ސައިކަލެއްގެ މަޑިދަށުން މޯބައިލް ފޯނެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން މިއަދު އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުންގެ ވެބްސައިޓްގައި ވީޑިއޯއެއް އާއްމުކޮށް ފުލުހުން ވިދާޅުވީ ވީޑިއޯއިން ފެންނަ މީހާއަކީ ފަތާ ޓްރެކް ސަރަހައްދުގައި ހުރި ސައިކަލެއްގެ މަޑިދަށުން މޯބައިލް ފޯނެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.

މިމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 481360އެވެ.

ފޯން ވަގަށް ނެގި މީހާ މަގުމަތީގައި ވަރަށް ގިނައިރު މަޑުކޮށްގެން ހުރެ މީހުން މަދުވުމުން ފޯން ވަގަށް ނަގަން ކުރި މަސައްކަތް ފުލުހުން އާއްމުކުރި ވީޑިއޯ އިން ފެނެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ހަލާލު މަސައްކަތެއްކޮންލައިގެން ފޯނެއްގަތިއްޔާ އެ ފޯނުން އެހެން ފޯނުތަކަށް ނުގުޅެނީތަ ؟

  2. ޝަރުމަން ، އައްޑޫ ، ޕެންސިލްވިލާ

    ކަޑަ ކެމެރާ އެއް

    1
    3
  3. ޙެހެހެ

    ތަންކޮޅެއް މަތީ މީހެއްގެ އެއްޗެއް ވީމަ ޙިއްސާ ކޮށްލީ.. ނޫންނަމަ އަޅާވެސް ނުލާނެ

    4
    1
    • ޙަހަހަ

      ތީ ހަމަ ތެދެއް

      2
      1
  4. ޫްްއަކިފް

    މަގޭ ކޮމެން ތިރީ ގައި ކަނޭގެ ވަގައަކީ