2012 ވަނަ އަހަރުގެ ހަތެއް ފެބްރުއަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާދެއްވީ އަމިއްލަފުޅަށް ކަމަށާއި، އެއީ އެމަނިކުފާނުގެ އަމިއްލަފުޅު ނިންމެވުމެއް ކަމަށް ދާދި ފަހުން އެސިސްޓެންޓް ކޮމޮޝަނަރުކަމުގެ މަގާމުން ރިޓަޔާ ކުރެއްވި ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެމްޑީޕީގެ އިސްބޭފުޅުން ތުހުމަތު ކުރައްވާ ގޮތުގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުގައި ފައިރޫޝް އިސް ރޯލެއް އަދާކުރި ކަމަށްވެސް އެ ޕާޓީގެ

އެއީ ރައީސް ނަޝީދު ރައީސް ކަމުން އިސްތިއުފާ ދެއްވި ދުވަހު ފުލުހުންނަށް ކޮމާންޑް ކުރެއްވުމާއި ވަކިހިސާބަކުން ހަވާލުވި ބޭފުޅާ ކަމަށްވާތީއެވެ. ޖުމްހޫރީ މައިދާނުގައި ފުލުހުން އިށީންނިއިރު ފައިރޫޝް ފުލުހުންނަށް ކޮމާންޑް ނުކުރެއްވި ނަމަވެސް ފެބްރުއަރީ 07 ވަނަ ދުވަހު އޭރުގެ ޕޮލިސް ކޮމިޝަނަރ އަހްމަދު ފަސީހް ފުލުހުންނަށް ކޮމާންޑް ކުރަން ދެކޮޅު ހެއްދެވުމުން ފައިރޫޝް އަމިއްލައަށް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމާއި ހަވާލުވިއެވެ.

ފައިރޫޝް މިއަދު ކުރި އެ ޓްވީޓްގައި ވިދާޅުވީ، ރައީސް ކަމުގެ މަގާމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވަން ނިންމެވީ ލޭއޮހޮރުވުމަކަށް ދިޔުމުގެ ތުންފަތް މައްޗަށް ގައުމު ގެންދިޔުމަށްފަހު ކަމަށެވެ.

"ރައީސް ނަޝީދު އެ ކުރައްވާ ތުހުމަތުތަކަކީ ހަގީގަތެއް ނަމަ، އާ ތަހުގީގަކަށް އެ މަނިކުފާނު ނުގޮސް ނުހުންނާނެ ނޫންތޯ؟". ފައިރޫޝްގެ އެ ޓްވީޓްގައި ވެއެވެ.

ފައިރޫޝްގެ އެ ޓްވީޓާއި ގުޅިގެން އެމްޑީޕީ ބައެއް ބޭފުޅުން ދަނީ އޭނާއަށް ރައްދުދީ ޓްވީޓް ކުރައްވަމުންނެވެ. އެ ޓްވީޓްތަކަށް އޭނާ ދަނީ ޖަވާބުވެސް ދެއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހުޅުރާއްޖެ

    ތިޔަ ކަން ނުދަންނަނީ ރީނދޫބަލި ޖެހިފައި ތިބި މީހުން އެކަނި. އެހެން ހުރިހާ މީހުންނަށް އެނގޭ ނުލަފާ ދޮގުވެރި ޑިކްޓޭޓަރު މަކަރުވެރި ހިޔަޅުކަލޭގެ ތެދެއް ނަހަދާނެކަން. އިސްތިއުފާ ދީފައި މުޅި ގައުމުގައި ހުޅުޖެހިކަން.

    88
    5
  2. ބުރާންތި

    އަހަރުމެންނަށް އޮޅުމަކުން ގަ އުމުގެ ރައީސަކަށް އެ އިރު އޭނާ ގެނެވުނީ ގޯހަކުން ކަން މި އަދުވެސް އޭނާ ހަވާސާ އަށް ވަންނަން އުޅޭވަރުން އެބަ. ޢިނގޭ.

    71
    3
  3. އިބިލީސް

    އެމްޑީޕީ އާއި އެމްޑީޕީގެ ވިސްނުމާވެސް އަބަދުވެސް ދެކޮޅު. އެކަމަކު ފައިރޫޝް މެން އެދުވަހު ކަންތަށް ކުރީ ރަގަޅަކަށޭ ބުނެވޭކަށް ނެތް. ބާރު ހުރި ފަރާތްތަކެއްގެ އެހީ އާއެކު ދުސްތޫރީ ވެރިކަމެއް ހަމަ ވައްޓާލީ. އެނޫން އެހެން ގޮތްތަށް އޮތް ދުވަހެއް އެއީ. ފައިރޫޝްމެން އެދުވަހު ކަންތަށްކުރީ ދެން ދުވަހަކުވެސް ފުލުހުންގެ މުއައްސަަސާއަށް އިތުބާރު ކުރެވޭނެ ގޮތަކަށް ނޫން. ކޮންމެ ވެރިކަމަކާއި ދެކޮޅަށް އެގޮތަށް ނުކުންނަން ވެއްޖެ ކަމުގައި ވާނަމަ ކޮބާ ޤައުމުގެ ހާލަތު؟؟

    2
    8
  4. އިބިލީސް

    ޤައުމު ހަމަ މަގަށް އަޅުވާނީ ހަމަނުޖެހުމާއި ކުރިމަތިލުމަކުންނެތް ނޫން. ސިފައިންނާއި ފުލުހުންގެ ތެރޭން ރިޓަޔަރ ކޮއްފައި ދިބި ބަޔެއްގެ އޯރޑަރ އަށް ފުލުހުންނާއި ސިފައިން ބޯލެބުމަކީ މުޅި މުއައްސަސާގެ ބޮޑު ފެއިލިޔާރ އެއް. އޭރެއްގެ ހުރި ރައީސަށް ނޯ ޗޮއިސް އެއްދީފައި ދެން އަމިއްލަ އަށް އިސްތިއުފާ ދިނީޔޭ ބުނެވޭނެ ޖާގައެއް ނެތް. ކޯޓްތަށް އޮތީ އޭރު ފައިރޫޝް މެން ބައިއަތު ހިފައިގެނ ތިބި ބައެއްގެ ބާރުގެ ދަށުގައި. މަޖިލީސް އޮތީ އިދިކޮޅަށް. އެހެންވީމަ އެހެން ގޮތްގޮތެ ވެސް އޮތީސް މަޤާމުން ދުރުކުރަން

    1
    5
  5. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ، ދަނބުފަށުވިގެ

    ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން މައްސަލަ ނިންމައި މައްސަލާގެ ފައިލް ކްލޯޒް ނުކުރެވޭހައި ހިނދެއްގައި ތިޔަވާހަކަ ނުހުއްޓޭނެވެ. ކޯނީގެ ރިޕޯރޓަކީ އެއްވެސް ޤާނޫނީ ޙައިސިއްޔަތެއް އޮތް އެއްޗެއްނޫނެވެ.

    2
    8
  6. ހާލަތު

    ވެރިކަން ހަވާލުކުރީމަ އެކަން ނުކުރެވުނީ ޗާޓުން ބޭރުން ކަންކަން ކުރަން ހަދައިގެން. މިހާރު އެ އުޅެނީ ޗާޓުން ބޭރުން ވެރިކަމަށް އާދެވޭތޯއެވެ. ނަޝީދަކީ މިހާރު މާޒީއެވެ. ލިބިފައިވާ މަގުބޫލުކަމާއި ލޯބި އަމިއްލައަށް އެދަނީ ގެއްލުވާލަމުންނެވެ.

    10
    1
  7. ބޮލުރޮދި

    ހަމާގަ ތިބިއެންމެނަށްވެސް އެނގޭ ތިކަން، މުޅިކެބްނެޓް ކައިރީގަ ބައިތިއްބައުގެން ޓީވީން ލައިވް ކުރަމުން ގެންދިޔަ ކަމެއް. އޭނާ އޭނަގެ މިނިސްޓަރުންނަށް ލަނޑުދީ ވަޒީފާ ގެއްލުވާލަން ކުޅުނު ޑުރާމާއެއް އެއީ....

  8. ހަޤީޤަތް

    ނަޝީދު ފުރަތަމަ މިގަވްމާއި ހަވާލުވިއިރު ޑިމޮކްރަސީ އަދި ނަސީދު އެއީ ކާކުކަން ކިހިނެތްވާ ކަމެއްކަން ނޭގޭ.. ނަމަވެސް މިހާރު ނަސީދުގެ ކަންކަން ވ ސާފު.. އެންޑީޕީ އަށް ގެއްލުން ނަސީދު ކުރިޔަށް ނެރެގެން... ސަބަބުތައް ވ ބައިވަރު.. އިންޑިޔާއަށް. މިރާއްޖެ ވިއްކާލައި ސިފައިން ތިބުން، ބިރަކާއި ނުލައި މަޖާކުރުން، އޮޕަރޭސަން ތަކުން މީހުން ހައްޔަރުކުރީމަ ދޫކުރަން ގޮވާ ސަލާމަތީ ބާރުތަކުގެ އަގުވެއްޓޭ ގޮތަށް ވާހަކަދެއްކުން... ދެން އިސްތިއުފާ ދީފައި ޖެހިގެން އައިދުވަހު ހުޅުޖެހިކަން އެއޮތީ ފެންނަން..އެއްވެސް ޕާޓީ އަކަށް ތާއީދު ނުކުރަން އަޅުގަނޑު

  9. ޙެހެ

    ބަގާވާތް ތަހުގީގު ކުރާވާހަކަ ދެއްކީމަ ފައިރޫސްމެން ހާދަ މޭކަރައޭދޯ

    1
    4
  10. ޢަދުލު އިންޞާފު ގެ ފަތިސް

    2012 ފެބުއަރީ 7، 8 ވެސް ބަލަންވީ އަދި ފަނޑިޔާރަކު ވަގަށް ނަގާ ނިޒާމުން ގެއްލުވާލި މައްސަލަ އާއި ސްޕްރީމްކޯޓް ގައި ތަޅު އެޅުވި މައްސަލަ ވެސް ބަލަންވީ ތަޙުޤީޤު ކުރަންވީ އެކަމަކު މައްސަލައަކީ ވަކި ފިކުރަކަށް ގޮސް ހުސްފެވައިތިބި ބަޔަކު އިސްވެ ތިބެގެން ހިންގާ ތަޙުޤީޤު ޢަދުލުވެރި ވާނެ ކަމަށް ޤަބޫލެއް ނުކުރެވެ އެވެ. އެހެންކަމުން އެފަދަ ބަޔަކު ކުރާތަޙުޤީ ޤާނޫނީ ހަމަތަކުން ޤަބޫލެއް ނުކުރެވޭނެ، އަދި އިންސާނާގެ ބުއްދި ވެސް ޤަބޫލެއް ނުކުރާނެ، މިއަދު ޝަރުޢީ ކޯޓްތައް ވެސް އޮތީ ވަކި ފިކުރަކަށް ތަބާވާ މީހުން ގެ ބާރުގެ ދަށުގައި ބުނުމަކީ ދޮގަކަށް ނުވާނެ، ސްޕްރީމްކޯޓް ގެ ފަނޑިޔާރު ހުސްނޫސޫދު އަކީ ޤާނޫނު އަސާސީ ކޮނޑަށް ލައިގެން މަޤުމަތީ ދުވެ އިންތިޚާބުތަކުގައި ވަކިބަޔަކަށް ތާއީދު ކުރައްވާ މަސައްކަތްކުރި މީހެއް އަދި ސުޖޫންއަކީ ހަމަ އެގޮތަށް ނަޝީދު ހިންގާ ޖަމްޢިއްޔާ ތަކުން ޖަމްޢިއްޔާ ގައި އުޅުނު އެފިކުރުގެ މީހެއް މިކަހަލަ ކިތަންމެ ބަޔަކު އެބަތިބި އެހެންވީމާ ހެޔޮވެރިކަމާއި ޢަދުލު އިންޞާފު ޤާއިމު ކުރެވޭނީ މިހާވަރަށް ނޫންތޯ؟

  11. ކަންބުލޮ

    ފެބްރުވަރީ7 ފަތިހު އޭރުގެ އުއްތަމަފަންޑިޔާރު އަދި މަޖުލިސް ރައީސް ދެބޭފުޅުންނާއި ކޮންފަރަންސް ކޯލްއެއް ކުރަެްވާ ގައުމުގެހާލަތު މިހާރުއޮތްގޮތުން ތިމަންނާގަސްތުކުރަނީ ެިސްތިއުގާދޭށޭ މިކަމުގަ ތިޔަދެބޭފުޅުންގެ ހިޔާލަކީ ކޮބާތޯ ދެންނެވި މީއޭރުގެ އުއްތަމަ ފަންޑިޔާރައްވެސް މަޖލިސްރައީސް އައްވެސް ދޮގުނުކުރެވޭނެ ވާހަކައެއް

  12. ޔަހުޔާ

    ބާޣީ ފައިރޫޝް އަކީ އެބަޣާޥާތުގެ ބޮޑެއް.