ފުލުހުންގެ އާގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުން 2012 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން އިސްތިއުފާ ދެއްވަން މަޖުބޫރުވި ސަބަބުތައް ބައްލަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައީސް ކަމުގެ މަގާމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވަން ނިންމެވީ ލޭއޮހޮރުވުމަކަށް ދިޔުމުގެ ތުންފަތް މައްޗަށް ގައުމު ގެންދިޔުމަށްފަހު ކަމަށް ދާދިފަހުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން އިސްތިއުފާ ދެއްވި ޑރ.އަބްދުﷲ ފައިރޫޝް ވިދާޅުވުމުންނެވެ.

ފައިރޫޝް މިއަދު ކުރެއްވި ޓްވީޓްގައި ވެރިކަން ބަދަލުވި ގޮތާއި ގުޅޭ ގޮތުން ރައީސް ނަޝީދު ކުރައްވާ ތުހުމަތުތަކުގައި ހަގީގަތެއް އޮތްނަމަ އެކަމުގެ ތަހްގީގު ކުރިއަށް ނުގެންދަވާ ރައީސް ނަޝީދު ނުހުންނަވާނެ ނޫންތޯ ސުވާލު ކުރައްވާފައި ވެއެވެ. ފައިރޫޝްގެ ޓްވީޓަށް ރައީސް ނަޝީދުގެ ނުރަސްމީ ޓްވިޓާ އެކައުންޓް "އެލެކްސް އަހްމަދު" އިން ކުރެއްވި ރިޕްލައިއެއްގައި ވިދާޅުވީ ފުލުހުންގެ ބޯޑުން އެމައްސަލަ ތަހްގީގު ކުރަން ޖެހޭނެ ކަމަށެވެ.

ފުލުހުންގެ ބޯޑު އެކުލަވާލާފައި ވަނީ އެމްޑީޕީގެ ފިކުރުގެ ބޭފުޅުން ހިމަނައިގެންނެވެ. އެމްޑީޕީގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކުރީގެ މެންބަރު ހާމިދު އަބްދުލްގަފޫރާއި ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ސަފާ ޝަރީފް ވެސް ބޯޑުގައި ތިއްބަވައެވެ. މީގެ އިތުރުން ބޯޑުގެ ރައީސް ކަމަށް އައްޔަން ކުރައްވާފައިވާ އަލީ ފާއިޒަކީ ވެސް އެމްޑީޕީގެ ބައެއް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ބޯޑުގެ ނައިބު ރައީސް އަހުމަދު ފަޔާޒް ހަސަނަކީ ވެސް އެމްޑީޕީގެ ބައެއް ހަރަކާތްތަކުގައި ކުރިން ބައިވެރިވެފައިވާ ބޭފުޅެކެވެ.

ޕޮލިސް ބޯޑަކީ އަލަށް އަމަލު ކުރަން ފަށާފައިވާ ފުލުހުންގެ ގާނޫނުގައި އެންމެ ބޮޑެތި ބާރުތައް ލިބިފައިވާ ފަރާތެވެ. ކޮމިޝަނަރ އޮފް ޕޮލިސް އައްޔަން ކުރުމުން ފެށިގެން ގޮސް ފުލުހުންގެ ހުރިހާ ކަމަކަށް ބަދަލުގެނެސް، ހިޔާލު ދިނުމުގެ ބާރު ލިބިގެން ވަނީ ޕޮލިސް ބޯޑަށެވެ.

ފުލުހުންގެ ބޯޑުން "ބަޣާވާތް" ތަހްގީގު ކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު 2012 ވަނަ އަހަރު ވެރިކަން ބަދަލުވުމުގެ ތެރޭގައި ފުލުހުން ކުރި ކަންކަން ބަލައި އެކަމުގައި ބައިވެރިވި ފުލުހުން ވަޒީފާ އިން ވަކިކުރެވޭނެ ގޮތް ވެސް އާފުލުހުންގެ ގާނޫނުން ވަނީ ފަހިކޮށްފައެވެ.

2012 ވަނަ އަހަރު ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ރައީސް ނަޝީދާއި އެމްޑީޕީ އިން ތަކުރާރުކޮށް ބުނަމުން ގެންދިޔަ ނަމަވެސް ކޮމަންވެލްތުގެ ބައިވެރިވުމާއިއެކު ކުރިއަށް ގެންދިޔަ ތަހްގީގަށް ފަހު ނިންމާފައި ވަނީ ރައީސް ނަޝީދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ އިހްތިޔާރުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ކޮވިޑް

    ތިހެން ނުބުނެ ކީއްބާ ވާނީ މައުމޫނާ ، ގާސިމާ، އިމްރާން ، ދުވަސް ދުއްވާލާށޭ ބުނިއްޔާ ، ތަހުޤީޤް ކުރާނެ ކަމެއް ތީގަ ނެތް ކަން ކުރި މީހުން ތިބީ ނަޝީދު ފަހަތުގަ،

    50
    1
  2. އާމިނާ

    ކޯރެއްގެ ކޯވަރެއް ކީއްކުރަން ދުނިޔޭގެ ހުރިހާ ކޯރެއް ބުޔަސް ކަލޭގެ ކަރުން އިސްތިއުފާގެ ހިތިރަހަ ނުފިލާނެ. ހޭކުޑާނުވެ ހުރޭ
    ހަމާގަ ނުހުރެވޭތީ ވާނެ ހައެތި ވެފަ ޗަހަރީ

    67
    1
  3. ކޮރަލް

    ތަބަކަކަށް ލާފަ ބޮޑުވަޒީރު ކަމެއް ނުދެވޭނެ އެވެ.

    60
  4. ބުރާންތި

    ދެން ތިބޯޑުން އަންގާނެ ކަލެއަށް ވެރިކަން އަލުން ދޭން.
    1..ރިޔާސީ އިންތިހާބުގައި ބައިވެރިނުވެވުނު
    2..އާއްމު އިންތިހާބުން ފައިލް
    3..ބޮދުވަޒީރުކަން ޕަކަޅައިގަންނަން އުޅެގެން އެކަމެއްނުވި
    4.. ދެން އޮތްމަގު މިހާރު ތިބަލަނީ.
    ރައްޔިތުން މިތިބީ ހޭލާ. މޯދީ ބަވާލީމާ ބޮލަށް ފިތާފަ އިން ތާވަޅެއްހެން އުޅޭނެ ކަމެއްނެތް. މިޝަން ފެއިލްވީމާ މޯދީ ކަލޭ އިންޑިއާ ޖަލެއްގައި ދާދި އަވަހަށް ބަންދު ނުކޮށްފިއްޔާ ނަސީބު.

    11
  5. ސސ

    ނަޝީދު އުޅެނީ ދިވެހި ރާއްޖެ ބޭރު މީހުންގެ އަޅުވެތިކަމަށް ގެންދަން، ނާޤާބިލް ވެގެން އަމިއްލަޔަށް އިސްތިއުފާ ދީފަ އަދިވެސް އެކަން ހަޖަމް ނުވެގެން، ނަޝީދަކީ ދައުލަތެއް ހިންގުމުގެ ތަސައްވުރެއްވެސް އެގޭމީހެއްނޫން !

    15
  6. ގެރި

    ވެކްސިންޖެހީމަ ދިން ލުއި ކޮބާހޭ.. ބަގާވާތޭ ކަވާބޭ ނުކިޔާ ވައުދުތައް ފުއްދަބަލަ

    60
  7. ކިނބޫ

    ތަހުގީގު ކޮށްފަ ބަހައްޓާ! ކިތަންމެ ތަހުގީގެއް ކުރިޔަސް ކަލެއަށް ވެރިކަމުގަ ހުރެވުނީ 3 އަހަރުގަ ނޫން ކަމަކަށް ނުވާނެ. އަހަރުމެނަށް ލިބޭ އުފަލަކީ ވެއްޓުނު ވެރިކަމުގެ ގިލަންވެރިކަމުގަ ކަލޭގެ މުޅި އުމުރު ހޭދަވާތަން ފެނުން. ތިކުރާ ހުރިހާ ކަމަކީ އެކަމާ ކޮށްފަ ހުރި އަސަރުގެ ވޭނުގާ ކަލޭ ކުރާ ކަންތައް. ތިހެން ތެޅިތެޅި ހުރޭ.

    13
  8. ޑެރަވެއްޖެ

    މިގޮލާ ރަންގަޅަށް މޮޔަވެއްޖެ ﷲ އިރާދަކުރެއްވިއްޔާ ޖަލުގައި މި ސޮރު އޮނަތަން ފެންނާނެ

    14
  9. އަބްދޫ

    ތިޔަ މައްސަލަ ތަހުގީގު ކުރިއްޔާ ރަނގަޅީ އޭރުން ނަސީދު ދުސްތޫރީ ބަގާވާތެއް ގެނައިކަން ސަރީއަތަށް ސާބިތު ކުރެވެންވާމެ. ނަސީދު ގެ މައްޗަށް ބަގާވާތް ކުރިކަން ސާބިތުވަނީ މުލީއާގޭގެ ނަސީދު ލިއުއްވި ނޯޓްގަ އޮތް ގާނޫނުއަސަސީ ގަޑުބަޑުކޮށް ބާރުތައް އަތަށް ނަގާ އަމިއްލަޔަށް ގައުމު ހިންގާކަމަށް ނަސީދު ލިޔެފަ އޭގެ އިތުރުން ނަސީދު އިއުލާންކުރި ގާނޫނުއަސަސި ވަނީ ހުއްޓިފާކަމަށް. މާނަޔަކީ ގާނޫނުއަސަސިއަށް އަމަލުކުރުން ހުއްޓަލައިފީމޭ.އެ ހިސާބުން ރައީސުލްޖުމަހޫރިއްޔާގެ މަގާމް ހުސްވާނެ. ގާނޫނުއަސަސީ ނެތް ނަމަ ރައީސުްލް ޖުމަހޫރިއްޔާކިޔާ މަގާމެއް ނޯންނާނެ. އެއީ އެމަގާމުގެ ނަން ލިޔެފަ ވަނީ ގާނޫނުއަސަސީ ގަ ކަމަށް ވާކަން. އެކަން އިއުލާންކުރި ދުވަހުންފެށިގެން ގ.ކެނެރީގެ މުހަންމަދު ނަސީދު ހުންނަވާނީ އިސްތިއުފާދިނުމާ ހަމަޔަށް ބާގީލީޑަރެއްގެ ގޮތުގަ.

  10. ހުސޭނުބޭ

    ތަހްޤީޤަށް ހާމާނު ހާސިރުކުރަން ހަވާލުކުރަނީ ހާމިދު ޢަބްދުލް ޣަފޫރާ ދޮގެއްތޯ! ހާމާނުކަމަށްވަނީ ނަޝީދު ބޮލުގައި ބަޑިޖައްސައިގެން އެދުވަހު ހުރީ!

    10
  11. ސޫއޫދު

    މާރިޔާދައްކަނީ ލަޝްކަރުތަކުގެވާހަކަ ނަޝީދު ދައްކަނީބޯޑެއްގެވާހަކަ ނަމަވެސް ކޮއްމެޓީމެއްވެސް 90 މިނޓް ހަމަކޮއްފަ އިތު 30 މިނިޓް ނިއްމާފަ އެއްވަރުވިއސް ޕެނަލްޓީ ޖަހާފަވެސް މެޗްނިއްމާނެ ވީމަކީފަރްނުނީ ފެނަލްޓީޖަހާމީހާތުން ހެދޭގޯހަކުން 22 ކުޅުންތެރިންގެ ތެރެއިން 11 މޮޅުވަނީ ދެންތިބިބަޔަކުވަނީބަލި ރެޕްރީގެ ބޭނުންކެނެޑި މޮޅުވިމީހުން ބޭނުންގޮތަކައް އުފާކުރާނީ ބަލިވާބަޔަކުރޮއެލާފަދާނީގެއައް ނޫނީރަޝައް ގައުމައް ކިތައްމެމޮޅު ބޯޑެއްހެދިއައަސް 5 އަހަރުފަހުން ރައްޔިތުން ބޯޑުދުއްވާނީ ވޯޓްއިންް.

    36
    1
  12. ދޮންފަޅޯ

    ގަމާރުންގެސަރުދާރު... ގަމާރުވިއަސް ބޮޑުވަރު ތީ ކަލޭގެ ކާފަ ކަލޭގެއަށްޕަ ކަލޭގެ ބޮޑުބެ މިގައުމުގަ ބާޣިންނަކީއެެއީ ވ ސާފު ކަމެޢް ....ދެން ހުރީ ބުއްޅަބެ

    44
    1
  13. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ، ދަނބުފަށުވިގެ

    ލިބިވަޑައިގެންފައިވާ ބާރުވެރިކަމަކީ، ކަނޑައެޅިގެންވަކި ލިމިޓެއްގައި ލިމިޓްކުރެވިފައިވާ ބާރުވެރިކަމެއްކަން ކޮންމެމީހަކަށްވެސް އެނގެންވާނެެއެވެ.

    44
  14. މަންސޫރު

    ބަޣާވާތު ފެމެލީއަކީ ކެރެފާ، ސިއްކަ ފެމެލީއެއްނޫންތޯ

    9
    1
  15. އަދުރޭ

    ތިޔަ ބޯޑަކީ އަމިއްލަ ޒާތީ އެޖެންޑާއެއް ފުރިހަމަ ކުރުމަށް އުފެއްދި ބޭނުމެއް ނެތް ބޯޑެއް ކަން ސާބިތު ވެއްޖެ

    10
  16. ސާބަހޭ

    އެއްކަމެއްވެސް ނުކުރެވޭނެ ހަމަ ތެޔޮލައިގެން ތިބެންޖެހޭނީ. ފަނޑިޔާރު ވަގަށް ނެގި މައްސަލައާއި މުޅި ރާއްޖޭގައި ބޮޑުހުޅުޖެހި މައްސަލަ ބަލާ.

    11
  17. 2023

    2023 ޔާމީން2023

    13
  18. އަހްމަދު

    މީދޯ މިބޯރޑެއް ނެހެދިންގެ އުޅުނު ސަބަބަކީ!!! މީ ވަރަށް އަޑީނޭނގޭ ބައިގަޑެއް!!

  19. އަބީރު

    ކިހާބޮޑު ނޮހޮރުއްޕާނެއްހެއްޔެވެ؟ ކޯނީގެ ރިޕޯރޓުން ބަގާވާތެއްނޫންކަމަށް ނިންމާފައި، މުޅިން ފައިލްކޮށް ނިމިފައިއޮތް މައްސަލައެއް އަނެއްކާ ނަގައިގެން ބަލަންޖެހޭހެއްޔެވެ؟ ކިހާ ދެރަކަމެއްހެއްޔެވެ. ދިވެހިންނަށް އަބަދު އުޅެންޖެހިފައި މިއޮީ ކެނެރީގޭ އަންނި ދިފާއުކުރަންހެއްޔެވެ. ޤާބިލްކަމާއި ޢިލްމާއި ތަޖްރިބާ ނެތުމުން ރައީސްކަމުން އިސްތިޢުފާ ދީފައި ބޮޑުވަޒީރުކަމަށް ރައްޔުތުންގެ 80 އަށްވުރެ ގިނަ ޕަސެންޓްމީހުން ނޫނެކޭ އަންނި ބޭނުމެއްނޫނޭ ބުނުމުން ދެން އަލުން އެކަމުގައި ތެރެއަށް ފީނާއަކަށް ކަލޯއަކަށް ނުޖެހޭނެއެވެ. ތިއުޅެނީ އަަނެއްކާވެސް ބޮޑު ޚަރަދެއް ކުރުވަން ވެގެންނެވެ. މިހާރު (ދިވެހިން) ކަލޯ ބަލައިނުގަންނަކަން ސާފުކޮށް އެނގިއްޖެނޫންހެއްޔެވެ. އަދި ކަލޯ ކޮންމެ ގޮތަކަށް ވެރިކަން ކޮށް އިސްތިއުފާދީ ފިލާ ރައްކާވިޔަސް ރައްޔުތުން ފައިސާއިން ކަލޯ ދުނިޔޭގައި ބޭނުންވާހަކައެއް ދައްކައިގެން އުޅޭނެވަރަށް ލާރި ލިބޭނޫންހެއްޔެވެ. ދެންވެސް އެހެން މީހުންނަށް އެކުން އުނދަގޫނުކޮށް ގޭގައި އިނދެބަލާށެވެ.

  20. ބުއްޅަބޭ

    ކަލޭ ހިތުން ބޯޑު އުފައްދައިގެން ތިގޮތަށް ޕޮލިހުންނާ ކުޅެން ދޯ ތި ޚިޔާލުކުރަނީ. ދެން ފެންނާނީ މި ގައުމުގެ ހުިރހާ ފުލުހުން ކަލެއާ ކަލޭ އުފެއްދި ބޯޑަ ދެކޮލަށް ތެދުވާތަން. ލަހެއް ނުވާނެ އިންޝާ ﷲ. ދެކެން ހުރޭ.

  21. ނަސީމް

    ކިތަންމެވަރަކަށް ތަހްގީގުކުރިއަސް ފާޅުކަންބޮޑުގޮތަކަށް ވަރަށްގިނަބަޔަކަށް ފެންނަގޮތަށް
    ނަޝީދު އަމިއްލައަށް އިސްތިއުފާދީ ނަޝީދު