ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިނގި އެކްސިޑެންޓެއްގައި ސްރީލަންކަން އެއާލައިންސްގެ A320 މަތިންދާ ބޯޓަކަށް ގެއްލުން ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މީހުން ބާލާ ސިޑިން ޖެހި ބޯޓުގެ ފަހަތު ފިޔަގަނޑު ހަލާކުވި މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 15:30 އެހާކަންހާއިރުއެވެ.

މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ ބޯޑިން ނިންމާލުމަށްފަހު، ބޯޓުގެ ފަހަތުގައި ބަހައްޓާފައިހުރި ސިޑި ދުރު ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.

މިކަމާއި ގުޅިގެން އޭވިއޭޓާސް މޯލްޑިވްސް އިން ބުނެފައިވަނީ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައިމަން

    ކޮބާ ހާހުން ޑޮލަރު ދީ ގެން ގެނެސްފައިވާ މީހުން އިންޝާﷲ ދިވެހިން ގެ އަތްމައްޗަށް އެއަރޕޯޓް އަވަހަށް ލިބޭ ގޮތް މިންވަރުކުރައްވާށި އާމީން...

    7
    1
  2. އިލޮސިފަތި

    އެ މަތިންދާ ބޯޓަށް އަވަސް ސިފާއެއްދެއްވާށި!
    އާމީން!