނޯންނާނެ.
މާލަސްވެއްޖެ ދިވެހިސަގާފަތާ އިސްލާމްދީން މިގައުމުގައި ދަމަހައްޓަން ބޭނުމިއްޔާ ތިވޯޓް އަވަހަށް ނަންގަވާ
ރަނގަޅު ތިޔަކަލޭގެ މަޖްލިހުން ބޭރުކުރުން މާލަސްވެއްޖެ
ސުވާލަކީ ތިޔަކަން ކުރަން ރައީސް އައްކެރޭނެހޭ
ކަލޯ ގަޔާ ތީމާލަސްވެސް ވެފައި ނުކުރެވިފަ ހުރި ކަމެއް.. އަދި ތީގަ މޮޅު އިތުރު ގޮތަކީ މި ގައުމުއް ވެސް ބޭރުކުރުން..
މީކުރާކަމަކަށް ވާނަމަ މީޖަހާ މަޅިއެއް ބޭނުމަކީ ބޮޑުވަޒީރަށް މަގުކޮށުން މަކަރުވެރި ވަގުންގެ ރޭވުން މާކުރިން ފަޅާއަރާ އެހެންތަވާނީ ކުރާކޮންމެކަމެއްގެ ފަހަތުގަ މަކަރާހީލަތުން ފުރިފައޮންނަނީ މިކުޅިވަރު ކުޅޭތަން ބަލަންތީބުން ނޫންކަމެއް ނުކުރާނެވިއްޔަ ހެހެހެހޭ
ދެގެރިތަޅަންޏާ އިންޑިއާ ގެރިޔަށް ބާރުކުރާނެޔެވެ.
ނަޝީދު ބަހައްޓަވަންވީ ޖަލުގައި. އޭނާ ވެރިކަމުގައި ހުންނެވިއިރު ޣާޟީއެއް ޤާނޫނާއި ޚިލާފަށް ހައްޔަރުކުރުމުގެ ސަބަބުން ޝަރީޢަތްކޮށް އޭނާގެ މައްޗަށް އިއްވާފައިވާ ޙުކުމް ރަނގަޅުކަން އެނގެނީ އިސްތިއުނާފް މަރްޙަލާ ނިމުނުއިރުވެސް އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިނުވުން. ވީމާ އޭނާ ބަހައްޓަންޖެހޭނީ ޖަލުޙުކުމް ތަންފީޒުކުރުމަށްޓަކައި ޖަލުގައި. ކުއްވެރިން ޖަލުންނެރި ރައްޔިތުންނާއި ގުޅުންހުރި ބޮޑެތި މަޤާމްތަކަށް ލުމުގެ ސަބަބުން މުޅި ޤައުމުމިދަނީ ބޮޑު އަނދަވަޅަކަށްވެޓެމުންނެވެ.
ދާއްބަ ގަނޑު ބޭރުކޮށްލަންވީ.. މީނަގެ އަވައިގައި ޖެހުނު ރަށްޔިތުން މިއަދު ކަރުނަ އަޅަނީ.. އަދިވެސް ރަށްޔިތުންނަށް ނިކަމެތިކަން ދިނުމަށް މީނާ ކުރަމުންދާ މަސައްކަތް ހުއްޓިވައި ބޭރުކޮށްލަންވީ..
ތިޔަކަން ލަސްވެއްޖެ ކަންނޭނގެ...
މަހާސިންތާއެއް ބާއްވައިގެން ނަމަވެސް މި މަކަރުވެރި ނުބައި ނުލަފާ ހިޔަޅު ބުއްދީގައިއުޅޭ ދޮގުވެރި ޑިކްޓޭޓަރު ކަލޭގެ ކިބައިން ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީ ސަލާމަތްކުރަންވެއްޖެ.
ތިކަމަށް އިންޑިއާއިން ޚަ ރަދުކޮށްފާނެބާ... މިއަޑުފެތުރެމުންދާ ގޮތަށް...
މިކަން ރަނގަޅަށް ދާނަމަ ވޯޓް ނަގާނީ ރައީސް ނަޝީދާ ނައިބް ރައީސް އީވާ ދެމީހުންނަށް އެކީ. ނޫންނަމަ މިއީ ވާނީ ނަޝީދު އެތަނުގެ ރައީސް ކަމަށް އަންނަން ކުޅުނުފަދަ ޑްރާމާ ފިލްމަަކަށް. ނަޝީދު ދުއްވާލާފަ އީވާ ރައީސް ކަމަށް އައިސްފިނަމަ އެވާނީ ހާންދާނީ އާއިލީ ރަސްކަމެއް ކުރުމަށް މަގެއް ކޮށީ ކަމަށް. އަދި އެވާނީ ބަރުލަމާނީއަށް ފުރުޅާލަން އިބޫއަށް ވެސް ޗޮއިސް ހުސްކޮށްލަން ޖައްސާ ގޭމަކަށް. އިންތިގާލީ ބޮޑުވަޒީރު އީވާ އަތުން އެއެއް އަތުނުލުވިގެން ނަޝީދު ދެންފެންނާނީ ޒުހޭގެ ބޯ ހާވާތަން. މިފެންނަނީ ފިކުރެކޭކީ ޕާޓީގެ ނަން ބޭނުންކޮށް ހާންދާނީ ރަސްކަމަކަށް ފޮރޮޅެން އެނބުރޭ އެނބުރުން.
ދެވަނަ ގޮތަކީ މިއަށް އެއްވެސް އެމްޑީޕީ އަކު މީހެއް ވޯޓް ނުދިނުން.. އެމީހެއްގެ ގާބިލްކަން ދައްކާގެން މަޖްލީހަށް ވަތް މީހެއް އޭގެ ތެރޭގައި ނެތް..ނަޝީދު ނަން ނޫނީ ފޮޓޯ އެންމެން ނެގޫ އެތަނަށް ވަނުމަށް
ހަޤީޤަތުގައިވެސް ނަޝީދު މަޤާމުން އަޒުލު ކުރަން ޖެހޭ. ޤާނޫން އަސާސީ އިން ލާޒިމު ކުރާ އިންތިޚާބު ނުބޭއްވުމަށް ނަޝީދު ރައީސް ސޯލިހް އަށް ހުށަހެޅި. ރައްޔިތުންގެ ސިއްރު ވޯޓަކުން ރައީސުލް ޖުމުހޫރިއްޔާގެ މަޤާމަށް މީހަކު އިންތިޚާބުކުރުން ޤާނޫން އަސާސީ އިން ލާޒިމް ކޮށްފައި ވަނިކޮށް ރައީސުލް ޖުމުހޫރިއްޔާގެ މަޤާމަށް މަޖިލިހުން މީހަކު އައްޔަންކުރުމަށް ނަޝީދު ހުށްހެޅި. މިހުރިހާ ކަންކަމަކީ ޤާނޫން އަސާސީގެ ބާރުކަނޑުވާލުން. މަޖިލިސް ރައީސްގެ މަޤާމުގައި ހުރެ ޤާނޫން އަސާސީގެ ބާރު ކަނޑުވާލުމަށް ދައުލަތުގެ އެންމެ މަތީވެރިޔާ އަށް ލިއުމުން ހުށައެޅުމަށް ވުރެ ބޮޑު ޤާނޫނީ ކުށެއް ފަހެ ކޮބައިތޯ؟ އަދި ލިއުމުން ދައުލަތުގެ އެންމެ މަތީވެރިޔާ އަށް ހުށަހެޅި ލިއުމަށް ވުރެ ބޮޑު ހެއްކެއް ޤަރީނާއެއް މީނާ އަޒުލު ކުރުމަށް ފަހެ މިކަމުގައި ބޭނުންވޭތޯއެވެ؟
ފައިސާ ޗާޕްކޮށްގެން ރައްޔިތުންގެ މުދަލާއި ފައިސާއިން
ބައެއް ސަ ރރުކާ ރަށް ނެގުމަކީ ކޮށްގެންވާނެ ކަމެއްނޫނެވެ
މިކަން ހުއްޓާލުމަށް ސަ ރުކާ ރަށް ގޮވާލަމެވެ.
ރައީސް ޞާލިޙް ހަމަޖެހިލައިގެން ރައްޔުތުންނަށް ފައިދާ ހުރިގޮތެއްގައި ވެރިކަން ކުރައްވަން ބޭނުންނަމަ އަންނި މަޤާމުން ވަކިނުކޮށް ވެރިކަން ކުރުމަކީ ވަރަށް އުނދަގޫކަމަކަށް ވާނެއެވެ. އެހެނީ ވެރިކަމުގެ ކަންކަމުގެ ތެރެއަށްވެސް އަނގަބާނައި ހާޖާނު އުފައްދާތީއެވެ. ރިޔާސަތުގައި އިންނަ މީހާވެސް ހީވާނީ އެތަނަށް ބަހުސްކުރަން އަރުވާފައި އިން މީހެއްހެނެވެ. ޙަޤީޤަތަކީ ރައީސް ޞާލިޙަކީ ވަރަށް މަޑުމައިތިރި ހިތްތުރި ކަންކަން ރަނގަޅުކުރަން ބޭނުންވާ ބޭފުޅެއްކަމެވެ.
ތިއީ މިހާރުވެސްލަސްވެއްޖެކަމެއް މަޖިލިސްގެރައީސްކަމަށް ނަޝީދުގެންނެވިބޭފުޅުންނަށް ކުރިން
ވެސްއެނގިލައްވާނެ ތިއީ ރާއްޖޭގެ ވެރިކަންހާވާލްކުރުމުން ކުރެވޭނުކުރެވޭކަމެއްނޭގި، ބުނުއްވޭބަހެއް
ނޭގެ ( ހުރިނުލަފާކަންދައްކާލާނެކަމަށްބުނުން ކަނާތުންކުރާކަންތައްވާތަށްވެސްނޭގޭނެކަމަށްބުނުއްވުމާ
ތިއީ ރައްޔިތުން ލޮލުގައި އަދުން އަޅުވަން ކުރާ ކަމެއް. މަކަރުން ކޮންމެވެސް ބޮޑުކަމެއް ކުރަން އެ އުޅެނީ
އަވަސްކުރައްވާ އެއީ ދީނާ،ގައުމަށްޓަކާ،ގައުމުގެ ރަށްޔިތުންނަށްޓަކާވެސް ކޮންމެހެން ކުރަންވެއްޖެ
ކަމެއް ނޫނީ ގައުމުގެ މިނިވަންކަންގެއްލިމާތްވެގެންވާ އިސްލާމްދީންގެ ހައިބަތުކުޑަކޮށް ގައުމުގައި
އެހެންދީންތައްފެތުރި މާﷲއަށްޝިރުކުކުރާ ފައްޅިތައްއެޅުން އެއީ ވަރަށްގާތްކަމެއް އެމް،ޑީ،ޕީން
ގައުމާ،ގައުމުގެރަށްޔިތުންދެކެލޯބިވާނަމަ އަދިމާތްވެގެންވާއިސްލާމްދީނަށްމިގައުމުގައިފުރުސަތުބޮޑުކުރަންް
ބޭނުންވެލައްވާނަމަ ހިތްވަރާޖޯޝާއެކު ކެރިގެންކުރިމަތިލާ ތިކަންއަވަސްކުރައްވާ
މުޅި މަޖިލީހުންވެސް ނެރެލަންވީ. އެކަމަކު ބަލަ ރާވަފަ އޮތް ގޮތް. ނަސީދު ނެރެލާއިރަށް އޭނަގެ ކޮއްކޮ އީވާ ރައީސަކަށް ވާނީ.
އާއިލީ ވެރިކަން ނަންވަނީ މައުމޫނު. އެކަމަކު މި މީހުންވެސް ކުރަނީ އެއްކަމެއް.
އެގޮތަށް އިބޫވެސް އެހުރީ ރައީސްކަމަށް އަރުވާފަ.