މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 253 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ހަމައެކަނި މާލޭ ސަރަހައްދުން 111 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 61 މީހަކު މިއަދު ފައްސިވިއެވެ. މިއަދު ރިސޯޓްތަކުން ފައްސިވި މީހުންގެ އަދަދު ވަނީ ގިނަ ދުވަސްތަކަކަށް ފަހު ވަރަށް ބޮޑަށް އިތުރު ވެފައެވެ. މިއަދު ރިސޯޓްތަކުން 64 މީހުން ފައްސިވިއެވެ. އިންޑަސްޓްރިއަލް ރަށްތަކުން މިއަދު 17 މީހަކު ފައްސިވިއެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު އަންނަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ. މިއަދަކީ މިހާތަނަށް ދެވަނަ އަށް އެންމެ ގިނަ މީހުން ރާއްޖެ އިން ކޮވިޑަށް ފައްސިވި ދުވަހެވެ. މިއަދު ފިޔަވައި ދެން އެންމެ ގިނަ މީހުން ރާއްޖެ އިން ކޮވިޑަށް ފައްސިވީ އޭޕްރީލް މަހުގެ 01 ވަނަ ދުވަހު އެވެ. އެދުވަހު 300 މީހުން ފައްސިވިއެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި 2905 މީހުން އެބަތިއްބެވެ. އޭޕްރީލް މަހުގެ 11 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ކޮވިޑް ބަލި މީހުންގެ އަދަދު ދުވަހުން ދުވަހަށް މަދުވަމުން އައުމަށް ފަހު އަދަދުތައް އިތުރުވާން ފެށީ އޭޕްރީލް 15 އިން ފެށިގެންނެވެ. މިހާރު 83 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ކޮވިޑްގެ ބަލި މީހުން އިތުރުވަމުން ދިޔަ ނަމަވެސް މާސްކް އެޅުން މަޖުބޫރު ކުރުން ފިޔަވައި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް މިހާރު ނެތެވެ. މާލޭގެ ކާފިއު ވެސް މިހާރު ވަނީ އުވާލާފައެވެ. އަދި ރެސްޓޯރެންޓްތަކާއި ކެފޭތައް ވެސް ވަނީ ކުރިއެކޭ އެއްގޮތައް ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ގެރި

    ލޮކްޑައުންކޮށްފިއްޔާ މުޒާހަރާ ވެސް ކުރާނަން.. ވަކިވަރަކަށް ކެތްކުރެވޭނީ

    11
    3
  2. ޖަޒީރާވަންތަ ރޯޔަލް ކެހެރިނުފަޅާ ޖަނަވާރު

    ވެކްސިންޖަހުވާފަ ދިން ލުއިތައް ކޮބާހޭ.. ދެ ޑޯސް ޖަހައިފިން.. ދޮގުހަދާ ވަގު ސަރުކާރު އިސްތިއުފާ

    13
    1
  3. ރަށްވެހި ރޭޕިސްތާން

    މި ސަރުކާރު އޮތީ ރޭޕާ ވައްކަމަށް ފައްސިވެފަ

    18
    1
  4. ގެެރި

    މައިމޫނާްަކީ ގައުމަށް ޖެހިފައޮތް މުސީބާތެއް

    11
    4
  5. ބަކަރި

    ފިހުނުމަހަށްތޯ ފައްސިވީ

    10
    3