އުމުރުން 65 އަހަރަށް ވުރެ ދޮށީ އުމުރުގެ ރަށްވެހިންނަށާއި ފުލުހުންނާއި ސިފައިންނަށް ދޭ އަސާސީ ޕެންޝަން ފިޔަވައި، ދައުލަތުގެ އެހެނިހެން ގާނޫނުތަކުން ދެމުން އަންނަ ޕެންޝަންތައް ދިނުން ހުއްޓާލަން ޖެހޭ ގޮތަށް ޕެންޝަން ގާނޫނަށް އިސްލާހު ގެންނަ ބިލެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (ގިޓާ) ހުށަހެޅުއްވި ބިލުގައިވާ ގޮތުން ބިލުގެ ބޭނުމަކީ ދައުލަތުގެ ފައިސާ ހަރަދު ކުރުމުގައި ޒިންމާދާރު ގޮތެއްގައި ދައުލަތާއި މުޖުތަމައަށް އެންމެ ފައިދާހުރި ގޮތަކަށް ހަރަދު ކުރުމުގެ އިންތިޒާމު ހަމަޖެއްސުމެވެ.

ދައުލަތުގެ ވަޒީފާއިން ރިޓަޔާ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ އެހެނިހެން ޕެންޝަން ލިބެމުން އަންނަ މީހަކު ދައުލަތުގެ މަގާމަކަށް އިންތިހާބު ވެއްޖެނަމަ ނުވަތަ ދައުލަތުގެ ވަޒީފާއަކަށް އައްޔަންކޮށްފި ނަމަ، އެ މަގާމުގެ ނުވަތަ ވަޒީފާގެ މުއްދަތު ނިމުމަކަށް އަންނަން ދެން އެ މީހަކަށް ލިބެމުންދިޔަ ދައުލަތުގެ އެހެނިހެން ޕެންޝަން ލިބުން މެދުކެނޑިގެންދާނެ ކަމަށް ވެސް ބިލުގައިވެއެވެ.

ބިލުގައިވާ ގޮތުން މިހާރު ޕެންޝަން ލިބެމުން އަންނަ ފަރާތްތަކުގެ ތެރެއިން ދައުލަތަށް 20 އަހަރު ދުވަހު ޚިދުމަތް ކުރި ފަރާތްތަކާއި، 40 އަހަރު ދުވަހު ޚިދުމަތް ކުރުމުން ދެވޭ ޕެންޝަން ދައުލަތުގެ އިދާރާތައް މެދުވެރިކޮށް ދިނުން ހުއްޓުމަކަށް އަންނާނެއެވެ. އަދި އަދި ކަސްޓަމްސްގައި ޚިދުމަތް ކުރާ ފަރާތްތަކަށް ވެސް ޚާއްސަ ޕެންޝަނެއް ދެމުން އަންނައިރު، އެ ޕެންޝަން ވެސް ކެނޑިގެން ދާނެއެވެ.

އެހެން ވިޔަސް ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޝަރަފުވެރިކަމާއެކު ވަކިވާ ފަރާތްތަކަށް ދެވޭނެ ކަމަށް އެ ގާނޫނުގައި ކަނޑައަޅާފައިވާ މާލީ އިނާޔަތް މި މާއްދާއިން އިސްތިސްނާ ވާނެ ކަމަށް ބިލުގައިވެއެވެ.

ފިނޭންސް މިނިސްޓްރީ އާއި ޕެންޝަން އޮފީހާ ދެމެދު އެއްބަސްވާ ގޮތެއްގެ މަތިން، ކޮންމެ މަހަކު ދައުލަތުގެ އެހެނިހެން ޕެންޝަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ޕެންޝަން އޮފީހަށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސަން ވާނެ ކަމަށް ބިލުގައިވެއެވެ.

ގާނޫނުން އިސްތިސްނާ ކޮށްފައިވާ ގާނޫނުތައް ފިޔަވައި، އެހެން ގާނޫނެއްގެ ދަށުން ވަޒީފާއިން ވަކިވާ، ނުވަތަ ވަކި ކުރެވޭ ފަރާތްތަކަށް މި ގާނޫނަށް އަމަލުކުރަން ފެށުމަށް ފަހު ދައުލަތުގެ އެހެނިހެން ޕެންޝަން ނުވަތަ އިނާޔަތްތައް ދެވޭނެ ގޮތާއި މިންވަރުތައް ކަނޑައަޅާނީ ނެޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކަށް ބިނާކޮށް ފިނޭންސް މިނިސްޓްރީން ކަމަށް އެ ބިލުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

55 ކޮމެންޓް

  1. ހާލުފޮޅި

    މިދެން ވަރަށް މޮޅު ގޮތެއް.. ސިފައިންނާ ފުލުހުން އެއީ ވަކި ކިހިނެތްވާ ބައެއް.. ހުއްޓާލަންޏާ އެއްވެސް ބަޔަކަށް ދީގެން ނުވާނެ..

    100
    9
    • ލާމު

      ދުނިޔެ ހިނގާގޮތް ބަލާލުމުން ތީގެ ޖަވާބު ލިބޭނެ.

      23
      2
      • ވަޓް

        ކަލެއަށް އެކަނި ދުނިޔެ ފެންނަނީ. ދެން ތިބީ ކަނުން

    • ޞާރި

      ޙިނި އަންނަނީ.... 2018 ވޯޓް މަތިން ހަންދާން ވެ...ހި ހި ހީ ޙި ހީ

      57
      3
    • ޙުއްތު

      ސިފައިންނާއި ފުލުހުން ނަކީ ކޮންބައެއްކަން އެގެގޭނެ ސިފައިންގެ ވާޖިބްއަދާ ކުރުމަށް ހަދަންޖެހޭ ތަމްރީންތައް ހަދާލީމަ، ތިހެން ކޮންމެންޓް ކުރަން އޮތަކަސް އެކަމެއް ނޭގޭނެ

      27
      31
      • ޚކކ

        ދެންތިބި މީހުން ކުރަނީ މަސައްކަތެއްނަުންދޯ

      • ހާލުފޮޅި

        ސިފައިންނާ ފުލުހުން އަދި އެހެން މީހުންވެސް ހިދުމަތް ކުރަނީ ޤައުމަށް.. ކޮބާ ތަފާތަކީ؟ ޔުނީފޯރމް؟

        39
        9
      • ހުސް

        ޑޮކްޓަރުން މަސައްކަތް ހުއްޓާލީމަވެސް އެނގޭނެ. ދަނޑުވެރިކަމާ މަސްވެރިކަން ހުއްޓާލީމަ އެނގޭނެ ބަނޑަށްވާ ގޮތްވެސް. ކޮންމެ ޚިދުމަތަކީ މުހިއްމު ޚިދުމަތެއް.

  2. މާމީ

    ބާރައް އަތްޖަހާ ސޯލިހުގެ މަކަރުވެރި ރޭވުމުގެ ދަށުން ކުރާކަމެއް ... މުޒާހަރާ ކުރާ މީހުން ގައިގަ ބާރައް ތަޅާ ރަގަޅައް ތިހަދަނީ ހަ ހަ

    92
    3
  3. ސަހުނީ

    ކޮންފަދަ މުސީބާތެއްތަ؟ މަޖިލިހަށް ވަދެވުނުފަހުން އަދި ފައިން ދޮންވެލި ނުހިކޭ.. ގައުމަށް ގިނަދުވަހު ހިދުމަތްކުރި ހިދުމަތްތެރީންނަށް ވެސް ޖެއްސުންކޮށް އިހާނާތްތެރިވާން ފެށީދޯ.. ބަލަ މިގަމާރު ސަރުކާރުން ހަދާފައިވާ ބޭކާރު ކޮމިޝަން ތަކާއި އެތަންތަނަށް ކުރާ ބޭކާރު ބޮޑެތި ހަރަދުތަށް ހުއްޓާލުމަށް ކުއްލި މައްސަލަ ވައްދަންވީނުން މަޖްލިހަށް. އުފައްދާފައި ހުރި ބޭކާރު މަގާމް ތަކާއި މުސާރަތަށް ދެނީ. އެންމެ ޒިންމާދާރުގޮތުގައިތޯ؟

    115
    3
    • ސަކޫން

      ޢެބުނާހެން ކައުންސިލަރުންނޭ ކިޔާފަ އެންމެހާ ބޮޑެތި މުސާރަ ތައްދީފަ. މިމީހުން މަޖްލިސް ގަ އައު ގުރާނަ ގޮވަން އެންމެ ދައުރެއް ހޭދަކުރީމަވެސް އެބަ ލިބެން ޖެހޭ އެހާ ބޮޑު މުސާރަ. ސިވިލް ސަރވަން ޓުން ކުޑަ މުސާރައެއް ގަ 40އަހަރު ގުލާނު ކުރީމަ ލިބޭ ލާރިކޮޅުވެސް ހުއްޓުވާލަނީބާ. ކައުންސިލަރުންނާ މަޖްލިސް މެމްބަރުން ގެ މުސާރަ ކުޑަކޮށްބަލަ. ޢަދި އެއްދައުރު ގެ ބަދަލު ގަ ދޭއް ނުވަތަ ތިންދައުރު ހަމަވީމަ ޕެންޝަން ދީބަލަ. މިހާރުވެސް ސސ.ންނަށްދޭ ޕެންޝަނަށް ވުރެ ގިނައިން ހި ގާނެ މަޖްލިސް މެމް ބަރުން ގެ ޕެންޝަނަށް .

      8
      1
  4. ގެރި

    ޕެންޝަން ލާރިތައްވެސް ކާލަނީ.. ސޯލިހުގެ އިތުބާރު ނެތްކަމުގެ ރައްތިތުންގެ ވޯޓަކަށްދާން ލަސްވެސް ވެއްޖެ

    105
    2
  5. އަހަރެން

    މުޅި ދައުލަތް މިމީހުން ދަރުވާލައިފި

    100
    1
  6. އެހީ

    ދެން ކޮބާ ނުކުޅެދޭ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްޤުތައް؟؟؟

    86
    2
  7. ޒާ

    އެމްޑީޕީ ވެރިކަމަށް ގެންނަން ނެށިމީހުން ބާރަށް އަތްޖަހާ

    128
    2
  8. ޖާބެ

    ދައުލަތް ލޫޓުވާލާފަ މިހާރު ޕެންޝަން ފަޑުކޮޅުންވެސް ވައްކަންކުރެވޭނެ ގޮތެއް މިހޯދަނީ ، ރައްޔިތުން ފެލުމާ އަޅުވެތިކުރުން. މިސިޔަސީ މީހުން ފުލުހުންނާ ސިފައިން މިގެންގުޅެނީ ސިޔަސީ ގޭންގަކައް ހަދައިގެން. މިއޮތީ ގޮހޮރުވެސް ދަމައިގަނެެފަ

    85
    2
  9. މަބޭ

    ގައުމުރަންގަޅައް އެބަހިންގޭ ސަރުކާރާއިމަޖުލިސް އިސްތިއުފާ

    81
    1
  10. ހުރަސް

    ﷲއަކްބަރު! ގުދު ބިނދެންދެން މިގައުމަށް 20 ނުވަތަ 40 އަހަރު ހިދުމަތްކުރީމާ ދޭނަމޭ ބުނެގެން އަހަރުމެން މަސައްކަތް ކުރީ. އެ ލާރިވެސް ކަނޑާލަނީ؟؟؟؟؟؟ ތިޔައީ ބޮޑު އަނިޔާއެއް! އެހެން ހަދައިފިއްޔާ ގިޔާމަތްދުވަހުން ނަމަވެސް ކަލޭމެން އަތުން އެ ހޯދާނަން.

    108
  11. ޙުކުމް

    ރައއޔިތު މީހާ އަށް ޕެންޝަން ލާރިކޮޅު ދޭންޖެޙޭތީ އެވެސް މިހާރު ކަނޑާލަނީ ކަލޭމެން އެކަނިދޯ ކައިގެން އުޅެންވީ ވޯޓު ހޯދަން ދެން ނާންނާތި ނުދޭނަން

    91
  12. މަކަރު

    އަހަންނަކީ ތިޔަ ބުނާ ޕެންޝަން ލިބޭނެކަމަށް ބުނާ ލިސްޓްގަ އޮތް މީހެއް ، ނަމަވެސް ވަކި ބަޔަކު ދައުލަތައް ޚިދުމަތްކޮށް ރިޓަޔާ ވުމުން އިނާޔަތެއް ލިބޭގޮތަށް އޮތުން ޤަބޫލެއް ނުުރެވޭ، ޕެންޝަންގެ ގޮތުގައި މުސާރައިން ނަގާފައިވާ ފައިސާ ތިޔަގޮތަށް ޤާނޫނު ފާސްކުރާ ދުވަހު އެފަރާތްތަކަށް ހަވާލުކުރަންވާނެކަމަށް ވެސް ތިޔަ ބިލުގަ ލިޔުނުނަމަ ރަގަޅު ވާނެ

    65
    1
  13. އަހުމަދު ނީޒް

    1 ސަރުކާރު ވަ އްޓާލަފާނެތީ ޕޮލިސް , ސިފަ އިން , ފަަޑިޔާރުން. ޒަމާންތަކެ އްގަ ގިނަ ޚިދުމަތްތަކެ އް ކޮށްގެން ހާސިލް ކުރި ޝަރަފް ވެރި ދިރި އުޅުން ދު އްވާލަނީ. ފަހުން ހަދާ ޤާނޫނަކުން ކުރިން ލިބޭ އިނާޔަތެ އް ދު އްވާލުމަށް ވުރެ އަނިޔާ ވެރިކަމެ އް ނުދެކެން. އެ އަށް ވުރެ ރަނގަޅުވާނެ މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކޮށް ކުރީގެ ރަ އީސުންނާ ބޮޑުންގެ އިނާޔަތް ކުޑަ ކުރުން.

    57
  14. ޑައެލޯގް

    ރީދޫ ވެރިކަމަށް އައިސްފިތަ މިކަހަލަ ކަންކަންވެ ރައްޔިތުން ބިކަވެއެވެ. ކުރީގަވެސް ޕެންސަންކަޑާލީ އަންނިގެ ދައުރުގައެވެ. ދެން ރީދޫކުދިންބުނާނެ އެއީ މަޖިލިހުންކުރިކަމެކޭ އެގޮތަށް އަހަރެން ގަބޫލުކުރާނީ އަންނި އެބިލް މަޖިލިހަށް އަބުރާފޮނުވިނަމައެވެ. އެކަމު އަންނި އެބިލް ތަސްދީގުކުރިއެވެ.

    55
  15. ރަބަރޭ

    ރައީސް ކަންކޮށްފަ އިސްތިއުފާދީ އަދި އޭގެ ފަހުން ސަރުކާރުގެ މަތީމަގާމު ތަކާއި އިންތިހާބީ މަގާމުތަކަށް އންނަމީ ހުނަށްދޭ އިނާޔަތް ތަކާއި އެލަވަންސް ތަކާއި އޮފީސް ހިންގުމުގެ ހަރަދާއި މިބާއިތައް ހުއްޓާލެވޭނެ ގޮތެއް ނެތްދޯ؟ ނިކަމެތިންގެ އެތިކޮޅު ދަމާއި ގަންނަން އެގެނީ ދޯ

    40
    1
  16. ނަޓްވަރުލާލް

    ހިޔަޅު ކަންއަދިމި ކިރިޔާ ފެންނަން ފެށީ ހުސްވަގުން

    33
  17. އަބްދޫ

    ސަރުކާރުގެ ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް ފެންސަން ދިނުމަކީ ގާނޫނުއަސާސީގަ ލާޒިމް ކޮށްފައިވާކަމެއް. ވުމާއެކު ފެންސަނުގެ ފައިސާ ދިނުން ގާނޫނަކުން ނުހުއްޓުވޭނެ.ދަވްލަތުގެ ވަކި މަގާމަކުން މުސާރަ ލިބޭތީ ވެސް ފެންސަން ފައިސާ ދިނުން ނުހުއްޓުވޭނެ.65 އހަރު ވެގެން ދެވޭ އިނާޔަތަށް އަސަސީ ޕެންސަނެކޭ ނުކިޔޭނެ. އެއީ އެފައިސާއަކީ ގާނޫނުއަސަސީގެ 17 ގެ ށ ގެ ދަށުންދެވޭ ފައިސާ އަކަށް ވުމުން.އެ މާއްދާގެ ދަށަކުން ޕެންސަނެއް ނުދެވޭނެ. އަދި 65 އަހަރުވެގެން ދެމުންދަފައިސާ އެއްވެސް ފަރާތަކަށް އެފައިސާ ނުދީ ނުހިފެހެއްޓޭނެ. އެއީ ގާނޫނުއަސަސީގަ ބުނޭ ގާނޫނުން ލިބެންވާ މަންފާ އެންމެނަށް ހަމަހަމ ގޮތުގަ ލިބެންވާނެ ކަމަށް. ގާނޫނުއަސަސީގަ ލާޒިމް ކުރޭ ދަވްލަތުގެ ވަޒިފާ އަދާކުރާ މުވައްޒަފުންނާއިބެހޭގޮތުން ޕެންސަނުގެ ގަނޫނެއް ހެދިފަ އޮންނަން ޖެހޭނެކަމަށް. އަދި މިހާތަނަށް އެގާނޫނު ހަދާފައެއް ނުވޭ، 20 އަހަރާއި 40 އަހަރުގެ ޕެންސަނަކީ މުވައްޒަފުންނަށް މުސާރަ ބޮޑުވާ އުސޫލުން ބޮޑަކުރެވެންޖެހޭ ފައިސައެއް. އެކަންއެގެނީ ރައީސް އިބްރަހިމްނާސިރުގެ ވެރިކަމުގަ އެއްފަހަރު ، ރައީސް މައުމޫނުގެ ވެރިކަމުގަ 2 ފަހަރު ޕެންސަންފައިސާއަށް ބަދަލުގެނެސް ބޮޑުކުރައްވާފަ އޮތުމުން. ގާނޫނުއަސާސީގަ ފައިސާއެއްދޭން ކަނޑައަލައިފަިނަމަ ގާނޫނަކުން އެފައިސާ ދިނުން ނުހުއްޓުވޭނެ. އޭގެ ހެއްކަކީ 20 އަހަރުވުމުން ޕެންސަން ދެވޭފަރާތްތަކުގެ ޕެންސަންފައިސާ ދަވްލަތުގެ ވަޒިފައެއްގަ ހުއްޓަސް މިހާތަނަށް ދެމުން ގެންގޮސްފައިވާކަން. ވީމާ ދަވްލަތުގެ 20 އަހަރާއި 40 އަހރުގެ ޕެންސަން ލިބޭފަރާތްތަކށް 65 އަހަރު ވުމުންދެވޭ އިނަޔަތް ވެސް އެއް ވެސް އުނިކުރުމެއްނެތި ދެމުނަދާންޖެހޭނެކަން ގާނޫނުއަސަސީގެ 18 ވަނަ މާއްދާއިން ދަވްލަތުގެ މައްޗަށް ލާޒިމް ކޮށްފާވޭ،ދަވްލަތުގެ ފަރާތުން ވަނީ 20 އަހރައި 40 އަހަރު ގެ ޕެންސަނަރުނަނަށް އިހުމާލުވެފަ.

    36
  18. އަގްލީ

    ތިއީ މަޖިލުސްގައި އިންމީހަކު ހަވާސާ ތެރެއަށް ވަންނަން ސިފައިންނާއި ފުލުހުން ރުޅިއަރވާލައިގެން ކަމެއް ހާސިލްކުރުމަށް ޖަހާ ސަކަެާތެއް.

    30
  19. ޅަބޭ

    ދެން ސިފައިން، ފުލުހުން، ދުވަސްވީ މީހުން ތިބޭ އެމްޑީޕީއައް ވޯޓުލައިގެން އަލިފާން ފަރިއްކުޅުވަން.

    41
  20. ....

    މަޖްލިސް މެމްބަރ އިންގެ މުސާރަ އެމީހުން ކަނޑައެޅި މިނިމަމް ވޭޖް ގެ އަދަދަށް ތިރިކޮށްފި ނަމަ އެވެސް ކުޑަވެގެންދާ ހަރަދެއް....އެމީހުން ގަބޫލު ކުރާ ގޮތުގައި ރައްޔިތުންނަށް 6000 ކައިގެން ބޮއެގެން އުޅެވެންޏާ އެމީހުންނަށްވެސް ނޫޅެވެނެވީ ސަބަބެއް އެބައޮރްތޯ....ތަފާތު ކުރުމަކީ މީ...އަނިޔާވެރިވުމަކީ މީ...ހަމަ ހަމަ ކަމޭ ކިޔާ ކަރަށް ނާރު އަރުވާފަ ހަޅޭލަވާ އިރު ކަންބަޅިއަކަށްވުރެ ހުތުރު އަޑެއް ނިކުންނަނީ މިހިރަ ކަންކަން ފެނުމުން

    38
  21. ކޮރަލް

    ސަރުކާރު ހިންގަން ނޭނގި ދަރަނިބޮޑުވީމަ ރައްޔިތުންނަށް ދެމުން އައިފައިސާ ތައް ނުދީ ހުއްޓުވާލަ ނީ އެވެ.

    29
  22. ސޯޓުބެ

    މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކޮށްބަލަ!

    39
  23. އެޑްވަޑް ބާމުންޑޭ

    މިޤާނޫނު ފާސްކުރަން ވޯޓްދޭ އެއްވެސް މެމްބަރަކަށް ރައްޔިތުން ކުރިޔަށްއޮތްތާ ވޯޓްނުދޭން ނިންމާ.

    39
  24. ޙ

    ޜިޓާޔާވާމީހުންނަށް މިހާރެކޭ އެއްގޮތައް މަހުމަހަށް ޕެންސަންދޭންވާނެއެވެ. އެއީ މައުމޫނު ސަރުކާރުގައި ކަނޑައެޅި ވަރަށްރަނގަޅުނިޒާމެއް. ޚިދުމަތް ކޮށް ރިޓާޔާވާމީހާއަށްވެސް މަހުންމަހަށް އެއްޗެއްލިބެންޏާ ދިރިއުޅެވޭނެ. ކުރީގަވެސް ކުރަމުންދިޔަ މިފަދަ ރަގަޅު ކޮތްތައް ބަހައްޓާފަ ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަގަޅުކުރުން ކިހިނެއްތޯވާނީ : ތީވަރަށްބޮޑުގޯހެއް ޕެންސަންކަނޑާލުން. ކަކޭމެން ފަސްއަހަރނިމޭއިރު އެކައުންޓްގައި މިލިޔަނުންފައުސާ ހުންނާނެ އެކަމަކު ސިވިލްސާވެންޓުން ރިޓާޔާވާއިރު އެނަހުކާނެ އެއްޗެއްވެސް ނޯންނާނެ. ޜައްޔިތުން ހަލާކުނުކޮށް އެމީހުން ބަޑަންނުޖައްސަ ވެރިކަމުން ފައިބާ ހެޔޮނުވާނެ

    32
  25. ޝަރީފް

    މި ފެންނަނީ ހަމައާއި އިންސާފު އެއްކިބާވެ ،ފުލުހުން ،ސިފައިން ތަފާތުބަޔަކަށްވެ،ކަސްޓަމްސް އަކީ މުހިއްމު ޚިދުމަތެއްކަމަށް ޤަބޫލުނުކުރާ ކަމުގެ ހެއްކެކެވެ.ވިސްނާ ބަޔަކަށް އިބުރަތެއް ވެއެވެ.

    28
    3
  26. މާރީ

    މިހެންވެ ކަސްޓަމްސް ސީޖީ އާއި ޑީސީ އިސްތިއުފާދޭން އުޅެނީ ބިލް ފާސް ވުމުގެ ކުރިން

    24
  27. ާައަހުމަދު

    ރައީސަށް ރައްޔިތުންގެ އިތުބާރު ގެއްލުވާލަން ވެގެން ބުރޯ އާ ފިނޭންސް ގުޅިގެން ކުރާ މަސައްކަތް މިފެންނަނީ، ރައީސް ހަމަ ބުރޯޔަށް އިތުބާރު ކުރަމޭ އެބަ ވިދާޅުވޭ.

    20
    2
  28. Anonymous

    ވަޒީފާ އަކާނުލައި ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ އެތައް ސަތޭކަ ބަޔަކަށް ވަޒީއަކާނުލައި ދޭ މުސާރަތަކާ، ސްޓޭޓް މިނިސްޓަރުންތަކަށް ދޭ ފައިސާތައް ހުއްޓާލަން ބިލެއް ލާންވީނު!!

    40
  29. ނޯ

    ކީ އްވެ ވަކި ބަޔަކަށް ދެނީ. ދެން ވޯޓު ލިބޭނީ ތިމީހުންގެ އެކަނި

  30. ޕެންސަން.

    މަޖުލީސް މެމްމަރުން ގެ މުސާރަ ވެސް ކަޑާލަ ބަލަ . 20 އަހަރު ވަންދެން ސަރުކާރުގަ އުޅެ ގޭނިގެން ތި ލިބޭ ލާރި ކޮޅު ބޮޑު ކޮށްލިއްޔާ ވާނީ ކީއް. ޕެންސަނޯ ކިޔާފަ ތި ދެނީ ވެސް ދެރުފިޔާ ބައި. ކީއްތަ ވާނީ 20000 ރފ ވަރު އެންމެ ދަށްކޮށް ލިބޭ މީހުނަށް ވެސް ދޭން. ނޫނީ 40 އަހަރު ޙިދްމަތް ކުރި ފަރާތް ތަކަށް 40000 . 20 އަހަރު ޙިދުމަތް ކުރި ފަރާތް ތަކަށް 20000 ރފ.ވޯޓު ކައިރި ވީމަ އަންނާނެ . ނުދޭނަން ދެނެއް ވޯޓެއް ސޮރީ.

  31. ނޮންސެންސް

    ޥޯޓު ދޭށޭ ކިޔާފަ ދެން ނާންނާތި . ޥެރީ ސޮރީ.

  32. އަހުމަދު

    އެއްގޮތަކަށަވެސް ސާފެއްނުވެ

  33. ޛުލްފިގާމް

    މެމްބަރަކު 5 އަހަރު ދައުރެއް ނިންމާލީމާ ލިބޭއެއްޗެއް އޮވޭބާ؟

  34. ފަރޭ

    މިމީހުން ވެރިކަމަށް ލައިފިއްޔާ ތުރާތައް ނޫންކަމެއް އާދޭތަ؟ އެހެން މީހުންވެސް ވެރިކަން ކޮށްފަ އެދަނީ. ތިޔަ ހުރިހާ ކަމެއް ނުކުރޭ. ކެޔޭވެސް ބުނޭ. އެކަމަކު ތިޔަ ކާއެއްޗެއް ކައިފައިވެސް ފައިބާިއރު ތިޖޫރީގައި ލާރިކުރޭ. މިވެރިންނަށް 2.5 އަހަރު ހުރަސް ކުރެވޭއިރު އޮންނަނީ ސޯޓަށް ފަހަރުވާ ލެވިފައި، ދެލޯބޮޑުވެފައި، ހާސްވެފައި. ދެން ކުރެވޭއެއް ނުކުރެވޭއެއް ނެނގޭ.

  35. ދިސާރާވެރިޔާ

    ތިއުޅެނީ ގައުމުގެ ބައިތުލް މާލު ހުސްވެގެން.. މިއަންނަ މަހު ދައުލަތުގެ މުއައްޒަ ފުންނަށް މުސާރަ ދޭނެ ފަދައެއްވެސް ނެތް.. ތެޅި ފޮޅެނީ މިހާރު. ފިނޭންސް މިނިސްޓަރު އުޅުއްވަނީ އެމް.އެމް އޭގެ ހުރި ލާރިކޮޅު ނުލިބިގެން، އަދި އިތުރު ފައިސާ އިގްދިސާދަށް ނެރެން. ފޮރިން މިނިސްޓަރ އުޅުއްވަނީ ގައުމުތަަކުގައި ސަލާން ޖަހަން.. މާލިއްޔަތު ކޮމިޓީ މުގައްރިރު އެބުނަނީ ދައުލަތް އިނދަޖެހިއްޖޭ.. ރައްޔިތުންނަށް އެނގި ހާމަވާން މާކަގިނަދުވަހެއް ނުނަގާނެ..

    4
    1
  36. Anonymous

    އެމީހުންނަށް ދިނުން ހުއްޓާފިނަމަ ވެރިކަން ވެއްޓިދާނެ.
    މީކުރެވޭނޭ ކަމެއް ނޫން. މަޖިލީހުގެ މެޖޯރިޓީ އޮތަސް މިފަދަ ދަށު ދަރަޖައިގެ ކަންކަން ނުކުރެވޭނެ. އެތައް ބައެއްގެ ޙައްޤެއް ނިގުޅައި ނުގަނެވޭނެ.
    ޔާމީނަށް ވަގަށް ގޮވަނީ އަބަދުވެސް މިއަށްވެސް ކިޔަނީ ވައްކަން ނުވަތަ ފޭރުމޭވެސް ކިިއިދާނެ.
    ޤާނޫނުގެ ހީލަތްތެރިކަން ބޭނުންކޮށްގެން މިފަދަ ކަންކަން ކުރީމާ ކިޔާނީ ފޭރުން. ބޭރު ކަރަކަރައިން ޔަހޫދީ ވިސްނުމުގެ މީހުން ގެނެސް ތަންތަނަށް ލައިގެން ކުރާކަންކަން. މީ ހަމަ ސަރުކާރު އަޑީގައި އޮވެގެން ހިންގާ ބޮޑެތި ޤާނޫނީ ޖަރީމާ. ކަލޭމެން އެންމެ ބޮޑަށް ވަގަށް ގޮވާ މީހާވެސް 5 އަހަރު ވެރިކަން ކޮށްފަ އެދިޔައީ ތިފަދަ ޖަރީމާއެއް ނުހިންގަ.

  37. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ، ދަނބުފަށުވިގެ

    ފޯރާފޮތިން ފޫގަޅާށެވެ. ނުފޯރާފޮތިން ފޫނުގަޅާށެވެ. ދައުލަތެއް ރޫޅި ސުންނާފަތި ވުމަކީ، ދެރަކަމެކެވެ.

  38. މަރީ

    ކަމެއް ކުރަންޏާ މީހުންގެ އަބުރާ ބެހި، މާރާމާރީ ހިންގާ މަޖިލިހުގެ ކޮންމެ މެމްބަރަކު ނަގާ 82،500 ރުފިޔާ ދެބައި ކުޅަ އެއް ބަޔަށް މުސާރަ ހަދާލާ އޭރުން އެއްޗަކަށް ވާވަރެއް ސަލާމަތް ކުރެވޭނީ. 20 އަހަރު ނުވަތަ 40 އަހަރު ޚިދްމަތް ކޮށްގެން އެހެން މީހުންނަށް ލިބޭ ދެތިންހާސް ރުފިޔާ އަޅައި ނުގަނޭ!

  39. ތިލަފަތް

    ރައްޔިތަކަށް އެއްޗެއް ލިބޭނަމަ ބަލާނެ އެއެއްޗެއް އަތުލެވޭނެ ގޮތެއް އޮތްތޯ

  40. ކިޔުންތެރިއެއް

    ދައުލަތުގެ ފައިސާ ހަރަދު ކުޑަކުރުމަށް ސަރުކާރުން ރައްޔިތުންގެ ފައިސާއިން ވައްކަން ކުރުން ހުއްޓަންވީނޔު ، ސިޔާސީ މަގާމުތަކާ މަޖިލީސްގައިތިބި މެންބަރުން މަދުކުރަންވީނު. ވޯޓުހޯދަންވީމަ ނަމުގަ ރައްޔިތުންގެ މަންދޫބުން ، ގޮނޑިލިބުނީމަ ރައްޔިތުމީހާގެ ކަރަށް ގޮނޑިއަރުވާގެން އިއްޒަތްތެރިކަމަށް ދައުވާކުރުން. އެހެންނޫނަސް ފެންސަނަކީ ލިބޭ ކަމަށްބުނާ ނަމަވެސް މިއަދާ ހަމަޔަށް އަތައްނުލިބޭއެއްޗެއް. ލިބުނަސް ލިބެނީ ލޯނެއްގޮތަށް. ބޮޑެތި މަގާމުތަކުގައި ތިބި މީހުންނަށް އަބަދުވެސް ފަހިގޮތްތަށް. 30 އަހަރުވަންދެން ސަރުކާރުގައުޅޭ އާދައިގެ މަގާމުތަކުގެ މީހާއަށް ލިބޭ އެތިކޮޅުވެސް ސަރުކާރުން ފޭރިގައްނަނީ.
    ރައްޔިތުން އަދިވެސް ހަމަ އޯކޭ. މިވެރިން ކޮންމެ މުސީބާތެއް ކުރިމަތިކުރިޔަސް.

  41. އެމަންޖެ

    ގައުމުގެ ބޮޑު ހަރަދެއްދަނީ ކުރީގެ ރައީސުނަން އޭގެ ފަހުގަ ކެނެރީ ނަޝީދު ހިނގަމުން ގެންދާ މަޖިލީހައް ، ދައުލަތައް ފައިދާ އޮހޭނެ މިދެކަންތައް ހުއްޓާލައިފިއްޔާ.

  42. ޕޮގުބާ

    ސިފައިންނާ ފުލުހުންނަކީ ރާއްޖެއަށް ބޭނުން ބައެއްނޫން އެންމެފަހަރަކު މާލެއްށް ބޭރު ބަޔަކު ހަމަލާދިނީ އެފަހަރު ދިވެހިން ސަލާމަތްކުރީ އިންޑިޔާ ސިފައިން ރާއްޖޭ ގެ ސިފައިންތިބީ ފިލާ މަރުވެދާނެތި ބިރުން ސިފައިން ގެ ތެރެއިން މަރުވިމީހަކު މަރުވީ ފިލަން އުޅެނިކޮން ކީއްކުރާބައެއް އެއީ ހުރިހާ އަނިޔާއެއްލިބުނީ އާންމެ ރަށްޔިތުންނަށް

    1
    2
  43. ޙިތާމަ

    ކޮންފަދަ ނުބައި ބައެއް. މީ ހެޔޮނުވާނެނު ރައިއްޔަތުންނަށް ލިބޭ ޕެންށަންކޮޅު ކަނޑާލަން މިމީހުން ނުވިސްނަނީ ކީއްވެ މެމްބަރުންގެ މުސާރަ ކުޑަކުރަން އަމިއްލަ އެދުން ފިޔަވާ އެހެން ކަމެއް ނެތް...ކުރީގަ ސަރުކާރު މުވައްޒަފުންނަކީ މިހާރު މިބޭނުން ކުރާފަދަ ފަސޭހަ ވަސީލަތްތަށް ބޭނުން ކޮށްގެން ސަރުކާރު ހިންގި ބައެއްނޫން 20 30 40 އަހަރު ބުރަ ހިދުމަތްތަކެއް ކޮށްދީފަވާ ރައިއްޔަތުންނާމެދު އެއްވެސް ރަހުމެއް ނުވާ ސަރުކާރެއް މީ މާކުރީގެ ސަރުކާރަކުން ދީފަވާ އެއްޗެއް ކަނޑާލުމުގެ ހައްގެއް ނޯންނާނެ...

  44. ކިހާދެރަ

    އެމް ޑީޕީ އަށް އަހަރެންގެ މުޅި ޢާއިލާ ލައްވާ ވޯޓްލައިގެން މިވީ ކިހާދެރަގޮތެއް އަހަރެން -/3000 ރުފިޔާ އަށް 30 އަހަރު ވަންދެން ވަޒީފާ އަދާކޮށްގެން ލިބެމުން އައި -/1500 ރުފިޔާ ގަނޑު ވިއްޔާ މިކަނޑާލީ ނިކަމެތިންނަށް ދެމުންތިދާ އަނިޔާ ﷲ ބައްލަވާ ވޮޑިގަންނަވާނެ ކަން ހަނދާންކުރާތި އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ދެނެއް އެމްޑީޕީ އަކަށް އަހަރެންގެ ބަސްވިކޭ އެއްވެސް މީހެއްގެވޯޓެއްނުލާނެ

  45. ޤ. ހައްގު

    ސަރުކާރަށް ރައްޔިތުންންނަށް މުޅިއުމުރުދުވަހު ޚިދުމަތްކުރުމުން މިސަރުކާރުން އެމީހުންގެ އަގުވަޒަން ނުކުރުމުން ދޭހަވަނީ މިސަރުކާރުގެ ކަމެއްނެތްވަރު. ޕެންޝަންއޮފީސްހިންގަނީ ބޭރުމީހެއްދޯ

  46. ހުސޭނު

    އާނ. މަޖިލިސް މެމްބަރުންނަށް ދޮޅު ލައްކަ ރުފިޔާއަށް ހަދާލާފައި އެހެން އެންމެންގެ ޕެންޝަން ކަނޑާލާ.

  47. މަންދު

    އިބްރާއަށް 15 މިލިޔަން ރުފިޔާ ދޭން ހަރަދު ކުޑަކުރަނީ. އިބްރާ ވަރަށް މަސައްކަތްކޮށްދީފި ނަޝީދާ ދެކޮޅަށް ރައީސާ އެއްކޮޅަށް