ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލް ކުރައްވާ މެންބަރުންގެ ތެރެއިން އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންވާ ބަރުލަމާނީ ނިޒާމަށް ތާއިދު ކުރައްވަނީ އެންމެ 23 މެންބަރުންކަން ހާމަވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒް ބަރުލަމާނީ ނިޒާމަކަށް ކެމްޕޭން ކޮށްދެއްވާނެ ބޭފުޅުންގެ ލިސްޓެއް އެކުލަވާލުމުގެ މަސައްކަތް ފެއްޓެވުމުން އެލިސްޓްގައި ނަން ޖެއްސެވުމަށް އެއްބަސްވެ ވަޑައިގެންނެވީ އެންމެ 23 މަޖިލިސް މެންބަރުންނެވެ.

އެހެންކަމުން އެމްޑީޕީގެ 42 މެންބަރުންގެ ތާއިދު ބަރުލަމާނީ ނިޒާމަށް އޮތްކަން އަދި މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ބޭނުންވާކަން ރައީސް ނަޝީދު ވަނީ ރައީސް ޞާލިހަށް އަންގަވާފައެވެ. ރައީސް ނަޝީދު ވަނީ އަންނަ ފެބްރުއަރީ މަހާއި ހަމައަށް ދާއިރު އެމަނިކުފާނު ބޮޑުވަޒީރު ކަމަށް އައްޔަންވެ ވަޑައިގެން، ވެރިކަން ހިންގުމާއި ހަވާލުވުމުގެ މަގުޗާޓް ރައީސް ޞާލިހާއި ހިއްސާ ކުރައްވާފައެވެ.

ވެރިކަމުގައި ހުންނަވާ ބޭފުޅެއްގެ މަގާމުގެ މުއްދަތު ކަނޑައެޅުމާއި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ހޮވާނެ ގޮތް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ނޫން ގޮތަކަށް ބަދަލު ނުކުރެވުނު ނަމަވެސް ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގެ ސިފަތައް މަސްހުނި ކޮށްލުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް މިހާރު ވެސް އެބައޮތް ކަމަށް ގާނޫނީ ވަކީލުން ވިދާޅުވެއެވެ. ނަމަވެސް އެފަދަ ބަދަލެއް ވެސް ގެނެވޭނީ 65 މެންބަރުންގެ ވޯޓުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި ރައީސް ސޯލިހަށް ތާއިދު ކުރައްވާ ބައެއް މެންބަރުން ގެންދަވަނީ ބަރުލަމާނީ ނިޒާމަކާއި ދެކޮޅަށް ވާހަކަދައްކަވަމުންނެވެ. ނަމަވެސް ރައީސް ނަޝީދަށް ތާއިދު ކުރައްވާ މެންބަރުން މިހާރު ވެސް މީސް މީޑިއާގައި ބަރުލަމާނީ ނިޒާމް ޕްރޮމޯޓް ކުރެއްވުމުގެ މަސައްކަތް އެެބަކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނަސީ

    ޜައްއިތުން ނޭކިޔާގެމް ހުސް ފޭކު ޖައްސަނީ

    27
  2. ޙެހެ

    ޕޮލިޓިކްސް މީން ޑާޓީ! އަންޑަސް ޓޭންޑް.

    • ނިކަ

      އެމްޑީޕީގެ ތެރޭގަ ވެސް ނަޝީދު ފެއިލްކޮށް އޮރިޔާންކޮށްލީ ދެއްތޯ؟؟ މިހާރު ތިޔަ ހުރީ ރާކަނި މަސްކެވިފަ.. މާދެނއ ބާރު ގަދަ ތާއީދު އޮތް މީހަކަށް ހެދިގެން އުޅޭ ބޮޓެެއް..

  3. އިދުރީސް

    މިހާރުވެސް ޖަލްސާކުރައްވަނީ ސަރުކާރުގެ ތަނެއްގަ އެމް.ޑީޕީ ހަރުގެއަކަށް ހަދައިގެން ދެންކިހިނެއް ބަރުލަމާނީހިން ގޭނީއެއްވެސް ބަރެއް ނުހިންގޭނެ

  4. ބުރާންތި

    ﷲގަންދީ ބުނަން ތިފާޑަށް ރައްޔިތުންގެ ބައިވެރިވުމެއްނެތި ބަރުލަމާނީ ނިޒާމް ގެނެސް ތިކަލޭގެ ބޮޑު ވަޒީރުކަން ކުރާ ދުވަހަކު އަހަރުމެންގެ ހައްގުގައި ނިކުންނާނަން.
    ތިކަހަލަ ކަމެއް ވަކި މީހަކު ބޭނުންވެގެން އަމިއްލަފަްިދާ އަށް ކުރުމަކީ ހުރިހާ މީހުންނަށް ހަމަހަމަ ފުރުސަތު ނުދީ ވަކިމީހަކަށް ލިބިފައި އޮތްބާރެއް ނަހަމަގޮތުގައި ބޭނުންކުރުން

    13
    1
  5. Anonymous

    މެންބަރުން ވ.ބުއްދިވެރި. މުޅި މަޖްލީސް ލިބިގެން ވެރިކަން ކުރަން އޮތުމަށްވުރެ ސިންގަލް ޕާސަން އެއްގެ ގޮތުގައި އަމިއްލަ ކެންޑިޑޭޓަކަށް ނުކުމެވެސް ރައްޔިތުންގެ ރައީސްއަށް ވެވެން އޮއްވަ މަޖްލިހަށް އެބާރު ދޭނީ ބުއްދި ގޯސްވެފަހުރި މީހެއް.
    އިންސާނުންނަކީ މަރާ ބައްޔާ ލައްވާފައިވާ ބައެއް. މާދަމާވެސް ތި ޘަނާކިޔާ މީހާ މަރުވެދާނެ. ދެން އަންނަ މީހާ އެމެންބަރުންނަށްވެސް ރުހެވޭ މީހަކަށް ނުވީމަ ނިޒާމާ ކުޅެން ފަސޭހައެއްނުވާނެ. އެހެންވީމަ. މިހާރު މިއޮތްގޮތަށް، އެންމެ އާދައިގެ، ބޮޑުއާއިލާއެއް ނެތް މީހުނަށްވެސް ގާބިލްކަން ހުރެއްޖެނަމަ ވެރިކަމަށް އާދެވޭގޮތަށް ބާޢްވަން ހަމަ ރަނގަޅުވާނީ.

  6. ލލ

    ސިޔާސީ މީހުންނޭ ކިޔާއިގެން މިއުޅޭ ގިނަ މީހުންނަކީ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން !