މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ސުންކު (ސާމްޕަލް) ނަގައިގެން ހަދާ ޓެސްޓަކުގެ ނަތީޖާ ރަށްރަށަށް ދާން ބޭނުން ކުރެވޭނެ ކަމަށް އެޗްއީއޯސީ އިން ވިދާޅުވެއްޖެއެވެ.

ވެކްސިން އެއްކޮށް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ ފަރާތްތަކަށް ކަރަންޓީނާ ނުލާ ރަށްރަށަށް ދެވޭނެ އުސޫލަށް އަންގާރަ ދުވަހު ވަނީ އަމަލު ކުރަން ފަށާފައެވެ. އެ އުސޫލުގައި ބުނެފައިވާ ގޮތުގައި ކޮވިޑަށް ޓެސްޓް ކުރާ މީހުންގެ ތެރެއިން %5 އަށް ވުރެ އިތުރު އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވާ ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ، ދަތުރުކުރެވޭނީ ޕީސީއާރް ނެގެޓިވް ޓެސްޓާއެކު އެވެ. އެހެންކަމުން މާލެ އިން ރަށްތަކަށް ދަތުރު ކުރުމުގެ ކުރިން ޕީސީއާރް ޓެސްޓް ހަދަން ޖެހޭނެއެވެ.

ޕްރައިވެޓް ކުލިނިކްތަކުން ޕީސީއާރު ޓެސްޓް ހެދުމަށް 700 ވަރަކަށް ރުފިޔާ ނަގައެވެ. އެހެންކަމުން ކްލިނިކްތަކުން ކޮވިޑަށް ޓެސްޓް ކުރަން ޖެހޭނަމަ ރަށްރަށަށް ދަތުރު ކުރަން ބޮޑު ހަރަދެއް ކުރަން ޖެހެނެއެވެ.

އެޗްއީއޯސީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ތަސްލީމާ އުސްމާން މިއަދު ވިދާޅުވީ އަތޮޅު ތެރެޔަށް ދަތުރުކުރާ ފަރާތްތަކަށް ފައިސާ ނުދައްކާ ޕީސީއާރު ޓެސްޓު ހެދޭނޭ އިންތިޒާމެއް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. "އެ ފަރާތްތައް ދާން ޖެހޭނީ ސާމްޕްލިންގް ސެންޓަރަކަށް ޓެސްޓުކުރަން. އެތަންތަނުން ނަގާ ޓެސްޓުގެ ނަތީޖާ ބޭނުންކުރެވޭނެ. އެކަމަކަށް އަގެއް ނުނަގާނެ،" ތަސްލީމާ ވިދާޅުވި އެވެ.

އެކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހާމަކުރުމަށް އެޗްއީއޯސީއިން މިއަދު މެންދުރު 1:00 ގައި ޕްރެސްއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އަތޮޅުތެރެއަށް ދަތުރުކުރާ ފަރާތްތައް ހުށަހަޅަން ޖެހެނީ 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ޓެސްޓެކެވެ. ރަށްތަކަށް ދަތުރު ކުރަން ބޭނުންވާ ހާލުބެލުން ޕޯޓަލް މެދުވެރިކޮށް ދަތުރުކުރާ ރަށެއްގެ ކައުންސިލާ މައުލޫމާތު ހިއްސާ ކުރަންޖެހޭނެއެވެ. ޕީސީއާރް ޓެސްޓް ހަދަން ޖެހެނީ އެއްވެސް ރަށެއްގައި އަދި %60 އާބާދީއަށް ދެޑޯޒްގެ ވެކްސިން ދީފައި ނުވާތީއެވެ.

ކޮވިޑް-19 އަށް ރާއްޖޭގެ ގިނަ ރަށްތަކުންނާއި މާލެ އިން ފައްސިވާ މީހުންގެ އަދަދު މިހާރު އަންނަނީ ވަރަށް ބޮޑަށް އިތުރު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލޮލީ

    ތި ސޭޓަކަށް ޖަލުހުކުމެއް ނާންނާނެ
    ރާއްޖޭގައި ހިންގާނީ ވަލު ޖަނަވާރުގެ ހުކުމް
    މޮޅު މީހާ އަށް މޮޅު ގޮތް
    ދެރަމީހާ އަށް ދެރަގޮތް

  2. އިބްރީމް މުހައްމުދު ސޯލިހާ

    ދެން ތިވީ ގޮތުން މަގުމަތީ ގައި ވަރަށް ކިއު ބޮޑުވާނެ ކުރިން ޓެސްޓް ކުރަން ޖެހޭނީ ކިޔައިގެން ގަދަކަމުން ހުއްޓުވައިގެން ދެން އޮންނާނީ ތިކަންވެސް ނަންބަރު ދޫކުރާ ހިސާބަށް ގޮސްފައި

  3. ލލ

    ކޮވިޑްގެ ފަހުކަންތަށް ގަޑު މިފެށުނީ، ކޮވިޑް ބަލިން ޢާމް ދަނީ ހޯދުން ކޮވިޑޭ ކިޔާއިގެން ހެލް ސެކްޓާއިން !

  4. 🙇

    ޥ ރީތި ވާހަކަ