އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް މަސައްކަތް ކުރައްވަނީ ސަރުކާރު އިނދަ ޖައްސާލަން ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެ އެވެ.

ޝަރީފް މިހެން ވިދާޅުވެފައިމިވަނީ ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި އެމްއެމްއޭ އިން ސަރުކާރުގެ ދަރަންޏަށް ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ދިން ހުއްދަ އިތުރުކޮށްދޭން ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ގޮތެއް ނުނިންމީ ބައެއް ވަޒީރުން އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވުމުން ކަމަށް އާޒިމް ވިދާޅުވެފައި ވަނިކޮށެވެ.

ފައިސާ ޗާޕް ކުރުމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލީ ރައީސް ނަޝީދުގެ ފެކްޝަނުން ބޭނުންވާ ވަގުތީ ކޮމެޓީއަށް މައްސަލަ ނުފޮނުވަން ފާސްކުރުމުންނެވެ. އާޒިމަކީ ރައީސް ނަޝީދު ފެކްޝަންގެ ބޭފުޅެކެވެ. މަވޯޓާ ޝަރީފަކީ ރައީސް ސޯލިހް ފެކްޝަންގެ ބޭފުޅެކެވެ.

ރޭ "ސީއެންއެމް" އިން ގެނެސްދިން ޕްރޮގްރާމެއްގައި މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ޝަރީފް ވިދާޅުވީ އިއްޔެ އަކީ ރާއްޖޭގެ ތާރީހުން ވަރަށް ކަޅު ދުވަހެއް ކަމަށާއި، އާޒިމަކީ ބަރުލަމާނީ ނިޒާމަަކަށް ތާއީދުކޮށްގެން ސަރުކާރު އިނދަ ޖައްސާލެއްވުމަށް މަސައްކަތް ކުރައްވާ ބޭފުޅެއްކަމަށެވެ.

މެމްބަރުންނަށް ބައެއް ވަޒީރުން ނުފޫޒު ފޯރުވި ކަމަށް އާޒިމް ވިދާޅުވި ވާހަކަތައް ދޮގުކުރައްވަމުން ޝަރީފް ވަނީ ބަރުލަމާނީ ނިޒާމު ގެނެއުމަށް މަޖިލީހުގެ ތެރެެއިން އާޒިިމް މަސައްކަތް ކުރައްވާ ކަމަށެވެ.

"މިއަދު މަޖިލީހަށް ސަރުކާރުން މި ހާއްސަ ހާލަތުގައި އިގްތިޞާދު ފުން ވަޅުގަނޑަކަށް ވެއްޓިފައި އޮއްވާ އެކަމުގައި ހާއްސަ އިސްތިސްނާއެއް އަހަރު ދުވަހަށް ހޯދުމަށް ހުށަހެޅުއްވީމާ، އެކަން ވަކިގޮތަކަށް ނުނިންމަވާ ރައްޔިތުންގެ މަޖިލިސް ނިންމަވާލެއްވުމަކީ ރާއްޖޭގެ ރައްޔިތުންނަށް ކަނޑައެޅިގެން ހަރާން ކޯރުވުން" ޝަރީފް ވިދާޅުވި އެެވެ.

ޝަރީފް ވިދާޅުވީ އިއްޔެ މަޖިލީހުން އެކުރި ކަމަކީ އަންނަ މަހުގެ މުސާރަ ސަރުކާރު މުވައްޒަފުންނަށް ނުދިނުމަށް، އަދި ރާއްޖޭގައި ކުރިއަށްދާ މަސައްކަތްތައް ހުއްޓުވަން ކުރި ކަމެއް ކަމަށެވެ.

"ރިޔާސީ ނިޒާމު އޮތްއިރު ރައްޔިތުންގެ މަޖިލީހުން ކަންތައް ކުރާ ގޮތް މިއީ. ދެން ބައްލަވާ ބަރުލަމާނީ ނިޒާމު ގެނެސްފިނަމަ ރައްޔިތުން އުލު ނޫންތޯ ބައިންދާނީ؟ އެފަދަ ދުވަހެއް ނުދެއްކެވިއްޔާ ރަނގަޅު. އަޅުގަނޑަށް މި ފެންނަނީ ވެރިކަމުގެ ދަހިވެތި ކަމުގައި ބައެއް މީހުން ރައްޔިތުން ކަނޑުފަށްތަން ވެސް ތައްޔާރަށް ތިބިތަން" ޝަރީފް ވިދާޅުވިއެވެ.

ފައިސާ ޗާޕް ކުރުމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލުމުން ރައީސް ސޯލިހްގެ ފެކްޝަނަށް ތާއިދުކުރާ މަޖިލިސް މެންބަރުން ގެންދަވަނީ ރައީސް ނަޝީދާއި ދެކޮޅަށް ވާހަކަފުޅު ދައްކަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޙައްގުބަސް

    ޝަރީފްވެސް ބައެއްފަހަރު ރަގަނޅު ވާހަކަދައްކާ!! ޝަރީފް ތިޔަބުނާފަދައިން ރައްޔިތުން އުލު ބައިންދަން މަސައްކަތްކުރަމުންދަނީ ޝަރީފްވެސް ހިމެނޭ އެމްޑީޕީން ނޫންތޯ؟ އެމްޑީޕީ ކޯލިޝަން ސަރުކާރުން ނޫންތޯ؟ އެމްޑީޕީ ސުޕަމެޖޯރިޓީއޮތް ރައްޔިތުންގެ މަޖްލީހުން ނޫންތޯ؟ އެތާތެރޭ ތިބި އިދިކޮޅު ހައެއްކަ މެމްބަރުންނަށް އަނގައިން ބުނަންވެސް ފުރުސަތުނުދީ ފުލުފުލުގައި ނިޒާމީ ނުކުތާނަގާ ވާހަކަ ހުއްޓުވާ ތަޅާމަރާ ކޫއްތާފަ އެތާތެރެއިން އިދިކޮޅު މެމްބަރަކު ނެރުނީވެސް އެމްޑީޕީގެ ސުޕަމެޖޯރިޓީ ބޭނުންކޮށްގެންނޫންތޯ؟ މިއީ ޝަރީފްވެސް ހިމެނޭގޮތުން ރައްޔިތުންގެ މަންދޫބުންނަށް އެމްޑީޕީ ސުޕަމެޖޯރިޓީންކުރާ އަނިޔާނޫންތޯ؟ ވެރިަކަމަށް ތިން އަހަރުވާއިރު ރާއްޖޭގެ އިގުތިސޯދު މިނާގަބިލް އަނިޔާވެރި ވަގު ސަރުކާރުން ފުނޑާލައިފި ނޫންތޯ؟ މީގެ ކުރިންވެސް އެއްފަހަރު 4.2 ބިލިއަން ރުފިޔާ ޗާފްކޮށް ފައިސާގެ އަގު ވައްޓާލީނޫންތޯ؟ ދެން ކޮންވާހަކައެއް؟ މިސަރުކާރު މިރާއްޖޭގެ ވެރިކަމުގައި ހޭދަކުރާ ކޮންމެ ދުވަހަކީ މިގައުމަށާ މިގައުމުގެ ރައްޔިތުންނަށް އެތައްއަނިޔާއެއް ނިކަމެތިކަމެއް ލިބެމުންދާ ދުވަހެއް!! މިގައުމުގެ ރައްޔިތުންގެ ގޮހުރި ދަމައިގަނެގެންވެސް ވެރިކަމުގައި ތިބެން ރައްޔިތުން ފުރުސަތުދޭނެކަމަށް އެމްޑީޕީގެ ކޯލިޝަނުން ހީކުރާނަމަ އެއީ ކުށްހީއެއް! އަޅުގަނޑު ގޮވާލަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް މިއޮތީ ރާއްޖޭގެ ރައްޔިތުންގެ ޙާލަތު ބަދަލުކުރަންވީ ވަގުތު އައިސްފަކަމަށް، ނިކުންނަވާށޭ މަގުމައްޗަށް ޙައްބަސްބުނަން އަދި ރައްޔިތުންގެ އަޑުއުފުލަން!! މިކަމަށް ގޮވާލެވޭ ކޮންމެ ފަހަރަކު ފުރިހަމަ އިޖާބައެއް ރައްޔިތުންދޭންވާނެ!!

    20
    2
  2. ނަައީމް

    ފައިސާ ޗާޕުނުކޮށް ވވާކަށްނެތް ޗާޕުކޮއްފިއްޔާ ގައުމު އިދަޖެހޭ ޗާޕުނުކޮއްފިއްޔާ މުސާރަވެސް ނުދެވޭ ޗާޕުނުކޮއްފިއްޔާ ވެސް ދައުމު އިދަ ޖެހޭ

    13
  3. ޒަބީބު

    ސަރުކާރުގެ ކޭޝްފްލޯރ ހިފަހައްޓަނީ ސަރުކާރު ނޭވާ ހޮޅިއަށް އަޅުވައިލަން. އަލީ އާޒިމް އަކީ ރައީސް ސޯލިހުގެ ސަރުކާރު އެސޭސިނޭޓް ކުރަން އަންނި ކުރާ ކަންކަމުން ރެކެން އަންނި ބޭނުންކުރާ ނިވާފަތްގަނޑެއް. ރައްޔިތުންނަށް އަލީ އާޒިމް ފެންނާނީ ހިޓްމޭން އެއްގެ ގޮތުގަ. އެކަމަކު ހަޤިޤަތުގަ ހުރިހާ ނުބައެއް ހަދަނީ ނަޝީދު. ހަވާސާގައި ހުރުމުގެ ސަބަބުން އިރެލެވަންޓް ވަމުންދާތީ އަންނީ މިހާރު ބޭނުންކުރަނީ އެންމެ ނާތަހުޒީބު ސިޔާސީ ދަންމަޅި. ކޮވިޑްގެ ސަބަުން ސަރުކާރުގެ އާމްދަނީ ދަށްވެފައި އޮތް މިވަގުތެއްގައި ސިޔާސީ މަމްފާ ނެގުމަށް ކޭޝްފްލޯ ހިފެހެއްޓުމުން ހުރިހާ ގެއްލުމެ ހަޤީގަތުގައި ލިބެނީ ރައްޔިތުންނަށް. މުސާރަ ނުލިބޭނީ ސިވިލް ސާރވިސް މުއައްޒަަފުންނަށް. އަންނި ހުންނާނީ 2 މުސާރައާއި އިނާޔަތްތައް ނަގައިގެން ބަނޑުފުރައިގެން.

    12
    1
  4. ގަބުޅި

    އާޒިމުއަކަސް ގާސިމުއަކަސް ސަރުކާރު ހުއްޓައެއްނުލެވޭނެ ސަރުކާރު ހުއްޓެނީ ސޯލިހުގެ ނާގާބިލް ކަމުން ވެރިކަންކުރަންނޭނގުން ދެންވެސް އިބުރަތެއް ހާސިލުކޮށް ރައީސްޔާމީން ޖަލުންމިނިވަން ކުރުމަށް ގޮވާލަން ނޫނީ ދެރަގޮތެެއް ސޯލިހުއަށްވެދާނެ.

    15
  5. ކޮވިޑް

    ޝަރީފޫ އަދި ކިރިޔާ ތި އެނގުނީ؟

    13
  6. ސާހިދު

    އާޒިމަކީ ދެބޯގެރި ދު އްވާ ގޮލަ އެ އް

    18
    1
  7. ސާހިދުުބާއީ

    އާޒިމަކީ ދެބޯގެރި ދު އްވާ ގޮލަ އެ އް.

    13
    1
  8. ކޮތަރު

    ތިޔަޑުރާމާކުޅުންހު އްޓާލާފަ ރަ އްޔިތުންނަށް ޚިދުމަތްކުރަންވެ އްޖެ އެންނުން !!

    12
  9. އަލަމާ

    ޢާޒިމަކީ ސިކުނޑި ހަމަކެހޭ ސޮރެޢް ނޫން

    12
  10. ކަސްޓަމް ފަތުހީ

    އާޒިމް އިބޫ އަށް ދު އްޕާން ކުރަންޏާމު މަޑަކުން ހަނު ނުހުރެވޭނެ

  11. ޝާހިދު

    އާޒިމަކީ ޖީ އެމް އާރުގެ ބޮޑު ވަ އްކަމުގެ މީހެ އްތަ

    16
  12. ޖަމީލުބޭ

    ސާބަސް. އަމިއްލައަށް ގެނައި ސަރުކާރު އަމިއްލައަށް ގޯސްކޮށް، އަމިއްލައަށް ސަރުކާރާދެކޮޅަށް ނުކުމެ. އަމިއްލައަށް ސަރުކާރު ވައްޓާލާ

  13. ލލ

    މެމްބަރުންގެ މުސާރަ އެއްމަސް ވަންދެކަށް ޖަމާ ނުކޮށް ބަހައްޓާބަލަ އޭރުން ވާގޮތެއް އެގޭނެ !