ކޮވިޑް-19 އިން ދިފާއުވުމަށް ދިވެއްސަކަށް ފުރަތަމަ ޑޯޒް ސިނޮފާމް ވެކްސިނުން ދިނުމަށް ފަހު ދެވަނަ ޑޯޒް ކޮވިޝީލްޑުން ދީފައިވާ ކަމަށް ވެކްސިން ދިން މީހާގެ ވެކްސިން ކާޑުން ދައްކައިފިއެވެ.
މީސް މީޑިއާގައި ދައުރުވަމުންދާ ވެކްސިން ކާޑުން ދައްކާ ގޮތުގައި އޭނާ އަށް ފުރަތަމަ ޑޯޒްގެ ވެކްސިން ދީފައި ވަނީ މާޗް 22 ވަނަ ދުވަހު އެވެ. އެއީ އެޗްޔޫސީ ވެކްސިން ސެންޓަރުން ކަމަށް ކާޑުގައި ބުނެފައި ވެއެވެ. ސިނޮފާމްގެ ވެކްސިން އެދުވަހު ދިން ކަމަށް ކާޑުގައި ލިޔެފައި އެބައޮތެވެ.
ކާޑުގައި ލިޔެފައި އޮތް ގޮތުގައި އޭޕްރީލް 21 ގައި އޭނާ އަށް ދެވަނަ ޑޯޒްގެ ވެކްސިން ދީފައި ވަނީ ކޮވިޝީލްޑުންނެވެ. އެވެކްސިން ދީފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުރި ވެކްސިން ސެންޓަރުން ކަމަށް ވެސް ކާޑުގައި ލިޔެފައި އެބައޮތެވެ.
އޭނާ އަށް ސިނޮފާމްގެ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައި ވަނިކޮށް، ދެވަނަ ޑޯޒް އޮޅިގެން ކޮވިޝީލްޑުން ދީފައި ވަނީކަމެއް ނުވަތަ އޮޅިގެން ވެކްސިން ކާޑުގައި ނުބައި މައުލޫމާތެއް ލިޔެވިފައި ވަނީ ކަމެއް އަދި "ވަގުތު" އަށް ކަށަވަރެއް ނުވެއެވެ.
ދިވެއްސަކަށް ފުރަތަމަ ޑޯޒް ސިނޮފާމް ވެކްސިނުން ދިނުމަށް ފަހު ދެވަނަ ޑޯޒް ކޮވި ޝީލްޑުން ދިންކަމަށް ބުނާ މައްސަލައިގައި އަދި މިހާތަނަށް އެޗްޕީއޭގެ ބަހެއް ނުލިބެއެވެ.
ޗައިނާ އިން އުފެއްދި ސިނޮފާމްގެ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރުމަށް އެހެން ކުންފުންޏެއްގެ ވެކްސިން ދިނުމުގެ ވާހަކަތައް ޗައިނާ އިން އަންނަނީ ދައްކަމުންނެވެ. ނަމަވެސް ފުރަތަމަ ޑޯޒް ދިން ކުންފުނީގެ ވެކްސިންގެ ބަދަލުގައި ދެވަނަ ޑޯޒް އެހެން ކުންފުންޏެއްގެ ވެކްސިނުން ފުރިހަމަ ކުރުމާއި ގުޅޭ ތަހްލީލްތައް ވެސް އަދި ކުރިއަށް ގެންގޮސް ނަތީޖާ ލިބިފައެއް ނުވެއެވެ.
ކޮއްމެސް ވަރަކައް އަމިއްލަޒިންމާ އާއި ހޭލުންތެރިކަން ބޭނުންވެ
އަމިއްލަ ޒިންމާއަކީ އަމިއްލައަށް ވެކްސިން ޖެހުންތަ؟ ނޫނީ ވެކްސިން ޖަހަން ގޮސް އަލިފުން ޔާއަށް ކުޑަކުއްޖަކަށް ކިޔައިދޭހެން ހުރިހާ އެއްޗެއް ކިޔައިދީ ބަލާ ސާފުކޮށް ޖަހާ ވެކްސިން ބަލާ ޓެސްޓު ކުރުންތަ؟
އަމިއްލަ ޒިއްމާ އަކީ ތިމާ ވެކްސިން ޖަ ހަން ނުވަތަ ހޮސްޕިޓަޮލް އިން އިންޖެކްޝަން އެއް ޖަޙާ އިރު ނުވަތަ ބޭސް ނަގައިގެން ބޭސް ކާއިރު މި ޖަަ ހަނީ ނުވތަ ކެވެނީ ކޮންއެއްޗެއް ތޯ ޔަގީން ކުުރުން. ތިބާ ރެސްޓޯރެންޓް އަށް ކާން ގޮއްސަ ކާ އެއްޗެއްސައް އަޅާފަ ހުންނަނީ ކޮން އެއްޗެއް ތޯ ބަލާ ގޮތައް.
އޮޅޭ ސަރުކާރު ނޯޅޭ ހަމަ އެއްކަމެއްވެސް ނެތް ، އޮޅިގެން ސޯލިބޭގެ އިބުރާހިމް އިސްތިއުފާދީފަ ގެއަށް ދޭބަލަ ، ކަލެޔާހެދި މުޅިގައުމު ވީރާނާވެއްޖެ...
ތިއޮތީ ރާއްޖޭގައި ތަޙުލީލް ކުރެވިފައެވެ. ވެކްސިން ޖެހި މީހާއަށް ވާ އެއްޗެއް ބަލަމާ ހިނގާށެވެ.
އިންޑިޔާގެ ބޮޑުވަޒީރު މޯޑީ ކޮވިޝީޑް ވެކްސިން ޖެހީވެސް ރާއްޖެއަށް އެ ވެކްސިން ފޮނުވާ ރާއްޖޭގެ އެތައް ބަޔަކަށް ޖަހައި ވާނުވާ ގޮތް ބެލުމަށްފަހު.
ތީގައި އަނެއްހެން ގޯހެއްނެތް. ދެވެކްސިނަކީވެސް ހަމަ ކޮވިޑް ވެކްސިން . ދެން 3ވަނަ ވެކްސިން ފައިޒަރ އިން ދިނީމާ ހުންނާނީ ރަނގަޅަށް. އޭރުން މުޅިއުމުރަށް ކޮވިޑުން ރައްކާތެރިވީ.
ތީގައި ނެތެއްނު އޮޅުމެއް. މާރޗް މަހު ރާއްޖޭގައި ދޭންފެށީ ކޮވިޝީލްޑް އެކަނި ، އެހެންވީމަ ތީ ލިޔުމުގެ ކުށެއް ، ކަންކަން މާބޮޑުކޮށްނުލާބަލަ ނޫސްވެރިންވެސް ، މިކަހަލަ ޚަބަރު ފެތުރީމަ މުޖްތަމައުގައި ބިރުވެރިކަން އުފެދި ފިތުނަ ފަސާދަ އާންމުވާނެ
އޮޅުނީ ކާކަށް ކަމެއް ނޭގޭ މާޗް މަހު ޗައިނާން ފޮނުވި ވެކުސިންވެސް ޖަހަން ފަށައިފިކަމަށް މިނޫހުން ފެނިފައިވޭ!
ސިނޯފާމް ވެކްސިން ރާއްޖޭގައި ދޭން ފެށީ އޭޕްރީލް މަހު
ދަރަނި ދަންތުރަ ކަހަލަ މޮޔައިން ވެކްސިން ޖަހަން މިދަނީ ބަޅާލުމެއްނެތި.
މަށަށްފެންނަނީ ވެކްސިންގެކަންކަންބަލަން ބޯޑެ އް އުފަ އްދަވަން ؟ އެ އިރުން އިތުރުބަޔަކަށް ރަ އްޔިތުންގެފަ އިސާ ކާންދެވޭނެތާ !!
އަދި ތިންވަނަޑޯޒަކަށް ފައިޒާވެސްޖަ ހާނެ!
ހަތަރުވަނަޑޯޒަކަށް ޖޭޖޭވެސްޖަ ހާނެ!!
އެޖެންޑާ 19 ތަފާތު ވާނެ
ފަރުދީ ޒިންމާ ކިއާ އެެއްޗެެއް ނެތީތޯ؟
މާޗުގަ ސިނޮފާމް ޖެހިތަ ރާއްޖޭގަ؟