ފާއިތުވި މާޗު މަހުގެ ތެރޭގައި ރ. މަޑުއްވަރީގައި ތިން މީހަކު ވެގެން ކުޑަ ކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތުހުމަތު ކުރެވޭ ޓީޗަރު ވަޒީފާއިން ސަސްޕެންޑްކޮށްފިއެވެ.

އެރަށުގައި ރޭޕްކޮށްފައިވާ ކަމަށް ތުހުމަތު ކުރެވެނީ އުމުރުން 14 އަހަރުގެ އަންހެން ކުއްޖެކެވެ.

ކުއްޖާގެ އާއިލާ އިން ބުނާ ގޮތުގައި ކުޑަ އަންހެން ކުއްޖާ އަށް ގަދަކަމުން ޖިންސީ ގޯނާ ކުރީ ތިން މީހަކު ބައިވެރިވެގެންނެވެ. އޭގެ ތެރޭގައި އެރަށު ސްކޫލްގެ ޓީޗަރަކު ހިމެނެއެވެ.

އެ ޓީޗަރަކީ މަތީ ގްރޭޑްތަކަށް ކިޔަވާދޭ މުއީން ހަސަން ނަމަކަށް ކިޔާ ޓީޗަރެކެެވެ.

އެ ޓީޗަރު ސަސްޕެންޑް ކުރުމާއި ގުޅޭގޮތުން މީޑީއާ ތަކަށް މައުލޫމާތު ދެމުން އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، އެ މިނިސްޓްރީއަށް ހުށަހެޅިފައިވާ މައްސަަލައަކާއި ގުޅިގެން އޭނާ މިހާރު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ވިިދާޅުވީ، އެ ކުއްޖާ ރޭޕް ކުރި ކަމަށް ބުނާ މައްސަލަ ރަސްމީކޮށް މިނިސްޓްރީއަށް ހުށަހެޅުމުން ބަލަމުންދާ ކަމަށެވެ.

އޭނާ ސަސްޕެންޑްކޮށްފައި ވަނީ ސިވިލް ސާވިސްގެ ގަވާއިދުގައިވާގޮތުގެ މަތިން 30 ދުވަހަށެވެ.

މަޑުއްވަރީގައި ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ބަޔަކު ހައްޔަރު ނުކުރާތީ އެރަށުގެ ޕޮލިސް ސްޓޭޝަން ކައިރިއަށް ބަޔަކު އެއްވެ ހަމަނުޖެހުން ހިންގުމުން ދިހަ މީހަކު ހައްޔަރު ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޕީވްސް

  އަހަރެން އިސްކޫލުގައި އުޅުން އިރު ސަސްޕެންޑް ކުރި ކުލާހު ދޮރު ތަޅުގައި މުސްކުޅި އަތަރު ހާކައިގެން އެޔެއް އަދަބެއް ނޫނޭނުން މީނަ ތަހުގީގަށް ނުފޫޒު ނުފޯރުވާ ހުންނާނެބާ

  12
 2. ކޮރަލް

  މައްސަލަ އަށް ހައްލެއްލިބެންދެން ރައްޔިތުންގެ ބަސް ބުނަން ޖެހެ އެވެ.

  14
  2
 3. ޕެޑްމޭން

  މިހައި ބޭއިންސާފު ވެރިކަމެއް ރާއްޖޭގެ ހަޔާތުގައި ފެނިފައެއް ނުވެއެވެ.

  11
 4. އަހްމަދު

  މިއީ ވ ދެރަ ކަމެއް
  ތުހުމަތެއް ކުރެވޭ އިރަށް އެމީހަ އިޝްތިހާރު ކޮށް ފަލީހަތް ކުރުން. ސާބިތުވިއަކީ އެއް ނޫން.
  ކޮބާތޯ ދަޢުވާ ކުރާ އަބުރުގެ ހައްގު

 5. އިބިޅީސް

  އަނިޔާވެރިން މިހާރު މި ވަނީ ގެރި ސަރުކާަރުގެ ބޮޑުންނައް