‏ހިޔާ ފްލެޓުތަކާއި ގުޅިގެން މަޖިލީހުން ދެއްވި ރިކޮމެންޑޭޝަން ތެރޭގައި ސިވިލް ސާވިސް ކެޓެގަރީގެ ދިރިއުޅުމުގެ ހާލަތު ބަލައި ލިސްޓު އަލުން އެކުލަވާލުން ހިމެނޭއިރު ސަރުކާރުން މިކަމުގައި އަމަލުކުރާނެ ގޮތެއް ހާމަކޮށްދޭން ފްލެޓްތަކުގެ މައްސަލައިގައި އަޑުއުފުލަމުން ގެންދާ އާއްމުންގެ ޖަމިއްޔާ އިން ގޮވާލައިފިއެވެ.

އާއްމުންގެ ޖަމިއްޔާ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މަޖިލީހުން އެދުނު އެދުމާއި ގުޅޭގޮތުން ކަން ކުރާނެގޮތެއް ސަރުކާރަކުން އަދި އަންގާފައިއެއް ނުވެއެވެ.

"ސިވިލް ސާވިސް ބައިގައި 1001 ފްލެޓު ހިމެނެއެވެ. ސިވިލް ސާވިސް ބައިގައި ފްލެޓު ދިނުން ކުރިއަށް ގެންދިޔައީ އެ މުއައްސަސާ ތަކުންނެވެެ. އެއްވެސް އިރަކު އާންމުކޮށް ހުޅުވާލި ބައިތަކަށް ދޭ ދިރިއުޅުމުގެ ހާލަތުގެ ބައެއް އޭގައި ނުވެއެވެ. ‏ވީމާ މަޖިލީހުގެ ރިކޮމެންޑޭޝަން އާއި އެއްގޮތަށް ސިވިލްސާވިސް ބައިގެ ދިރިއުޅުމުގެ ހާލަތު ބަލާނަމަ ވަރަށް ގިނަ ވަގުތު އިތުރަށް ހޭދަވެ އޭގެ އަސަރު މުޅި ފްލެޓު ލިސްޓަށް ކުރާނެއެވެ. ސަބަބަކީ ހާއްސައެހީގެ ބައި ފިޔަވައި ދެންހުރި ހުރިހާ ބައިތައް ގުރުލާންޖެހެނީ އެކުއެކީގައި ކަމަށް ވާތީއެވެ." އާއްމުންގެ ޖަމިއްޔާ އިން ބުންޏެވެ.

ސިވިލްސާވިސް ލިސްޓު މަޖިލީހުގެ ރިކޮމެންޑޭޝަނާއި އެއްގޮތަށް ދިރިއުޅުމުގެ ހާލަތު ބަލާނީތޯ ނުވަތަ ނޫންތޯ އަދި ދިރިއުޅުމުގެ ހާލަތު ބަލާނަމަ އޭގެ ސަބަބުން މުޅި ލިސްޓަށް ފްލެޓު ދިނުމުގައި ބުރު އަަރާނެތޯ ނުވަތަ ނޫންތޯ، މިއީ ފްލެޓު ލިބިފައިވާ ފަރާާތްތަކަށް ސަރުކާރުން ވީހާވެސް އަވަހަށް ސާފުކޮށްދޭން ޖެހޭ ކަމެއް ކަމަށް އާއްމުންގެ ޖަމިއްޔާ އިން ބުންޏެވެ.

ހިޔާ ފްލެޓްތަކުގެ ލިސްޓްތައް ދެއަހަރާއި ބައި ވަންދެން ދިރާސާ ކުރުމަށް ފަހު ރައީސް ސޯލިހްގެ ސަރުކާރުން މިހާރު ވަނީ ފައިނަލް ލިސްޓް އިއުލާން ކޮށްފައެވެ. ނަމަވެސް އެލިސްޓްގައި ވެސް މައްސަލަތަކެއް ހުރިކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.

ލިސްޓް އާއްމު ކުރި ނަމަވެސް ފްލެޓްތައް މީހުންނާއި ހަވާލުކޮށް، މީހުންނަށް ފްލެޓްތަކަށް ވަދެވޭނެ ދުވަހެއް އަދި ނޭނގެއެވެ. ސަރުކާރުން ކުރިން ބުނީ މިދިޔަ މާޗް މަހު ފްލެޓްތައް މީހުންނާއި ހަވާލު ކުރާނެ ކަމަށެވެ. އެންމެ ފަހުން ބުނެފައި ވަނީ އޭޕްރީލް މަސް ނިމުމުގެ ކުރިން ފްލެޓްތައް ހަވާލު ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. މުހައްމަދު

  ބައެއް އޮފީސްތަކުން އެބަހުރި 50 ޕޮއިންޓް ލިބިގެން ފްލެޓް ކަށަވަރު ވެފަ.އެކަމަކު ހެލްތު މިނިސްޓްރީ އިން ނުލިބޭ 50 ޕޮއިންޓް ލިބިގެން ފްލެޓެެއް.ހަމަ ހަމަ އުސޫލަކުން ސިވިލްސާވިސް ގެ ފްލެޓް ވެސް ދޭންވާނީ.

 2. ކިނބޫ

  ސިވިލް ސަރވިސް ކޮމިޝަން މުސާރަ ކައިގެން ނިދާފަ! އެކިއެކި ގާނޫނު ހަދައިގެން ދަތިއުނދަގޫ ކޮށް ނިކަމެތި ކުރަމުން ދަނީ! ފްލެޓްގަނޑު ފޭރިގަންނަން މަސައްކަތް ކުރަނީ! ކޮމިޝަނަށް ހީވެސް ނުވޭ! ސުލޮލޭ ކަހަލަ މަންނަނުންތަކެއްތަ އަޅެފަހެ!
  މަގާމުތަކަށް އަރާ ތިބެން ލަދެއްވެސް ނުގަނޭ!

 3. ގެރި

  އެމީހުން ޖަލު ކުޑަގޮޅިއަށް ލާފަ އެމްޑީޕީ ގުންޑާއިންނަށް ފުލެޓުދޭން ކިހިނެއް ވާނީ.. ލޮކްޑައުންކޮށްގެން ގޭގަ ބަންދުކުރިހެން ކުޑަގޮޅީގަ ބަންދުކޮށްގެންވެސް ޖެހޭނެ އެމްޑީޕީ މީހުނަށް ކަންކަން ކޮށްދޭން

  3
  1
 4. ޙ

  ޢެއްކަމެއްވެސް އެމީހުނަކަށްނުވާނެ މޮޅުހޯދާންވެގެން އެންމެން އަންނިއަށް ވޯޓްދިނީ އެއްފަހަރު ކަރިޖަހާފަ އޮއްވަ. ޙީލަތްތެރި އަކު މާލެއައިދުވަހު މުޅިބަދަރުއޮތީ ޔެލޯކުލައިގަ ލޮނުޒިޔާރަތާ ޖެހެންދެން. ހީވޭތަކަމެއްހެން. ޢާއްމުނަށް ލިބޭއެއްޗެއްވިޔާ ކަނޑައިލާނީ އެއްޗެއްދިނުމުގެ ބަދަލުގަ. މިހާރު އެނިންމީ ޕެންސަން ކަނޑައިލަން ކީކޭބުނާނީ

  6
  1
 5. ހާލަތު

  އިއުލާން ކުރި އިރު އަދި ކުރިމަތި ލީއިރުވެސް ނެތް ދިރިއުޅުނުގެ ހާލަތެއް.. ދެން ތިޔަށް މާކުސް ދޭނީ ކިހިނެއް.. މަޖިލީހަކަށް ވެސް ފަހުން ބައި ބައި އިތުރު ކުރާކަށް ނޭންގޭނެ.. މިއުޅޭ ބޯގޯސް އަންނި ޖަހާ ސަކަރާތްތީ ރައީސް ސޯލިހުގެ އަގު ވައްޓަން..

 6. ތަކުރު

  ތިޔަތަނައް ހަދާނެ ގޮތެއް ނޭގެންޔާމް ތަޅާ ބިމާހަމަކޮއްލަން އެނގޭނެތަ،

  4
  1
 7. ފޫކޮޅު

  ތިޔަ ސޯލިހަކީވެސް މައްސަލަޖެހިފައިހުރި އެއްޗެއް.ދެން އޭނަގެ ސަރުކާރުގައިިވެސް އޮންނާނީ ހުސްމައްސަލަނޫންތޯ؟
  ސިވިލް ސާވަންޓުން ދަންޖައްސާ

 8. ޜ

  ފްލެޓް ދަންތުރައިގާ ސަރުކާރު ޖެހި ހަދާނެ ގޮތް ހުސްވެފައިވަނީ.....
  މިހާރު އަނެއް ދަންތުރައިގާ ޖެހެނީ...ޕެންޝަންތައް ކަނޑާލަނީ.......

 9. ޖުމާ

  އަންނަ ރިޔާސީ އިންތިހާބަށް ވޯޓް ލާދުވަހު ގުރުއަތު ނަގާނެކަމަށް ވަރަށް ބޮޑަށް ލަފާކުރެވޭ

 10. ނަނާ

  ބައެއް އޮފީސްތަކުން އެބަހުރި 200 މުވައްޒަފުކު ކުރިމަތިލީ 50 ޕޮއިންޓް ލިބިގެން ފްލެޓް ކަށަވަރު ވާނެ

 11. ދޮންބަބުރު

  އަޅުގަނޑުގެ ރައްޠެއްސަކަށް ސިވިލްސާވިސް ފުލެޓު ލިބުނު އެއީ ރާއްޖެތެރޭ މީހެއް ރަށތގަ ެބަހުރި ގެދޮރު. ފިރިމީހާއަށް އެބަހުރި ހުޅުމާލޭން މިދިޔަ ސަރުކާރުން 3 ކޮޓަރީގެ ފުލެޓުދީފަ. ތިނބީ ދެމަފިރިންނާ ބޮނދުވެ ވަޒީފާގާ އުޅޭ އެންމެ ކުއްޖެއް. އޭނައަށްވެސް ސިވިލްސާވިސް ގެ ފިލެޓ ހައްގުވޭބާ! އޭނަގެ ފުލެޓު ގައުޅޭނީ ކާކުބާ! ފުލެޓލިބުނުކސން އެނގޭއިރަށް ކުއްޔަށްދޭން ނިންމައިފި. ދެން ކޮން ދިރިއުޅުމުގެ ހާލަތެއްބަލަންވީ މީ ހަގީގަތް.