ކ. އަތޮޅު ކާފުށިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 15 އަށް އަރައިފިއެވެ.

މާފުށި މޮނިޓަރިން ހާލަތަށް އިއްޔެ ގެނައީ، އެ ރަށުގައި ޑޮކްޓަރަށް ދެއްކި މީހަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެންނެވެ.

އޭގެ ފަހުން އެރަށުން ފައްސިވަމުން ގޮސްފައި ވަނީ ކަރަންޓީންގައި ތިބި ބައެއް ނޫނެވެ.

އެެރަށު ސިއްހީ މަރުކަޒުން މިއަދު ހަވީރު އާއްމުކޮށްފައިވާ ތަފާސްހިސްބުތައް ދައްކާގޮތުން އެރަށު ފްލޫ ކްލިނިކަށް ދެއްކި އަށް މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި އެ މީހުންނާއި ގާތުން އެއްތާވި ހަތް މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު