ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޮޑުވަޒީރުގެ މަގާމަށް ގެންނަން ފެނޭތޯ ބަލަން "ވަގުތު" އިން އިއްޔެ އިން ފެށިގެން ކުރިއަށް ގެންދިޔަ ޚިޔާލު ހޯދުމުގެ ވޯޓްގައި ބައިވެރިވި ގިނަ މީހުން އެމަނިކުފާނު ބޮޑުވަޒީރު ކަމުގެ މަގާމަށް ގެންނަން ނުފެންނަ ކަމަށް ވޯޓް ދީފިއެވެ.

ޚިޔާލު ހޯދުމުގެ ވޯޓްގައި ބައިވެރިވި މީހުންގެ ތެރެއިން ރައީސް ނަޝީދު ބޮޑުވަޒީރު ކަމަށް ގެންނަން ފެންނަކަމަށް ވޯޓް ދިނީ %10.83 މީހުންނެވެ. އެއީ 1300 މީހުންނެވެ. ރައީސް ނަޝީދު ބޮޑުވަޒީރު ކަމަށް ގެންނަން ނުފެންނަ ކަމަށް %83.33 މީހުން ވޯޓް ދިނެވެ. އެއީ 10000 މީހުންނެވެ.

ވޯޓްގައި ކޮށްފައިވާ ސުވާލުގައި ރައީސް ނަޝީދު ބޮޑުވަޒީރު ކަމަށް ގެންނަން ފެނޭތޯ ނުވަތަ ނޫންތޯ ސުވާލު ކުރުމުން އޭގެ ތެރެއިން އާނއެކޭ ނުވަތަ ނޫނެކޭ ފިޔަވައި އިތުރު ޖަވާބުތައް %5.84 މީހުން ދިނެވެ. އެވޯޓްތައް ބަލާފައި ވަނީ ބާތިލް ވޯޓްގެ ގޮތުގައެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ބޭނުންވާކަން ރައީސް ނަޝީދު ވަނީ ރައީސް ޞާލިހަށް އަންގަވާފައެވެ. ރައީސް ނަޝީދު ވަނީ އަންނަ ފެބްރުއަރީ މަހާއި ހަމައަށް ދާއިރު އެމަނިކުފާނު ބޮޑުވަޒީރު ކަމަށް އައްޔަންވެ ވަޑައިގެން، ވެރިކަން ހިންގުމާއި ހަވާލުވުމުގެ މަގުޗާޓް ރައީސް ޞާލިހާއި ހިއްސާ ކުރައްވާފައެވެ.

ރައީސް ޞާލިހް ވަނީ ވެރިކަމުގެ ނިޒާމް ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަކަށް ތާއިދު ކުރައްވާ ބޭފުޅެކެވެ. ނަމަވެސް ރައީސް ޞާލިހްގެ ވެރިކަން ބަދަލުކުރަން ބޭނުންވާކަން ރައީސް ނަޝީދު މީގެ ކުރިން މިހައި ސާފުކޮށް ވިދާޅެއް ނުވެއެވެ.

ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ބަހުސް ރައީސް ނަޝީދު ފެއްޓެވުމުން އެމަނިކުފާނަށް މީސް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. އިންޑިއާ އައުޓް

    މީނަ ރަނގަޅީ އިންޑިޔާގެ އަވަށަކަށް ބޮޑުވަޒީރުކަން ކުރަން ފޮނުވަން.. ވަބާއަކަށްވެއްޖެ މީނަ އަކާ ހެދިވެސް

    129
    4
  2. ބުއްޅަހުއްތު

    އަބަދު ކަލޭމެނަށް ދޮގު ހަދައިގެން ވެރިކަމެއް ނުކުރެވޭނެ. ކޮމިއުނިސްޓް ވަގު ސަރުކާރު އިސްތިއުފާ

    105
    4
  3. ކާފަ

    ވަގުތު ނޫހުންމެގި ޕޯލްއަކުން 10،% ލިބުމަކީ 60% ލިބުންކަހަލަކަމެއް...

    21
    103
    • މާމަ

      ކާފަ ސޮރު ބަސްނާހާ ކޮމެންޓް ކުރާތީ ކަންފަތުގަ ހިފައިގެން އިސްލާހިއްޔާއަށް ގެންދަން ދާންވީ.. 🤣

      19
      2
    • ރައްޔިތުމީހުން

      ކެކެކެ.. ކަލޭ ވެސް ލީމެއްނު.. އެއްޗެކޭ ކިޔަން ވާނެ.. ބުއްޅަބޭ ދައްކާ ހޮޅިވާހަކަ އައްހެއްލިގެން ތިބޭނީ ތިކަހަލަ ދެތިން ކަނޑުކޮހުން..

      ދިވެހިންނަށް މިހާރަކު އޮޅުވައެއްނުލެވޭނެ..

      23
      2
    • ކައުންސެލަރު

      އެކަން އެއޮތީ ފެންނަން ވަގުތުނޫހުންބާ މާލޭގެ ވޯޓްނެގީ މިފަހަރު. އެމްޑީޕީ ގެ މީހަކަށް ރައްޔިތުން ވޯޓް ދިނީކީ. ހިޔަޅަށްވީގޮތްވެގެން ތިޔައުޅެނީ. ދެންވެސް އަނގަ ހައްޕުކިޔައިގެން ތިބޭ. ނޫނީ ވާބޭޒާރު މާބޮޑުވާނެ. އަންޑަސްޓޭންޑް؟

      11
  4. ޓައިޓޭނިކް

    ވެކްސިން ޖެހީމަ ލުއިދޭނަމޭ ބުނި،. މަޖިލިސް ދިނީމަ އިންޓަނެޓު އަގުހެޔޮވާނޭ ބުނި.. އަމިއްލަ އެދުން ފުދުނީމަ އަހަރުމެނަށް ދިނީ ދޯކާ.. ވޯޓޭ ކިޔައިގެން އަންނަނީ ލަދެއް ހަޔާތެއް ނުހުންނާތީ ހައިރާންވޭ. އެމްޑީޕީ ކޮމިއުނިސްޓް ޑިކްޓޭޓާރޝިޕަށް ނޫނެކޭ ބުނަންވެއްޖެ

    98
    4
    • ކޮވެލި

      އަދިކޮބާ އަމިއްލައެދުން ފުދުނީމާ
      ފެންވަރާނަމޭވެސްބުންޏެއްނުން އެކަމަކުއެކަމެއްވެސްނުމުރާނެ!!

  5. ހާޝިމް

    5 ރުފިޔާއަށް 1 ޖީބީ ވިއްކަން މާ ރަނގަޅުވާނެ ފެންފޯއްޕާކުތެރޭ ގާޑިއަލަކަށް އަޅައިގެން

    71
    2
    • ބުރާންތި

      ކަލޭ އޯކޭތަ ؟

      2
      6
  6. ބަކަރި

    މީނައަށް ތާއީދު ނެތްކަން މީނައަށްވެސް އެނގޭއިރު ތެޅޭ ވައްތަރު.. ލަދެއް ނުގަނޭބާ

    85
    3
  7. ފެންފޯއް ޕާކު

    ރައީސް ކިޔަންވެސް ފަކުރުގަނޭ އިނގޭތޯ

    96
    5
  8. ބުލްބުލް

    އެމްޑީޕީ އަކީ ރޭޕިސްޓުންނާ ވަގުން ހިމާޔަތް ކުރާ ޕާޓީ.. އިންޑިއާއަށް މިތަން ބަދަލުވާނެ މި ދާވަރުން ދަންޏާ.. ލަދު ގަނޭ ދިވެއްސެކޭ ބުނަން

    19
    1
  9. ފުވައްމޮލޮކެ ދަށިއަޑި

    ދިހަޕަސެންޓްވެސްގިނަ. މުޅިރާއްޖެއިން ވޯޓެއްނަގައި ފިއްޔާ ފަސްޕަސެންޓްލިބުނަސް މަ ހިނގާނީއެކޮޅުކޮޅުން !!
    ދިވެހިންތީނަދެކެވަރަށް ފޫހިވޭ ވަކިންޚާއްސަކޮށް ޒުވާންޖިންސުއްލަތީ ފުން!

    17
    1
  10. އަމީނާ

    އަސްލު އޭނަޔަށް ބ ވަޒީރު ކަން ލިބެން އޭނަގެ އަނބިދަރިންވެސް ބޭނުންނުވާނެ..އޭނަޔަށް މިހާރު ހީވަނީ ލައްކައެކޭ..5% ވެސް ތާއީދެއް ނުކުރާނެ މިހާރަކު..

    19
    1
  11. ޖަނާޒާ

    ކެނެރީގޭ މުހައްމަދު ނަޞީދު މީރާއްޖޭގެ ބޮޑު ވަޒީރުކަން ކުރުން ވ. ކައިރި. މިކޮމެންޓް ހިސްޓްރީގައި މި ލިޔެލީ

    4
    17
    • ހައްވަ

      ހެ ހެ ހެ .. ހުވަފެނު ގަ ތީނަޔަށްތިކަންކުރެވޭނީ !! ރައްޔިތުން ހޮވިއްޔާތާހޮވޭނީ ދޯ ؟ އިރެއް ގަ ޒުވާންކުދިންކޮޅު ހައްދާލެވުނަކަސް މިހާރަކުނުވާނެތިކަމެއް !! ޒުވާންކުދިންކޮޅަށް ދޯކާދީފަހުރީމަ އެކުދިންނެއްނެހެއްދޭނެމިހާރަކު !!

  12. ޢަންނި ޙހ

    އިބްރާހިމާ އަހަންނަށް ބޮޑުވަޒީރުކަންދީބަލާ. ޢަޅެ އިބްރާހިމާ އިލެކްޝަން ނުބާއްވަބަލާ މަސަޕޯޓް ހޯދަން ބޮޑުވަޒީރަކަށް ހަދައިދީބަލަ. ރައްޔިތުންމަގޭ މައްޗަށް ހެއްލުނީމަ ވޯޓްލާނީ ދޯދޯދޯ

  13. އާދަމް ނަވާޒު

    ސިއްރު ވޯޓަކުން އި ގޭނަން

    4
    1
  14. ބޮލުރޮދި

    10% ލިބޭނެހެން ވަރަށް ހީނުވޭ...މާދަށުން މިހާރުއުޅޭނީ...މީނަގެ ޔަހޫދީކަމާ އަދި މީ ބޭރުގައުމެއްގެ އެޖެންޓެއްކަން މީހުނަށް އެގިއްޖެ. މިނަޔާ މީނަގެ އައުވާނުންގެ ކިބައިން ދިވެހިން ސަލާމަތް ކުރައްވަށި.

    15
    1
  15. Anonymous

    الحمدلله.
    ހެޔޮވިސްނުން ދެއްވާ އިސްލާޙްވާނެ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ
    ފުރުޞަތު މިންވަރު ކުރައްވާށި ނުވަތަ މިވަބާއިން ދިވެހި ޤައުމު ސަލާމަތް ކުރައްވާށި އާމީން

    13
  16. ބުރާންތި

    10% ވީމާ ގަބޫލުކުރެވޭ. ޢެއީ އޭނާގެ ސިކުނޑިވެސް ގާތް ގަނޑަކަށް މަސައްކަތް ކުޜާވަރު.

    10
    1
  17. ގައުމީ

    ގައުމުގަ އޮތީއޮތް ހަރުމުދަލަކާ ފަޅުތަކާ ގިރިތަކާ ރައްތަކާ ބޭރުގެ މީހުންނައް 99 އަހަރައް ދީދެން ކޮންތާކުތޯ ބޮޑުވަޒީރުކަން ކުރާނީ ފަޅުރަށެއްހިއްކާފަތޯ

    14
    1
  18. ސަންފާ

    މީއްޗަކު ގެ ދުއްޕާން ހާދަހާ ބޮޑު ވެއްޖެޔޭ.

    15
    1
  19. ވަސީ

    މީނާއަށް ކުޑަވަޒީރުކަމެއްވެސް ދޭނެ ކަމެއްނެތް.. ގައުމުގައި ފިތުނައުފައްދައި މުޖުތަމައު ބައިބައި ކުރުން ނޫން ކޮންކަމެއް ކޮއްދެވުނީ..

    11
    1
  20. ޙާލިދު

    މޮޔައެއް އަތަށް ކަނޑި އެއް ދޭން ބޭނުން ވަނީ %10 މީހުން

    13
    1
  21. ތައުފީޤ

    ބަރާބަރެއްނުން!

    3
    2
  22. އެމަންޖެ

    މިކަލޭ ފެނުނަސް ހޮޑުލަވާ.

    13
    1
  23. އަލީ

    ދެޑޯޒް ފުރިހަމަ ކުރީމަވެސް ޕީސީއާރު ޓެސްޓް ހަދަން އެބަ މަޖުބޫރުވޭ ރަށަށް ދާން ބޭނުމީޏާ. އެއީވެސް ލާރި ނަގައިގެން.

    11
  24. ކިސްމަތު

    އަންނިއަށް ވޯޓް ދިން %10 މީހުންނަކީ ގަމާރު ބައެއް ވަ ގުތު ނޫހުން ނެ ގިވޯޓެއްވީމަ %10 ލިބުނި އެހެންނޫހަކުން ނަމަ %2 ނުލިބުނިސް

    13
    1
  25. ފަރުދީ

    ނަޝީދަކީ ހަމަޖެހޭމީހެއް ނޫން ނުކުޅެދުންތެރިކަން ހުންނަ މީހެއް މީނަޔަށް ތާއީދު ކުރަނީވެސް އޭނަ ކަހަލަ ނުކުޅެދުން ތެރިކަން ހުންނަ މީހުން މިމީހުން އަދި ބުނޭ އާސަންދަ،ޕެންޝަން ،ލާމަރުކަޒީ މީ މިހަމަ ނުޖެހޭ ނަޝީދު ތައާރަފު ކުރި އެއްޗިއްސޯ ހަހަހަ އުޑެއް ބުޑެއް ނޭގޭ ނަޝީދު ކަހަލަ ބޯގަމާރުން މިވާހަކަ ޤަބޫލުކުރާނީ

    15
    1
  26. ޢަހްމަދު

    ބީރުބޮލު ވަޒީރު ތީ.

    11
  27. Anonymous

    ދިހަ ޕަސެންޓްވެސް ޙައްޤެއްނޫން. ވަޢްދު ފުއްދުމުގައި މިމީހުންގެ އޮންނަނީ ކަދުރު ރުކަށް އެރި މީހާގެ ނަދުރު.
    ބަހާއި ޢަމަލު ދިމާނުވޭ

    10
  28. ބްރޯ

    އެންމެ ފަހުގެ އިންތިހާބުން ޔާމީންވެސް ވަގުތު ޕޯލް އިލް ކާމިޔާބުކުރި

  29. ޙހހހ

    ދެން ޕޯލް އެއް ނަގާބަލަ މިޤައުމުން މީނަ ބޭރުކުރަން ކިތައްމީހުންތޯ ބޭނުންވަނީ ، ނުކެރޭނެ ، ހީވާގޮތުން ވަގުތު ނޫހުންވެސް އުޅެނީ މި ބަރުލަމާނީ ކަންތައްގަނޑު އިސްތިހާރުކުރަން ، ނުކެރޭނެ މި ކޮމެންޓް ޖަހާލާކަށް ، ހަޖަމް

    1
    1
  30. އަޙުމަދު

    ރައީސް ނަޝީދު އަށް ކޮންމެ މަޤާމެއް ވެދުން ކުރިޔަސް ދިވެހިރައްޔިތުން ނަށް އޭނާގެ ފަރާތުން ލިބޭ ކުރިއެރުމެއް ނޯންނާނެ، އޭނާއަކީ ޤައުމެއް ގެ އެންމެ އިސް ހިންގުންތެރި ވެރިއަކަށް އެކަށީގެންވާ ސިފައެއް ހުރިމީހެއްނޫން އަދި ކެތްތެރި ކަމެއް ހުރި މީހެއްވެސް ނޫން. ޕާޓީ އަށް ޤައުމުގެ ރައީސް ކަމާއި މަޖިލިސް ގެ ރައީސްކަން ލިބި މަޖިލީހުގެ މެޖޯރިޓީ ދިނީމާ ވެސް ރައްޔިތުންނަށް ޚިދުމަތް ދެވޭތޯ ބެލުމުގެ ބަދަލުގައި ކުރާކަމަކީ ރައްޔިތުން ގަނޑުތެޅުވުން ވީމާ މިއީ ފެންނަން ހުރި ޙަޤީޤަތް.

  31. Anonymous

    ރަނގަޅަށް ދުނިޔެ ފެނިޖެއްނު