މަރުކަޒީ ބޭންކް އެމްއެމްއޭގައިވާ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯކުރުމަށް (ފައިސާ އިތުރަށް ޗާޕްކުރުމަށް) ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރަން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ހުށަހެޅި ހުށަހެޅުމާ މެދު ގޮތެއް ނުނިމި، ރައްޔިތުންގެ މަޖިލީހުން އެ މައްސަލަ ބޭރުވެފައިވާ ކަަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެގެ ޖަލްސާގައި އިއުލާން ކުރެއްވި ނަމަވެސް މިއަދު އަނެއްކާވެސް އެމައްސަލަ އެމަނިކުފާނު މަޖިލީހަށް ހުށަހަޅައިފިއެވެ.

މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއަދު އަނެއްކާވެސް އެމައްސަލަ މަޖިލީހަށް ހުށަހެޅީ މިނިސްޓަރު އެދިވަޑައިގެންނެވި ކަންކަމަށް "ފަރުވާއެއް ލިބިފައި ނުވާތީ" ކަމަށެވެ.

ފައިސާ ޗާޕް ކުރުމުގެ މައްސަލަ ވަގުތީ ކޮމެޓީއަކަށް ގެންދަން އިއްޔެ ރައީސް ނަޝީދުގެ ފެކްޝަނުން ހުށަހެޅުމުން ރައީސް ސޯލިހްގެ ފެކްޝަނުން ވަނީ އެހުށަހެޅުން ފެއިލް ކޮށްލާފައެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި މެންބަރުން ވާހަކަދައްކަވަން ފުރުސަތު ހުޅުވާލުމުން ރައީސް ސޯލިހްގެ ފެކްޝަންގައި ހިމެނޭ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހަސަން (ބިގޭ) ވަނީ ނުވަ މެންބަރުންގެ ވަގުތީ ކޮމެޓީއަކަށް މައްސަލަ ފޮނުވަން ހުށަހަޅާފައެވެ. އެހުށަހެޅުމަށް ރައީސް ސޯލިހް ފެކްޝަންގެ މެންބަރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވަނީ ތާއިދު ކުރައްވާފައެވެ.

އެހުށަހެޅުއްވުމަށް ތާއިދު ލިބުމުން ވަގުތީ ކޮމެޓީއަށް ނަން ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ފުރަތަމަ ލިސްޓެއް ހުށަހެޅުއްވީ ބިގޭ އެވެ. އޭގެ ފަހުން ރައީސް ނަޝީދުގެ ފެކްޝަނުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ލިސްޓެއް ހުށަހެޅުއްވިއެވެ. އާޒިމް ލިސްޓް ހުށަހެޅުއްވުމުން ބިގޭ ފަހުން ވަނީ އޭނާގެ ލިސްޓް އަނބުރާ ގެންގޮސްފައެވެ.

މަޖިލީހުން ފާސްކުރި ވަގުތީ ކޮމެޓީގައި ތިއްބަވާނީ

01.ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް
02.ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
03.ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ
04.ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސޭން)
05.އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހަސަން (ބިގޭ)
06.ތުލުސްދޫ ދާއިރާގެ މެންބަރު ހުސައިން ނަސީމް
07.މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު
08.މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
09.މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު

ފައިސާ ޗާޕް ކުރުމާއިމެދު މަޖިލީހުން މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން ގޮތެއް ނިންމަން ޖެހޭނެއެވެ. އެހެން ނޫންނަމަ ސަރުކާރު ހުއްޓުމަކަށް އައިސްދާނެ ކަމަށް ސަރުކާރަށް ތާއިދުކުރާ މެންބަރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Anonymous

    ރައީސް ޔާމީނަކީ ހަޒާނާ ދޮވެލި މީހާކަމުގައި ދޮގުވެރިން ވާހަކަ ފަތުރަނީ. އެކަމަކު، ހަގީގަތަކީ ރައީސް ޔާމީންގެ 5 އަހަރު ފައިސާ އިތުރަށް ޕްރިންޓް ނުކުރާ ކަމާއި، ރައްޔިތުންގެ ބައިތުލް މާލާށް 986 މިލިއަން ޑޮލަރު އިތުރު ކޮށްދެއްވިކަން.
    ދިވެހިން މިހާ ނިކަމެތިވަމުން މިދަނީ ކުށެއްނެތް ހެޔޮ އިންސާނަކަށް ވަގަށް ގޮވާ އެމީހާގެ އަބުރު ކަތިލުމުން ކަމުގައިވުމަކީވެސް ވަރަށް ގާތްކަމެއް.

    26
    1
    • ނައިކަ

      އޭނަ ދޮވެލީމައޭ ފައިސާ ނެތިގެން މިހާ ތާށިމިވީ ކޮވިޑްވަނީ އެތާށި 100 ގުނަ ބޮޑުވި

  2. ހަޖަމު

    ނަންވާނީ ވަށަފަރު މީހުން، މިފަހަރު އުނބަށްޖެހީ މާލޭމީހާ.

    50
    • ޒައިކް

      ނެތޭ ޗޮއިހެއް މި ދަނޑިވަޅުގަ ގަދަ ހަދައިފިއްޔާ ބަރުލަމާނީ މަތިން ހަނދާން ނައްތާލަން ޖެހޭނި.. އިބޫ ބުނީ ވޯޓަކަށް ވެސް ނުދާނަމޭ ގަދަ ދައްކަންޏާ

      14
  3. ބުރާންތި

    ދެ ޗޮއިސް އޮތީ. ޢިތުބާރުނެތްކަމުގެ ވޯޓް އެހެންނޫނީ ބިލް ހުށަހެޅުން.
    ގައުމުއޮތީ މިކަލޭގެ ޖަހާހާ ބެރަކަށް ނަށާގޮތަކަށްނޫން.

    20
    1
  4. ރައްޔިތުމީހުން

    ފައިސާ އިތުރަށް ޗާޕް ކުރުމަކީ ހައްލެއްނޫން.. ރުފިޔާގެ އަގު ވެއްޓޭނީ.. ޑޮލަރު އަގުބޮޑުވާނީ.. ތަކެތީގެ އަގު މައްޗަށްދާނީ..

    ހުރިހާ ގެއްލުމެއް ރައްޔިތުންނަށް...

    17
    1
  5. ކޮވިޑް

    ވަށަފަރު މީހުނާ ނާޝީދާ އަލާ ނުކިޔޭނެ، ތިޔަ ނަޝީދަކީ މަކަރާ ހީލަތުން ކަން ކަން ކުރިކަން ދައްކަން އުޅޭ މީހެއް، ވަށަފަރު މީހާ އެއީ ކަން ކޮށްފަ ލޯމައްޗަށް ދައްކަ ދޭމީހާ،ބޭކާޅު އަނގަ ނުތަޅާ އަލަމަލުން ކަން ކުރާމީހާ އަކީ ވަށަފަރު މީހާ، ނަޝީދު އަށް ކުރެވޭ ކުރަން އެންގޭ ކަންތައް ފެނޭނު ،

    13
  6. އަމީ

    ގޮްތް ދޫކުރީކީ ނުން. އެވެސް މަޅިއެއް

    12
    1
  7. ޙުކުމް

    މޮޔަމީހާ

    13
  8. ތުންބިން

    އޭރުން އަނެއްކާވެސް ވެރިންގެ ޖީބަށް ބަރުވެ ފައިސާގެ އަގު ވެއްޓި ޑޮލަރުގެ އަގު މައްޗަށް ދާނީ. ރަތްޔިރުންނަށް ތި ޖައްސާ އަނިޔާ ހުއްޓާލާ

  9. ބޭޗާރާ

    މި ޖައްބާރު ނުބައި ނުލަފާ މަކަރުވެރި ދޮގުވެރި ޑިކްޓޭޓަރު މީހާ މީގެ ކުރިން ގޮވަމުން އައީ ވެރިކަމުގެ ލައްޒަތުގައި ނުޖެހޭނަމޭ. މިހާރު އެހުރީ ރަނގަޅަށް ލައްޒަތުގައި ޖެހިފައި. ވެރިކަމާހެދި ބޫތު ކައިފައި. މީނާގެ ނުބައިކަމުން މި ގައުމު ސަލާމަތްކުރަންޖެހޭ.

    12
    1
  10. ހޮނޑާފުށީ ބޮޑުހުސޭނު

    ގުޑް ކޮޕް ، ބޭޑް ކޮޕް ކުޅެލި

  11. މިއަދު

    މިގައުމަށް ބޭރުފައިސާ ނުލިބި ދިވެހިރުފިޔާ މަތިމައްޗަށް ޗާޕްކުރިއަސް ތިއިންވާނެ ފައިދާއެއްނޯންނާނެ ދިވެހިރަޢިއްޔަތުންނަށް ވާނީ ބޮޑުތަނުން ގެއްލުން ގުބޯހެދިފަ ތިބި ރަޢިއްޔަތުންނަށްފެންނާނީ އަތަށްލިބޭލާރި ފިހާރަޔަށްގޮސް ހުރިހާ ހަޅޭކެއްލަވާނީ މުދާއަގުބޮޑުވެގެން ފިހާރަސޭތަށް ވާނުވާނޭންގި ތިބެ ފިހާރަތަކުގެ މުދާއަގުބޮޑުވެދަނީ ވިޔަފާރިވެރިންގެ މައްސަލައަށްވުރެ ސަރުކާރުން ކުރާ މިފަދަ ދެކޮޅުނުޖެހޭކަންތައްތަކުގެ ސަބަބުން

  12. ލަދުވެތިކަން

    މިހާރުމިވާ އެއްޗެއް ނުވާ އެއްޗެއް ނޭގުނޭ ނޭގުނޭ ތިޔަވިތާޅުވިބަހުގެމާނަޔެއް ކޮބާތޯ ބިންތަކާ ރައްތަކާ ބޭރުގައުމުތަކުން ނެގިލޯނުތަކާ ތަންތަނުން އެހީގެ ގޮތުގަ ލިބުނުހާ ފައިސާތައް އަދިވެސް ނުވީތާ ޗަކަސްލޯވިޔާ އާ ހުރިހާތާކައް އެންބެސެޑެރުން ހޮވާފޮނުވާ މަތިފަޑިބަރުކުރެވޭތޯބަލާ ރައްޔިތުން ކުރާމަސައް ކަތުންނަގާ ފައސާއިން މުސާރަޔާ އިނާޔަތާ ނަގައިގެން އައިސްކުރިކޮޓަރިތަކުގަތިބެ ސަހަރޯ މިޔޮއްގައުމެއް ލަދުންބޯހަލާކް